ޔަލާ ނިންދަވާލާފައި ޔޫއާ އެނދުން ތެދުވި އިރު 30 12 ވެއްޖެއެވެ. މޯޅިއަކަށް ދެމިލަމުން އޭނާ ތެދުވީ ފެންވަރާލަން ދިޔުމަށެވެ. ނަމަވެސް ވަނުމުގެ ކުރިން ފޯނު ނެގިއެވެ. ހީކުރި ގޮތަށް އޭނާގެ ފަރާތުން މެސެޖެއް ލިބިފައި އިނުމުން ޔޫއާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހެޕީ ނާރސެސް ޑޭ ލޯބީ” އެމެސެޖުގައި އިނެވެ.
(4 ވަނަ ބައި)
“ހަހަ ޝުކުރިއްޔާ ފައި” ޔޫއާ މެސެޖު ކޮށްލިއެވެ.
“މާދަން ވާނެ ދިމާވެލަން. ކިހާ އިރަކުތަ ރަށަށް އާދެވުނީ؟ ކޮބާ ޔަލޫ؟” ފައިޒަން އެހިއެވެ.
“ޔަލޫ ނިދިފަ. 12 ޖަހަން އުޅޭ ގެއަށް އައިސް ވަދެވުން އިރު. އިންޝާ ﷲ މާދަމާ ޔަލޫ ގޮވައިގެން ފައިއަށް ދިމާ ކޮށްލާނަން” އެ މެސެޖު ކޮށްލާފައި ޔޫއާ ވަނީ ފެންވަރާށެވެ.
އިރު އޭގެ ރަންދޯދިތައް ދުނިޔެއަށް ދައްކާލީ އައު ދުވަހެއް ފެށުން ކަމައް އިއުލާން ކުރަމުންނެވެ. ރޭގަނޑުގެ ކަނު އަނދިރިން ކަޅުވެފައިވީ ލޮނުގަނޑު އޮރެންޖު ކުލައިން ޖަރީވެފައި އޮތް މަންޒަރަކީ އެއްވެސް ކުރެހުންތެރިއަކަށް ކުރެހޭނެ މަންޒަރެއް ނޫނެވެ. އެއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އައު ދުވަސް ޔޫއާ ފެށީ ދަމު ނަމާދާއި ފަތިސް ނަމާދުންނެވެ. ނަމާދުކޮށް ނިމުމުން 30 6 ވަންދެން ގުރުއާން ކިޔަވަން އިނެވެ. ކިޔަވާ ނިންމާފައި ދެން އޭނާ ހެނދުނުގެ ޛިކުރު ކިޔެވެ. ދެން ލައިގެން ހުރި ޖިލްބާބު ބާލާފައި ދަނބުކުލައިގެ ކަކުލާ ހަމައަށް އަންނަ ހެދުމެއް ލިއެވެ. ކަޅު ކުލައިގެ ބެލްސަކާއި އެކު ކަޅު ކުލައިގެ ބުރުގަލެއް އަޅަމުން ޔަލާ ގާތުގައި އެނދުގައި އިށީނެވެ.
“ދަރިފުޅާ؟ ދަރިފުޅާ ޔަލޫ…؟” ޔަލާގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން ޔޫއާ ގޮވައިލިއެވެ. ޔަލާ ކުކުރާލާފައި ބޮލާ އެކީ ފޮތިގަނޑު އަޅާ ނިވާވެލިއެވެ.
“ދަރިފުޅޫ. އަވަހަށް ތެދުވަގާ. މިހާރު އެޔޮއް ސުކޫލަށް ދާ ގަޑި ޖެހެނީނުން؟” ޔޫއާ އެހެން ބުނެލުމާއި އެކު ޔަލާ ތެދުވެ އިށީނެވެ. ހަރަމްބަނދެލަމުން ތުންކޮޅު އޫކޮށްލި ގޮތުން ޔޫއާއަށް ހެވުނެވެ.
“ޔަލޫ ނުބޭނުން ސުކޫލަށް ދާން.” ޔަލާ ބޮޑާ ހާކާލިއެވެ.
