ފުރަތަމަ ސީޒަންގެ ތެރެއިން…….. [ހަމަ ދެން ތިކަން ކުރަނީތަ؟ އަޅެ ރުވާންއަށް ތީގެން ނުބައި އަސަރެއް ކޮއްފިއްޔާއޯ] ރަވާން އަތުގައި އޮތް ސިރެންޖްއަށް ބަލައިލަމުން ނޯޔާ އަހާލީ ހާސްވެ ހުރެއެވެ. ނިދިފައި އޮތް ރުވާން ދެލޯ ބޮޑު ކޮއްލީ ކުއްލިއަކަށެވެ. ހަށިގަނޑަށް ވާން ވަމުން ދާކަހަލަ އިހުސާސްއެއް ރުވާންއަށް ދިޔައީ ކުރެވެމުންނެވެ. ދެއަތުން ބެޑުޝީޓުގައި ހިފާ ބާރު ކޮއްލެވުނު އިރު ދަތްކުނޑީ ވިކާލެވުނެވެ. ބަލަބަލާ ހުއްޓައި ރުވާންގެ ކަޅުކަން ގަދަ ކަޅި ރަތް ކުލައަށް ބަދަލުވިއެވެ. [ކެނައިން] […]
ބާރު ސްޕީޑެއްގައި އައި ކާރެއްގައި ޖެހި ރައުނާ ދިޔައީ ވިއްސައިގެންނެވެ. “ރައުނާ!!!!” **** ހަމަ ހިމޭންވެފައި އޮތް ހޮސްޕިޓަލު ހަލަބޮލިވީ ކުއްލިއަކަށެވެ. އެކްސިޑެންޓްވި އަޑާއި އެކު މިލާންގެ ވޭނީ ރުއިމުގެ އަޑުން މުޅިތަންވަނީ ހާސްކަމެއްގެ ތެރެއަށްވައްދާލާފައެވެ.އަވަސް އަވަހަށް ހޮސްޕިޓަލުން ޓީމެއްނުކުމެ ރައުނާގެ ހަށިގަނޑު ގެނެސް އެމަރޖެންސީ ރޫމްއަށް ވެއްދިއެވެ. ހުރިހާކަމެއް ވަމުން ދިޔައި ކުޑަ ސިކުންތު ކޮޅެއްގައެވެ. މިލާން ހުރީ ހިތްފަޅައިގެން ދާހާލުގައެވެ. އެވަގުތު އެތަނަށް އިކާންއައެވެ. މިލާން ރޮއެ ހޭރެމުން ދާ މަންޒަރު ފެނުމުން އެކްސިޑެންޓްވީ […]
ކަން ދިމާކުރި ގޮތުން މިލާންއާއި ރައުނާ ދާން އިނީވެސް އެއްކުލާހަށެވެ. އެހެންކަމުން އިސާހިތަކު ދެމީހުންގެ ދެމެދުގައި ގާއިތް ގުޅުމެއް އުފެދުނެވެ. **5 ވަނަ ބައި** “އަސްލު ރާއްޖެ ތެރޭގެ ކޮން ހިސާބު ކުއްޖެއްތަ ތިއީ؟” ކައިރީގައި ކޮފީތަށީގައި ތުން ޖަހާލަމުން މިލާން އެއްސެވެ. “ހދ މަކުނުދޫ. އެކަމަކު އަހަރެން އުޅެ ބޮޑުވީ ވިލިމާލޭގަ. މިލާންއޯ؟’ ރައުނާ އެއްސެވެ. “އަހަރެން މާލެ. އުޅެ ބޮޑުވީވެސް މާލޭގަ” މިލާން ބުނެލިއެވެ. “ވާއޫ މާލެއޭ؟ ޔަގީން މިހާރު މީހަކާވެސް އިނދެގެން އުޅޭނީ. އަނެއްކާ […]
ފުން ނޭވާއެެއް ދޫކޮށްލަމުން މިލާން ކުރިއަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު ކުރިޔަށް އެޅުނު ތަނާހެން މިލާން އަންހެން ކުއްޖެއްގައިގައި ލައިގަތެވެ. އެވަގުތު ވެގެން ދިޔައީ ދެމީހުންގެ ހަތަރު ކަޅި ކަމަވިވަގުތަށެވެ. **** “ސޮރީ” މިލާން އަންހެން ކުއްޖާ ތެދުކޮއްލަމުން ބުނެލިއެވެ. “އިޓްސް އޯކޭ” ލުއި ހިނިތުން ވުމަކާއި އެކު އެ އަންހެން ކުއްޖާ އެހެންބުނެ ކުރިއަށްދިޔުމަށް އެކުއްޖާ ހިނގައިގަތެވެ. “މިސްޓާރ މިލާން?” އެކުއްޖާ ހިނގާލާފައި ދިޔަ ތަން ބަލަން ހުރި މިލާން ސިހުނީ ފަހަތުން އޭނާގެ ނަންގޮވާލިއަޑަށެވެ. […]
