Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 25 & 26

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 1, 2025 8 Mins Read
24 Comments

“އެއީ.. އެއީ މީގެ 5 މަސް ކުރިން.. ޔޫހާން ކައިރިއަށް ޝީ ކޭމް. ޝީ ވޯސް އޮބްސެސްޑް. ހަމަ ހުވާ ޔޫހާން މިޝްއަލްއާއި ދެމެދު އެކަހަލަ އެއްވެސް ގޮތަކަށް ނުދެކެން. ޔޫހާން ދެން އެހީ މިޝްއަލް ކައިރީ ކިހިނެތް ހެދިއްޔާތޯ ޔޫހާން ފަހަތުން އުޅުން ހުއްޓާނީ. ޝީ ސެއިޑް ސްލީޕް ވިތް މީއޭ. ޖަސްޓް ވަންސްއޭ. އެހެންވެ ޔޫހާން ކުރީ. އައި ނޯ އައި ޝުޑް ހޭވް ނޮޓް ޑިޑް އިޓް. ވަރަށް ވަރަށް ބޮޑަށް ސޮރީ އެލާ” ވާހަކަ ދައްކަމުން ދިޔަ ޔޫހާންގެ ލޮލުން ކަރުނަ ނިރާލިއެވެ. އެވަގުތު އެލީޝާ ހަނދާންވީ ތެރަޕީ ސެޝަންގައި މިޝްއަލް ބުނި ވާހަކައެވެ.

“މިޝްއަލް ހަމަ މީގަ ގޯހީ.. ޔޫހާން ބުނި މިޝްއަލް ގާތުގަ އިންޓްރެސްޓްއެއް ނެތޭވެސް. މިޝްއަލް މޮޔަވެގެން އުޅުނީ..”

މިޝްއަލްގެ ވާހަކައާއި ޔޫހާންގެ ވާހަކައާއި ދިމާވުމުން ޔޫހާން ހެދީ ތެދުކަން އެލީޝާއަށް އެނގުނެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލެވުނީ ޔޫހާން ތެދުތެދަށް ހުރިހާ ވާހަކައެއް ބުނުމުންނެވެ.

“އިޓްސް އޯކޭ” ޔޫހާންގެ ހަށިގަނޑުގައި ބައްދާލަމުން އެލީޝާ ބުނެލިއެވެ.

***25 ވަނަ ބައި***

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ރޭގަ ވެހުނު ވިއްސާރައިގެ އެއްވެސް ހިލަމެއް މިހާރަކު ނެތެވެ. މުޅި ދުނިޔެވަނީ އަވިން ހޫނުގަދަ ކޮއްލާފައެވެ. ޔޫހާންގެ މޭމަތީގައި ބޯއަޅާލައިގެންއޮތް އެލީޝާ އޮތީ ނިދިފައި އޮތް ޔޫހާންގެ މޫނަށް ބަލަހައްޓައިގެންނެވެ. މަޑުމަޑުން ޔޫހާންގެ ކޮލުގައި ފިރުމަމުން ދިޔަ އިރު އެލީޝާގެ ދޮން މޫނުމަތީގައިވީ ހިނިތުންވުމެކެވެ. ފުންކޮއް ނޭވާއެއް ލާފައި އެލީޝާ ތެދުވީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ އަނާޝާ ކަމުން އަވަހަށް ފޯނުނެގިއެވެ.

“ދަރިފުޅު ގޭގަތަ؟” އަނާޝާއެއްސެވެ. އެލީޝާ އާއެކޭ ބުނުމުން މިހުރީ ބޭރުގަ ކަމާއި ދޮރުހުޅުވުމަށް އެދުނެވެ. “ކޮބާތަ ޔޫހާން؟” ސިޓިންގ ރޫމްއަށް ވަނުމުން ގޭތެރެރިން އަނާޝާއަށްކީ ހަމަ ހިމޭން ކަމުގެ މަރުހަބާއާއި އެކު އަނާޝާ އެއްސެވެ. “ކޮޓަރީގަ.. ނިދިފަ އޮތީ..” އެލީޝާ ގޮސް އަނާޝާ ގާތުގަ އިށީނެވެ. “ދަރިފުޅު ދެން ކިހިނެތް ހަދަން ތިވިސްނަނީ؟ ދަރިފުޅު ހަމަ އަސްލުވެސް ބަނޑުބޮޑީތަ؟” އަނާޝާ އެއްސެވެ. “ލައްބަ.. ޔޫހާން މިހާރު މަޢާފަށްވެސް އެދިއްޖެ! ޔެސް! ޔޫހާން ކަންކުރީ ވަރަށް ގޯސްކޮއް. އަޅުގަނޑު ވަރަށް ހިތުގައި ޖެހުނު. ނަމަވެސް އަޅުގަނޑު ގަބޫލު ކުރާގޮތުގަ އޭނަ އެކަމާ ދެރަ ނުވާނަމަ މާފަކަށް ނޭދޭނެ. އޭނަ މާފަށް އެދިފަ އޮއްވަވެސް ދުރުކޮށްފަ ބޭނުމެއްނޫން އަހަރެމެންގެ މިދަރިފުޅު ބައްޕަ ނެއްކުއްޖަކަށް ވުމަކަށް. އަޅުގަނޑު ވަރަށް އުފާވާނެ މަންމަވެސް ހެޔޮހިތުން ޔޫހާންއަށް މާފުކޮއްދިނިއްޔާ..”

ހަމައެވަގުތެވެ. ލީޝާ އިނީ އޭނާގެ ގުރޫޕާއި އެކު އާމުކޮއް އަންނަ “ސްމޫތް ކެފޭ” ގައެވެ. ލީޝާ އިނީ ޝާހާއަދި ޔަލްވީގެ އިންތިޒާރުގައެވެ. ކޮލެޖް ނިންމާފައި ދެކުދިން އައީ އެއްކޮއް ކަހަލަ ގޮތަކަށެވެ. ލީޝާ އަތް ހޫރުވާލީ ލަސްވެފައި އިންމީހެއް ފަދައިންނެވެ. “ކިހިނެތްތަވީ މާ އަވަސްއަރުވާލައިގެން؟؟” މޫނުގައި ވިދަމުން ދިޔަ ދާތިކިތަށް ޓިޝޫއަކުން ފުހެލަމުން ޝާހާއެއްސެވެ. ޔަލްވީވެސް ނިއްމައްޗައް ހިއްލާލިއެވެ.

