އެވަގުތު އެތަނައް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އަކިޔަލް ވަނެވެ. އެލާރާއާއި އެކު ‘ސީން’ އަށްި ދިޔަ ފުލުހަކީ އަކިޔަލްއެވެ. “އެލާރާ… އަނެއްކާ…” އަކިޔަލްގެ ނޭވާ ވަނީ ކުރުވެފައެވެ. އެކަމުންވެސް އޭނާ އެތަނަށް އެއައީ ދުވެފައިކަން އެނގުނެވެ. (48 ވަނަ ބައި) “ކިހިނެތްވީ؟ އަނެއްކާ ކިހިނެތްވީ؟” ޔައުލާން ހާސްވެފައި ތެދުވިއެވެ. “އަނެއްކާވެސް… އެހެން ކޭސްއެއް. 19 އަހަރުގެ ކުއްޖެއް. އަލޫކާ… ހަމަ ވަރަށް އިހާނަތިކޮށް މަރާލާފަ…” އަކިޔަލްގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. އަކިޔަލްގެ ވާހަކަ އިވި އެލާރާގެ ހަށިގަނޑު […]
“ނިކުމޭ ދަރިފުޅާ. މިކީ ހޯދާ. މިކީ ބަލާތި. މަންމަވެސް ބައްޕަވެސް ވަރަށް ލޯބިވޭ ދަރިފުޅުމެންދެކެ…” މަޑުމަޑުން މިރުޝާލްގެ އަޑު މަޑުވާން ފެށިއެވެ. ފިހުނަސް ހެޔޮކަމަށް ބަލާ މީކައިލް އުޅުުނީ ވަންނާށެވެ. ނަމަވެސް އެކަން ހުއްޓުވީ އެވަގުތު އެތަނަށް އައި ފުލުހުންނެވެ… *** (47 ވަނަ ބައި) “އަޅެ ވިޝާ ބުނެބަ… އަހަރެން ކިހިނެތް މިކަމުން އަރައިގަންނާނީ؟ ކިހިނެތް އެ މަންޒަރު ހަނދާނުން ފުހެލާނީ؟ މަންމަމެން އެ މަރުވީ ހާދަ ވޭންދެނެވި ގޮތަކަށޭ…” މީކައިލް ދައްކަމުން ދިޔަ ވާހަކަތަކުން […]
އައްސަލާމު އަލައިކުމް ކިޔުންތެރިން، “ވަފާތެރިމަވީމޭ” ގެ ސީޒަން 2 އަށް އިންތިޒާރު ކުރި ކިޔުންތެރިންގެ އިންތިޒާރަށް ނިމުމެއް އައިސްފި. އިންޝާ ﷲ “ވަފާތެރިމަވީމޭ” ގެ ސީޒަން 2 ގެ ފުރަތަމަ ބައި 6 މޭ 2026 ގައި ކިޔާލަން ލިބޭނެ. ބާކީ މިއޮތް 8 ދުވަހު އަލުން ސީޒަން 1 ކިޔާލަން ބޭނުން ކުދިންނަށް ވާހަކަ ކިޔާލެވޭނެ. ނޯޓް: “ވާތީ ހިތަކު ލޯބި މަންމަންވެފާ” އަށް އަދި ނިމުމެއް އައީކީ ނޫން. އިންޝާ ﷲ ދެވާހަކަ އެކީގައި […]
އަނެއްކާވެސް އެޒިކިއެލްއަށް ރޮވުނެވެ. އެއަޑުގައިވީ ވޭން އިވި އެލާރާގެ ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ. އެޒިކިއެލް ގާތުގައި އިން ޔައުލާންއަށްވެސް ވީ ހަމަ އެވަރެވެ. “އެއްލޫ… އަހަރެންވެސް… އެލާދެކެ ހަމަ ތިހާ ލޯބިވޭ…” މަޑުމަޑުން ޔައުލާން ބުނެލި އިރު އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ކޯތާފަތުގައި ފިރުމާލާފައި ވެއްޓުނެވެ. (46 ވަނަ ބައި) ފަތިހުގެ ފިނި ފިނި ވަގުތެވެ. ތުނި ތުނިކޮށް ވާރޭ ވެހެމުން ދާތީވެ، އެވަގުތު ފިނިކަން ވަކިން ގަދަހެންވެސް ހީވެޔެވެ. އެ އަރާމު ވަގުތުގައި […]
“އެއްލޫ. ހަމަ ޖެހިބަލަ. މިރޭ 30 12 ގެ ފްލައިޓުން އަހަރެމެން ރާއްޖެ ދަމެއްނުން؟ އިރާދަކުރެއްވިއްޔާ ދެން މިކްޔާއަކަށް އެއްވެސް ކަމެއް ނުވާނެ. ހުއްޓާލާ. ހަމަ ޖެހޭ. ކެތްކުރޭ. މިކްޔާއަށްޓަކައިވެސް ކެއްކުރޭ…” އެޒިކިއެލްގެ ކަރުނަތައް ފުހެދެމުން ޔައުލާން ވާހަކަ ދެއްކިއެވެ. (45 ވަނަ ބައި) މީކައިލް މިކްޔާ ގޮވައިގެން މަޑުމަޑުން ހިނގަމުން ދިޔައީ މަންމައާއި ބައްޕަގެ މޫނު އެންމެ ފަހު ފަހަރަށް ބަލައިލުމަށެވެ. އެ ހިސާބަށް ދެވުނުއިރު، މީކައިލްގެ ފައި ތުރުތުރުލަމުން ދިޔައެވެ. އޭނާގެ ހިތް ކުދިކުދިވަމުން […]
