“މަންމާ… އަޅުގަނޑަށް ކުއްޖަކުދެކެ ލޯބި ވެވިއްޖެ.. މިހާރު 1 މަސް ވެެއްޖެ ރައްޓެހިވެގެން އުޅޭތާ” ނައުރީން ގާތުގައި ލަދުން އިނދެ ޒަވުލް ބުނެލިއެވެ.
(54 ވަނަ ބައި)
“އެހެންތަ؟ ކޮބާތަ އެ ނަސީބު ވެރިޔަކީ؟ އަޅެ ނުވެސް ބުނޭ ވިއްޔާ” ޒަވުލްގެ އަތުގައި މަޑުމަޑުން ޖަހާލަމުން ނައުރީން ބުނެލިއެވެ.
“އެކުއްޖާ ގޮވައިގެން މިއައީވެސް. މަންމައަށް ތަޢާރަފް ކޮށްދޭން” މިހެން ބުނެ ޒަވުލް ބަދިގެއިން ނިކުތެވެ. އަދި ޒުވާން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ބަދިގެއަށް ވަނެވެ. “މަންމާ. މިއީ ވިޝާޔާ. އަޅުގަނޑުގެ ލޯބިވެރިޔާ” ވިޝާޔާގެ އަތައް ފިތާލަމުން ޒަވުލް ބުނެލިއެވެ.
ކަޅު ކުލައިގެ ޙިމާރް އަކާއި އެކު ދަނބު ކުލައިގެ އަބާޔާއެއް ލައިގެން ހުރި ވިޝާޔާއާއި ދިމާލަށް ބަލައިލަމުން ނައުރީން ހިނިތުންވެލިއެވެ. ވިޝާޔާގެ އެ ހެދުން އެޅުމުން އެކަނިވެސް ނައުރީންއަށް އޭނާ ވަރަށް ކަމުދިޔައެވެ.
“މިއީ ޒަވުލްގެ މަންމަ. ވަރަށް އުފާ ވެއްޖެ ބައްދަލު ވެލީމަ. އަޅެ ޒަވުލް ނުވެސް ބުނޭ ވިއްޔާ އެހެން ނޫން ނަމަތާ މީރު އެއްޗެއް ކައްކާލެވުނީހީވެސް” ވިޝާޔާގެ އަތުގައި ފިރުމާލަމުން ނައުރީން ބުނެލިއެވެ.
ބޭރު ރޯނުގައި އެއްޗެހި ހިއްކަން އަޅަން ހުރި މިކްޔާގެ ނަޒަރު ގޭ ދޮރާއްޓައް ހުއްޓުނީ ދޮރު ހުޅުވާލުމުންނެވެ. އެތެރެއަށް ވަދެގެންއައި ވިޝާހާ ފެނި މިކްޔާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. “ހޭ. ކިހިނެތްތަ؟”
“ރަނގަޅު. މިކީ ކިހިނެތްތަ؟” މިކްޔާއާއި އެކު ޖޯލިފަތީގައި އިށީންނަމުން ވިޝާހާ އަހައިލިއެވެ.
“ރަނގަޅު ދެން. ދޮންބެ ދޯ؟ އަދިވެސް ދެން ގޮތެއް. ދޮންބެ ދެރަވީމަ ވަރަށް އިރު ބޭނުންވާނެ އެކީގަ ހަމައަކަށް އެޅެން. ކުޑަ އިރުން ސުރެ ހަމަ ގޮތް އެއީ” މިކްޔާ ބުނެލިއެވެ.
“އޯކޭތަ ދޮންބެގެ ކޮޓަރިއަށް ދިޔަޔަސް؟” ލަދުން އިނދެ ވިޝާހާ އެހިއެވެ. ވަގުތުން މިކްޔާގެ ތުންފަތައް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
“ހަހަ ޔެސް އޯކޭ. ހަމަ ދާންވީ” ހިއްކަން ނޭޅި ހުރި އެއްޗެހި އަޅުވަން ތެދުވަމުން މިކްޔާ ބުނެލިއެވެ.
ފުންނޭވާއެއް ދޫކޮށްލާފައި ވިޝާހާ ތެދުވިއެވެ. ލަސް ހިނގުމުގައި ގޮސް ގޭ ތެރެއަށް ވަދެ މީކައިލްގެ ކޮޓަރިއަށްވަނެވެ. އޭސީ ސޯޅައަށް ލާފައި ހުރުމުން އޭނާގެ ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ދެއަތް ދެއަތާއި ހާކާލަމުން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.