“އަސްތާ. ހިނގާބަލަ ދާން ދޯ؟ ޔަލޫ ބުނީމެއްނުން މަންމި ކަހަލަ ނަރުހަކަށޭ ވާންވެސް ބޭނުމީ؟ ނަރުހަކައް ވެވޭނީ ވަރަށް ގިނަ ދުހު ކިޔަވައިގެންނޭ. މަންމިވެސް 5 އަހަރު ކިޔެވިން” ފަސް އިނގިލި ދައްކާލަމުން ޔޫއާ ބުނެލިއެވެ.
“އެކަމު ސުކޫލު ފޫހީ” ދެފައި ތަޅުވާލަމުން ޔަލާ މައުސޫމް ގޮތަކައް ބުނެލިއެވެ.
“މިއަދު މަންމި ދާން ފައި ބޭބެއަށް ދިމާ ކޮށްލަން. ދަރިފުޅު ނުގެންދާނަން ސުކޫލަށް ނުދިޔައީ ވިއްޔާ” ޔޫއާ އެހެން ބުނެލުމާއި އެކު ޔަލާ އަވަސް އަވަހަށް އެނދުން ތެދުވިއެވެ.
“ކޮބާ ކޮބާ ފުރަތަމަ ހޭލެވުނީމަ ކިޔާ ދުޢާ ކިޔާ؟” ހަނދާނެއް ކޮށްދޭ ފަދައިން ޔޫއާ ބުނެލިއެވެ.
“الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ” ދުޢާއަށް ދެއަތް ހިއްލާލަމުން ޔަލާ ކިޔައިލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަކައް ގޮސް އެއްޗެހި ބާލާ، ފެންވަރަން ވަނެވެ.
“ދަރިފުޅު ފުރަތަމަ ފާހަނަ ކޮށްލާފަ ދަތް އުނގުޅާލާ އިނގޭ؟ މަންމި މި ވަންނަނީ ދަރިފުޅު ފެންވަރުވަން ޔުނީފޯމު އިސްތިރި ކޮށްލާފަ. މަންމި އަންނަންދެން އޯކޭ ފެންކުޅި ކުޅެލަން ހުއްޓަސް. މިއަންނަނީ އިނގޭ؟” ޔޫއާ އެހެން ބުނެލުމާއި އެކު ޔަލާ މައުސޫމް ކަމާއި އެކު “ލައްބަ” އޭ ބުނެލިއެވެ.
ބުރުގާ ރީތި ކޮށްލަމުން ޔޫއާ ގެއިން ނިކުތީ ފައިވާން ހަރުގައި ހުރި ޔަލާގެ ބޫޓު ބަލައެވެ. އެވަގުތު ދޮރާށީގައި ޓަކި ދިން އަޑަށް ޔޫއާ ފަހަތް ބަލައިލިއެވެ. “މިގަޑީ ކާކުބާ؟” ހިތާހިތުން ޔޫއާއަށް އަހައިލެވުނެވެ. ދާން ނުދާން ކަހަލަ ގޮތަކައް ހުރެފައިގޮސް ޔޫއާ ދޮރު ހުޅުވައިލިއެވެ.
“ނިކްޔާން؟؟؟ ކީއްކުރަން މިތަނައް ތިއައީ؟ މިހާރު މި މަހު ޔަލޫއަށް ދޭން ޖެހޭ ރުފިޔާވެސް ދީފީމެއްނުން؟” ޔޫއާގެ މޫނު މައްޗައް ރުޅިވެރިކަން އެރީ ބަސް ބުނާހާ އަވަހަށެވެ.
“ޔޫ… ހެޔޮނުވާނެ.. ޔަލޫ މަށާ ދުރު ނުކުރޭ. އަޅެ 5 އަހަރު ވީ އިރު މަށަށް ޔަލޫ ނުވެސް ފެނޭ.. ހެޔޮނުވާނެ ތިހެން ހަދަން. މިއީ ޔަލޫގެ ބައްޕައޭ…” ނިކްޔާންގެ އަޑު ކުރެހުނެވެ.
“އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ބޭވަފާތެރިއެއް ނޫން. ތިއީ އަހަރެންގެ ދަރިފުޅުގެ ބައްޕަ ކަމަކައް އަހަރެން ނުދެކެން. ކޯޓުން އަންގާފަ އޮތް ގޮތައް ދަރިފުޅަށް ކުރަން ޖެހޭ ހަރަދު އެބަ ކުރަމެއްނުން؟ ހާސް ނުވޭ. މަ އެއަށް ގަންނަނީ ޔަލޫއަށް އެކަނި އެއްޗެހި. އަހަރެން ކަލޭގެ ލާރިއެއް ބޭނުމެއް ނޫން” ރުޅިވެރިކަމާއި އެކު ޔޫއާ ބުނެލިއެވެ.
“އަހަރެން ޔޫދެކެ އަދިވެސް ވަރަށް ލޯބިވޭ…” ކަރުނުން ފުރި ބާރުވެފައިވީ ދެލޮލުން ޔޫއާއާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލީ އަސަރާއި އެކުގައެވެ. އެއަޑު އިވީ ހިނދުކޮޅަކަށް ޔޫއާގެ ހިތް މަޑުވިއެވެ. ނަމަވެސް ނިކްޔާން އޭނާއަށްވީ ބޭވަފާތެރިކަން ހިތައް އަރާ އަނެއްކާވެސް ރުޅިވެރިކަން މޮޅުވިއެވެ.
“ކަލޭ ނުވޭ އަހަރެންދެކެ ލޯތްބެއް. މިއަދު ވެސް އޭރުވެސް. ލޯބި ވީ ނަމަ ޒުކާ ގޮވައިގެން އެނދައް އަރައެއް ނޫން އޮންނާނީ. އަހަރެން ނިކްޔާންއަށްޓަކައި ވަފާތެރި އަންބަކައް ވީން. އެކަން ނުވީ ނިކްޔާންއަށް”
“ވަފާތެރިމަވީމޭ ޔޫ… މިއީ އޮޅުންގަނޑެއް. އަހަރެ-”
“ނިކްޔާންގެ ތި ބޭކާރު ވާހަކަތައް އަހާކަށް މަށަކަށް ވަގުތެއް ނެތް. ދާން އުޅޭ” ނިކްޔާންގެ މޫނު މައްޗައް ދޮރު ޖަހަމުން ޔޫއާ އެތެރެއަށް ވަނެވެ.
(ނުނިމޭ)
ފަސްވަނަބައިގެ ތެރެއިން:
“ޔަލާ ތިއީ ބޭކާރު ކުއްޖެއް. ހަހަހަ ޔަލާގެ ނެތް ބައްޕިއެއްވެސް” ހެމުން ހެމުން އޭނާ އެހެން ބުނުމާއި އެކު އެންމެންވެސް އެކުއްޖާއާއި ބައިވެރިވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Omg haadha reehcheyyyy.
Wow extremely nice
Jazaakallah khairan Exxo🩶🫶🏻
Heyyyy u kureege ep gr comment thakah reply nudheny keevve tha??????
hey… i haven’t been feeling well recently and i was not active on esfiya for the past 3 days.. but i’ve replied to all the comments this afternoon🩶🫶🏻
Are you feeling well now?
Alhamdhulihllah a little better, jazaakallah khairan for asking🩶🫶🏻
This part hama wonderfully epic!!💓
Who is Faizan?
Alhe nikyaan ah ehen nuhadhaa😭😭 yaloo is also his daughter eyy😭
Anyways then e feshee dhw yaloo aa bully kuran! Hama huvaa parents vakiviyyaa dharin haadha bikaveyey! At LEAST kamuge hageegath balaa second chance eh viyas dheegen relation break nukurun dhw rangalhe?! Thimaa ge dharifulhattakai vx! Yoo hama boa haree😭😭
Waiting for next…
Tc n Ly darl💗
Jazaakallah khairan Your fav bab 🩶🫶🏻
Hehe Faizan aky kaakukan engeyne next episode ga..
Yeaaa but what he did dhww.. hurt Yooaa smm..
Asluvess.. i feel sooooo bad for those kids🥲🥲
Dhenn ehn v ma boa vess haruvaanethaa dhww.. dhn lets see dhww what happens…
Likewise 🩶🫶🏻
Heyyy shiherrr. Dhen Anna baiga yalaa ah kon baeh tha e ehchehi kiyanee
Students…I think shiherr dhw 🫶🏻❤️
Ep5 is now out read and find out🩶🫶🏻