Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (2)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 9, 2026 3 Mins Read
8 Comments

“އަޅެ ކުރިން ވިޔަސް ގުޅުމެއް ހިންގާފަ އޮތީމަ ދޯ ޒުކާ ބަނޑުބޮޑުވީި އެ؟ ދެން ދަރިފުޅު ޒުކާއާއި ކައިވެނި ކުރޭ. އެހެން ނޫނީ ޒުކާގެ އެ ދަރިފުޅުވެސް ބައްޕަނެތް ކުއްޖަކައްވާނީ” މިހެން ބުނެ މާޔާވެސް ގޮސް ވަނީ ކޮޓަރިއަށެވެ.

(5 އަހަރު ފަސް)

(2 ވަނަ ބައި)

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބޭއްވިގެން ދިޔަ މާލަމަކީ ފެންނަފެނުމަށް ބަހާރު މޫސުމުގެ ފިނިކަން އިޙްސާސްވާ ފަދަ ހިތްގައިމު ތަނެކެވެ. މުޅި މާލަން ވަނީ ޔުނިވަރސިޓީގެ ރަސްމީ ކުލަތަކާއި، ހުދުކުލައިގެ މާތަކުން ޒީނަތްތެރި ކޮށްފައެވެ. ސީލިންގުން ތިރިއަށް އެލުވާލާފައިވާ ޖަަންތީރުތަކުން ފެންނަނީ ކާމިޔާބީގެ އުޖާލާކަމެވެ. ދަސްވެނިން ތިބީ އެކުދިންގެ ކަޅު ކުލައިގެ ގައުންތަކާއި، މުށި ކުލައިގެ އަންނައުނުގައި ނުހަނު ފިސާރި ފަރިކޮށެވެ. މުޅި މާލަމުގައި ހިފާލާފައިވަނީ މީރުވަސްދުވާ ސެންޓާއި، ތާޒާ މާތަކުގެ ވަހެވެ. ކޮންމެ ދަސްވެންޏެއްގެ މޫނުމަތިންވެސް ފެންނަނީ އެތައް އަހަރެއްގެ ބުރަ މަސައްކަތަށްފަހު ލިބުނު ފަޚުރުވެރި ކާމިޔާބީގެ ހިނިތުންވުމެވެ.

ޖަލްސާގެ ރަސްމީ ބައި ފެށިގެން ދިޔައީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. ކިޔެވުންތެރިޔާގެ ހިތްގައިމު އަޑުން މުޅި މާލަން ގުގުމާލިއިރު، އެ އަޑުގެ ސަބަބުން ހިތްތަކަށް މަޑުމޮޅިކަމާއި ރޫޙާނީ ދިރުމެއް ލިބިގެންދިޔައެވެ. ޤުރުއާނުގެ ބަރަކާތަށްފަހު، ރަސްމިއްޔާތުގެ އެންމެ މުހިންމު ވަގުތު އައިސް ޖެހުނެވެ. އެއީ ތަޢުލީމީ ޙަޔާތް ނިންމާލި ކުދިންނަށް ސަނަދާއި އިނާމު ދިނުމުގެ ވަގުތެވެ. ސްޓޭޖްމަތީގައި ހުންނެވި އިޢުލާންކުރާ ފަރާތުން، ވަރަށް އަސަރުގަދަ އަޑަކުން ނަރުސްކަމުގެ ދާއިރާއިން ދަސްވެނިވި ދަރިވަރުންގެ ނަންތައް ގޮވާލަން ފެށިއެވެ. އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ މަތިވެރި އަޒުމުގައި ކިޔެވި މި ކުދިންނަށް މަރުޙަބާ ކިޔުމަށް މުޅި މާލަން ތައްޔާރުވެފައި އޮތީ ނުހަނު ޝައުޤުވެރިކަމާ އެކުގައެވެ.

އެވަގުތު މުޅި މާލަމުގައި ގުގުމާލީ “އައިޝަތު ޔޫއާ ހުމައިދު” ގެ ނަމެވެ. ޔޫއާގެ ނަން އިވުމާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެ، ފަޚުރުވެރިކަމާއެކު ސްޓޭޖާ ދިމާއަށް ހިނގައިގަތެވެ. ނަރުސްކަމުގެ ދާއިރާއިން މަތީ ވަނަތަކެއް ހާސިލުކޮށް، ދަސްވެނިވި ކަމުގެ ސަނަދާއި ރަން މެޑަލް އޭނާގެ އަތަށް އެރުވުނު ވަގުތަކީ އޭނާގެ ޙަޔާތުގައި އައި އެންމެ އުފާވެރި ސިކުންތެވެ.

