Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 21

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 19, 2024 3 Mins Read
25 Comments

“ވަދޭ..” ނަވްޔާގެ ކޮޓަރީގައި ޓަކި ޖަހާލުމާއި އެކު އެތެރެއިން ބުނި އަޑު އިވުނެވެ. ކަރު ކެހިލާފައި ޔޫހާން ދޮރު ހުޅުވާލިއެވެ.

ކުރު ޓޮޕް ކޮޅަކާއި އެކު ކުރު ސޯޓުކޮޅެއްގައި ނަވްޔާ ހުރި އިރު، ނަވްޔާގެ އިސްތަށިކޮޅުވެސް ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. ގޮތަކަށް ބުނާނަމަ ނަވްޔާ އިނީ “ނައިޓީ” އެއް ލައިގެންނެވެ.

ޔޫހާން ވަނުމާއި އެކު ނަވްޔާ ގޮސް ޔޫހާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔޫހާންގެ ސިކުނޑިއަށް ވަގުތުން ވަހުޝީ ޙިޔާލުތަށް ވެރިވެގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އެލީޝާ މަތިން ޔޫހާން ހަނދާން ނެތުނެވެ.

މަޑުމަޑުން ނަވްޔާގެ ހަށިގަނޑުގެ އެތަންމިތާ ޔޫހާން ފިރުމަން ފެށިއެވެ. ދެލޯ މަރާލެވުނު އިރު، ނަވްޔާ ދިޔައީ ޔޫހާންގެ ބީހުންތަކުގައި ގަރަގު ވަމުންނެވެ. ހީވާ ފަދައެވެ. މިއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. ނަވްޔާގެ ހަށިގަނޑު ބޮޑަށް ގަޔާތަތްކޮއްލަމުން ޔޫހާން ނަވްޔާގެ ތުންފަތުގައި ބޮސްދިނެވެ. ނަވްޔާގެ ލޫޅާފަތި ހަށިގަނޑު އުރާލައިގެން ގެންގޮސް އެނދުގައި ބާއްވާލިއެވެ.

“ނަވްކޮ ނާދޭތަ؟” ރެސްޓޯރަންޓް ތެރޭގައި މައުނާ ނައިލް އަދި ނައިލާ އިން އިރު ނަވްޔާ ނެތުމުން ނާއިލް އެއްސެވެ. ނާއިލް އައީ އެ ތިން މީހުން ބަލައެވެ.

“ޔެސް. ހޯމްވޯރކް އެބައޮތޭ ކިޔާފަ ނައި” ނައިލާ ބުންޏެވެ. ގެޔަށް އާދެވުމާއި އެކު ގެޔަށް ނުވަނުމަށް ކުޑަކުޑަ ނައިލް ރޯންފެށިއެވެ. އެހެން ކަމުން މައުނާއާއި އެކު ނައިލާ ބޭރުގައި މަޑުކޮއްލިއެވެ. ނަވްޔާކޮބާތޯ ބަލައިލުމަށް ނާއިލް ވަނީ އެތެރެއަށެވެ.

ޔޫހާންގެ ބީހުންތަކުގައި ގަރަގު ވަމުން ދިޔަ ނަވްޔާއަކަށް ނާއިލް ގެޔަށް ވަދެގެން އައި އަޑެއްވެސް ނީވުނެވެ. ނަވްޔާ ފުންކޮއް ނޭވާލަމުން ދިޔަ އިރު، ދެމީހުންގެ ނިތުގައިވެސް ދިޔައީ ދާތިކިތަށް ބަބުޅަމުންނެވެ.

ނަވްޔާއަށް ހަދައިދީފައި އިން ސްޓަޑީ ރޫމްގައި ނަވްޔާ ފެންނަން ނެތުމުން ނާއިލްގެ ނިތަށް ރޫތަށް ގިނަވިއެވެ. ނަވްޔާގެ މޭޒުމަތީގައި އެންމެ ފޮތެއްވެސް ނެތެވެ. “ނަވް ގޭގަ ނެތީބާ؟” އަމިއްލަ ނަފްސަށް އިވޭ ވަރަށް ނާއިލް ބުނެލިއެވެ. ނަމަވެސް ގެޔަށް ވައިން އިރު ނަވްޔާގެ ފައިވާން ފެނުން ހަނދާން ވުމުން ނާއިލް ހިނގައިގަތީ ނަވްޔާގެ ކޮޓަރިއާއި ދިމާލަށެވެ. އެއްވެސް ޙިޔާލެއް ފިކުރެއް ނެތި ނާއިލް ކޮޓަރި ދޮރުގައި ހިފާލިއެވެ.