“ގާއިޒް. ނޭނގެ މަށަކަށް އެކާކު ކަމެއް. ނަވްޔާއެކޯ ކިޔަނީ. ޝީ ސްލެޕްޑް ވިތް ޔޫހާން! އެލީޝާ ފައުނޑް އައުޓް. ދެން-”

“އިސް ދިސް އެބައުޓް ހިމް؟ އިން ދެޓް ކޭސް އައިމް ލީވިންގ” ލީޝާގެ ވާހަކަ އަހަން އިނދެފައި ޝާހާ ބުންޏެވެ.

“ވަޓް ދި ހެލް؟” ލީޝާއަދި ޔަލްވީއަށް ބުނެވުނީ އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

“އައި ލަވް މައިކަލް! އެންޑް ވީ އާރ ގެޓިންގ މެރިޑް ސޫން. ސޯ ޔާ. ސޫޓް ޔުއާރ ސެލްފްސް” ޝާހާ އެތަނުން ތެދުވެގެން ދިޔައެވެ.

“ލެޓް ހާރ ބީ. ދެން ކާކުތަމީއަޅެ. އޭނަ މިހާރު މަށައް ޓޯކްވެސް ނުކުރޭ. ލީޝްއަށް ކުރޭތަ؟؟” ޔަލްވީ އެއްސެވެ.

“ނުކުރެޔޭ! ހަމަ ހުވާ އައިމް ސޯ މޭޑް”

އެގޮތުގައި އެތަށް އިރަކު ދެއެކުވެރިން ވާހަކަދެއްކުމަށް ތިއްބެވެ.

މެންދުރުގެ ހޫނު ގަދަވަގުތެވެ. ކޮޓަރިތެރޭގައި އޮތް ނަވްޔާގެ ސިކުނޑިވަނީ ހަލަބޮލި ވެފައެވެ. ޖައިޝްއަކީ ނަވްޔާގެ ހިތް އެދޭފަދަ އެއްވެސް ސިފައެއް ހުރި ޒުވާނެއްނޫނެވެ. ނަވްޔާގެ ހިތްއެދެނީ އަދިވެސް ޔޫހާންއެވެ. ހަމައެކަނި ޔޫހާންއެވެ. ނަމަވެސް މިއަދު ނަވްޔާއަށް މިވަނީ މަޖުބޫރުވެފައެވެ. “އަހަރެން ދުވަހަކުވެސް… ދުވަހަކުވެސް ދޮންބެއަކަށް މާފެއް ނުކުރާނަން. ދުވަހަކުވެސް!” ހިތާހިިތުން ނަވްޔާ ބުނެލިއެވެ.

ބަދިގެތެރޭގައި ހުރި ނައިލާ ހުރީ ނަވްޔާއަށް ނޫޑުލީސް ކޮޅެއްކައްކާލުމަށެވެ. ބޯތައްޓަކަށް ނޫޑުލީސް އަޅާފައި އޮރެންޖު ޖޫސްތައްތެއް ހިފައިގެން ނައިލާ ހިނގައިގަތީ ނަވްޔާގެ ކޮޓަރިއަށެވެ. އެހެން ދުވަސް ދުވަހާއި ޙިލާފަށް މިއަދު މުޅި ކޮޓަރި އަނދިރިކޮއްފައި ވުމުން ނައިލާ ހައިރާން ވިއެވެ. ވަރަށް ބަލައިގެން ގޮސް އެނދުކައިރީގައި އިން މޭޒު މަތީގައި ނަވްޔާއަށް ގެނައި ކާއެއްޗެހި ބެހެއްޓިއެވެ. “ދަރިފުޅާ ނަވްޔާ؟” ބޮކިދިއްލާލި އިރުވެސް ނަވްޔާފެންނަން ނެތުމުން ނައިލާގެ ހިތުގައި ނޭނގޭ ބިރުވެރި ކަމެއް އުފެދުނެވެ. ފާހާނައިގައިތޯ ބެލުމަށް ދެން ނައިލާ ހިނގައިގަތީ ފާޙާނާއާއި ދިމާލަށެވެ.

“ނަވްޔާ!!!!!”

ކޮޓަރިތެރޭގައި ނައިލްގެ ގަމީސްކޮޅެއް އިސްތިރިކުރަން ހުރި މައުނާ ސިހުނީ ނައިލާގެ ހަޅޭކުގެ އަޑުންނެވެ. އިސްތިރިނިއްވާލާފައި މައުނާ އަވަސްއަވަހަށް ނަވްޔާ ކޮޓަރިއަށް ދުއްވައިގަތީ ނާއިލްއަށް ގުޅާ އަވަހަށް އައުމަށް ބުނެފައެވެ. ނަވްޔާގެ ކޮޓަރިއަށް ވައިން ހަލުވި މިނުގައި އަލުން އެނބުރި ނުކުންނަން މަޖުބޫރުވީ ފެނުނު މަންޒަރުން ބޯއަނބުރައި ގަތުމުންނެވެ. އޭރުވެސް ނައިލާގެ ރުއިންވަނީ މުޅި ކޮޓަރިތެރޭގައި އެއްއަޑުކޮއްލާފައެވެ.

“ކިހިނެތްވީ؟” ނާއިލްއަށް ވަދެވުނީ އެވަގުތެވެ. މައުނާއަށް އިނދިލި ދިއްކޮއްލެވުނީ ނަވްޔާ ކޮޓަރި ފާހަނައާއި ދިމާލަށެވެ. ފެނިގެން ދިޔަ މަންޒަރުން ނާއިލްގެ ހަށިގަނޑުން ހީބިހިނަގައިގަތެވެ. ބިންމަތީގައި ލެއިންކަޅިވެފައިވީ ކަޓަރެއް އޮތް އިރު އަތުގެ ހުޅުން އަންނަމުން ދިޔަ ލެއިން މުޅި ފާހާނާވެސް ވަނީ ލެއިން ކަޅިވެފައެވެ. ނައިލާގެ އުނގުގައި ނަވްޔާ އޮތް އިރު، ނަވްޔާގެ ދެލޯ ވަނީ މެރިފައެވެ.

