“ނަވްޔާ!” ދޮރާ ފުރަގަސް ދީގެން އޮތް ނަވްޔާއަށް ނާއިލް ގޮވާލިއެވެ. ވަގުތުން ނަވްޔާ ކޮޅަށް ޖެހުނެވެ. “ދޮންބެ.. ނަވް-”
“މަށަކަށް ގޮވާނެ ކަމެއް ނެތް. ޖައިޝްއާއި ކައިވެނި ކުރަން ތައްޔާރުވޭ!” ނަވްޔާގެ ވާހަކަ ހުއްޓުވާފައި ނާއިލް ބުންޏެވެ. އެޔަށް ފަހު ނަވްޔާގެ ޖަވާބަކަށް މަޑުކުރުމެއްނެތި ނާއިލް ނުކުމެފައި ދޮރު ޖެހިއެވެ.
މަޑުދުވެއްޔެއްގައި އަހިސް ޔޫހާން ސައިކަލު މަޑުކޮއްލީ “ބްލަޑް މޫން” ގޭ ކުރިމައްޗަށެވެ. އެލީޝާއަށް ގެނައި މޭވާކޮތަޅަށް ބާރުކޮށްލަމުން ޔޫހާން ކުރިއަށް ހިނގައިގަތެވެ. “އެލާ؟” ކޮޓަރީގެ ދޮރުގައި ޓަކިދެމުން ޔޫހާން ގޮވާލިއެވެ. “އެލާ؟” ކޮޓަރިތެރޭގައި އެލީޝާ ނެތުމުން ޔޫހާން ހާސްވިއެވެ. ލަސް ހިނގުމެއްގައި ޔޫހާން ދިޔައީ ބަދިގެއަށެވެ. ޔޫހާންގެ މެޔަށް ބާރުވެލީ ބަދިގެތެރެއިން ފެނުން މަންޒަރުންނެވެ.
ކޮންފަރެންސް ކޮޓަރިއަށް ފަހަރަކު މީހަކު ވަންނަމުން އަހިސް، ސައިކޭޓްރީ ޔުނިޓްގެ ހުރިހާ އެންމެން އެއްވިއެވެ. އަތުގައި އޮތް ފޮތުގައި އެގޮތް މިގޮތަށް ކުރަހަން އިން އެލީޝާގެ ސިކުނޑިވަނީ ގޮވަން ކައިރިވެފައެވެ. ކޮޓަރިތެރޭގެ އަލި މަޑުކޮއްލުމުން އެލީޝާ ފުންނޭވާއެއް ދޫކޮށްލާފައި ތައްޔާރުވެލިއެވެ. ޓީވީގައި ބޮޑު އަކުރުން “ޕީ.ޓީ.އެސް.ޑީ” ޖަހާލެވިފައިވެއެވެ.
“އައްސަލާމު އަލައިކުމް. މިއަދުގެ ކޮންފަރެންސްއަށް ހުރިހާ ޑަކްޓަރުންނަށް މަރުހަބާ. މިއަދު، ވާހަކަ ދައްކަނީ އަޅުގަނޑު ޒުބީން މުހައްމަދު، ސައިކޭޓްރިސްޓް. މިއަދު އަޅުގަނޑުމެންގެ މައުލޫ އަކީ(ޕީ.ޓީ.އެސް.ޑީ) ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯރޑާރ،
އަޅުގަނޑުމެން އެންމެންގެ ވެސް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ފަނާކުރަނިވި ހާދިސާއެއް ކުރިމަތިވެގެން ދާނެ. ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ގެ ނަމުން މަޝްހޫރު މިބަލި ޖެހޭ އާމު ހާލަތް ތަކުގައި ހިމެނެނީ، ފުރާނައަށް ނުރައްކާވާފަދަ ހާދިސާއެއް ތަޖުރިބާ ކުރުން، ނުވަތަ މަރެއް ހެކިވުން. ޕީޓީއެސްޑީ އަކީ ހާސްކަމުގެ ބައްޔެއްގެ ވައްތަރެއް!. މިބަލީގައި، ސްޓްރެސް ހޯރމޯންތަކަށް އަސަރުކޮށް، ސްޓްރެސްއަށް ހަށިގަނޑުން ދޭ ރައްދު ބަދަލުކޮށްދެއެވެ. މި އުދަނގޫ ހުންނަ ޕޭޝަންޓްސްއަށް ވަރުގަދަ އިޖުތިމާއީ ހިތްވަރާއި ކުރިއަށްދާނެ ފަރުވާއެއް ބޭނުންވެއެވެ. ޕީޓީއެސްޑީގެ ސަބަބުން ކޮންމެ ވިސްނުމަކަށް ނުވަތަ ހަނދާނަކަށް ވެސް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރުގަދަ ޖަވާބެއް ލިބިގެންދާނެއެވެ. އެ ހަރަކާތެވެ. އެ ނަފްސާނީ، ނުވަތަ ޖިސްމާނީ އަނިޔާގެ ސަބަބުން، ލިބޭ ވޭނާ އުދާހުން އަރައިގަތުމުން މަސްތަކެއް ނުވަތަ އަހަރުތަކެއްވެސް ވުން އެކަށީގެންވެއެވެ.