ހުޅުވާފައި ހުރުމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ނާއިލްއަށް އަނެއްފަރާތަށް އެނބުރެވުނު އިރު، އެ މަންޒަރު ފެނުމުގެ ކުރިން ދެލޯ ކަނުވި ނަމައޭ ހިތަށް އިރިއެވެ. މޫނުމަތީގައި ލަދުވެތިކަމުގެ އިތުރުން ރުޅިވެރިކަންވެސް ވެރިވެގަތެެ. ނާއިލްގެ ދޮން މޫނުވެސް ރަތްވެލި އިރު ކަންފަތުންވެސް ހީވަނީ “ދުން” އަރާހެންނެވެ.

ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުރިމަތީގައި ޒިނޭގެ ތަންމަތީގައި މިއޮތީ އެހެން ދެވަނަ ފަރާތެއްނޫނެވެ. ލޯބިވާ ކޮއްކޮއެވެ.

“ދޮ..ދޮން..ދޮންބެ…” ފޮތިގަނޑުން ހަށިގަނޑު ނިވާ ކޮއްލަމުން ނަވްޔާއަށް ގޮވާލެވުނެވެ. އޭރު ޔޫހާން ބިންމަތީގައި އޮތް އެއްޗެހި ލުމަށް އަވަސްވަނީއެވެ. ބިރުން ހުރި ވަރުން ޔޫހާންގެ ހަށިގަނޑުވެސް ދިޔައީ ތުރުތުރު އަޅަމުންނެވެ.

ނަވްޔާގެ އަޑާއި އެކު ލޯމަރައިގެން ހުރި ނާއިލް ދެލޯ ހުޅުވާލިއެވެ. ގަމީހުގައި ގޮއްއަޅުވަން ހުރި ޔޫހާން ފެނި ނާއިލް އަރައިގަންފައި ހުރި ރުޅިގަނޑު “ޑަބަލް” ވެލިއެވެ.

“ޔޫ! ހައު ޑެއާރ ޔޫ! ކޮބާތަ ކަލޭގެ ލަދާ ހަޔާތާ؟ ބަލަ ތި* ތިއީ މީހެއްގެ ފިރިއެކޭ! ތިއުޅެނި އަދި ކައިވެނިކޮއް އަހަރުނުވެގެންނޭ! އެލީޝާ ކަލޭއަށް ކޯއްޗެއް ނުދޭތީތަ އަހިސް މަގޭ ކޮއްކޮ ގަޔަށް އަރާތިއޮތީ؟!” ޔޫހާންގެ ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވަމުން ނާއިލް އޭނާގެ ރުޅިބާލުވަމުން ދިޔައެވެ.

“ދޮންބޭ! ޝަޓް އަޕް! ޔޫހާން އަހަރެން ކައިރިއަށް އެއައީ އަހަރެންދެކެ ލޯބިވާތީނުން؟ އެލީޝާދެކެ ލޯބިވާނަމަ އޮންނާނީ އެލީޝާ ކައިރީގަދޯ؟ ސޯ ޝަޓް ދި ހެލް އަޕް!” ނަވްޔާ ވެސް ހަޅޭ ލަވައިގަތެވެ. ކުރެވުނު ފާފައާއި މެދު ނަވްޔާ ލަދުގަންހެންވެސް ހީނުވެއެވެ. ނާއިލް ޔޫހާންގެ ގިރުވާނުން ދޫކޮއްލިއެވެ.

