Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބޭވަފާތެރިޔަކީމޭ 29

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 9, 2025 3 Mins Read
31 Comments

މަގުމަތީގައި ހިނގަމުން ދިޔަ ނަވްޔާގެ ވަކި މަންޒިލެއް ނެތް އިރު މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. އޭނާގެ ދިރިއުޅުން މިހާރު މިވަނީ ކިހިނެތް ވެފަހެއްޔެވެ؟ އޭނާގެ އުފާވެރި ދިރިއުޅުމަށް މިޖެހުނީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ ޔޫހާންދެކެ ލޯބިވުން އެއީ ނަވްޔާގެ ހަޔާތަށް އެޅުނު ޒަހަރެއް ބާއޭވެސް އޭނާ ހިތަށް އެރިއެވެ. އެވަގުތު ވިދާލުމަކާއި އެކު ބާރު ގުގުރީގެ އަޑު އިވުނެވެ. ވިއްސާރަ ވާން އުޅޭ ކަމުގެ އަލާމާތްތަށް ދައްކަން ފެށިއެވެ. އުޑުމަތީގައި އިން ފުރިހަމަ ހަނދުވެސް ކަޅުވިލާތަކުގެ ޝިކާރަކަށްވެ ގެއްލުނެވެ. ފިޔަވަޅު އަވަސް ކޮއްލި ނަވްޔާ ހުއްޓުނީ ކުރިމަތިން ހިޔަންޏެއް ފެނުމުންނެވެ.

ކުރިމަތީގައި ހުރީ ހިމަތޮޅި، ނަމަވެސް ދިގު ފިރިހެނެކެވެ. ހަތަރިސްފައިގައި އޭތި މީތި އަޅާފައި ހުރި އިރު ކަންފަތް ވެސް ވަނީ ތޮރުފައިފައެވެ. އޭނާގެ ހަށިގަނޑުން ސިނގިރޭޓު ވަސް ގަދައަށް ދުވަމުން ދިޔަ އިރު ހުރީ ހަމައިގަހެންވެސް ހިޔެއްނުވެއެވެ. ބަނޑުހައިވެފައިވީ ސިންގާއެއް ފަދައިން އެޒުވާނާ ނަވްޔާއާއި ކައިރިވާން ފެށިއެވެ. ޖަހާލި ބާރުގުގުރިއާއި އެކު ފަޒާގައި ނަވްޔާގެ ވޭނީ ހަޅޭކުގެ އަޑުވެސް ގުގުމާލިއެވެ.

ވިއްސާ ކޮޓަރީގައި އެލީޝާ ހޭދަކުރަމުން ދިޔަ ކޮންމެ ސިކުންތަކު ޔޫހާން އަދި އަނާޝާގެ ހިތުގައި ދިޔައީ ނުތަނަވަސްކަން އުފެދެމުންނެވެ. އެކުޑަކުޑަ ފުރާނަ އުރާލުމުގެ އުންމީދުގައި ދެމައިންވެސް ދިޔައީ އެވަގުތަށް އިންތިޒާރު ކުރަމުންނެވެ. ދެމައިންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލައިދިޔައީ ވިއްސާ ކޮޓަރިން އިވުނު ތުއްތު ކުއްޖާގެ ރުއިމުގެ އަޑުންނެވެ. “އަލްހަމްދުލިއްލާހް” އަނާޝާއަށް ހިތާހިތުން ބުނެވުނެވެ. ޔޫޙާންއަށް ވެސް ހިނިތުންވެވުނެވެ.