ޕީޓީއެސްޑީގެ އަލާމާތް ތަކުގެ ތެރެއިން؛ ވިސްނުމާއި އިހުސާސްތަކަށް އަންނަ ނޭދެވޭ ބަދަލުތައް، ޖިސްމާނީ އަދި ނަފްސާނީގޮތުން އުޅުމަށް އަންނަ ބަދަލުތަށްހިމެނެއެވެ.
އަނިޔާވެރި، ހިތާމަވެރި މާޒީއެއްގެ އިތުރުން، އަމިއްލައަށް މަރުވާންއުޅި ސަލާމަތްވި މީހުންގެ ކިބައިންވެސް މިބަލި ފެނިގެން ދެއެވެ. އޭގެ އިތުރުން އަމިއްލައަށް މަރުވެގެން ލޯބިވާ މީހުން ގެއްލި، ނަފްސާނީ ވޭން ތަހައްމަލު ކުރަމުން ދާމީހުންގެ ކިބައިންވެސް އެބަލި ފެނިގެންދެއެވެ. އެހާލަތުގައި އުޅޭ މީހުންގެެ ވިސްނުމުގައި ކޮންމެ ކަމެއްގައިވެސް އަމިއްލަ ނަފްސު ކުށްވެރިވުމުގައިވަނީ ވަރުގަދަ ނަޒަރިއްޔާތެކެވެ. މިއީ ސިކުނޑީގެ އުދާސްތަކެވެ. ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ އަނިޔާއެކެވެ….”
އެލީޝާގެ ހިތަށް ޔޫހާން ކޮޅުފައިން އެރުމުންވެސް، އެލީޝާ އެވަނީ ޔޫހާންއަށް އެންމެ މީރުގޮތުގައި ސައިހަދައިދީފައެވެ. ދުލުން ނުބުނި ނަމަވެސް، މިވަގުތު އެލީޝާދާނީ އެތަކެއް ވޭންތަކެއް ތަހައްމަލް ކުރަމުންކަން ޔޫހާންއަށް އެނގެއެވެ. އިސްޖަހާލެވުނީ ކުއްވެރިއެއްގެ އިހުސާސްކުރެވުމުންނެވެ. ގަބުކައިފައި އިނދެ ޔޫހާން ސައިބޯލިއެވެ. އެލީޝާ ސައިހަދާފައި ހުރުމުން ސައި ނުބޮއެ ދާކަށް ޔޫހާންއަކަށް ނުކެރުނެވެ. ސައިބޮއެގެން ޔޫހާން އަވަސްވެގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.
“ޑަކްޓަރ އެލީޝާ ޑިއުޓީއަށް ދުރުވިތޯ؟” ރިސެޕްޝަނުގައި އިން ކުއްޖާ ގާތުގައި ޔޫހާންއެއްސެވެ. “ލައްބަ. މިވަގުތު އިންނެވީ ކޮންފަރެންސްއެއްގަ” ކޮންޕިއުޓަރުން އެއްޗެއް ބަލާލާފައި އެކުއްޖާ ބުނެލިއެވެ.