“އައްދޯތް!!!” ފުރަތަމަ ފަހަރަށް ނާއިލް ނަވްޔާއާއި ދިމާލަށް އަތް އިސްކުރިއެވެ. ކޯތާފަތުގައި ފިރުމާލަމުން ނަވްޔާ ބަލައިލީ ނާއިލްގެ މޫނަށެވެ.

“ކިހިނެތް ވެގެންބާ ބޭރުގަ މާ އަޑުގަދަ ވެގެން މިއުޅެނީ؟ ހިނގާބަލަ؟” ނައިލްއަށް ނިދެން ފެށުމުން ކުޑަ އެނދުގައި ބޭއްވި ވަގުތު މާ އަޑު ގަދަ ވާތީވެ ގާތުގައި ހުރި ނައިލާ ގާތުގައި މައުނާ ބުނެލިއެވެ. “ބޭބީ ކެމެރާ” ރަނގަޅުތޯ ބަލާލާފައި ދެމައިން ނުކުތެވެ.

“ދޮންބެ މޮޔަވީތަ؟ ހައު ޑެއާރ ޔޫ ހިޓް މީ! އައިމް ޔުއާރ ސިސްޓާރއޭ ޝޯ ސަމް ރެސްޕެކްޓް!!”

“ރެސްޕެކްޓް ބޭނުމިއްޔާ ރެސްޕެކްޓް ރިސީވް ވާނެހެން އުޅިބަލަ!” ނަވްޔާގެ ވާޙަކަ ނިމުމާއި އެކު ނާއިލް ބުނެލިއެވެ. “ކަލޭ އަދިވެސް ބަލަން ހުރީތަ؟ ރައްކާވޭ މިތަނުން!” ޔޫހާން ހުރި ގޮތަށް ހުރުމުން ނާއިލް ހަޅޭ ލަވައިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ ނިކުން ޔޫހާންއަށް ނުކުމެވުނީ މައުނާއަދި ނައިލާގެ ކުރިމައްޗަށެވެ. “ޔޫހާން؟” މައުނާގެ މޫނުމަތީގައި ޖެހުނީ ސުވާލު މާރކްއެކެވެ. ޔޫހާން ގެއިން ނުކުތުމުން އެނދުމަތީގައި އޮތް ނަވްޔާގެ ފޯނު ނެގިއެވެ.

“ގެނޭ މަގޭ ފޯނު! ދޮންބެ ނުޖެހޭ ތިހާ ފުއްޕާކަށް! އަހަރެންވެސް މިއީ 18 އަހަރުވެފައި ހުރި ބޮޑު އަންހެން ކުއްޖެކޭ!” ނަވްޔާ ފޯނު އަތުލުމުން ނަވްޔާގެ ރުޅިގަނޑު ވަކިން ގަދަވިއެވެ.

“މަންމާ! އަހަރެން ނުބުނަނީސް ދެން ނަވްޔާ މިކޮޓަރިން ނެރެގެން ނުވާނެ! ނަވްޔާވެސް މިތަނުން ނިކުންނަންވެސް އުޅިގެން ނުވާނެ! ބައްޕަ މަރުވިތާ އަދި މިއުޅެނީ ދެތިންމަސް ނުވެ. ބައްޕަ ކައްވަޅުގަވެސް އޮތަނުދޭންތަ ނަވްޔާ ތިއުޅެނީ؟ މާތް ﷲ އަންހެނުން ލެއްވީ މާތް ބަޔެއްގެ ގޮތުގަ. ބައްޕަ ނެތަސް، އަދި ނަވްޔާއަށް 18 އަހަރުވެފައި ހުއްޓަސް ތިއީ މިނިވަނަކަށް ނުވާނެ. ނަވްޔާ ތިހުރީ މަގޭ ބެލުމުގެ ދަށުގަ. ނަވްޔާ ދެން ކަން ކުރަން ޖެހޭނީ މަބުނާހެން. އަޑުއިވިއްޖެ؟” ނަވްޔާގެ ފޯނުހިފައިގެން ނާއިލް ނިކުމެ ބޭރުން ދޮރު ތަޅުލިއެވެ.