ކޮޓަރި ދޮރު ހުޅުވާފައި ނިކުން އިރު ކަމަކު ދާކަށް ނެތެވެ. ބަދިގެ ތެރޭގައިވީ އަލިފާނުގެ އަސަރު ސަފިއްޔާއާއި މިރުޝާލްގެ ކޮޓަރިއަށްވެސް ވަނީ ކޮށްފައެވެ. “ނޫން ނޫން. މަންމާ! ބައްޕާ!” މިކްޔާގެ ކަރުން ހަންދާ ވަރަށް އޭނާ ގޮވާލިއެވެ. ސަފިއްޔާ ހުރީ ބަދިގޭގައެވެ. މިރުޝާލް ހުރީ ކޮޓަރީގައެވެ. ދެން…؟ (44 ވަނަ ބައި) “މަންމާ… މަންމާ…” ރޮމުން ރޮމުން މިކްޔާ ދުއްވައިގަތީ ބަދިގެއާއި ދިމާލަށެވެ. ހާސްވެފައި ހުރިވަރުން އެހީއަށް ގޮވުމުގެ ޙިޔާލެއްވެސް އޭނާއަކަށް ނައެވެ. ބަދިގެއަށް ވަދެ ވަދެ […]
“ގުޅާތި. ވާނުވާ އަންގާތި. ރަނގަޅަށް ކައިގެން އުޅޭތި..” މީހުންގެ ލޯތަކަށް ބެލުމެއް ނެތި މިކްޔާ އެޒިކިއެލްގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އެޒިކިއެލްވެސް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހިތް ބިރުގަންނަނީއެވެ. ހީވަނީއެވެ. ބޮޑު ކަމެއް ވާން އުޅެނީއެވެ. ދެމީހުން ބައްދާލައިގެން އިރުކޮޅަކު ތިއްބެވެ. ކަރުނައިން ފުރިގެން ވާ ހާލުގައެވެ. އެ ދެމީހުނަށް ނޭނގުނު ނަމަވެސް އޭރު ‘އޭނާ’ އެ މަންޒަރު ބަލަން ހުއްޓެވެ. (43 ވަަނަ ބައި) “އޯހްހްހް. އެހެންވެ އެޒިކިއެލްއަށް މާ ހާއްސަ މީހަކީތާ ދޯ މިއީ..؟ ހެހެހެ. ރަނގަޅު […]
އެއްމިޔަކަނުން ހީލަމުން އޭނާ ގޮނޑިން ތެދުވިއެވެ. ތުންގޮއްވަމުން ޖީބުގައި އޮތް ތަޅުދަނޑި ނަގާ އެތަނުގައި އިން ކަބަޑު ހުޅުވައިލިއެވެ. އެ ކަބަޑު ތެރޭގައި އޮތް ޔައިލީންގެ ހިތް ފެނި އެޒުވާނާގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. (42 ވަނަ ބައި) ނިދަން އޮށޯތުމުގެ ކުރިން ޒާލާ ގެއިން ބޭރަށް ނިކުތީ ގޭ ދޮރާށި ތަޅުލުމަށެވެ. މިހާރު އަކްނާން ނިދަން ގެއަށް ނައުންވެސް އެއީ އާއްމު ކަމަކަށް ވާތީއެވެ. ދޮރު ތަޅުލާފައި ހުރުމުން އޭނާ ހުރީ ގޭގައި ކަމަށް ނައުރީންއަށް […]
ދެމީހުން ގޮވައިގެން މާހިން ދުރަށް ޖެހިލިއެވެ. ހަރަމް ބަނދެލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ލައިލީންގެ މަރަކީ އާދައިގެ މަރެއް ނޫން. އެކަމުގައި މީހެއްގެ އަތެއް އެބަވޭ…” އެހިސާބުން މާހިން ހުއްޓާލީ ދެން ބުނަން އޮތް ޖުމްލަ ބުނަންވީ ގޮތެއް ނޭނގިގެންނެވެ. “ލައިލީންގެ… ހަށިގަނޑުގައި އޭނަގެ ހިތެއް ނެތް… މޭ ފަޅާލާފަ ފަހަންވެސް ފަހާފަ އޮތީ…” މަޑުމަޑުން މާހިން ބުނެލި ޖުމްލަ ޔައުލާންއަށާއި އެޒިކިއެލްއަށް އިވުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. (41 ވަނަ ބައި) “ކި… ކީކޭ…؟” […]