ދެމަފިރިންގެ މޫނުމަތީގައިވީ ހިނިތުންވުން ފެނި ޑަކްޓަރުގެ މޫނުގައި ނުތަނަވަސްކަން އުފެދުނެވެ. ހިންދިރުވާލަމުން ކައިރީގައި އޮތް އޭނާގެ ފޯނަށް ބަލައިލިއެވެ. އޭނާ އެދެމީހުނަށް ދިން އެ އުފާވެރި ޙަބަރު އޭނާއަށްވެސް މިހާރު އިނގޭނެޔެވެ. ދެންވާނީ ކިހިނެތްބާއެވެ؟ (63 ވަނަ ބައި) ލަޝްކާއާއި ދާއިޔަލް ނިކުތުމުން ޑަކްޓަރު އޭނާގެ ފޯނު ނެގިއެވެ. ތުރުތުރުލަމުން ދިޔަ އަތުން ފޯނު ހުޅުވާ ފިތައް ފިއްތާލިއެވެ. ފޯނު ދިއްލުނު އިރު އޭނާ އިނީ ފޯނެއްގައި ކަން އެނގުނެވެ. ހިންދިރުވާލަމުން ކަންފަތުގައި އޭނާ ފޯނު ޖެއްސިއެވެ. […]
“އާނ. ތިވެސް މުޅިއަކުން ދޮގެއް ނޫން. އެހެން ނޫނަސް ކޮބާ މައްސަލައަކީ؟ މިއީ ދެމަފިރިންނޭ. ހުއްދަ ދެމީހުން މިއީ. ނިކް މާ ފޯރި ހުރި މި ގުޅުން ހަރާން އިރު. ހުއްދަ މީހުން ކަމު ނުދަނީތަ؟” ޒުކާ ކޮށްލި ސުވާލުން ނިކްޔާން އަތް ހިއްލާލީ ޒުކާގެ ހަށިގަނޑުގައި ޖެހުމަށެވެ. ނަމަވެސް އެވަގުތު ޒާކު ދޮރު ހުޅުވާލިއެވެ. (11 ވަނަ ބައި) “ކީއްވެ ބައްޕިއާއި މަންމި ތި ތޮޅެނީ؟” ދެލޯ ބޮޑު ކޮށްލަމުން ޒާކު އަހައިލީ މައުސޫމް ގޮތަކަށެވެ. […]
ސަލާމް ކިޔުންތެރިން… ސޯޝަލް މީޑިއާ ނުގެންގުޅޭ ކުދިންނަށް ވާހަކައާއި ބެހޭ ގޮތުން ހިއްސާ ކުރާ މަޢުލޫމާތު ފޯރު ކޮށްދިނުމަށްޓަކައި އަޅުގަނޑު ވާނީ ވައިބާ ގުރޫޕެއް ހަދާލާފައި. ހުރިހާ ކުދިންނަށްވެސް އެ ގުރޫޕަށް ވަދެލެވޭނެ. ގުރޫޕަށް ވަނުމަށް ބޭނުންވާނޭ ލިންކު ކޮމެންޓް ސެކްޝަނުގައި އަޅުގަނޑު ހިއްސާ ކޮށްލާނަން. ހުރިހާ ކުދިންވެސް ޖޮއިންވެލައްޗޭ.. 🩶🩶 “ލާލާ އަނެއްކާ އެސޮރަށް ހިތް ނުކިއްޔާވެސް ރަނގަޅު. ވަރަށް ރީތި މީހެކޯ އެއީ. ބޮއެ ބޮއެ ގޮސް ހީވަނީ އެކަމަކު 30 އަހަރު ވާން […]
“ކޮބާތަ ޔޫއާގެ ފިރިމީހާ؟ ފުރަތަމަ ދިމާވި ދުވަހު ބަނޑުބޮޑުވެ ހުރީ. އެކަމަކު އެދުވަހުވެސް ހުރީ އެކަނި. މިއަދުވެސް އެކަނި.” ފައިޒަންއާއި ދިމާލަށް ބަލަން އޮވެ، ދޫނެރެލަ ނެރެލަ އޮތް ކުޑަކުޑަ ޔަލާގެ އަތުގައި ހިފާލަމުން އޭނާ އެހިއެވެ. “ވަރިވެފަ…” ޔޫއާގެ ޖަވާބު އިވި ފައިޒަންގެ އަނގަ ކުނި ވިއެވެ. އެހެން އެހުނީތީ ލަދުގަނެ، ދެރަވިއެވެ. “ސޮރީ…” (10 ވަނަ ބައި) “އެ އޯކޭ ވާނެ. އަހަރެން އޭނަ ގެއްލިގެން ދެރައެއްވެސް ނުވޭ މިހާރު. ކައިވެނި ކުރީވެސް އާއިލާ […]
އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލި އިރު ޒާލާ އޮތީ ނިދިފައެވެ. މުޅި ކޮޓަރެ ވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ. ގިނަ ބާލިސްތަކަކާއި ފޮތިގަނޑުތައް ހުރުމުން އެކަމުން އަންގައިދެނީ، އެތަނުގައި އެރޭ އެހެން ބަޔަކުވެސް ނިދިކަމެވެ. އިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި އިނާރާއާއި ދުއާ ވަނެވެ. އަތުގައި ޗޮކޮލެޓް ކޭކެއް އޮތް އިރު އޭގައި އައިސިންގިން ‘އަޕް ފޯރ އަ ނިއު ޗެޕްޓާރ’ ޖަހާފައި އިނެވެ. ކޭކު ގެންގޮސް އެނދު ކައިރީގައި އިން މޭޒުގައި ބައިންދާފައި އޭނާ […]
