“ސަމާސާއެއްނޫން އެލާ.. ހީ ވޯސް މިގޭގަ.. ހީ ވޯސް ސްލީޕިންގ ވިތް ނަވްޔާ.. ނާއިލް ސޯ ދެމް.. ހީ އައި ވިޓްނެސްޑް އިޓް” މައުނާ ބުނެލިއެވެ. ދެލޯބޮޑުވީ އިރު އެލީޝާގެ ހިތަށް އެރީތޫނު ތަދެކެވެ. ފޯނު އަތަށް ބާރުކޮއްލެވުނު އިރު ހިންދިރުވާލެވުނެވެ. އެވަގުތު ކޮޓަރި ދޮރުހުޅުވާލި އަޑުއިވުނެވެ.
ކޮޓަރިތެރެއަށް ވައިން ޔޫހާންއަށް އެލީޝާ ހުރި ގޮތުންވެސް އެލީޝާއަށް އެޙަބަރު ލިބިއްޖެކަން ޔޫހާންއަށް އެނގުނެވެ. ދެލޯ ކަރުނުން ފުރިފައިވީ އިރު އެލީޝާގެ ތުންފަތް ދިޔައީ ތުރުތުރުލަމުންނެވެ. މޫނުމައްޗަށް ޖަންބުކުލަ އަރާފައިވީ އިރު އެހިތަށް ކޮއްފައިވީ އަސަރު ކިތަންމެ ރަނގަޅަކަށްވެސް ދިޔައީ ފެންނަމުންނެވެ. ޔޫހާންއަށް އިސްޖަހާލެވުނެވެ.
ކުރިމަތީގައި ހުރި ޔޫހާން އެލީޝާއަށް ފެންނަމުން ދިޔައީ ފުސްކޮށެވެ. ކަރުނުން ދެލޯ ފުރިފައިވުމުންނެވެ. ފޯނުކަނޑާލާފައި އެލީޝާ ޔޫހާންއާއި ދިމާލަށް ހިނގައިގަތެވެ.
“އެއީ… އެއީ ތެދެއްތަ؟ ޔޫ.. ޔޫހާން.. ޗީޓް… ކުރީ..؟” އެލީޝާގެ އަޑުއައީ ކެނޑިކެނޑިގެންނެވެ. ޔޫހާން އެއްވެސް އެއްޗެއް ނުބުނެ ދެލޯ މަރާލިއެވެ.
“ޖަވާބުދީބަލަ! ތެދަށް ބުނަންވީ! ހަމަ މިހާރު ބުނޭ! ބުނާށޭ!” ޔޫހާންގެ ގިރުވާނުގައި ހިފާ ތަޅުވާލަމުން އެލީޝާ ބުންޏެވެ. ނަމަވެސް އެއްޗެއްނުބުނި ތާނގަ ޔޫހާން ދެލޯ ހުޅުވާވެސް ނުލިއެވެ.
“ތީތަ ޔޫހާންއަހަރެން ދެކެ ވީ ލޯއިތްބަކީ؟؟ ތީތަ އަހަރެންގެ ބައްޕައަށް ޔޫހާންވީ ވައުދަކީ؟؟” އެލީޝާ މޭގައި ހިފާ ބާރުކޮއްލިއެވެ. އެހިތަށް ވަނީ ވަރަށްވެސް އަސަރުކޮއްފައެވެ. މިއީ ދުވަހަކުވެސް ޔޫހާން ކޮއްފާނެކަމަށް އެލީޝާ ހީކުރި ކަމެއްނޫނެވެ. ދެލޯ މަރައިގެން ހުރި ޔޫހާން ދެލޯ ހުޅުވާލީ ބާރު އަޑު ފައްގަނޑެއް އިވުމުންނެވެ. އޭރު އެލީޝާ އޮތީ ބިންމަތީގައެވެ. ދެލޯވަނީ މެރިފައެވެ. ވަގުތުން ޔޫހާންގެ ހިތުގެ ނާރުތަކުގައި ދުވެލީ ބިރުވެރިކަމެވެ.
“އެލާ!!!!”
