ތުންކޮޅު ފިއްތާލަމުން އެޒިކިއެލް އަނެއްކާވެސް ރޯން ފެށިއެވެ. ކުޑަ ކުއްޖަކު ދެރަވުމުން މަންމަ ކައިރިއަށްދާ ބީދައިން މިކްޔާގެ މޭގެތެރޭގައި އޭނާ ބޮނޑިވެލިއެވެ. އެޒިކިއެލް ރޯން ބޭނުން ވަރަކަށް ރޯން ދޫކޮށްލަމުން މިކްޔާ އޭނާގެ ބޮލުގައި ބޮސް ދިނެވެ. މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ވެސް އެޒިކިއެލްގެ އިސްތަށިގަނޑު ތެރެއަށް ވަދެގެން ދިޔައެވެ.
(52 ވަނަ ބައި)
ހަސްފަތާލުން އައިސް ޒާލާ ސޯފާގައި އިށީނދެލިއެވެ. ހުރިހާ އެއްޗެހިތައް ހިފައިގެން ޒަވުލްއާއި ޒާލާ އެތެރެއަށް ވަނުމުން ޒާލާ ކޮޅަށް ތެދުވެލިއެވެ. “ކިހިނެތްވީ ދަރިފުޅާ؟” ކަންބޮޑުވެފައި ނައުރީން އެއްސެވެ.
“އަޅުގަނޑު އޯކޭ އޭ މަންމާ. ހިނގާލަން މިދަނީ. ކުޑަކޮށް ބޯ ހަމަ ޖައްސާލަން” ހިނިތުންވެލަމުން ޒާލާ ބުނެލިއެވެ. އަދި ލަސް ހިނގުމުގައި ގެއިން ނިކުމެގެން ދިޔައެވެ.
މެންދުރުގެ ވަގުތު ކަމުން އެހާ ގިނަ މީހުންނެއް މަގުތަކަކުން ނުފެނެޔެވެ. ޒާލާ ލައިގެން ހުރި ކަކުލާއި ހަމައަށް އަރާ ފެހި ކުލައިގެ ހެދުމުގައި ރޫޖެހިފައިވިއެވެ. އެ ހެދުމާއި އެކު ކަޅު ކުލައިގެ ހަރުވާޅަކާއި ކަޅު ބުރުގަލެއް އަޅައިގެން ހިނގަމުން ދިޔަ ޒާލާގެ މޫނުމަތީގައި މާޔޫސްކަންވީ އިންތިހާއަށެވެ. ޒާލާއާއި އަކްނާން ލޯބީގެ ގޮތުން ގުޅުނީ ޒާލާއަށް 11 އަހަރުގައެވެ. އެކުގައި 12 އަހަރު، ކައިވެނި ކޮށްގެން 5 އަހަރު ހޭދަ ކުރެވިފައި ވުމުން ޒާލާގެ ހަޔާތުގެ ބައިވެރިޔަކީ އަކްނާން ކަމަށް ޒާލާގެ ހިތުގެ ކޮންމެ ތަންކޮޅަކުންވެސް ގަބޫލު ކުރިއެވެ. ނަމަވެސް ކަންތައްތައް ވެގެން މި ދިޔައީ އޭނާ އެއްވެސް ވަރަކަށް ހީކުރި ގޮތަކައް ނޫނެވެ. އެގޮތުގައި މަންޒިލެއް ނެތި ހިނގާފައި ދިޔަ ޒާލާގެ ފިޔަވަޅުތައް ހުއްޓުނީ އިވުނު އަޑަކުންނެވެ.
“ދޭންންންންން އަކޫ” ނަހާތުގެ އަޑު އިވުމުން ޒާލާގެ ފިޔަވަޅުތައް ހުއްޓުނެވެ.
“އަކޫ…؟ އަހަރެންގެ އަކޫ…؟” ހިތާހިތުން ޒާލާއަށް ސުވާލު ކޮށްލެވުނެވެ. އަދި ސަމާލުކަމާއި އެކު ވާހަކަ އަހަން ހުއްޓެވެ.
“ދެން އަސްލުއޭ. މިހާރު ބައްޕިގެ ކުޑަ ފުރާނަކޮޅު ދެކޭ ހިތުން ކެއްވާވަރެއް ނޫން. ދެން ވަންނަންވީނުން މަންމިގެ ބަނޑަށް” މިފަހަރު އިވުނީ އަކްނާންގެ އަޑެވެ. ޔަގީނެވެ. އެއަޑެއް ޒާލާއަކަށް ނޯޅޭނެއެވެ.