“ދަރިފުޅާ މަގޭ ދަރި ސަލާމަތް ކޮއްދީ. ހެޔޮނުވާނެ އޭނަ ހޮސްޕިޓަލަށް ގެންގޮސްދީ..” ނާއިލްގެ ފައިގައި ހިފަމުން ނައިލާ ބުނެލިއެވެ. ގަބުވެފައި ހުރި ނާއިލްއަށް ހޭވެރިކަންވީ ނައިލާގެ ލެއިން ފޯވެފައިވީ އަތުގެ އިހުސާސް ކުރެވުމުންނެވެ. އަތްދަނޑި މައްޗަށް ނައިލާގެ ހަށިގަނޑު ނަގައިގެން ނާއިލް ދުއްވައިގަތެވެ.

“މިހާރު ހޭއަރައިފި. ނަސީބަކުން އެހާ ފުނެއްނޫން. ނާރަކަށްވެސް ނެތް ގެއްލުމެއްވެފައެއް. އެހެންނަމަވެސް ވަރަށް ބޮޑަށް ބްލީޑް ވެފަ ހުރީ. އެހެން ކަމުން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި މަދުވެގެން 2 ގަޑިއިރު ބާއްވާލާނަން!” ނަރުސްކުއްޖަކު ނުކުމެ ނަވްޔާގެ ހާލު ބުނެލިއެވެ. ނައިލް ގާތުގައި މައުުނާ މަޑު ކުރިއިރު، ނައިލާއާއި އެކު ނާއިލް ހުރީ ހޮސްޕިޓަލުގައެވެ. ނަވްޔާއޮތް ކޮޓަރިއަށް ވަނުން ހުއްދަ ދިނުމުން ނައިލާއެތެރެއަށް ވައްދާފައި ނާއިލް ދުރަށް ޖެހިލިއެވެ. ބެލެވޭ ގޮތުންނަމަ މުހިއްމު ފޯނުކޯލެއް ކުރުމަށެވެ.

“މޯރނިންގ” ނިދިފައި އޮތް އެލީޝާ ދެލޯ ހުޅުވާލުމާއި އެކު ހިނިތުންވެލާފައި ޔޫހާން ބުނެލިއެވެ. އެލީޝާ ހިނިތުންވެލާފައި ޔޫހާންގެ ހަށިގަނޑާ ގާތްވެލިއެވެ. ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި އެލީޝާއާއި ޔޫހާންގެ ގުޅުން ވަނީ ކުރިއަށް ވުރެ ބޮޑަށް ވަރުގަދަވެފައެވެ. ޔޫހާންގެ އެދުމާއި އެކު އެލީޝާ ބަނޑަށް 4 މަސް ފުރެންދެން އެލީޝާ ވަނީ ހޮސްޕިޓަލުން ޗުއްޓީ ނަގާފައެވެ. އެލީޝާގެ ހާލަތު މިވަގުތު ކުރިއަށް ވުރެ ދައްވެފައި ވުމުގެ ސަބަބުން ޔޫހާންވެސް އޭރު ހުރީ ޗުއްޓީގައެވެ.

“ހޮޑުލަވަނީތަ؟” އެލީޝާ މޭގައި ފިރުމާލުމުން ޔޫހާން އެއްސެވެ. އެލީޝާ ބޮލުން ނޫނެކޭ ބުނެލިއެވެ.

“ވަރަށް ބަނޑުހައި އެކަމަކު..” އެލީޝާ ބުނެލިއެވެ.

“ހެހެ އެހެންތަ؟ ކޯއްޗެއް ކާން ބޭނުންވަނީ؟” އެލީޝާގެ ނިތްކުރި މައްޗަށް ވެއްޓިފައިވީ އިސްތަށިކޮޅުތަށް ޔޫހާން އެއްފަރާތްކޮއްލަ ދިނެވެ.

“އަމް.. ކަރާ.. ކަރާ ކާހިތްވަނީ” ކުޑަކޮއް ވިސްނާލާ ކަމަށް ހެދިފައި އެލީޝާ ބުންޏެވެ. އެލީޝާ ގޮވައިގެން ފާހާނާއަށް ގޮސްފައި ޔޫހާން ދިޔައީ ބަދިގެއަށެވެ. ކަރާ ކޮށައިގެން އަހިސް ޔޫހާން އެލީޝާއަށް ލަވައިދިނެވެ. ބަނޑުބޮޑުވީންސުރެ އެލީޝާ އެންމެ ގިނައިން ކާ އެއްޗަކަށް ގައިމުވެސް ކަރާ ވަނީވެފައެވެ. އެހެން ކަމުން އަބަދުވެސް ގޭގައި ކަރާ ބެހެއްޓޭތޯ ޔޫހަން މަސައްކަތް ކުރެއެވެ.

ކައިނިމި މާ ގިނައިރުތަކެއް ނުވަނީސް އެލީޝާގެ ލޮލުގައި އަނެއްކާވެސް ނިދިޖެހުނެވެ. އެހެން ކަމުން އެލީޝާ ގާތުގައި ޔޫހާންވެސް އޮށޯއޮތެވެ. ހިނދުކޮޅެއް ފަހެވެ. ޔޫހާންއަށް އައީ ފޯނުކޯލެކެވެ. ރިލްވާންގެ ކޯލެކެވެ. އެލީޝާއަށް އުނދަގޫވެދާނެތީވެ ޔޫހާން ކަނޑާލިއެވެ. ނަމަވެސް އަނެއްކާވެސް ރިލްވާން ގުޅިއެވެ. ޔޫހާން ކަނޑާލުމުންވެސް ރިލްވާން ގުޅާނީ މުހިންމު ކަމެއް ޖެހިގެންކަން ޔޫހާން ދަނެއެވެ. އެހެން ކަމުން ރިލްވާންއަށް މެސެޖެއް ކޮއްލިއެވެ. ރިލްވާންގެ އެމެސެޖާއި އެކު ޔޫހާންގެ މޫނުމަތިން ދިޔައީ ތަރިބުރައިގެންނެވެ. އެކަހަލަ ގަޅި ކަމެއް އޭނާ ކޮއްފާނެ ކަމަކަށް ދުވަހަކުވެސް ޔޫހާން ހިތަށްވެސް ނާރައެވެ.

