އެއަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތެވެ. މުޅި ހަށިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ބޮލުގައި ބޮޑު މަލަންގަނޑެއް އަޅާފައިވީ އިރު އޭގައިވެސްވީ ހުސް ލެޔެވެ. އޭނާ ބޮކި ދިއްލާލުމާއި އެކު އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑު ބާރުވިއެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ލެއިން ތަތްތެޅިފައިވީ، އަދި ބިރުވެރިކަމުން ފުރިފައިވީ އެލާރާގެ ދެލޯ ފެނި އޭނާގެ ހިތަކައް އެއްވެސް އަސަރެއް ނުކުރިއެވެ. (57 […]
“ޔަލޫ އޯކޭ ނުވާނެ ދޯ؟ ޔަލޫވެސް ބޭނުމޭ ބައްޕިއެއް. ޔަލޫގެ ދޮންތިވެސް ހުރޭ ބައްޕިއެއް. އިލައިކާވެސް… ޒާކުވެސް ރިހާންވެސް. ހުރިހާ ކުދިންވެސް… ދެން ކޮބާތަ ޔަލޫގެ ބައްޕި؟ ޔަލޫއަކަށް ނޭނގޭ ޔަލޫގެ ބައްޕިއަކީ ކާކު ކަމެއް” އަނގަ މަތީގައި އަތް އަޅަމުން ޔަލާ ރޯން ފެށިއެވެ. ޔަލާއަށް ހިތްވަރު ދިނުމުގެ ގޮތުން އިލައިކާ ޔަލާގެ ހަށިގަނޑުގައި ބައްދާލިއެވެ. (6 ވަނަ ބައި) ކިލާސް ނިމުމުން ކުދިންތައް ނިކުންނަން ފެށީ ހިންޏައް ހަކުރު ފެނުމުން އަންނަ ބީދައިންނެވެ. މައިންބަފައިންގެ […]
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ކުރުވާހަކަ ސިލްސިލާ: ވާހަކަ 2 އަހަރެންގެ ދަރިފުޅު މާނީއަކީ އަބަދުވެސް ރީތިކަމަށް ލޯބިކުރާ، ޒަމާނީ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. މަންމައެއްގެ ހައިސިއްޔަތުން އޭނާގެ ރީތިކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަކީ އަހަރެން އަބަދުވެސް ބޭނުންވި ގޮތެވެ. ނަމަވެސް، ފަހަކަށް އައިސް މާނީގެ ކިބައިން ފެންނަން ފެށި ބަދަލަކުން އަހަރެންގެ ހިތުގައި ނުތަނަވަސްކަން އުފެދުނެވެ. އެއީ އޭނާގެ ދިގު، ކުލަގަދަ “ފޭކް ނެއިލްސް” ނުވަތަ އިތުރުކޮށްފައިވާ ނިޔަފަތިތަކެވެ. އެއްދުވަހެއްގެ […]
ލަސް ހިނގުމުގައި ގޮސް އެޒިކިއެލް ސްޓޭޝަނަށް ވަނެވެ. “ސާރ. އަޅުގަނޑު ދާއިޔަލް ހައްޔަރު ކޮށްފިން” އެތެރެއަށް ވައިން އެޒިކިއެލް ފެނުމުން އަކިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެނުނީ އަކިޔަލް ހީކުރި ކަހަލަ އަސަރު ތަކެއް ނޫނެވެ. މަޑުމަޑުން ހުރެފައި އެޒިކިއެލް އަކިޔަލްގެ ކަންކަށިމަތީގައި ޖެހިއެވެ. (56 ވަނަ ބައި) ސްޓޭޝަނުގައި އިން ލަޝްކާގެ މޫނުމަތީގައިވީ ނުތަނަވަސް ކަމެވެ. ދާއިޔަލްގެ ކުއްލި ހައްޔަރު ކުރެވުން ވެގެން ދިޔައީ އޭނާގެ ހިތް ފިސް ފިސް ވެގެން ދިޔަ ކަމަކަށެވެ. […]
ހައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ ކުރުވާހަކަ ސިލްސިލާ: ވާހަކަ 1 މެންދުރުގެ ގަދަ ހޫނާއެކު ހަސްފަތާލުގެ ތެރޭގައި ވަނީ ނުތަނަވަސްކަމާއި ހަލަބޮލިކަމެވެ. އޭސީގެ ފިނިކަމަށްވުރެ ބަލިމީހުންގެ އާހުގެ އަޑާއި، ނަރުހުންގެ އަވަސް ފިޔަވަޅުތަކުގެ އަޑު ގަދައެވެ. ބޭސްވަހާއި ސާފުކުރާ އެއްޗެހީގެ ވަސް މުޅި މާހައުލުގައި ހިފާލާފައި ވާއިރު، ލިފްޓުތަކުން ނުކުންނަ މީހުންނާއި އެތެރެވާ މީހުންގެ ގިނަކަމުން މުޅި ތަން ވަނީ ތޮއްޖެހިފައެވެ. ގޮނޑިބަރިތަކުގައި އިންތިޒާރުގައި ތިބި މީހުންގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި މާޔޫސްކަމެވެ. ބޭރުން އިވޭ […]
“ނިކްޔާންގެ ތި ބޭކާރު ވާހަކަތައް އަހާކަށް މަށަކަށް ވަގުތެއް ނެތް. ދާން އުޅޭ” ނިކްޔާންގެ މޫނު މައްޗައް ދޮރު ޖަހަމުން ޔޫއާ އެތެރެއަށް ވަނެވެ. (5 ވަނަ ބައި) ޔޫއާ އެނބުރި ކޮޓަރިއަށް ވައިން އިރު ކަމަކު ދާކައް ނެތެވެ. ފާހާނާ ދޮރު ކުރިމަތިވަނީ ފެނުން ފޯވެފައެވެ. އޭރުވެސް ފާހަނަ ތެރޭގައި ޔަލާ ފެންކުޅޭ އަޑު އިވެމުން ދިޔައެވެ. “އަޅޭ ޔަލޫ ބަލަ މިހާރު މުޅިތަން މިއޮތީ ތެމިފައެއްނުން” ބޯ ހޫރުވާލަމުން ގޮސް ޔޫއާ ފާހާނާ ދޮރު […]
ހިތާހިތުން ވިޝާހާ ވާހަކަ ދައްކަމުން ދިޔައެވެ. ވެފައި ހުރި އުފާ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެ ކަން ކަށަވަރެވެ. ދެލޯ މަރާލަމުން މީކައިލްގެ ކަނދުރާގައި އަތް އަޅުވާލީ އެވަގުތު ކޮޅުގެ ހިތްހަމަ ޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ ބޭނުމުގައެވެ. (55 ވަނަ ބައި) ޙިޔާލު ތަކުގައި ޣަރަގު ވަމުން ދިޔަ ޒާލާ ކޮޓަރިން ނިކުތީ ބޯ ހަމަ ޖައްސާލުމަށެވެ. އެވަގުތު މަންމަ އަންހެން ކުއްޖަކާ ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. “ކޮން ކުއްޖެއް […]
ޔަލާ ނިންދަވާލާފައި ޔޫއާ އެނދުން ތެދުވި އިރު 30 12 ވެއްޖެއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވީ ފެންވަރާލަން ދިޔުމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ފޯނު ނެގިއެވެ. ހީކުރި ގޮތަށް އޭނާގެ ފަރާތުން މެސެޖެއް ލިބިފައި އިނުމުން ޔޫއާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހެޕީ ނާރސެސް ޑޭ ލޯބީ” އެމެސެޖުގައި އިނެވެ. (4 ވަނަ ބައި) “ހަހަ ޝުކުރިއްޔާ ފައި” ޔޫއާ މެސެޖު ކޮށްލިއެވެ. “މާދަން ވާނެ ދިމާވެލަން. ކިހާ އިރަކުތަ ރަށަށް އާދެވުނީ؟ ކޮބާ ޔަލޫ؟” […]
“ދަރިފުޅާ. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ކިޔެވުމަކީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެއްކަން މިއަދު ދަރިފުޅު ހާމަ ކޮށްދީފި. މާޝާ ﷲ މިއަދު ބައްޕަ ވަރަށް ފަޙުރުވެރި ވެއްޖެ. ހިތައް އަރާ އޭރުވެސް ޔޫއަށް ކައިވެނި ކުރުވަން މަޖުބޫރު ނުކޮށް ކިޔަވަން ފުރުސަތު ދެވުންނަމައޭ. އެ ނުލަފާ ނިކްޔާންގެ ސަބަބުން ކިހާ ބޮޑު ވޭނެއް ދަރިފުޅު ތަހައްމަލު ކުރީ؟ މީ އަހަރެންގެ ކުށް. އަހަރެން ޔޫއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…” އަދިއަދަައް […]