އެއްވެސް ދަތިކަމެއްނެތި އެލީޝާގެ ހަށިގަނޑު ޔޫހާން އެނދުމަތީގައި ބާއްވާލިއެވެ. ފެންފޮދެއް ހިފައިގެން އަހިސް މޫނުގައި ހޭކިއެވެ. ނަމަވެސް އެލީޝާ ހެޔެއްނޭރިއެވެ. ޔޫހާންގެ ހިތުގައިވީ ބިރުވެރިކަން ބޮޑު ވާން ފެށިއެވެ. އަވަހަށް އެންބިއުލާންސްއަށް ގުޅިއެވެ. 20 މިނިޓްގެ ދަތުރަކަށް ފަހު އެލީޝާއަށް ހޮސްޕިޓަލަށް ވާސިލު ވެވުނެވެ. އޭރު ޔޫހާންގެ ދެލޯވެސް ވަނީ ކަރުނުން ފުރި ބާރުވެފައެވެ. “އެލާ އައިމް ސޮރީ.. ދެން ދުވަހަކުވެސް އެހެންނެއް ނަހަދާނަން. އައި ޕްރޮމިސް” އެމާރޖެންސީ ރޫމްއަށް އެލީޝާ ވެއްދުމުން ކައިރީ އިން ގޮނޑިބަރީގައި އިށީންދެ ޔޫހާން ރޯންފެށިއެވެ.
ހިނދުކޮޅެއް ފަހެވެ. އޭރު ޔޫހާންގެ ލޮލުން ކަރުނަ ނާންނަނަމަވެސް ކޯތާފަތްމަތީގައި ހިކިފައި ހުރި ކަރުނަ ތިކިތަށް ހުއްޓެވެ. “އެލީޝާގެ ގާރޑިއަން؟” ހިނދުކޮޅެއް ފަހުން ނަރުސް ކުއްޖަކު ނިކުމެ ގޮވާލިއެވެ. “ލައްބަ އަޅުގަނޑު” ޔޫހާން ބުނެލިއެވެ.
“އެލީޝާ މިހާރު ހޭއަރައިފި. ނަމަވެސް ހާލު އެހާ ބެސްޓްއެއްނޫން. ޕްރެޝަރ މަތިވެފަ ހުރީ ވަރަށް. އެންޑް ޝީ ހޭސް ބީން ސްޓެސިންގ. ޝީ ނީޑްސް ރެސްޓް. އެއްޗެއް ކާންދެވޭތޯ ބަލާލާ އިނގޭ؟ އައިވީ ފުޅިއެއް ގުޅުވާލައިފިން. އޭތި ހުސްވާނެ ފަތިސް ވާން ވާއިރަށް. އެހާއިރުވާއިރު ޕްރެޝަރ އޯކޭ ކޮއްހުރިއްޔާމުން ދޫކޮއްލަދޭނަން” އެކުއްޖާ ބުނެލިއެވެ. ޔޫހާން ބޯޖަހާލިއެވެ.
“އެ….އެލާ…؟؟” ޔޫހާން ވަނުމުން އެލީޝާ ދެލޯ މަރާ ބާރުކޮއްލިއެވެ. ޔޫހާންގެ މޫނުވެސް ދެކެން ބޭނުން ނުވާފަދައެވެ.
“އެލާ.. އައިމް ސޯ ސޯ ސޮރީ. ޕްލީޒް. އެއް ފަހަރެއްކަމަށް ބަލާފަ އަހަރެންނަށް މާފުކޮއްދީ.. އަހަރެން ދެން ދުވަހަކުވެސް އެހެންނެއް ނަހަދާނަން” ޔޫހާން ބުންޏެވެ. ޔޫހާންގެ އަޑުން އޭނާ ރޮނީކަން އެނގުމުން އެލީޝާގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް ދެލޯ ހުޅުވުމުގެ ޙިޔާލެއް އެލީޝާގެ ނެތެވެ.
“އަހަރެން ބޭނުން ވަގުތުކޮޅެއް ވިސްނަން!” އެލީޝާ ބުންޏެވެ. ޔޫހާން ދޫކޮއްލީ ފިނި ނޭވާއެކެވެ.