ހޮސްޕިޓަލު ދޮރުމަތީގައި ހުއްޓުނު ކަޅުކުލައިގެ ކާރުން ޒުވާން ފިރިހެން ކުއްޖަކު ފޭބުމާއި އެކު މަންޒަރު ބަލަން ތިބި އެންމެންގެ ނަޒަރު އެޒުވާނާއާއި ދިމާލަށް ހުއްޓުނެވެ. ހާވާލާފައި ހުރިހެން އިސްތަށިކޮޅު ހުރިނަމަވެސް އަންހެން ކުދިންގެ ފައިން ވާގިދޫވާހާ ރީއްޗެވެ. ހުދުކުލައިގެ ގަމީހަކާއި އެކު ޕީޗް ކުލައިގެ ސްވެޓާރ އެއްލާފައި ހުރި އިރު ލައިގެން ހުރި ކަޅުކުލައިގެ ދޫފަޓުލޫނުން “ސިންޕަލް” ކަމަށް ދެއްކިނަމަވެސް ވަރަށްވެސް ފުރިހަމައެވެ. އެޒުވާނާއާއި ދިމާލަށް ހުއްޓެމުން ދިޔަ ލޯތަކަށް އެއްވެސް ސަމާލުކަމެއްް ނުދީ އެޒުވާނާ ހިނގައިގަތެވެ.

ޖީބަށް އަތްޖަހާލައިގެން އޭނާ ދިޔަ އިރު “ކޯލްޑް” މީހެއްގެ ގޮތުގައި ހުއްޓަސް ދެލޮލުގައި “ސޮފްޓް” ކަންވެސް ހުއްޓެވެ. މޫނު މަތިން ރުޅިއަހިސްފައި ހުރި ހެން ފެންނަނަމަވެސް، ހާސްކަންވެސް ދިޔައީ ފެންނަމުންނެވެ. އެޒުވާނާ ވަދެގެން އައިތަން ފެނި ނަރުސްކުދިންނާއި ޑަކްޓަރުންގެ ލޯތަށްވެސް ދިޔައީ އޭނާއަށް ހުއްޓެމުންނެވެ.

“ނަވްޔާގެ ހާލު ކިހިނެތްތަ މިހާރު؟” ނަވްޔާގެ ކޮޓަރި ދޮރުމަތީގައި ހުއްޓެމުން، ދޮރު މަތީގަިއި ހުރި ނާއިލްގާތުގައި އެއްސެވެ. ގާތުގައި އިސްޖެހިފައި އިން ނައިލާ ފެނި ޖައިޝްއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

“އެތެރޭގަ. ހޭލާ އޮތީ މިހާރު” ނާއިލް ބުންޏެވެ. އެކޮޓަރި ދޮރާ ދިމާލަށް ބަލާލާފައި، ޖައިޝް ދެންބަލައިލީ ނާއިލްގެ މޫނަށެވެ. ނާއިލް ބޯޖަހާލުމާއި އެކު ޖައިޝް ފުންނޭވާއެއް ދޫކޮއްލާފައި ނަވްޔާއޮތް ކޮޓަރިތެރެއަށް ވަނެވެ.

***26 ވަނަ ބައި***

ދޮރުންވަދެގެން އައި ޖައިޝްއަށް ނަވްޔާ އިން ހާލު ފެނިފައި ހިތުގައި ޖެހުނެވެ. އިސްތަށިކޮޅު ހޭވިފައިވީ އިރު ދެލޯ ވަނީ ވަޅުވަދެފައެވެ. ނަވްޔާގެ ދޮން ކޯތާފަތުގައި ރަތްކަން ހުރި އިރު ތުންފަތްވަނީ ހަންފޮޅިފައެވެ. އަތުގައި ބެންޑޭޖު އޮޅާފައިވީ އިރު، ކުރިއަށް ވުރެ ހިކިކަމަށް ދައްކައެވެ.

“ނަވް؟” ޖައިޝްގެ އަޑަށް އެނދުގައި ލައްގަނެގެން ދެލޯ މަރައިގެން އިން ނަވްޔާ ދެލޯ ހުޅުވާލިއެވެ. ދެލޯ ހުޅުވާލުމާއި އެކު ފެނިގެން ދިޔަ ޖައިޝްގެ މޫނުމަތި ފެނި ނަވްޔާގެ ރުޅިގަނޑު ކެކިގަތެވެ.

“ޔޫ! ޔޫ ސަން އޮފް އަ ބި*! އަހަރެންގެ ދިރިއުޅުން މި ހަލާކުވީ ހަމަ ކަލެއާއި ހުރެ! ކަލޭ އަޅެ ލަދެއްވެސް ނުގަނޭތަ؟ މަމީ ކަލޭގެ ބޮސްގެ ކޮއްކޮއޭ! ހައު ޑެއާރ ޔޫ ޓްރައިޓު ރަން އާފްޓާރ މީ؟ ގެޓް އައުޓް އޮފް މައި ފޭސް” ނަވްޔާ ހަޅޭ ލަވައިގަތެވެ. ޖައިޝް އިސްޖަހާލިއެވެ.

“އައި ނޯ ޔޫ ހޭޓް މީ.. އެކަމް ޕްލީޒް މަށަށް ޗާންސްއެއްދީ.. އަހަރެން ނަވްދެކެ ވަރަށް ލޯބިވޭ..” އިސްޖަހައިގެން ހުރެ ޖައިޝް ބުނެލިއެވެ. އެކުޑަކުޑަ އަމަލުންވެސް ޖައިޝްގެ ހިތުގައި ނަވްޔާއަށްޓަކައި އެހިތުގައިވީ އިހްތިރާމާއި ގަދަރު ފެނިގެން ދިޔައެވެ. ނަމަވެސް ޖައިޝްގެ އެލޮބުވެތި އަމަލުުންވެސް ނަވްޔާގެ ހިތަށް ރަހުމެއް ވައިން ހެންނެއް ހިޔެއްނުވެއެވެ.