“ކައިލް…؟” މީކައިލްގެ އެއްވެސް ހިލަމެއް ކޮޓަރީގައި ނެތުމުން ވިޝާހާ ގޮވާލިއެވެ. “ނެތީބާ؟ އެކަމަކު ނެތިއްޔާ މިކީއަށްވެސް އިނގޭނެއްނުން؟…” ހިތާ ހިތުން ވިޝާހާ ވާހަކަ ދެއްކިއެވެ. އެޔެއް އޮޅުން ފިލުވަންވެގެން ނިކުންނަން ނިކުންނަން އެނބުރުނު ވިޝާހާގެ ދެލޯ ބޮޑުވީ ފާހާނާގެ ދޮރު ހުޅުވުމުންނެވެ.
އަނދެގެން ހުރި ފެހި ކުލައިގެ ތުވާލި ނޫން އެެހެން އެއްވެސް ނިވާ ކަމެއް މީކައިލްގެ ހަށިގަނޑަކު ނެތެވެ. ދޮރު ހުޅުވާލުމާއި އެކުވެސް މީކައިލް ބޭނުން ކުރި ‘ލައިފް ބޯއި ލެމަން’ ސައިބޯނީގެ ވަހާއި ‘އެމެރޮން’ ގެ ކަޅުކުލައިގެ ޝޭމްޕޫގެ ވަސް މުޅި ކޮޓަރި ތެރޭގައި ދުވަން ފެށިއެވެ. ތެތްކޮށް ހުރި ބޮލުގެ ފަންދިގު އިސްތަށިގަނޑުން ފެންތައް ފައިބަމުން އޭނާގެ ތަނަވަސް މޭ މަތީގަޔާއި އޮމާން ބުރަކަށީގައި ފިރުކެމުން ދިޔަ މަންޒަރު ފެނި ވިޝާހާއަށް ހިންދިރުވާލެވުނެވެ.
“ވިޝާ ކީއްތިކުރަނީ؟” އެއްމިޔަކަނުން ހީލަމުން ލޮލައް އުނދަގޫ ކުރަމުން ދިޔަ އިސްތަށިތައް ދުރުކޮށްލަމުން މީކައިލް އަހައިލިއެވެ.
“މި… މީ…. މީ… ކައިލް ހޯދާލަން މިއައީ… ސޮރީ…” އޭރު ވިޝާހާގެ މޫނު ހީވަނީ ރަތް ޗެރީ ކޮޅެއްހެންނެވެ. ލަދުން ގޮސް އެކުއްޖާ ފަކީރު ހުރީ ވިރިވިރިއެވެ. ނަމަވެސް މީކައިލް ހުރީ ވިޝާހާގެ އެ އަމަލައް ތައްޔާރު ވެގެންނެވެ. އޭނާގެ އަތުގައި ހިފާ ފާރުގައި ތަތް ކޮށްލަމުން ދެއަތް ދެކޮޅުގައި ޖައްސާ ވިޝާހާ ހައްޔަރު ކޮށްލިއެވެ.
“ކީއްވެތަ ތި ދަނީ އެހާ އަވަހަށް؟ ނުދޭ ދޫނީ” ވިޝާހާގެ އުނަގަނޑުގައި އަތް ޖައްސާލަމުން މީކައިލް ތިރިވެލިއެވެ. އަދި އޭނާގެ ކޮނޑުގައި ބޯ އަޅައިލިއެވެ. “ބޭބީ މީ. އަދިވެސް މަންމަމެން މަތިން ހަނދާން ވާތީ ދެރަވެފަ މިހުންނަނީ…” އަސަރާއި އެކު މީކައިލް ބުނެލިއެވެ.