“މިއޮތީ ކާން ގެނެސްސަ. އަވަހަށް ތެދުވޭ ކާން. އަހަރެން ދެކެ ރުޅިއަހިސްފައި ވީނަމަވެސް ކާލަންވާނޭނުން؟ ޕްލީޒް.” ޔޫހާން ބުންޏެވެ. ބަސް އަހާ ކުޑަކުއްޖެއްހެން އެލީޝާ ކާން ފެށިއެވެ. ބަނޑުހައިވެސް ވެފައި ހުރުމާއި އެކުއެވެ.
ފަތިހުގެ ހިތްގައިމު ވަގުތެވެ. މިހާރު ވާރޭ ނުވެހޭ ނަމަވެސް ފަޒާގައިވަނީ ފިނިކަން ހިފާފައެވެ. 6 މަހުގެ ކުޑަކުޑަ ނައިލް އޮތީ ނާއިލްގެ މޭމަތީގައެވެ. ހަތަރިސްފައި ތަޅުވަމުން ހީހީފައި އޮތެވެ. ނަމަވެސް ނައިލްގެ އެ ލޮބުވެތި ހަރަކާތް ތަކުން މިރޭ ނައިލްއަދި މައުނާގެ ހިތަކަށްވެސް ހިތްހަމަ ޖެހުމެއްނުގެނެވުނެވެ.
ނާއިލްގެ ސިކުނޑި ވަނީ ސުމަކަށް ދާން ގާތްވެފައެވެ. “އަހަރެން ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟” ކިތަންމެ ފަހަރަކު އެސުވާލު އަމިއްލަ ނަފްސަށް އެހިއްޖެއެވެ. ގާތުގައި އިން މައުނާވެސް އިނީ ކޮސްވެފައެވެ. އެއީ ފިރިމީހާގެ ކޮއްކޮއަށް ވެފައި، މައުނާއާއި އެހާ ގާތް ގުޅުމެއް އޮންނަ އިރުވެސް، ނަވްޔާގެ އެ އަމަލުން ނަވްޔާދެކެ މައުނާ ފޫހިވެއްޖެއެވެ.
“މައު.. އަހަރެން ވަރަށް ވިސްނައިފިން. އަހަރެން ގޮތެއް ނިންމައިފިން!” ކުއްލިއަކަށް ނާއިލް ބުނެލިއެވެ. “ކޮން؟”
“އަހަރެން ނަވްޔާ މީހަކާ ދެވާނީ” ނާއިލް ބުނެލިއެވެ. މައުނާ ނާއިލްއާއި ދިމާލަށް ބަލައިލީ އަދި އިތުރު ތަފްސީލު ދޭށޭ ބުނާ ފަދައިންނެވެ.
“ރިމެންބާރ މައި ސެކެޓްރީ ޖައިޝް؟ އޭނަ ނަވްޔާދެކެ ލޯބިވެޔޭ އަހަރެން ބުނީމޭނުން؟. އަހަރެން ނަވްޔާއާއި ޖައިޝްދެވާނީ”
“ވަޓް؟ ކީކޭ؟ ނާއީ އައި ތިންކް ދެޓްސް ޓޫ އޯވާރ ބޯރޑް. ޔެސް ނަވް ކަންތަށް ކުރީ ކަޑަކޮށް. ވަރަށް ހަޑިކޮއް. އެކަމަކު..” ނާއިލްގެ ޙިޔާލު މައުނާއަކަށް ކަމަކު ނުދިޔައެވެ.
“އައިޝަތް އެލީޝާ މާޔަން” ހަމަ ހިމޭންކަމުގެ ސާލެއް އޮޅާލާފައިވީ އެލީޝާގެ ކޮޓަރީގައިވީ ފަޅުކަން ފިލުވާލީ ޑަކްޓަރުގެ އަޑުންނެވެ.
“ޑޮކްޓަރ! އަޅުގަނޑުގެ ވައިފް ރަނގަޅުތޯ؟” ހާސްވެފައިވީ ހާލު ޔޫހާން އެއްސެވެ.