“ލޯއިތްބޭ؟؟ ވަޓް ދި ހެލް؟؟؟ އައި ޑޯންޓް ލްވް ޔޫ.. އިންފެކްޓް އައި ހޭޓް ޔޫ ޓު ޑެތް! އަހަރެން ލޯބިވަނީ ޔޫހާންދެކެ. ހައު ޑެއާރ ޔޫ ކަމް ބިޓްވީން އަސް؟؟؟” ޖައިޝްއާއި ދިމާލަށް އައިވީ ސްޓޭޑް ހޫރާލަމުން ނަވްޔާ ބުނެލިއެވެ. ވަގުތުން ނަވްޔާގެ އަތަށް ގުޅުވާފައިވީ ކަށިނެއްޓި އަތުން ލޭއަންނަން ފެށިއެވެ. ކަރު ބުޑުން ހަޅޭ ލަވައިގަންފައި ނަވްޔާގެ ދިގު ވެފައިވީ ނިޔަފަތިން އަތުގައި އަޅާފައި އިން މަލަންގަނޑުގައި އެޅުވިއެވެ. ވަގުތުން މަލަންގަނޑުގެ ކުލަ ރަތްކުލައަށް ބަދަލު ވާން ފެށިއެވެ. “ނަވްޔާ!” ޖައިޝްގެ ފަޔަށް އެރީ ވަރުގަދަ ބާރެކެވެ. އެވަގުތު ނައިލާއާއި ނާއިލްގެ އިތުރުން ނަރުސް ދެކުދިންނާއި އެކު ނަވްޔާގެ ޑަކްޓަރުވެސް ވަނެވެ. 6 މީހުންވެގެންވެސް ނަވްޔާ މައިތިރި ނުކުރެވުމުން ނަވްޔާ މައިތިރި ކުރަން ޖެހުނީ ނިދާ އިންޖެކްޝަނެއްގެ އެހީގައެވެ. މަންޒަރު ބަލަން ދުރުގައި ހުރި ޖައިޝްގެ ހިތުގައި ހިތާމަވެރި ކަމުގެ ސާލެއް އޮޅުނު އިރު، ޔޫހާންއަށް ޓަކައިވީ ރުޅިވެރިކަންވެސް ދެގުނަވެލިއެވެ.

ދަންވަރުގެ ވަގުތެވެ. ނިދިފައި އޮތް ނަވްޔާގެ މޫނުމައްޗަށް ބަލަން އިން ޖައިޝް ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔަ ޔޫހާންގެ ނަންބަރު ފެނި ޖައިޝްގެ މޫނު މައްޗަށް ފޫހިކަން ވެރިވެގަތެވެ. ދެޙިޔާލެއްގައި އިނދެފައި ޖައިޝް ފޯނުނެގިއެވެ.

“ޖައިޝް މޮޔަވީތަ؟؟ ކީއްކުރަންތަ ނަވްޔާއާއި މެރީ ކުރަން އެއްބަސްވީތި؟؟ ޖައިޝްއަށް އެބަ އިނގޭތަ އެއީ ކޮންކަހަލަ ކުއްޖެއްކަން؟؟ ޖައިޝްތީ ދީނަށް އެހާ ލޯބި ކުރާ މީހެއް! ދެން ކީއްކުރަން ނަވްޔާ ކަހަލަ ފައިފުއްސަކަށް މެރީ ކުރަން ތިއުޅެނީ؟” ޔޫހާންއަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ.

“ދެން؟ ޔޫހާންގެ އެއްވެސް ރައިޓްއެއް އެބަ އޮތްތަ އެހެންވިއްޔާ މަށަކަށް ނަވްޔާ ނުގުޅެއޭ ބުނާކަށް؟ ފުރަތަމަ ނަވްޔާ ސްލީޕް ކުރީވެސް ކާކާއެކީ؟ ކަލޭއާއި އެކު! ކަލޭއަކަށް ވަކި އޭނަ ގޯހެއްނުކުރެވޭނެ! ދެން ތިހެން ބުނަންޏާ އެލީޝާވެސް ކަލޭ ކަހަލަ ބަޑިއަކާއި ނުގުޅޭ! އެލީޝާ ކަހަލަ ދީންވެރި ކުއްޖަކު ގުޅޭނީވެސް މަކަހަލަ ދީންވެރި ކުއްޖަކަށް!”

“ޖައިޝް!!!!!” ޖައިޝްގެ ފަހު ޖުމްލައާއި އެކު ޔޫހާން ގޮއް މުއްކަވާފައި ފާރުގައި ޖެހި އަޑު އިވުނެވެ. އަތް މުއްކެވިފައިވީ އިރު ޔޫހާންގެ މޫނު މަތިން ދިޔައީ މީހަކު ބިރުގަންނަވަރަށް ރުޅިވެރިކަން ފެންނަމުންނެވެ.

“ކިހިނެތްވީ؟ މަމިބުނީ ދޮގެއްތަ؟ މަމީ އެލީޝާ ނަމަ ދެވަނަ ފުރުސަތެއް ނުވެސް ދިނީމުސް. ކަލޭ ދެން ނަސީބު ގަދައީ ކަމަށް ބަލާ. މަ ނަވްޔާ ދެކެ ލޯބިވާތާ ކިތަންމެ ދުވަހެއް. ތިއީ ކިތޭ ބަޑި މީހަކަސް މަ ޔޫހާންއަށް އިތުބާރު ކުރިން! އެކަމަކު އެއީ ބިފޯރ ޔޫ ޓަޗްޑް މައި ވޮމެން! މަށަށް އެކަން އެނގުމުން މަ އުޅުނިން ކަލޭގެ ތިއޮއް އަންހެން ކުދިންގެ ލިސްޓުގެ ހިސްޓޮރީ އެލީޝާއަށް ކިޔައިދޭންވެސް. އެކަމަކު އެލީޝާ ބަލިވެ އިން ވާޙަކައެނގި އެޙިޔާލު ދޫކޮއްލީ. ނަމަވެސް އެލީޝާ އަހައިފި ނަމަ ތެދުތެދަށް ހުރިހާ ވާޙަކައެއް ކިޔައިދޭނަން. ޔޫޙާންގެ ދެލޮލުން ފެނިފަ ހުންނާނީ ނަވްޔާއާއި އެކު ސްލީޕް ކުރިކަން އެނގުމުން އެފަކީރަށްވީ ވަރު. ދެން ވިސްނާ ޔޫޙާން ސްލީޕް ކޮއްފަ ހުރި އަންހެން ކުދިންގެ ލިސްޓު މިއޮއް ބޮޑު ރަށުގެ އާބާދީއަށްވުރެ ގިނަ ކަން އެނގުމުން ވާނެ ގޮތް. އެކަމަކު މަ އެހެނެއް ނަހަދާނަން. ދެންވެސް ބުނަން؟ ނަވްޔާ ނުބައި ކޮއްފަ ތިމުޑުދާރު ދުލުން އެންމެ ޖުމްލައެއްވެސް ދެން ބުނެގެން ނުވާނެ. މަ އިރާދަ ކުރެއްވިއްޔާ ނަވްޔާ ރަނގަޅުވެސް ކުރާނަން. އަދި ބުނަން؟ މިހާ ހިސާބުން މަށާ ކަލޭއާއި ދެމެދު އޮތް ގުޅުންވެސް މިނިމުނީ. އުމުރަށް ސަލާމް!” ބުނަން ބޭނުންވީ ހުރިޙާއެއްޗެއް ބުނެ ނިންމާފައި ޖައިޝް ފޯނު ކަނޑާލީ ޔޫޙާން ކަންފަތް މައްޗަށެވެ. އިތުރަށް ޔޫހާން ބުނާނީވެސް ކީކޭ ހެއްޔެވެ؟