“ނާއިލް! ޔޫ ސަން އޮފް އަ ** ހަމަ މިހާރު ދޮރުހުޅުވާ!” ދޮރުގައި ތަޅަމުން ނަވްޔާ އެއްޗެހި ގޮވަމުން ދިޔައެވެ. ކުރިމަތީގައި ހުރި ނައިލާއަދި މައުނާ ހުރީ ވާނުވާގައެވެ. މައުނާއާއި ނައިލާ ގޮވައިގެން ނާއިލް ވަނީ ނައިލާގެ ކޮޓަރިއަށެވެ.

“ދަރިފުޅާ ކިހިނެތްތަ ވެގެން މިއުޅެނީ؟؟” ނައިލާ އެއްސެވެ. ނާއިލް އަލިފުން ޔާއަށް ހުރިހާ ވާޙަކައެއް ކިޔައިދިނެވެ.

“މައު އެލީޝާއަށް ގުޅާފައި އެވާހަކަ ބުނެބަ!” ރޮއެރޮއެ އިން ނައިލާގެ ހަށިގަނޑުގައި ބައްދާލަމުން ނާއިލް ބުންޏެވެ. ބޯޖަހާލާފައި މައުނާ ގުޅީ އެލީޝާއަށެވެ.

އެވަގުތު ދިޔައީ ބޯކޮއް ވާރޭވެސް ވެހެމުންނެވެ. ޖެހެމުން ދިޔަ ވަރުގަދަ ވަޔާއި އެކު ގަސްތަށް ނަށަމުން ދިޔައެވެ. އުޑުމަތީގައި ހަނދުގެ އެއްވެސް ނިޝާނެއް ނެތް އިރު ތަރިތަށްވެސް މިރެއަކުނެތެވެ. ކޮޓަރީގެ ޖާލިދޮރު ކައިރީގައި އިން ސޯފާގައި އެ ގުދުރަތީ މަންޒަރަށް ގެއްލިފައި އިން އެލީޝާ ސިހުނީ ފޯނު ރިންގުވުމުންނެވެ. ޖާލީ ދޮރު ލައްޕާލާފައި އެލީޝާ ފޯނުނެގިއެވެ.

“އެލާ… އަމް.. ކޮބާތަ ޔޫހާން؟” މައުނާ ފެށީ ދުރުދުރުންނެވެ.

“ޔޫހާން ހޮސްޕިޓަލްގަ. ކިހިނެތްވީ؟ އޭމް އައި ހިއަރިންގ ސަމްވަން ކްރައި؟” އެލީޝާއެއްސެވެ.

“އައިމް ސޮރީ އެލާ.. ޔޫހާން.. ހީ ޗީޓެޑް އޮން ޔޫ..” މައުނާ ބުންޏެވެ. “ދެން.. ތިއީ ކޮންކަހަލަ ސަމާސާއެއް؟” އެވާހަކަވީ އެލީޝާ ގަބޫލު ކުރަން ބޭނުންވީ ވާޙަކައަކަށް ނޫނެވެ.

“ސަމާސާއެއްނޫން އެލާ.. ހީ ވޯސް މިގޭގަ.. ހީ ވޯސް ސްލީޕިންގ ވިތް ނަވްޔާ.. ނާއިލް ސޯ ދެމް.. ހީ އައި ވިޓްނެސްޑް އިޓް” މައުނާ ބުނެލިއެވެ. ދެލޯބޮޑުވީ އިރު އެލީޝާގެ ހިތަށް އެރީތޫނު ތަދެކެވެ. ފޯނު އަތަށް ބާރުކޮއްލެވުނު އިރު ހިންދިރުވާލެވުނެވެ. އެވަގުތު ކޮޓަރި ދޮރުހުޅުވާލި އަޑުއިވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބޭވަފާތެރިޔަކީމޭ 20

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 14 & 15

Next
December 20, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 14 & 15

Previews
December 18, 2024

ބޭވަފާތެރިޔަކީމޭ 20

25 Comments!

  1. Ingeyne says:
    December 19, 2024 at 1:28 pm

    Alheyyyyyyy
    Ellaa knewww
    Ella haadha dhera vaane eyy
    Tat yoohaan 🤬
    I hate him so muchhhh
    Arrghhhh
    Navya dheke vx rulhi aissi… ladheh hayaatheh neiyy psps
    Mhr ge kudhin ulhwy haalathu mee 😭
    Anyways stry v v reethi… qaitin for the next parttt
    Love you shiherr 💗