“ޔޫ އާރް ހާރ ހަސްބަންޑް ރައިޓް؟” ޔޫހާން ބޯޖަހާލިއެވެ. ވަގުތުން ހީލާފައި ޑަކްޓަރ ޔޫހާންއާއި ސަލާމްކޮއްލިއެވެ.
“ނަތިންގ ޓު ވޮރީ އެބައުޓް. ކޮންގްރާޖުލޭޝަންސް. ޔުއަރ ވައިފް އެލީޝާ އިސް ޕްރެގްނެޓް”
(ނުނިމޭ)
އައްސަލާމު އަލައިކުމް ކިޔުންތެރިން!
“ބޭވަފާތެރިޔަކީމޭ” މިވާހަކަ ކިޔުންތެރިނަށް ކަމުދާތީވެ ޝިހާ އެކަމާ ވަރަށް އުފާ ކުރަން 😊 ކިޔުންތެރިންގެ ލޯބި ކޮމެންޓްސްތަށް ކިޔާލާފައި ވަރަށް އުފާވެ ހިތްހަމަ ޖެހޭ. ފަށް ފަށުން ޝިހާ ހުރިހާ ކުދިންނަށްވެސް ޝުކުރު އަދާކުރަން ❤️🥰
މިހާރު މި ވާހަކައިގެ 24 ވަނަ ބަޔާއި ހަމައަށް ޝިހާ ވާނީ ލިޔެ ނިންމާފަ. ހިތާމަޔާއި އެކުވެސް ބުނެލަން އޮތީ 24 ވަނަ ބަޔަށް ފަހު ޝިހާ ބްރޭކްއެއް ނަގާނެ ވާހަކަ. މެންޓަލީ އަދި ފިޒިކަލީވެސް މިދުވަސްކޮޅު ޝިހާ ވަރަށް ބޮޑަށް ބްރޭކްއެއް އެބަ ބޭނުންވޭ. ޝިހާއަށް ހަގީގަތުގައި މިދުވަސްކޮޅު ވާހަކަ ލިޔުންވެސް ވަރަށް އުނދަގޫ. ސަބަބަކީ ޝިހާ މިހާރު ސީޓީއެސްއަށް ޑައިގްނޯޒް ވެފައިހުރުން. އެކަމުގެ ސަބަބުން ކީބޯޑް ފަދަ ތަކެތި ބޭނުން ކުރުންވެސް ޝިހާއަށް ވަނީ މަނާކޮއްފަ. ނަމަވެސް ގާޑު އަޅައިގެންވެސް ޝިހާ ވާހަކަ މިގެނެސްދިނީ، އެކަމަކު މިހާރު ޝިހާގެ އަތުގެ ހާލަތު ދަނީ ވަރަށް ދަށް ވަމުން. އެހެން ކަމުން 24 ވަނަ ބަޔާއި ހަމަޔަށް ގެނެސް ދިނުމަށް ފަހު، ދެން ޝިހާ ވާހަކަ ގެނެސްދޭނީ 1 ޖެނުއަރީ 2025 ގައި. ވާހަކަ ކިޔާފައިދޭ ހިތްވަރެކޭ އެއްފަދައިން ޝިހާގެ ބަލި ހާލަތުވެވެސް އަންޑަސްޓޭންޑް ވާނެކަމަށް ޝިހާ ވަރަށް އުންމީދުކުރަން. ކިޔުންތެރިންގެ ހިތްވަރުވެސް ލިބޭނެ ކަމަށް ވަރަށް އުންމީދުކުރަން. ވާހަކަ ދައްކާލަން ބޭނުންވާނަމަ، އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ސްނެޕްޗެޓް އިންވެސް ވާހަކަ ދައްކާލެވޭނެ ❤️
Insta: @pages.of.shiher
Snap: @itz_shiherr
Fb: @Pagesof Shiher
ކިޔުންތެރިންގެ ހިތްވަރު ލިބޭނެ ކަމަށް އުންމީދުކުރަން❤️!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Oh no our poor shierrr!!!!!