“ދަރިފުޅާ.. ޖައިޝްއަށް ނަވްޔާ ދެވުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގަ ދަރިފުޅަށް ގަބޫލު ކުރެވޭތަ؟” ނަވްޔާގެ ކޮޓަރި ދޮރު މަތީގައި އިން ނައިލާ ނާއިލް ގާތުގައި އެއްސެވެ. ނާއިލް ނައިލާގެ އަތުގައި ހިފާލިއެވެ. “މަންމަ މަށަށް އިތުބާރު ކުރަންތަ؟” ނައިލާ ބޯޖަހާލިއެވެ. “ޕްލީޒް މަމް. މިފަހަރު މަށަށް އިތުބާރުކޮއްދީ. ﷲ އިރާދަކުރެއްވިއްޔާ ނަވްކޮ ބަދަލުވެ ހެޔޮވިސްނުން ވިސްނޭނެ” ނައިލާ ބޯޖަހާލިއެވެ.

***6 މަސް ފަސް***

ހެނދުނުގެ ވަގުތެވެ. އިރުގެ އަލި ކަމުން ދުނިޔެ ހޫނު ކުރަމުން ދިޔައެވެ. މަގުމަތީގައި ޑިއުޓީއަށް ދިޔުމަށް އެންމެން ހޭލަ މޭލަ ވަމުން ދިޔަ އެވެ. ލޯގަނޑު ކުރިމަތީގައި ހުރި އެލީޝާވެސް ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދިޔުމަށެވެ. ބޮޑުވެފައިވީ އެލީޝާގެ 8 މަހުގެ ބަނޑާއި އެކު އެލީޝާ ފެންނަނީ ނުހަނު ލޯބިކޮށެވެ. ހިމަތޮޅިކޮއް ހުރި އެލީޝާ ފަލަވެލާފައި ހުރި އިރު މޫނު މަތިވެސް ފެންނަނީ “ޗަބީ” ކޮށެވެ. މޫނު މަތީގައި އެކި ދިމަ ދިމާލުގައި ބިހިނަގާފައިވީ ނަމަވެސް އެލީޝާގެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ކަޅުކުލައިގެ ދޫ އަބާޔާއަކާއި އެކު މެރޫން ކުލައިގެ ޝޯލްއަޅާ ފަހުކަމަކަށް އެލީޝާ ގަޔަށް ސެންޓު ބުރު ވާލިއެވެ. އެނދުމަތީގައި އިން އަތްދަބަސް ހިފައިގެން އެލީޝާ ގޮސް ވަނީ ބަދިގެއަށެވެ. އޭރު ޔޫހާން ކޮފީތައްޓެއް ބޯން ކާ މޭޒު ދަށުގައި އިނެވެ.

“ނިމުނީތަ؟” ފަހު ކޯވަރު ބޯލަމުން ޔޫހާންއެއްސެވެ. އެލީޝާ ބޯޖަހާލިއެވެ. “ލޯބިތަ؟” ޔޫހާންއަހިސް އެލީޝާ ކުރިމަތީގައި ހުއްޓުމުން އެނބުރިލާފައި އެލީޝާ އެއްސެވެ. “އޮފްކޯސް. މަގޭ ލޯބި ލޯބި ވައިފް!” ޔޫހާން އެލީޝާގެ ނިތުގައި ބޮސްދިނެވެ. އެއަށް ފަހު އެއްފައި މައްޗަށް ތިރިވެ އެލީޝާގެ ބޮޑުވެފައިވީ ބަނޑުގައި ކަންފަތް ޖައްސާލިއެވެ. “ބޭބީ؟ ކޮބާތަ މިއަދު؟” ޔޫހާންގެ އަޑު ޖެހުނުހެން ހިޔެއްނުވެ އެކުޑަކުޑަ ފުރާނަ ތޮޅިލިއެވެ. “ހެހެ ހާދަ ބަސް އަހާ ކުއްޖެކޭދޯ؟ ހަމަ ގޮވާލި އިރަށް އައީވިއްޔާ ހެހެ” ޔޫހާން ހިނިތުންވެލިއެވެ.

“ހެހެ ދެން ހިނގާ ދާން. މިހެން ތިބެން ވިއްޔާ ކިތޭ އިރަކުވެސް ތިބެވިދާނެ” ޔޫހާން ދުރުކޮއްލަމުން އެލީޝާ ހިނގައިގަތެވެ. ޔޫހާން ހީލާފައި އެލީޝާ ފަހަތުން ނިކުމެގެން ދިޔައެވެ.

“ބެޑް ނަންބަރ 12 ގައި އޮތް ޕޭޝަންޓްގެ ޕްރެޝަރ 1 ގަޑިއިރު ފަހުން ބަލާފަ ނޯރމަލް ވިއްޔާ އޭނަ ދޫކޮއްލާ އިނގޭ؟ ބީޕީ ދައްވެގެން ގެނައި ޕޭޝަންޓްއެއް އެއީ” ނަރުސްކުއްޖެއް އަތަށް ފައިލްއެއް ލަމުން ލީޝާ ބުނެލިއެވެ. ދަންވަރު ޑިއުޓީގައި ރޭގައި ހުރީ ލީޝާ ކަމުން 8 ޖެހުމާއި އެކު ލީޝާ ހުރީ ގެޔަށް ނުދެވިގެން ލަސްވެފައެވެ. ނިތްމައްޗަށް ވެއްޓިފައި ހުރި އިސްތަށިކޮޅު ރީތި ކޮއްލަމުން ލީޝާ ގަޑިބަލައިލިއެވެ. އޭރު ގަޑިން 15 8 އެވެ. “މިހާރު މަގޭ ޝިފްޓު ނިމުން ފަހުންވެސް 15 މިނިޓްވީ. ހަމަ ހުވާ. މަ ދެން ރައްކާވަނީމި” ހިތާ ހިތުން ލީޝާ ބުނެލިއެވެ. ނަރުހުންނަށް ހާއްސަ ކުރެވިފައި އޮތް ކޮޓަރިއަށް ވަދެ ލީޝާ އޭނާގެ ދަބަސް ހިފައިގެން ނުކުމެ ސައިންއޮފްވެލިއެވެ.