ޔޫއާގެ އިޝާރާތައް ލަސް ލަހުން ފައިޒަން އެތެރެއަށް ވަނެވެ. ވަގުތުން ޔޫއާންގެ ދެލޮލުން ދިޔައީ ތަރި ބުރައިގެންނެވެ. “ޔަލޫ… އެއީ ޔަލޫގެ ބައްޕި…” އިނގިލި ދިއްކޮށްލަމުން ޔޫއާ އެހެން ބުނެލިއެވެ. ލޯ މަރާލައިގެން ހުރި ޔަލާ ދެލޯ ހުޅުވާލިއެވެ. (9 ވަނަ ބައި) “ފައިބެ އަކީތަ ޔަލޫގެ ބައްޕިއަކީ…؟” ޔަލާގެ ދެލޯ ވިދާލިއެވެ. ބޮޑުވަމުން އައި އިރު އޭނާއާއި އެހާ ގާތުގައި ފައިޒަން އުޅުމުން ހަގީގަތުގައި ޔަލާގެ ހިތުގައި ވެސް ފައިޒަންއަށްޓަކައި ބައްޕައެއްގެ ކުލުނު ވިޔެވެ. “ޔެސް… […]
~ވާތީ ހިތަކު ލޯބި މަންމަންވެފާ ކިޔުއްވާ ހުރިހާ ކިޔުންތެރިންނަށް عيد مبارك🩶~ ކައިވެނީގެ ހަފުލާގެ ބާކީ އޮތްބައި ދެން ކުރިއަށް ދިޔައީ ވަކިން އުފާވެރިކަމާއި އެކުގައެވެ. އަލަށް ކައިވެނި ކުރެވުނު ޖޯޑާއި ކައިވެނި ކުރަން ތައްޔާރީތައް ފެށުނު ޖޯޑަށް މަރުހަބާ ކިޔުމައް ފަހު، ފޮޓޯތައް ނަގާ އެ އުފާވެރި ރޭ ހަނދާނުގެ ފޮތުގައި ރައްކާ ކުރިޔެވެ. މަޖަލާއި ސަކަރާތުގައި އުޅިފައި ހަފުލާ ނިމުން އިރު 30 12 ވާން އުޅެޔެވެ. (60 ވަނަ ބައި) ކައިވެނީގެ ހަލަބޮލި […]
ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި އާއިލާ ސައިބޯން މޭޒުދޮށަށް އެއްވިއެވެ. މޭޒުގެ މެދުގައި ހުރި ހޫނު ސައިގެ ވަހާއި، ތަފާތު ބާވަތްތަކުގެ ކާތަކެތިން މުޅި ތަން ވަނީ މީރުވަސް ހިފާފައެވެ. ނައުރީން ލޯތްބާއެކު އެންމެންގެ ތަށިތަކަށް ސައި އަޅައިދެމުން، ދޭތެރެއަކުން ޒާވިލްގެ ލޮލަށް ބަލާލާ ހިނިތުންވެލައެވެ. އެ މޭޒުމަތީގައި ދެކެވޭ ވާހަކަތަކާއި، އެކަކު އަނެކަކަށް ކުރާ ސަމާސާތަކުން މުޅި ގޭތެރޭގައި އޮތީ އުފާވެރިކަމުގެ ރޫހެކެވެ. (59 ވަނަ ބައި) ހަވީރުގެ ވަގުތެވެ. ސިންކު ކައިރީގައި ހުރެ އަތުގައި ހުރި […]
“އަހަރެން ބޭނުމެއް ނޫން އެ ނިކްޔާން މަގޭ ދަރިފުޅާ ވައިވެސް އެޅޭކައް. އޭނަ އަށް ޒުކާއާއި ޒާކު ވެސް އެހުރީނުން؟ އަހަރެން ޔަލޫ ކައިރީގަ ބުނިން ޔަލޫގެ ބައްޕިއާއި މަށާ މިތިބީ ވަރިވެގެންނޭ. އެހެންވީމަ… ފައި ބުނިން ދޯ…؟ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ…” ޝަކުވާ ކޮށްލާފަދައިން ޔޫއާ ބުނެލިއެވެ. (8 ވަނަ ބައި) “އެންމެ ރަނގަޅު. އަހަރެން ތިކަން ކޮށްދީފާނަން. އެކަމަކު… އަހަރެން އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން ޔަލޫގެ ބައްޕައަކީ ނިކްޔާން ކަން ޔަލޫއަށް ކިޔައިދޭނެ […]