Hope u to get well soon
Anyways the story is very nice
I’ll wait patiently till the 25th part uploads
Lots of luv from me💗💗💗💗💗💗💗💗💗💗
And GET WELL SOON🙂
jazaakallah khairan
In sha allah jan 1st ga 25th genessdheynan
lot’s of love from me too ❤️🩹🥺
Heyy shiherr vrh reethi mi part vx maasha allah..
congrats to ely but yoohan dhww.. I just hope he gets in the right path soon..
oohh jaish and navya.. nail ragalhah kanthah kurey e hehe..
get well soon dear and dont give up❤❤
Lyssm <3
Take care darlingg💜🦋
hehe jazaakallah khairan ❤️
hehe let’s c dhw maybe yoohaan change vedhaane dhw cause he is gonna be a father.
naail iraane hmm haha >.<
jazaakallah khairan ❤️🩹🥺
Lymmm and take care too ❤️🩹🥺❤️
Mi part ves varah reethi
I hope u feel better soon
And take Ur time…..
Ur true fans will wait no matter how long it takes for u to recover and
write Ur story
Take good care of Ur self
jazaakallah khairan ❤️
awwwnnnn vrhhh ufaa vejje thihen bunelyyyma.. vrh bodah motivate vejje..
in sha allah i’m taking my treatments and will be able right soon
take good care of yourself tooo
jazaakallah khairan ❤️🩹🥺
Mi part vx vrh reethi ❤️😌
Get well soon shiher insha’Allah vrh avahah rangalhu vaane hope you all the best 🤞🏻❤️😍
jazaakallah khairan❤️
in sha allah rangalhu vaane jazaakallah khairan ❤️🩹🥺
Maashaa Allah mi part vx varah varah reethi….
Alhey yoohaan dhn avahah rangalhu vey… mihaaru elaa vx e preg vy…..
Navyaa and jaish yeyyyy…
Vrh fight bai boduvaane kanneyge e dhe myhunge….
It’s Okay shiher….
Baliveema knme meeheh vx brake eii beynun vaane….
Alhugandah understand vey…..
Ekm thbuny vihya guardian alhaign vx liyaa Vhk…
Shiher buny thy doc ekey….
Dhn vaane dhw doc ge bas ahan….
Ehn noonas ehn kankamah vure amihla sih hathah balanvaane dhw….
Ekm bunan, nawar vrh foohi vaa kameii eii bali v ma beys keun….
Ehnve ginain doc ah vx nudhahkan….
Get well soon
I’m waiting for next part and January 1 for other parts…
Once again take yourself more than anyone or any work….
Shiher maa bodah bali vehjehyyaa kamaku nudhaane ingey…
Lots of luv 😊❤️
Hehe ya ella is pregg
Lets hope dhw yoohaan change vaane kamah
Hehe ya jaish nd navya will marry very soon.. abadhu zuvaabu thwhcheh dhw kuraany haha😅🤣
Vrh happy vejje understand veetheeve❤️
Hehe shiher beys kameyy ekm i guess i was over working heheh
Nawar ves vaane bali v ma doc ah dhaan inge❤️❤️
Stay tuned❤️
Jazaakallah khairan 🥺❤️🩹
Lots of love from mee tooo❤️❤️
Get well soon can’t wait for next part vary reethi😍
Jazaakallah khairan❤️
Stay tuned☆
It’s ok sihaa
Get well soon
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Elaa ah dhera goteh nuhadhachey preg iru
Yohaan ah chance eh dheyn fehnani
And nav and jaish gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Jazaakallah khairan
Hehe ulhey dhw dhn balamaa vany kihineh thw hehe
Lyt❤️
It’s ok sihaa
Get well soon
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Elaa ah dhera goteh nuhadhachey preg iru
Yohaan ah chance eh dheyn fehnani
And nav and jaish gulhuvachey
They all are made for each other
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
Don’t give up
Take you’re time
Jazaakallah khairan
Hehe ulhey dhw dhn balamaa vany kihineh thw hehe
Lyt❤️