ފޫހި ކަންމަތީ ހިނގައިން ލީޝާގެ މޫނު މަތި އިތުރަށް ކުނިވެލީ ކުރިމަތިން އައި ޔޫހާންއާއި އެލީޝާ ފެނިފައެވެ. “ޗުސް” ތަޅާލެވުނު އިރުވީ ވަރުގަދަ ފޫއްސެކެވެ. އެލީޝާގެ ބޮޑުވެފައިވީ ބަނޑުގެ އިތުރުން، އޭނާގެ އަތުގައި ހެވި ދިލިފައި ހުރި ޔޫހާން ފެނި ލީޝާ ގާތަށް ރުޅިއައެވެ. މިއަދު އެމަގާމުގައި ހުންނަން ޖެހޭނީ ލީޝާ ކަމުގައި އޭނާ އަބަދުވެސް ގަބޫލު ކުރެއެވެ. ނަވްޔާގެ ހާދިސާއަށް ފަހު އެހެން އަންހެން ކުއްޖަކު ފެނުމުން ޔޫހާން ހީވަނީ ވަގުތީ ގޮތުން ކަނުވެ، ބީރުވާހެންނެވެ. އެކަމަށްވެސް ލީޝާގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

އެލީޝާ މެން އަންނަ މަގު ނޫން އަނެއްމަގުން ލީޝާ އެޅިއެވެ. އެވަގުތު ލީޝާއަށް އައީ ޝާހާއާއި ޔަލްވީގެ ފޯނެކެވެ. “ގުރޫޕް” ކޯލެކެވެ.

“ސަޕް އޯލް” ލީޝާ ފޯނު ކަންފަތުގައި ޖެހިއެވެ. “އޭ ބްރޯ އަންނަންވާނެ އިނގޭ މިރޭ 8 ގަ އަހަރެމެންގެ ގްރޭޖުއޭޝަން!” އުފާވެލާފައި ޔަލްވީ ބުނެލިއެވެ. “ހުވާ؟؟” ލީޝާއަށް ހިނިތުންވެވުނެވެ. “ޔޭސް! އޯ އެމް ޖީ ދެން ވަރަށް އަވަހަށް އަހަރެމެންވެސް ދާނަނަން ހޮސްޕިޓަލަށް” ޝާހާ ބުނެލިއެވެ.

“ތޭންކް ގޯޑް ހުވާ މަ މިހުންނަނީ ފޫހިންގޮސް މަރުވާ ވަރުވެފަ. މަށާ އަނގައިން ބުނާނެ މީހެއްވެސް މިތާކުނުވޭ” ލީޝާ ޝަކުވާ ކޮއްލިއެވެ. ހަގީގަތުގައި ލީޝާގެ ހުންނަ “ފޮނި” ކަމާއި “ތުއި” ކަމުގެ ސަބަބުން ގިނަ ނަރުހުން ބަލަނީ ވީހާވެސް ލީޝާއާއި ދުރުދުރުން އުޅެވޭތޯއެވެ. އޭގެ އިތުރުން ލީޝާ އެހެން ނަރުހުންނާއި ދޭތެރޭވެސް ކަންކުރަނީ “ޕަޕެޓުން” ގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑާވެގެން އުޅޭ ނަމަވެސް ލީޝާއަކީ ހޮސްޕިޓަލުގައި “އައުޓް ކާސްޓް” އެކެވެ.

ނިދިފައި އޮތް ޖައިޝްއަށް ހޭލެވުނީ ހީގަނެ، ކަނދުރާއަށް ނާރެއް އަރައިގެންނެވެ. ތެދުވެ އިށީންނަމުން ކަނދުރާގައި އަތް ހާކާލެވުނެވެ. ފުންކޮއް ނޭވާއެއް ދޫކޮއްލާފައިގޮސް ޖައިޝް ހުއްޓުނީ އެނދުމަތީގައި އޮތް ނަވްޔާ ގާތުގައި އެވެ. ނިދިފައި އޮތް ނަވްޔާގެ މޫނު މަތިން ފެންނަމުން ދިޔައީ މައުސޫމް ކަމެވެ. ދެލޯ މެރިފައިވީ އިރު ނަވްޔާގެ ދިގު އެސްފިޔަތަކުގެ ގުދުރަތީ ރީތިކަން ދިޔައީ ޖައިޝްގެ ހިތުގައި ޖަހަމުން ދިޔަ ވިންދުގެ ރާގު ބާރުކުރަމުންނެވެ. ނަވްޔާގެ ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ދުރުކޮއްލަދީފައި ނިތުގައި ބޮސްދިނެވެ.

ހޮސްޕިޓަލުގައި އެޑްމިޓުވެފައި އޮތް ނަވްޔާ ދޫކޮށްލިތާ 2 ހަފްތާ ފަހުން ނަވްޔާއާއި ޖައިޝްގެ ކައިވެނި ކުރެވުނެވެ. މާ ގޮތް ބޮޑު ގޮތަށް ކުރެވުނު އެ ކައިވެންޏަށް ފަހު ޖައިޝް ދިރިއުޅެމުން ދިޔައީ ނަވްޔާގެ ގޭގައެވެ. ފިރިއެއްގެ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަވްޔާއަށް ދެމުން ދިޔައިރުވެސް، ނަވްޔާ ޖައިޝްއާއި ދޭތެރޭގައި ކަންކުރަމުން ދިޔައީ ވަލުޖަނަވާރަކާއި ދޭތެރޭގައިވެސް ކަން ނުކުރާނެ ހާއިހާނެތިކޮށެވެ. ކޮންމެރެޔަކު ނިދަން ބާއްވަނީ ބިންމަތީގައެވެ. ބާލީހެއް ފޮތިގަނޑެއް ނުދެއެވެ. ނަވްޔާއާއި 3 ފޫޓްއަށް ވުރެ ގާތް ނުވުމަށް ވަނީ އިއްވާފައެވެ. ޖައިޝް ލާން ގެންގުޅޭ އަންނައުނު ހަލާކުކޮށް ކާން އިންނަ ތައްޓަށް ފެން އަޅާ ހަދައެވެ. ނަވްޔާގެ މަގްސަދަކީ އުނދަގޫވެގެން ޖައިޝް ނަވްޔާ ވަރިކުރުމެވެ. ނަމަވެސް ޖައިޝް އެވޭނަށް ކެއްކުރަމުން ދިޔައީ ނަވްޔާދެކެ ވާ ސާފު ތެދުވެރި ލޯބީގެ ސަބަބުންނެވެ. ކައިވެންޏަށް 6 ވީ އިރުވެސް ކަން ހިނގަމުން ދިޔައީ އެހެންނެވެ. ނަވްޔާގެ ބޮލުގައި ފިރުމާލަމުން ޖައިޝް ފާހާނާއަށް ވަނީ ނަވްޔާއަށް ހެޔޮ ވިސްނުން ދެއްވާތޯ ހިތާ ހިތުން ދުޢާކޮއްލަމުންނެވެ.