“ބުނެބަ. ވިޝާ ކީއްކޮށްދޭންވީ؟ ކައިލް ބުނި ކަމެއް ކޮށްދޭންނަން” ޔަގީން ކަމާއި އެކު ވިޝާހާ ބުނެލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ ކުއްޖަކުދެކެ. އަހަރެން ބޭނުމީ އެކުއްޖާ. އެކުއްޖާ އެންމެ ބޮހެއް ދިނަސް ހުރިހާ ފާރެއް ރަނގަޅުވާނެ. ޔަގީން. އެކަމަކު… އެކުއްޖާ ރުޅި އައިސް ދާނެ ތީވެ ބޮހެއް ދޭކަށް ނުކެރޭނެ” ތުންކޮޅު އޮޅާލަމުން މީކައިލް ބުނި ވާހަކަ ތޫނު ހަންޖަރެއްހެން ވިޝާހާގެ ހިތައް ހެރުނެވެ. އޭނާ ހީކުރީ މީކައިލް ލޯބިވަނީ އޭނާދެކެ ކަމަށެވެ. ނަމަވެސް…
“ދެން… އަޅެ ދީބަލަ. އޭރަށް އެކުއްޖާވެސް ކައިލްދެކެ ލޯބިވާކަން ޔަގީންވާނެއްނުން؟ ޔަގީން އެކުއްޖާވެސް ކައިލްދެކެ ލޯބިވާނެކަން” ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ވިޝާހާ ބުނެލިއެވެ.
“ޔަގީންތަ؟ ދެން އެހެންވެ ދޭން ވީ ދޯ އެކުއްޖައަށް ދޮނެއް؟” މީކައިލް އަހައިލީ ޔަގީން ކޮށްލާ ކަހަލަ ގޮތަަކަށެވެ. ހިތުގައިވީ ތޫނު ތަދު ވަންހަނާ ކުރަމުން ވިޝާހާ ބޯ ޖަހައިލިއެވެ.
މީކައިލްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. ވިޝާހާގެ އުނަގަނޑުގައި ހިފާ ގަޔާ ގާތް ކޮށްލަމުން އޭނާގެ ތުންފަތުގައި މީކައިލް ބޮސް ދިނެވެ. ވަގުތުން އޭނާގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. ހިތް ތެޅެން ފެށީ އިންތިހާއަށެވެ.
‘ކައިލް ލޯބިވަނީ ވިޝާދެކެ؟’
‘އޯ އެމް ޖީ ކައިލް ލަވްސް މީ’
‘އަޅޭ… އަހަރެމެންގެ ފުރަތަމަ ކިސް.. އީކްކްކް’
ހިތާހިތުން ވިޝާހާ ވާހަކަ ދައްކަމުން ދިޔައެވެ. ވެފައި ހުރި އުފާ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެ ކަން ކަށަވަރެވެ. ދެލޯ މަރާލަމުން މީކައިލްގެ ކަނދުރާގައި އަތް އަޅުވާލީ އެވަގުތު ކޮޅުގެ ހިތްހަމަ ޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ ބޭނުމުގައެވެ.
(ނުނިމޭ)
ފަންސާސްހަތަރުވަނަބައިގެ ތެރެއިން:
“ސާރ. އަޅުގަނޑު ދާއިޔަލް ހައްޔަރު ކޮށްފިން” އެތެރެއަށް ވައިން އެޒިކިއެލް ފެނުމުން އަކިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެނުނީ އަކިޔަލް ހީކުރި ކަހަލަ އަސަރު ތަކެއް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Ashhh zaul kihinehtha miulhenii faharaku anhen kuhjeh govainn
He really didnt care mhr elaa mathinn eyna elaaa use kohlee kanne.. idk but for some reason im very suspicious abt himm n maybe he,s the villain… but idkk ashhh… idk the answers of any of these questions… shiherrr when’s next i jus cant wait to know the truth 😭😭😭
When is next….
Tc 🩷
Ly 💗
ikrr.. asluvess dhw maybe ehn kanne e vy.. hehe lets see dhww keke..
dw dw in sha allah all the questions will be answered sooon..
in sha allah next tmrw.. likewise 🩶🫶🏻
Vishaayaa??? Vishaahaa ge lil sissy is zavul ge gf??? Wtfff???
I dont know whats happening!!!! But i love the twist!
Maybe Vishaayaa is bad??
Idk. Its kinda confusing now! Im confused😭😭😭😭😭
yaaappp its herrrrr…
haha lets wait and see dhww.. dw ur confusion will be cleared i promise
Vishaayaa??? What the waaah??
Zavul hama hith haree dhw elaa maruveema vx…😭
Alheeyy kailoo and visharr so cuteee💗💗!!
Waiting for next part!!
Btw mi part vx vrh reethi MA! The prob is I can’t comment sooner😭
LYyyy…
Yeaapppp he’s dating her😭😭😭😭😭
Dhwww they’re soo cuteee hehe.. vishaaxkail🩶🩶
Hehe its okay ey.. in sha allah next episode soon..
Likewise🩶🫶🏻