ޖަލްސާ ނިމި، މާލަމުން ބޭރަށް ނުކުތްއިރު ޔޫއާގެ އިންތިޒާރުގައި މުޅި ޢާއިލާ ތިއްބެވެ. އެންމެ ކުރީގައި ހުރި ޔަޒީދާގެ ލޮލުން އައި އުފާވެރިކަމުގެ ކަރުނައާއެކު ޔޫއާގެ ގައިގައި ބައްދާލިއެވެ. ހުމައިދު ފަޚުރުވެރިކަމާއެކު ޔޫއާގެ ބޮލުގައި ބޮަސްދީ މަރުޙަބާ ކިޔެވެ. ޔޫއާންއާއި ހިދާޔާވެސް މާބޮނޑިތަކާއެކު އައިސް ޔޫއާއަށް ތަހުނިޔާ ކިޔެވެ. އެންމެ ފާހަގަކޮށްލެވުނީ، އުމުރުން 6 އަހަރުގެ ހިނާޔާއާއި، ޔޫއާގެ އަމިއްލަ ލޯބިލޯބި 5 އަހަރުގެ ދަރިފުޅު ޔަލާ އެވެ.

“މަންމީ މަރުޙަބާ!” އޭ ބުނެ ޔަލާ ދުވެފައި އައިސް ޔޫއާގެ ފައިގައި ބައްދާލި ވަގުތު، ޔޫއާގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދިޔަ ކަހަލައެވެ.

“ޖަޒާކައްﷲ ޙައިރަން މަންމި ފުރާނަ ކޮޅު” ކުޑަކުޑަ ޔަލާ އުރާލަމުން އޭނާގެ ކޯތާފަތުގައި ތުން ޖައްސާލަމުން ޔޫއާ ބުނެލިއެވެ. އެއީ ޔޫއާގެ ދަރިފުޅު ޔަލާއެވެ. އެއީ ޔޫއާގެ ދިރިހުރުމެވެ. ލޮލުގެ ކޮއެއެވެ. މިއަދު މިހިސާބައް އައުމަށް އޭނާއަށް ހިތްވަރުލައިދިން ބައިވެރިޔާއެވެ.

އުމުރުން 5 އަހަރުގެ ޔަލާ ހީވަނީ ޔޫއާގެ ސިފަ ނަކަލު ކޮށްގެން ހުރި ހެންނެވެ. ހަމަ އެދެލޮލެވެ. އެތުންފަތެވެ. އެ ނޭފަތެވެ. ޔޫއާގެ ވާތު ކޯތާފަތުގައި އިން ކަޅު ތިލަވެސް ޔަލާގެ ކޮލުގައި އިނެވެ. ދެމައިން އެހާ ވެސް ވައްތަރެވެ. ޔޫއާ ލައިގެން ހުރި މުށި ކުލައިގެ ‘ސިލްކް’ އަބާޔާގެ އާއި އެއްވައްތަރު ކޮށްފައި ޔަލާވެސް ލައިގެން ހުރީ ހަމަ އެފޮތީގެ ހެދުމެކެވެ. ތަފާތަކީ ޔަލާގެ ބަނޑާއި ދިމާލުގައި އިން މުށި ކުލައިގެ މަލެވެ. އެކުއްޖާގެ ބޮލުގައިވެސް ހަމަ އޭގެ މަލެއް އިނެވެ.

“ކޫއްތަ ޖެހޭނެ އައިސް ކްރީމް ގަނެދެން އިނގޭ؟” އެވަގުތު ކުރިއަށް ޖެހިލަމުން ހިނާޔާ ބުނެލީ އަމުރުވެރި ގޮތަކަށެވެ. ކުޑަކުޑަ ހިނާޔާވެސް ހުރީ ޔަލާ ލައިގެން ހުރި ކަހަލަ ހެދުމެއް ލައިގެންނެވެ.

“ހެހެހެ އޯކޭ އޯކޭ. ކޫއްތަ އައިސް ކްރީމް ގަނެދޭނަމޭ އެންމެނަށްވެސް އިނގޭ؟ ހިނގާ ދެން ފޮޓޯ ނަގަމާ؟” މުޅި ޢާއިލާ އެކުގައި ފޮޓޯ ނަގަމުން ދިޔައިރު، އެ މޫނުތަކުން ފެންނަނީ ނުހަނު ބޮޑު އުފާވެރިކަމެކެވެ. އެއީ ލޯތްބާއި ކާމިޔާބީން ފުރިގެންވީ ތާރީޚީ ރެއެކެވެ.