ކޮންފަރެންސް ނިމުމުން އެލީޝާ ނުކުމެގެން އައީ މަރުމައްޔިތެއް ފަދައިންނެވެ. ލަސް ހިނގުމެއްގައި ހިނގާފައި ގޮސް އެލީޝާ ވަނީ، އޭނާއަށް ހަމަޖެހިފައިވާ ކޮޓަރިއަށެވެ. އޭރު އަނާޝާގެ ކޯލު ތަކުން އެލީޝާގެ ފޯނު ދިޔައީ “ސްޕޭމް” ވަމުންނެވެ. “ހަލޯ؟” އެލީޝާއަށް ފޯނު ނެގުނީ އަނާޝާގެ 25 ވަނަ ކޯލެވެ. “ދަރިފުޅު ކޮންތާކު ތިއުޅެނީ؟ އެތެދެއްތަ ދަރިފުޅާ؟ ނައިލާ މަންމައަށް ގުޅާފަ އެބުނީ ހަމަތެދެއްތަ؟” އަވަސް އަވަހަށް އަނާޝާ އެއްސެވެ. އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި އެލީޝާ “ލައްބަ” އޭބުނެލިއެވެ. ވަގުތުން އަނާޝާ ވަރިވުމަށް އެދުނެވެ.
“ދަރިފުޅާ. ޔޫހާން ގާތުން ވަރިވޭ! އެކަހަލަ ބޭވަފާތެރިޔަކަށް ދަރިފުޅުގެ ލޯބި ހައްގެއްނޫން! ދަރިފުޅަށް އެނޫނަސް-”
“މަންމާ އަޅުގަނޑު ބަނޑުބޮޑު..” އަނާޝާގެ ވާހަކަ ހުއްޓުވާފައި އެލީޝާ ބުނެލިއެވެ. އަނާޝާ ވަގުތުން ހުއްޓުނެވެ. ހިތުގައި ޖެހުނެވެ. އޭނާގެ ދަރިފުޅަށް މިޖެހުނީ ކޮންފަދަ މުސީބާތެއްބާއެވެ؟ އެކަނިވެލުމަށް ބޭނުންކަމަށް ބުނެ އެލީޝާ ފޯނު ބޭއްވީ އަނާޝާގެ އިތުރު ބަހަކަށް އިންތިޒާރު ނުކޮށެވެ.
ކަރުނަވީ ދެލޮލާއި އެކު އެލީޝާ މޭޒު މަތީގައި ބޯއަޅާލިއެވެ. ލޯއިތްބަކީ ކަނުއެއްޗެކޭ ބުނަނީ މިހެންވެގެންތާއެވެ؟ ދެންވެސް އެލީޝާގެ ހިތުގައި ޔޫހާންއަށްޓަކައި ރުޅިވެރި ކަމެއް ނުއުފެދުނު އިރު އެހިތުގައި ފުރިފައިވަނީ ޔޫހާންއަށްޓަކާވީ ލޯއިތްބާއި ގަދަރެވެ. “ޔޫހާން… އީވެން އާފްޓާރ ޔޫ ކިލްޑް މީ. ވައި ޑޫ އައި ސްޓިލް ލަވް ޔޫ ދި ސޭމް؟” ހިތާ ހިތުން އެލީޝާއަށް އެހުނެވެ. އެވަގުތު މީހަކު އެކޮޓަރިއަށް ވަނެވެ. އެލީޝާ ބޯހިތްލައިލީ ނޭފަތުގައި މީރު ސެންޓްއެއްގެ ވަސް ޖެހުމުންނެވެ. އެއީ އެލީޝާއަށް އޮޅޭނެވެސް ވަހެއްނޫނެވެ. އެއީ ޔުހާންގެ ވަހެވެ. އެލީޝާގެ މޫނާއި ދިމާލަށް ބަލަން ހުރި އިރު، ޔޫހާންގެ ލޮލުގެ ކަނަކުން ހިތާމަފެންނަމުން ދިޔައެވެ.
