“ދާއި؟ ކިހިނެތްވީ؟” ލަޝްކާ އެނދުން ތެދުވަމުން އެހިއެވެ. “ދާއީ؟؟ ކިހިނެތްތަވީ؟؟” ލަޝްކާ ދައްކަމުން ދިޔަ ވާހަކަ އިވޭ ވަރަށް ވުރެ ދާއިޔަލް ހުރީ މާ ބިރުންނެވެ. (40 ވަނަ ބައި) “ލަޝް… އަވަހަށް ހިނގާ މިގެއިން ނިކުންނަން. މިގޭގަ ހުރުން ރަނގަޅެއް ނުވާނެ. އަވަހަށް ދޭ. ފާހާނާއަށް ދޭ. ގޮސް ވުޟޫ ކޮށްގެން ނިކުމޭ. ދާއި އެއްޗެހި ޕެކް ކުރާނަން” މާނޭވާލަމުން ދާއިޔަލް ވާހަކަ ދެއްކިއެވެ. “އެކަމަކު ކިހިނެތްތަ ވީ؟ ދާއި ދަތްދޮޅިއަށް ކިހިނެތްތަވީ؟ ބުނެބަލަ. ވާހަކަ ދައްކަބަލަ. […]
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ފެނުނު މަންޒަރުން ދާއިޔަލްގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ކޮޓަރި ތެރޭގައި ގިނަ އަދަދެއްގެ މެހިތައް އަޑު އަޑު ލައްވަމުން އުދުހެމުން ދިޔަ އިރު، ތަޅުންގަނޑު މަތީގައި ކުދިކުދި ސޫފިތައް ފިރުކެމުން ދިޔައެވެ. އެނދުމަތީގައި އޮތީ ބަލާލަންވެސް ނުކެރޭ ފަދަ ބިރުވެރި މަންޒަރެކެވެ. އެއީ މަރުވެ، ކުނިވެފައިވާ އަންހެނެއްގެ ހަށިގަނޑެވެ. ހަށިގަނޑުގެ މަސްތައް ފީވެ، ކުލަ ކަޅުވެފައި އޮތް އިރު، އެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމުންނާއި ހުޅުވިފައިވާ ލޮލުން […]
“މިރޭ ލަދެއް ނުގަނެވޭނެ އިނގޭ؟ އަވަހަށް ހިނގާ. ބީ ޑޭޑީސް ގުޑް ގާލް” ލުއި ފަތެއްހެން ލަޝްކާގެ ހަށިގަނޑު އުފުލާލަމުން ދާއިޔަލް ފާހާނާއިން ނިކުތެވެ. އުއްބައްތީގެ ފަނޑު އަލިން ލަޝްކާއާއި ދާއިޔަލް ފެންނަމުން ދިޔައީ އެކަކު ފަދައިންނެވެ. ކައިވެނީގެ ހަލާލު ގުޅުމުން ދެހިތް ގުޅިއްޖެއެވެ. ދެމީހުންގެ ‘ފޯރްއެވާރ’ މިއަދުން ފެށިގެން މި ފެށުނީއެވެ. ގިނަ ގުނަ އިމްތިހާނު ތަކަށް ފަހުގައެވެ. (38 ވަނަ ބައި) އުފާވެރިކަމާއި ހިތްހަމަ ޖެހުމާއި އެކުގައި އެރޭގެ ބާކީ އޮތްބައި ދެމަފިރިން ހޭދަކޮށްލިއެވެ. […]
…މީކައިލްއާއި ވިޝާހާގެ ގުޅުންވެސް ދިޔައީ ބާރު ސްޕީޑުގައި ކުރިއަށް ދަމުންނެވެ. ދިޔާންގެ ބޭވަފާތެރިކަމުގެ ވާޙަކަ ނޭނގި ޔޫޒާ އޭނާއާއި އެކު އުފަލުގައި އުޅެމުން ދިޔައެވެ. އެކަނިވެފައި ތިބީ ޔައުލާންއާއި ވިޝާޔާއެވެ. ޔައުލާން އިންތިޒާރު ކުރަމުން ދިޔައީ އެލާރާއަށެވެ. ވިޝާޔާ ހުރީ އޭނާ ބޭނުންވާފަދަ ފިރިހެން ކުއްޖެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ވިޝާޔާގެ ވާހަކަތައް އަހާ ޝަރަފްގެ ދިރިއުޅުމަށްވެސް ވަނީ ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ***އެއްމަސް ފަސް*** (37 ވަނަ ބައި) ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. […]