ޔަލާއާއި ހިނާޔާ ގޮވައިގެން ޔޫއާންއާއި ހިދާޔާ ދުރަށް ޖެހިލީ ޔޫއާއާއި މަންމަމެން ވާހަކަ ދައްކާލަން ފުރުސަތެއް ދިނުމަށެވެ. ޔަޒީދާ އުފަލާއި އެކު ޔޫއާގެ ހަށިގަނޑުގައި ބައްދާލި އިރު ފަހަތުގައި ހުރި ހުމައިދުގެ ލޮލުގައިވެސް ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

“ދަރިފުޅާ. މިއަދު ބައްޕަ ވަރަށް އުފާ ވެއްޖެ. ކިޔެވުމަކީ އަންހެން ކުދިންނަށްވެސް ވާނޭ ކަމެއްކަން މިއަދު ދަރިފުޅު ހާމަ ކޮށްދީފި. މާޝާ ﷲ މިއަދު ބައްޕަ ވަރަށް ފަޙުރުވެރި ވެއްޖެ. ހިތައް އަރާ އޭރުވެސް ޔޫއަށް ކައިވެނި ކުރުވަން މަޖުބޫރު ނުކޮށް ކިޔަވަން ފުރުސަތު ދެވުންނަމައޭ. އެ ނުލަފާ ނިކްޔާންގެ ސަބަބުން ކިހާ ބޮޑު ވޭނެއް ދަރިފުޅު ތަހައްމަލު ކުރީ؟ މީ އަހަރެންގެ ކުށް. އަހަރެން ޔޫއަށް ކައިވެނި ކުރަން މަޖުބޫރު ނުކުރުވިނަމަ މިހެން ނުވީސް…” އަދިއަދަައް ދާން ދެންވެސް ހުމައިދު ދިޔައީ އެކަމުގެ ހިތާމަ ކުރަމުންނެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

“ޔަލޫ އެއީ އަހަރެންގެ ފުރާނަ. ޔަލޫއާއި ނުލާ މިކަމެއް ޔޫއަކަށްވެސް ނުވީސް” ދެލޯ ފުހެލަމުން ޔޫއާ ބުނެލިއެވެ. ކުޑަކުޑަ ޔަލާއާއި ދިމާލަށް ބަލައިލީ އިރު ޔޫއާގެ ލޮލުގައިވީ އިންތިހާ ލޯތްބެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 53

Next

ހިތުގެ ވިންދު 1

Next
May 9, 2026

ހިތުގެ ވިންދު 1

Previews
May 9, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 53

8 Comments!

  1. Anonymous says:
    May 9, 2026 at 1:50 pm

    Alhey can’t wait for the next part
    When next?

    1. shihaamaa ali shihaamaa ali says:
      May 9, 2026 at 8:01 pm

      In sha allah monday ga stay tuned🩶🫶🏻

  2. Exxo says:
    May 9, 2026 at 2:34 pm

    OMG OMG OMG. Mi bai vrh vrh reeeeeethi ingeyy.
    SOOOOOOO Curious !!!!!!!!!!!.
    whn next ??????
    Sooo un patiently waiting…..

    1. shihaamaa ali shihaamaa ali says:
      May 9, 2026 at 8:02 pm

      Jazaakallah khairan Exxo🩶🫶🏻
      In sha allah next monday ga stay tuned🩶🩶

  3. Blackyyy says:
    May 9, 2026 at 10:03 pm

    MashaAllah ❤️… When ‘s next?
    Curiously waiting for the next part …. Congratulations!Yooaa…IA, ur life will go with lot of sucess…Yala..cutie pie
    Lysm ND Tc of my babe, 😘

    1. shihaamaa ali shihaamaa ali says:
      May 13, 2026 at 3:41 pm

      jazaakallah khairan Blackyyy🩶🫶🏻

  4. Exxo says:
    May 12, 2026 at 2:14 pm

    Shiherrrr. Where’s third ?????
    Pending ga thrrrrr?????
    Mihaaru U ge season 1 kiyaalaifin vrh reeethi. hama U ge story writing skills ulheny evvanaiga.
    Ly….

    1. shihaamaa ali shihaamaa ali says:
      May 13, 2026 at 3:42 pm

      jazaakallah khairan Exxo🩶🫶🏻
      sorry for the delay but ep3 is now out.. i wasn’t feeling well thats why

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (4)←


All Right Reserved!