ގަބުވެފައި އިރުކޮަޅަކު ހުރެފައި ޒާލާ އެގެއަށް ވަނެވެ. ދޮރާށި ހުޅުވާލާފައި ވައިން ޒާލާއަށް އެތެރޭގައި އިން އަކްނާންއާއި ނަހާތު ފެނުނެވެ. ދެލޯ ބޮޑުވެފައި އެދިމާލަށް ބަލަން ޒާލާއަށް ހުރެވުނެވެ. އޭނާ ފެނި ނަހާތުގެ މޫނަށް އައި އަސަރުތަކުން އެއީ އަކްނާންގެ ލޯބިވެރިޔާއޭ ޒާލާ ހިތައް އެރިއެވެ. އެއަށް ވުރެ ޒާލާގެ ހިތުގައި ރިއްސައިގަތީ ނަހާތު ލައިގެން ހުރި ބާރު ޓީޝާޓުން އޭނާގެ ކުޑަ ބަނޑުކޮޅު ފެންނަން އިނުމުންނެވެ.
“ޒާލާ ކީއްކުރަން މިތަނައް ތިއައީ؟” ކޮޅަށް ތެދުވަމުން އަކްނާން އެހިއެވެ. ޒާލާއަށް އޭނާއާއި ދިމާލަށް ބަލައިލެވުނެވެ. ޖަވާބެއް ބޭނުމޭ ބުނާފަދައިންނެވެ.
“މީ އަހަރެންގެ ލޯބިވެރިޔާ. ނަހާތު. ނަހާތު ބަނޑުބޮޑު. އަހަރެެމެން މިއުޅެނީ ކައިވެނި ކުރަން” ނަހާތު ތަޢާރަފް ކޮށްދެމުން އަކްނާން ބުނެލިއެވެ. ޒާލާއަށް ވާނެ ދެރައާއި މެދު އޭނާ ވިސްނާވެސް ނުލައެވެ.
ޒާލާގެ ބޮލަށް އެނބުރުުން އަރާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އަކްނާން އޭނާ ދޫކޮށްލީ އެހެންވެތާއެވެ؟ އޭނާއަށް ފުރިހަމަ ނުކޮށްދެވުން ކަންތައް ފުރިހަމަ ކޮށްދޭނެ މީހަކުވީތީއެވެ. އަކްނާން އޭނާއަށް ބޭވަފާތެރިވީއެވެ.
“އަކޫ… ކީއްވެ…؟” ޒާލާއަށް ޖަވާބު އިނގޭ ހާލުގައިވެސް އަހައިލެވުނެވެ.
“ކޮން އަކޫ ކީއްވެ ހޭ ކިޔާކައްތަ؟ މިހާރު 5 އަހަރު ވީ ކަލޭމެން އިނދެގެން އުޅޭތާ. ކަލެއަށް އަކޫއަކަށް ކުއްޖަކު ނުދެވުނެއްނުން؟ އަހަރެމެން ގުޅުން އޮންނަތާ ވީ އެންމެ 7 މަސް. މިހާރު އަހަރެންގެ ބަނޑަށް 4 މަސް. އަންހެނުންނައް މީހުންގެ އަނބިންނައް ވެވޭނީ” މަލާމާތުގެ ރާގަކަށް ނަހާތު ބުނެލިއެވެ.
އިތުރައް އެއްޗެއް ނުބުނެ ޒާލާ އެގެއިން ނިކުތެވެ. ކެތްނުވީއެވެ. ހިތައް ނުކުޅަދާނަވީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.
ދާއިޔަލްގެ މޭމަތީގައި އޮށޯވެލައިގެން އޮތް ލަޝްކާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ދާއިޔަލްގެ އިނގިލި ތަކުން އޭނާގެ ބުރަކަށީގައި އިނގިލިތައް ހާކަމުން ދިޔަ ގޮތުން ހީލި އަރާތީވެ ލަޝްކާ އޮތީ ހީލަ ހީލައެވެ.
“ދެން ދާއީ” ހެމުން ހެމުން ލަޝްކާ ތެދުވެ އިށީނެވެ. “ދާއި އަބަދުވެސް ދެން ލަޝް ގިލިގިލި ކޮއްޓަނީ” ތުންކޮޅު އޫކޮށްލަމުން ޝަކުވާ ކޮށްލިއެވެ.
“އަޅެ މަގޭ ލަޝް ތި ހީލާ ގޮތް ދޯ؟ ލޯބިން މި ހިތް އުތުރި އަރާ” ލޯބިން ފުރިގެންވާ ބެލުމަކުން ލަޝްކާއާއި ދިމާލަށް ބަލަން ދާއިޔަލް އޮތެވެ.