ޙިޔާލުތަކަށް ގެއްލިފައިވީ މިލާން ސިހުނީ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ލިވިޔާއެެވެ. ކަރުނަތަށް ފުހެލާފައި މިލާން ފޯނު ނިއްވާލިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯނު ނިއްވާލާފައި ކަމަށް ބުނުމުން ލިވިޔާ ކޮނޑު އަރުވާލާފައި ނިދަން އޮށޯތެވެ. ***** މެންދުރުގެ ހޫނުގަދަ ވަގުތެވެ. މިއަދުވެސް ލިވިޔާ ތެދުވިއިރު 2 ޖަހަން އުޅެއެވެ. އޭރުވެސް މިލާންގެ ހަބަރެއް ނެތް އިރު، ގޭގައި ކާއެެއްޗެއްހާ ހިސާބުވެސް ނެތެވެ. ލިވިޔާ ހިތާހިތުން މިލާންއަށް އެއްޗެހި ގޮވަމުން ގޮސް ފޯނު […]
“އިޓްސް އޯކޭ. ދެން ފަހުންދޯ ލިވީއަށް ޓްރީޓްދޭނީ? އުޅޭ އެހެންވެ އޯރޑަރ-” އިކާންގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ފެނިގެން ދިޔަ މަންޒަރަކުންނެވެ. ***** “ކިހިނެތްވީ??” އިކާންގެ މޫނުމައްޗަށްވީ ގޮތުން މިލާންއަށް އަވަސް އަވަހަށް އެހުނެވެ. ނަމަވެސް އިކާން އިނީ އެސުވާލަށް ޖަވާބު ދެވޭ ފަދަ ހާލަތަކުނޫނެވެ. “އިކް??” ރިޝްޔާވެސް ހާސް ވެފައި އެއްސެވެ. ނަމަވެސް އިކާންގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ. އިކާން އިނީ މިފެންނަނީ ހަގީގަތެއް ކަމެއް ނުވަތަ އިކާންގެ ދެލޯ އޭނާއަށްދޭ ކެއްސެއްކަމެއް […]
އިރު އޭގެ ރަންދޯދިތަކުން މުޅި ދުނިޔެ ދިއްލައިލީ ފަތިހުގެ ވަގުތުގައި ފަޒާގައި ހިފައިފައިވީ ތެތް ފިނިކަން ހޫނު ކަމަށް ބަދަލުކޮށްލަމުންނެވެ. ހަމަހީމޭން ކަންމަތީގައި އޮތް ދުނިޔެމަޑު މަޑުން ދިޔައީ ހަލަބޮލިވަމުންނެވެ. ދޫނި ސޫފާސޫފިތަށްވެސް އޭގެ ރީތި ރާގުން އަޑު ގޮއްވަމުން ދިޔައީ އައު ދުވަހަކަށް މަރްހަބާ ކިޔާފަދައިންނެވެ. ސޯފާގައި ނިދިފައި އޮތް މިލާންއަށް ހޭލެވުނީ ކައިރީގައި އޮތް ފޯނު އެލާރމް ވާންފެށުމުންނެވެ. ކަންނެތް ގޮތަކަށް ތެދުވެލަމުން މިލާން އަވަސްވެގަތީ ޑިއުޓީއަށް ދާން ތައްޔާރުވުމަށެވެ. ކޮޓަރި ދޮރު ހުޅުވާލިއިރު […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ މިހިތް ގައިމު ވަގުތުގައި މުޅި ދުނިޔެވަނީ އަރާމު ނިންޖަކުން ނިދާފައެވެ. އަހަރެންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ނަމަވެސް ތަފާތަކީ އަހަރެންނަށް އެ ނިދީގެ ފޮނި މީރުކަން ނުލިބޭކަމެވެ. ސިހިފައި ތެދުވެ އަހަރެން އިށީނީމެވެ. އޭސީ 16 އަށް ލާފައި ހުރި އިރުވެސް އަހަރެން ހުރީ ދަލުން ފޯވެފައެވެ. ނުފޭބިނަމަވެސް އަހަރެންގެ ދެލޮލުގައި ކަރުނައިގެ އަސަރުވީކަން އަހަރެންނަށް ދިޔައީ އިހުސާސް ކުރެވެމުންނެވެ. އަހަރެންނަށް ފެންނަނީ ހުވަފެނެކެވެ. ބިރުވެރި ހުތުރުކަން ބޮޑު ހުވަފެނެކެވެ. ކިޔުންތެރިންނޭ. […]
ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. ދެންފެނުނީ ބާރު ދުވެއްޔެއްގައި ރުވާން ގެއިން ނުކުންތަނެވެ. ****** ފެންވަރައިގެން ނިކުން ރުވާން ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރިންގުވަމުން ދިޔަ ފޯނެވެ. ނޫނެކެވެ. ގުޅަމުން ދިޔަ ފަރާތެވެ. ގުޅަމުން ދިޔައީ ޔޫރާ ކަމުން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެހިއެވެ. […]