“އަލްހަމްދުލިއްލާހް. އަންހެން ކުއްޖެއް. މަންމަގެވެސް އަދި ދަރިފުޅުގެވެސް ހާލު ވަރަށް ރަނގަޅު” ނަރުސް ކުއްޖަކު ނިކުމެލާފައި ބުނެލިއެވެ. ދެމައިންގެ ހަޔާތަށްވެސް އުފާވެރިކަމުގެ ރާޅެއް ބީއްސާލިފަދައެެވެ. އެހިތްހަމަ ޖެހުމުގެ ވަގުތުކޮޅު އިތުރަށް ފުރިހަމަ ކޮއްލަ ދިނީ އެކުޑަކުޑަ ފުރާނަ ގެނެސް ޔޫހާންގެ އަތަށް ލައިދިނުމުންނެވެ. އެކުޑަކުޑަ ފުރާނަގެ މޫނުވެސް ދޮން ކަމުންވަނީ ޖަންބުކުލަ އަރާފައެވެ. ކުޑަކުޑަ އަތްތިލައިން ޔޫހާންގެ ޝަހާދަތް އިނގިލީގައި އެކުއްޖާ ހިފާލިއެވެ. ދެލޯބޮޑުކޮއް ހުޅުވައިގެން ދޫ ނެރެލަނެރެލަ ޔޫހާންއަށް ބަލަން އޮތީ އެއީ ބައްޕަކަން އެކުއްޖާއަށް އެނގުނުފަދައިންނެވެ. އެކުއްޖާގެ އަތުގައި ފިރުމާލަމުން ޔޫހާން ވަރަށް ލޯބިން އެކުއްޖާގެ ނިތަށް ބޮސްދިނެވެ.

ކައިރީގައި ހުރި އަނާޝާވެސް ހުރީ މަޑުމަޑުން އެކުއްޖާގެ ހަށިގަނޑުގައި ފިރުމާލަ ފިރުމާލައެވެ. ހިތުގައި އުފާވެރިކަންވީ އިރުވެސް އެ މަންޒަރު ދެކުމަށް ލޯބިވާ ފިރިމާހާ ނެތުމުން ހިތުގައި ވޭންއެޅިއެވެ.

“ދަރިފުޅާ. އެލާ ވިހައިފި. އަވަހަށް އާދެބާ” އަނާޝާ ލީޝާއަށް ގުޅާ އެ އުފާވެރި ޙަބަރު ދިނެވެ. ނަމަވެސް އެޙަބަރުން ލީޝާއަކަށް އެއްވެސް އިހުސާސްއެއް ނުކުރިއެވެ. “ހޫމް” އޭ ބުނެ ލީޝާ ފޯނު ބޭއްވިއިރު މޫނު މަތިން ދިޔައީ ހަސަދަވެރިކަން ފެންނަމުންނެވެ.

“ދުރައްދޭ! ނާންނާތި އަހަރެން ކައިރިއަށް. އަހަރެން ހަޅޭ ހަލާވާނަން” އަރައިގެން ހުރި ބޫޓުގެ އުސްކޮޅު އެމީހާއާއި ދިމާކޮއް ނަވްޔާ އަމިއްލަ ނަފްސު ދިފާއު ކުރިއެވެ.

“ހެހެ ދެން ތިހާ ލޯބި ބޮޑީއެއްގެ ވެރިއެއް. ތިހާ ލޯބި ޑްރެސް… ވެލް ނޮޓް އަ ޑްރެސް ދޯ؟ ހަމަ ނައިޓީއެއް. އަޅޭ އާދެބާ ޕްލީޒް” އެއްވެސް ލަދެއް ހަޔާތެއް ނެތި އެޒުވާނާ ދިޔައީ ނަވްޔާއާއި ކައިރި ވަމުންނެވެ. ވިސްނާ ނުލާ ހުއްޓާ ނަވްޔާގެ އަތުގައި ހިފާ އޭނާ އެ ބޫޓު ހޫރާލިއެވެ. ނަވްޔާގެ ހަށިގަނޑު ގަޔާތަތްކޮއްލަން އުޅުނު އެޒުވާނާއަށް އެ ފުރުސަތު ނުލިބުނީ ޒުވާނަކު އަހިސް އޭނާ ލައިގެން ހުރި ޓީޝާޓުގައި ހިފާ ގެންގޮސް ކައިރީ ހުރި ފާރުގައި ލައްކުރުމުންނެވެ.

“ޖައިޝް؟” އޭނާގެ ގައިގައި ހިފައިގެން ރުޅިއަހިސް ރަތްވެފައި ހުރި ޖައިޝްފެނި ނަވްޔާ ހައިރާން ވިއެވެ.