ހެޔޮވަރު ދުވެއްޔެއްގައި ދުއްވާފައި އައި ފުލުސް ކާރު މަޑުކޮށްލީ ދިޔާންމެންގޭ ކުރިމަތީގައެވެ. ކާރުން ފައިބައިފައި އަކިޔަލް ބަލައިލީ އޭނާއާއި އެކުއައި ރުޒައިކް އަށެވެ. “ޔަގީންތަ ދާއިޔަލް މިހާރު އުޅެނީ މިގޭގަކަން؟” އަކިޔަލް އަހައިލިއެވެ.
“ލައިލީންގެ ހަށިގަނޑު ފެނުން ފަހުން އެމީހުންގެ މިގޭގަ އުޅެނީ” ރުޒައިކް ޔަގީންކަމާއި އެކު ބުނެލިއެވެ. ބޯ ޖަހާލަމުން ދެމީހުން އެކުގައި އެތެރެއަށް ވަނެވެ.
“އައްސަލާމު އަލައިކުމް” އަކިޔަލް ސަލާމް ގޮވާލި އަޑަށް ކޮޓަރި ތެރޭގައި ހުރި ދިޔާން ކޮޓަރިން ނިކުތެވެ. “ކީއްކުރައްވާ ބައެއްތޯ؟” ދިޔާން އަދަބުވެރިކަމާއި އެކު އެހިއެވެ.
“ދާއިޔަލް އާދަމް ޖިނާން ހޯދުމައް މިއައީ” ރުޒައިކް އެމީހުން އައި ސަބަބު ބުނެލިއެވެ.
“ބައްލަވާ ލަޝްކާގެ ވޭދަނަ މިހާރު ނިމިއްޖެ” ދިޔާން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުނެވެ. ދިޔާން އެހެން ބުނި އަޑަށް ލަޝްކާއާއި ދާއިޔަލް ކޮޓަރިން ނިކުތެވެ.
“ދޮންބޭ ކިހިނެތްވީ؟” ދާއިޔަލް ސުވާލު ކޮށްލިއެވެ.
“ދާއިޔަލް އާދަމް ޖިނާން. ލައިލީން އަދި އަލޫކާ މަރާލި ކަމުގެ ތުހުމަތުގައި އަޅުގަނޑުމެނާއި އެކު ދުރުވުން އެދެން” ޖީބުގައި އޮތް ބިޑި ނަގަމުން ރުޒައިކް ކުރިއަށް ޖެހިލިއެވެ.
(ނުނިމޭ)
ފަންސާސްތިންވަނަބައިގެ ތެރެއިން:
“މަންމާ… އަޅުގަނޑަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެ.. މިހާރު 1 މަސް ވެެއްޖެ ރައްޓެހިވެގެން އުޅޭތާ” ނައުރީން ގާތުގައި ލަދުން އިނދެ ޒަވުލް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Omg v reethi MA
Whatt aknaan haadha goahey
What is rlly wrong with him
What how can dhaaii killed edhemeehun
Where is the proof
I rlly CW4THENEXTP
53 ge part kiyaalaafa v curious vejje
Tc
jazaakallah khairan Sheex 🩶🫶🏻
heheh lets see dhww dhen.. stay tuned for next in sha allah next soon.
tc
Omg zaalaa😭😭😭 she’ll be so hurt and borken😭😭
I swear!! faadeh ge gamaaru heki thakeh hifaagen ais dhw e ulheny e akiyal ey kiyunu eychakun!!!! Adhi e soru eh nooney mi case ga lead detective akee vx🤦
Ellu ah naangaa e fadha kameh kuree thee vx he should be fired On the spot!!
Dhaaiyyyy norr😭
Akiyal has to do something with this for sure!! Ehen meehunge bola kan kan kadan eba ulhe ehnu mychakun vx!! Spy eh thwche!
Anyway loved this part cuz it was obviously incredible 💗
Lyyyy
Asluvess dhww.. aknaan moonu mathy jahaa hiyyvanii🙄
Akiyalllll????? Haha lets see dhww..
Jazaakallah khairan Your fav bab 🩶🫶🏻
Likewisee
Hii shiherrr
Mi part ves mashallah vrh reethi
When is next
Im so curious next part ahh
Alheyy kaaku kuraakameh tha mee
I dont think its dhaaiyal ge kameh hen ekmm ves neynge ingeyy im so curious when is nexttt?????
Hiiii Gurrl_8
Jazaakallah khairan 🩶🫶🏻
Hehe next is already out🫶🏻