“ކޭންވީ ޓޯކް؟” ޔޫހާން އެއްސެވެ. އެލީޝާ ބޯޖަހާލުމުން ޔޫހާން އެލީޝާ ގާތުގައި އިށީނެވެ. “އެލާ.. އައިމް ސޯ ސޮރީ. ޕްލީޒް އަހަރެންނަށް މާފު ކޮއްދީބަ. ދެން.. ދެން ދުވަހަކުވެސް އެހެނެއް ނަހަދާނަން. ދެން-”
“އަހަރެން ޔޫހާންއަށް މާފު ކުރާނީ ޝަރުތެއްގެ މަތިން” ޔޫހާންގެ ވާހަކަ ހުއްޓުވާފައި އެލީޝާ ބުނެލިއެވެ. ޔޫހާން ވަގުތުން “ކޮން ޝަރުތެއްތޯ އެއްސެވެ.
“އަހަރެން އެއްވެސް މީހެއް ގާތަކު ނުބުނާނަން! އެކަމަކު ތެދުތެދަށް ބުނޭ! އޮޅުވާލައިފި ނަމަ ވަރިވާން ފޯމު ލާނަން. ޔޫހާން އެއްވެސް އިރެއްގަ މިޝްއަލްއަށް ގުޅުނިންތަ؟” ކަރުނައިން ފުރިފައިވީ ހާލު އެލީޝާއެއްސެވެ.
“އެލާ..” “އާއެކޭ ނޫނީ ނޫނެކޭ!” ޔޫހާން ވާހަކަ ދައްކަން ފެށުމުން އަނެއްކާވެސް އެލީޝާ ބުންޏެވެ.
“ޔެސް…” ޔޫހާން ބުނެލީ ކުއްވެރިއެއް ފަދައިން އިސް ޖަހާލަމުންނެވެ. “އެހެންވެ މިޝްއަލް ބަލިވެ އިނީވެސް ޔޫހާންގެ ދަރިއަކަށްދޯ؟” އެލީޝާ އަނެއްކާވެސް އެއްސެވެ. ޔޫހާން ބޯޖަހާލިއެވެ.
“އެއީ.. އެއީ މީގެ 5 މަސް ކުރިން.. ޔޫހާން ކައިރިއަށް ޝީ ކޭމް. ޝީ ވޯސް އޮބްސެސްޑް. ހަމަ ހުވާ ޔޫހާން މިޝްއަލްއާއި ދެމެދު އެކަހަލަ އެއްވެސް ގޮތަކަށް ނުދެކެން. ޔޫހާން ދެން އެހީ މިޝްއަލް ކައިރީ ކިހިނެތް ހެދިއްޔާތޯ ޔޫހާން ފަހަތުން އުޅުން ހުއްޓާނީ. ޝީ ސެއިޑް ސްލީޕް ވިތް މީއޭ. ޖަސްޓް ވަންސްއޭ. އެހެންވެ ޔޫހާން ކުރީ. އައި ނޯ އައި ޝުޑް ހޭވް ނޮޓް ޑިޑް އިޓް. ވަރަށް ވަރަށް ބޮޑަށް ސޮރީ އެލާ” ވާހަކަ ދައްކަމުން ދިޔަ ޔޫހާންގެ ލޮލުން ކަރުނަ ނިރާލިއެވެ. އެވަގުތު އެލީޝާ ހަނދާންވީ ތެރަޕީ ސެޝަންގައި މިޝްއަލް ބުނި ވާހަކައެވެ.
“މިޝްއަލް ހަމަ މީގަ ގޯހީ.. ޔޫހާން ބުނި މިޝްއަލް ގާތުގަ އިންޓްރެސްޓްއެއް ނެތޭވެސް. މިޝްއަލް މޮޔަވެގެން އުޅުނީ..”
މިޝްއަލްގެ ވާހަކައާއި ޔޫހާންގެ ވާހަކައާއި ދިމާވުމުން ޔޫހާން ހެދީ ތެދުކަން އެލީޝާއަށް އެނގުނެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލެވުނީ ޔޫހާން ތެދުތެދަށް ހުރިހާ ވާހަކައެއް ބުނުމުންނެވެ.