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:00 am

      Hehe ikr
      Well she was bound to know tho..
      Hehe jazaakallah khairan
      Stay tuned
      Ilym

  2. kai says:
    December 19, 2024 at 1:43 pm

    mi part vx v reethi curious for next part

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:00 am

      Jazaakallah khairan
      Stay tuned

  3. Your fav bab says:
    December 19, 2024 at 2:01 pm

    Bro what noooo!!!!!
    Elysha fakeerah vanne dhen kihineh??????
    Her husband cheated on her
    It’s not even a year
    OH MY GOD
    Very curious when next????
    Lyssssm💗💗💗💗💗💗💗

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:01 am

      Jazaakallah khairan
      Ilym❤️
      Stay tuned

  4. Your fav bab says:
    December 19, 2024 at 2:04 pm

    Though You r a doc and you r still studying you are able to up the stories on time!!!!
    well I appreciate ur hardwork!!!!!!!!!❤❤❤❤❤❤

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:01 am

      🥹🫶🏻

  5. Nawar says:
    December 19, 2024 at 2:11 pm

    Maashaa Allah mi part vx varah varah reethi…
    Huvaaa yoohaan ulhey gothun rulhi aadhey🤬🤬🤬🤬
    E navyaa vx adhi yoohaan rangalhu kohfa eyna dhonbe aa zuvaabu kohfiehnu 😞😞
    Alhey elaa ah vaane gotheii vx neynge….
    Next part kiyaahithun keii madhuvefa….
    Haadha reethi hisaabakunney thi nimmaaly….
    Can’t wait for next 😊❤️

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:02 am

      Hehe jazaakallah khairan
      Lets see dhw what happens
      Stay tuned for next

  6. gurrrrl says:
    December 19, 2024 at 4:24 pm

    ohhhh noooo yooohaaaaan how dare youuuuuuuuuu….. I hate youuuu
    ella vrhh vrh vrh dhera vaane heyonuvaane dhww
    btw vrh reethi when next

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:02 am

      Jazaakallah khairan
      Stay tuned

  7. Poopyy says:
    December 19, 2024 at 5:11 pm

    Yoohaan does not deserve elisher

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:02 am

      Hehehe lets see dhww what happens then

  8. Your fav bab says:
    December 19, 2024 at 8:43 pm

    I agree who eve you are
    Yoohaan does not deserve an innocent girl like elysha!!!!!

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 2:03 am

      😭👀

  9. Naii says:
    December 20, 2024 at 9:10 am

    Vrhh reethi mi vaahaka can’t wait for next part😍

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 7:00 pm

      jazaakallah khairan
      it’s already out

  10. Mrs imko💓💝 says:
    December 20, 2024 at 9:57 am

    Mi part ves varha reethi Masha Allah 😊😊
    Unmeedhu kuran next part kiyaalan libeene kama 😊😊
    Yoohaan why you do that 😠😠
    I hate you yoohaan 😠😠
    Why you cheated ON YOUR WIFE
    SHE WILL SAD DHOO 😭😭
    YOOHAAN DOES NOT DESERVE ELYSHA 😭😭

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 7:00 pm

      jazaakallah khairan
      it’s already out
      hehe lets c dhw what happen

  11. Your fav bab says:
    December 20, 2024 at 11:33 am

    I have a question…
    So once login to esfiya can we see the other messages we’ve send earlier in a another name?

    1. Ghost girl 👻 says:
      December 20, 2024 at 5:06 pm

      Yeah I think

    2. shihaamaa ali shihaamaa ali says:
      December 20, 2024 at 7:01 pm

      i think

  12. faree says:
    December 20, 2024 at 12:44 pm

    Varan reethi mivaahaka abadhuves midhuniye higaa kankan

    1. shihaamaa ali shihaamaa ali says:
      December 20, 2024 at 7:01 pm

      jazaakallah khairan

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 22←


All Right Reserved!