“ކަލޭ… ކަލޭ މަގޭ މުޅި ދިރިއުޅުން ތި ހަލާކު ކޮށްލީ…” ދެންވެސް އިމްރާންއަށް ބުނެވުނީ އެހެންނެވެ. “ފެއާކޮށް ދޯ ކުޅެންވާނީ؟ ކަލޭ ފުރަތަމަ މަގޭ ދިރިއުޅުން ހަލާކު ކޮށްލީ. މަގޭގެ ބައްޕައަކަށް ވާން ނުކެރުނު އިރު އެހުރީ މަގޭ މަންމައަށް ހަދާލި ގޮތް. ކަލޭ މަގޭގެ މުޅި ދިރިއުޅުން ހަލާކު ކޮށްލީ” އިމްރާންގެ ކަންކަށި މަތީގައި ޖަހަމުން ރަޝާ ބުންޏެވެ. އަދި ބަރުހެލި ފިޔަވަޅު ތަކެއްގައި އެތަނުން ނިކުމެގެން ދިޔައެވެ. (36 ވަނަ ބައި) ރަޝާ ސްޓޭޝަނުން […]
“ދާއިޔަލް…” ލީރާ ދާއިޔަލްއާއި ދިމާލަށް ބަލައިލިއެވެ. ދާއިޔަލް މިހާރުވެސް މަންމައަށް ވުރެ ރަނގަޅަށް ލަޝް ރައްކާތެރި ކޮށްދީފި. ދެންވެސް އެކަން ކޮށްދެއްޗޭ… މިއީ މި މަންމަގެ ފުރާނަ” ލީރާ ބުނެލިއެވެ. “އަޅުގަނޑު ދިރި ހުރިހާ ދުހާކު ލަޝްކާ ހުންނާނީ ރައްކާތެރި ކަމާއި އެކު…” ދާއިޔަލް ޔަގީންކަން ދިނެވެ. (35 ވަނަ ބައި) “އިމްރާން؟؟ އިމްރާން!!” ޙިޔާލު ތަކުން އިމްރާންއަށް ނިކުމެވުނީ އެޒިކިއެލް ވާހަކަ ދައްކަން ފެށި އަޑަށެވެ. އިސްޖަހާލުމާއި އެކު އިމްރާންއަށް ފެނުނީ ބިޑި އަޅުވާފައި އިން […]
ނޯޓް: މިވާހަކައަކީ ‘ޕީސީއޯއެސް’ ، ‘އެންޑޯމެޓްރިއޯސިސް’ ނުވަތަ އެހެން ކަހަލަ ބައްޔެއްގެ ސަބަބުން ދަރިން ލިބުމައް ދަތިތައް ކުރިމަތިވެފައިވާ އަންހެނުންނަށް ހާއްސަކޮށް ލިޔެފައިވާ ވާހަކައެކެވެ. މިއީ ހަގީގީ ހާދިސާއެއްގެ މައްޗައް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގެ ސަބަބުން އެކަހަލަ އަންހެނުންނަށް ހިތްވަރު ލިބި، އައު އުންމީދެއް ލިބޭނެ ކަމަށް އުންމީދު ކުރަމެވެ. **** ފާހާނާ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަހަރެންގެ ނިތުގައި އޮށްދާ ހިތްލަމުން ދިޔައެވެ. ނިޔަފަތިތައް ހެފެމުން ދިޔަ އިރު […]
ދަންވަރުގެ ވަގުތެވެ. ވެހެމުން ދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ކޯރު ހެދިފައި ވިއެވެ. ޖެހެމުން ދިޔަ ވައިގެ ސަބަބުން ގަސްތައްވެސް އެކި ގޮތް ގޮތަަށް ނަށަމުން ދިޔައެވެ. ‘މަންޒިލް’ ގޭ ބަދިގެ ތެރޭގައި ހުރި އިމްރާން ޖޫސް ފުޅިއަށް ކޮންމެވެސް އެއްޗެއް ފުނޑުފުނޑުކޮށް އަޅަމުން ދިޔައެވެ. ‘ރައިބީނާ’ ޖޫސް އެއީ ރީޝާ އެކަނި ބޯ އެއްޗެއްކަން އެއީ އިމްރާންއަށް އޮޅިފައިވީ ކަމެއް ނޫނެވެ. “އަހަރެން ދުނިޔެއަކަށް ފަލީހަތް ވާކަށް ނެތިން…” އަތް ފޮޅާލަމުން އިމްރާން ބުނެލިއެވެ. […]
“އިމްރާން… މަށާ ކައިވެނި ކުރަންވީނުން…؟” އިމްރާން ފޯނު ނެގުމާއި އެކު ރީޝާ ރޮއެގަތެވެ. “އޭނ؟ ކީކޭ ތިކިޔަނީ؟” އިމްރާން ހައިރާންވިއެވެ. “އަހަރެން… އަހަރެން ބަނޑުބޮޑު… މިދަރިފުޅު އަހަރެމެން އެކީގަ ބޮޑު ކުރަން… ހެޔޮނުވާނެ…” ރީޝާ ބުނެލީ އާދޭހުގެ ރާގަކަށެވެ. “ބަނޑުބޮޑޭ؟ ތި ދަރި ބޭނުމޭ؟ ކަލޭ މޮޔަވީތަ؟؟” ދަތްކުނޑިވިކާލަމުން އިމްރާން އަހައިލިއެވެ. (33 ވަނަ ބައި) “އިމްރާން… ހެޔޮނުވާނެ… އަހަރެން މި ދުނިޔެއަށް ގިނަ ނުކޮށްލާ… މަަށާއި ކައިވެނި ކުރޭ…” ރީޝާއަށް އޭރު ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. […]