“އިޓްސް އޯކޭ” ޔޫހާންގެ ހަށިގަނޑުގައި ބައްދާލަމުން އެލީޝާ ބުނެލިއެވެ.
(ނުނިމޭ)
ސަލާމް
ޝިހާއަށް ލިޔެވިފަ އިން ހިސާބު ނިމުނީމި. އިންޝާ ﷲ 1 ޖެނުއަރީ 2025 ގައި 25 ވަނަބައި ގެނެސްދޭނަން.
ޓޭކް ކެއާރ، ލަވް ޔޫ އޯލް!!❤️
Hope everyone learned something new about PSTD❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.







Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Take care you
Ava’s shifaaka eden
Love you more
Follow me Instagram
Inma7372
Follow me please
Jazaakallah khairan❤️
Stay tuned
I sent you a text🫶🏻
Thanks doctor
Shaleen ah Hama heevee rangalhahtha ?
Shiher thee psychiatrist???
V hih Hama jehey rangalhu mauloomaathu libey mi vhk kiyaaleema.
New year ah inthizaaru kuranee dhen p25 kiyaalan libeynetheeve…
V reethi vhk
Thanks
Jazaakallah khairan🥹🫶🏻
Hehe ya psych ga miulheny, ekm shiher learn kuran vrh ehn departments vess ehn aslu story ga use kuran engeny hehe🥰
Stay tuned in sha allah 25 and 26 laidheynan jan 1 ga🥰
Jazaakallah khairan❤️❤️
Wow what a beautiful and lovely story
I thought navya gaish ge argument eh or vaahaka dhehkumeh fennaane kamah.
Anyways I’ll wait for you TC
LYSSSSSM
Why isn’t my story uploading its still pending?????
Jazaakallah khairan
Next ep thakuga fennaane hehe
You, too take care
Lyt
Ya admin aprove libunyma submit vaanyy
Maashaa Allah mi part vx varah varah reethi….
Dhn yoohaan enmen ge vaahaka elysha ah kiyaadheyn v nu…
Eyrah ehn meehehge Farathakun yoohaan akah neyngeynu….
Navya kairiah vx dhiyaee eyna bunegen….
Inthizaaru kuraanan…..
Ekm new year feshunyma vaahaka kiyun huhtaalan ninmaigen mihury🙃🙃
Next year aky vrh muhinmu ahareii v ma kiyevumah focus kuran….
Dhn ekm mi vhk kiyeyne kanneyge…
Kiyaifihyaa comment eii kohlaanan ingey….
Avas shifaa akah edhen..
LY ❤️😊
Hehe dhw let’s see
Awlheyy it’s okayyyy
Study well❤️
Take care you too❤️❤️
LYT❤️
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Ava’s shifaa akah edge
Yohaan and elaa dhuru nukurachey
Jaish and nav ves gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Yoohaan and elysha gulhuvahchey they all fall in true love very interesting story i always waiting for the next part. Shafakihllah ❤️🙂☺️😍
Jazaakallah khairan❤️
Jazaakallah khairan
haadha curious kohlaafa thi nimaalee. varah kiyaa hithun kiyey vaahaka eh will be waiting for next episode
Hehee
Jazaakallah khairan
finally vrh reethi mipart ves
take care you too
uhmeedhukuran vrh avahah kiyaalan libeyne kamakah
im abadhuves shiherr ge fan ehh
you are the best vhk genesdheyy gothaa sifakurun thah ves vrh perfect
btw next part kiyaalaa hithun indhevenee eh noon
keep it up shiherrr
love youuu so muchhh
Awwnnn jazaakallah khairan🥹🫶🏻
Vrhhhh happy vejje thihn bunelyyma🥰
Ilym
Sad life😭😭😭😭😭😭
My story was still pending so I tried to log out and again log in.
I gave my story to review last night and it has been a long time.
But now I couldn’t log in again nor the story is been uploaded 😭😭😭😭😭
Could you text me in one of my socials? Maybe i could help
I don’t use fb nor Instagram
I guess I ‘ll not be able to continue writing but never mind I’ll still comment on everyone’s stories
Snap? Or u could mail me