(ނުނިމޭ)

އައު އަހަރުގެ ތަހުނިޔާ އެންމެހާ ކިޔުން ތެރިންނަށް އަރިސްކުރަން !♡

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މައިރާ (4 ވަނަ ބައި)

Next

ޙަޤީޤަތް ހޯދުމޭ 43

Next
January 2, 2025

ޙަޤީޤަތް ހޯދުމޭ 43

Previews
December 28, 2024

މައިރާ (4 ވަނަ ބައި)

24 Comments!

  1. Naikko says:
    January 1, 2025 at 1:05 pm

    Vrh reethi mi 2 bai ves….
    When next?????
    HAPPY NEW YEAR🎆🎇

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:46 pm

      Jazaakallah khairan🥰❤️
      In sha allah friday ga
      Happy new year❤️

  2. gurrrrl says:
    January 1, 2025 at 1:50 pm

    vrh reethi mp part ves whn next part
    shiherr haalu kihinehtha? vrh dhuvas kohlaafa anehkaa ves midhimaavi
    happy new year to your
    love you

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:46 pm

      Jazaakallah khairan🥰❤️
      Still same aneh hn☹️
      Happy new yearrr
      Lyt

  3. imko 💝💓 says:
    January 1, 2025 at 2:17 pm

    Mi part of varha reethi Masha Allah
    Unmeedhu kuran next part kiyaalan libeene kama
    Can’t wait for next part
    Happy new year 🎇🎆

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:46 pm

      In sha allah friday
      Happy new year

  4. Your fav bab says:
    January 1, 2025 at 2:26 pm

    Dude!!!!
    You are back!!!!
    Happy New year🎇🎇🎇🎇✨✨✨✨
    This part is also very nice!!!!!!
    I love it!!!!!

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:47 pm

      Yayyy i amm
      Happy new yearr
      Jazaakallah khairan

  5. Niherr says:
    January 1, 2025 at 2:50 pm

    Omgggg Finally Yeyyy!!!
    Wooww Mi part vess varah varah reethi
    Dhen anna part vess varah avahah libeyne kamah ummeedhu kuran
    Alhugandu dhekenee mee hama shiherr ahlhugandu mennah dhin new year surprise eh gothuga!
    Varah happy vejje vaahaka kiyaalan libuneema ingey and Masha allah varah varah reethi mi vaahaka
    Happy New Year Shiherr Dhahthiiii!!!
    (btw I’m a really big fan of yours)

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:47 pm

      Awwwnn happy to hear that🥹🫶🏻
      Happy new year darling🥰

  6. Isnaa says:
    January 1, 2025 at 3:08 pm

    ކިހިނެއް ވާހަކަ ޕޯސްޓް ކުރަނީ

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:47 pm

      Please DM on my insta or fb

  7. Anonymous says:
    January 1, 2025 at 3:24 pm

    Vara miss vi shai dhahtha mathin……
    Vara reethi mi part ves
    Can’t wait for the next part
    HAPPY NEW YEAR ❤️❤️❤️

    1. shihaamaa ali shihaamaa ali says:
      January 1, 2025 at 7:48 pm

      Awww
      Jazaakallah khairan
      Happy new year

  8. Eekshaam says:
    January 1, 2025 at 10:14 pm

    Very nice this part can’t wait for next
    HAPPY NEW YEAR 🎇🎇🎇

    1. shihaamaa ali shihaamaa ali says:
      January 2, 2025 at 3:57 pm

      Jazaakallah khairan
      Happy new year

  9. Mar Yam says:
    January 2, 2025 at 12:52 am

    Heyy how r u doing now?
    HAPPY NEW YEAR 🎊🎆
    Vrh Salhi mi parts vx… Can’t wait for the next part 😩

    1. shihaamaa ali shihaamaa ali says:
      January 2, 2025 at 3:57 pm

      Alhamdhulihllah
      Happy new year
      Jazaakallah khairan

  10. cutie girl says:
    January 2, 2025 at 11:51 am

    mi part ves varah reethi masha allah
    curiously waiting for next part
    keep it up
    elaa and yoohaan dhuru nukurachey
    jaish and nav ves
    they all are made for each other
    v intresting story eh
    v kiyaala hithun kiyani
    i apprecite your hard work
    happy new year
    love you fav author

    1. shihaamaa ali shihaamaa ali says:
      January 2, 2025 at 3:58 pm

      Happy new year
      Happy to hear that.. lets see dhw what happens..
      Lyt

  11. LIM🖤 says:
    January 2, 2025 at 5:49 pm

    Hey my one of my fav author I Love this part when’s next? Js curiously waiting for the next part and HAPPY NEW YEAR 🎊 WISH U ALL THE BEST 🎉🎇🎁🥳

    1. shihaamaa ali shihaamaa ali says:
      January 2, 2025 at 8:33 pm

      Heyyyyy Lim
      In sha allah tmrw
      Happy new year wish u all the best, too🥰

  12. The GHOST.... says:
    January 2, 2025 at 7:15 pm

    Navya is not right can’t she have even a kindness towards her husband!!!
    Pispispis!!!!
    When next???
    Lyssm

    1. shihaamaa ali shihaamaa ali says:
      January 2, 2025 at 8:34 pm

      Hehe ikr.. lets hope dhw nav ah avahah visneythw
      In sha allah tmrw
      Lysm

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 25 & 26←


All Right Reserved!