“ހޫން. އެއީ ކަލޭ ބިޓުތަ؟ ދެން އެކަމް ދޯ؟ އެންމެ ރެޔަކަށް ޕްލީ-” އެޒުވާނާ ލަދު ކަނޑާލާފައި ދައްކަން ފެށިވާހަކަ ހުއްޓުނީ ޖައިޝް ގޮއްމުއްކަވާފައި އޭނާގެ މޫނު މަތީގައި ޖެހުމުންނެވެ. އެތަދު އޭނާގެ މުޅި ހަށިގަނޑަށްވެސް އެރިއެވެ.

“އެއީ މަގޭ އަންހެނުން! އަދި ބުނަން ވާހަކައެއް؟ ދެން ކަލޭ އޭނަ ގައިގައި އަތްލަން އުޅުނިއްޔާ ދެއަތް ބުރިކޮއްލާނަން! އަދި ކީއްކުރަން؟ އޭނައާއި ދިމާލަށް ބަލައިލިޔަސް ކަލޭ ދެލޯ ކޮނެލާނަން!!!” އޭނާ ކޮއްޕާލަމުން ޖައިޝް ބުނެލިއެވެ. އެޒުވާނާއަށް ވުރެ ޖައިޝް ބަލާލަން ފަލަވެފައި ގައިގައި ވަރު އެބަހުއްޓެވެ. އޭނާގެ “އީގޯ” އެއް ކަނަކަށް ލާފައި އެޒުވާނާ އަވަހަށް އެތަނުން ފިލިއެވެ. ނަވްޔާގެ ބޫޓު ކިބަ ގެނެސް އޭނާ އަތަށް ދީފައި ދުރުގައި ހުރި ސައިކަލަށް އަރާ އެރުމަށް ޖައިޝް އިށާރާތް ކުރިއެވެ. އޭރުވެސް ނަވްޔާ ހުރީ ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައެވެ. ހަމަ ގައިމުވެސް މިހާދިސާއަށް ފަހު ނަވްޔާގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިކަން ގައިމެވެ.

1 ގަޑި އިރާ 15 ވަރަކަށް މިނިޓް ފަހުން އެލީޝާ ގާތަށް އަނާޝާއަދި ޔޫހާންއަށް ވަދެވުނެވެ. އެލީޝާ ގާތުގައި އިރުކޮޅަކު އިނދެފައި އަނާޝާ ނުކުތީ އެދެމަފިރިންނަށް އެކަނި ވަގުތުކޮޅެއް ދިނުމައްޓަކައެެވެ.

“ލޯބި ކިހިނެތްތަ؟ އެއްވެސް ތާކަށް ތަދުވޭތަ؟” އެލީޝާ ގާތުގައި ނިދިފައި އޮތް ކުޑަ ފުރާނަގައިގައި ފިރުމާލަމުން ޔޫހާންއެއްސެވެ. “ނޫން. އެކަމަކު އޭރު ވަރަށް ތަދުވި. ނޭނގެ ބުނެދޭކަށްވެސް. އެކަމަކު ބޭބީ ރޯއަޑު އިވުނު އިރަށް ހުރިހާ ވޭނެއް ގޮއްސި ކުޑަ ހުވަދޫއަށް. ހެހެ. އެކަމަކު ވަރަށް ވަރުބަލި” އެލީޝާ ބުންޏެވެ.

“ދަރިފުޅާ.. އާދެބަލަ އަޅެ. ހޮސްޕިޓަލުގަ އެއްނުން މިރޭ ގައިމު” އަނާޝާ ލީޝާއަށް ގުޅާފައި ބުންޏެވެ. އަނާޝާ އޭރު ހުރީ ލީޝާ ނާހިސްގެން ފާޑަކަށް ރުޅިވެސް އަހިސްފައެެވެ. “ދެން މަންމާ… އަހަރެން ޑިއުޓީގައޭ!” ލީޝާ މިފަހަރުވެސް ފޯނު ކަނޑާލީ އަނާޝާ ކަންފަތް މައްޗަށެވެ.

ގެޔަށް އަހިސް ފެންވަރާ ތާޒާ ވެލައިގެން ނަވްޔާ ނުކުތެވެ. އޭރު ކޮޓަރި ސޯފާގައި ލޯމަރާލައިގެން ޖައިޝް އިނެވެ. ލައިގެން ހުރި ނިދާހެދުމުގެ ސޯޓުގައި އިން ވާގަނޑާ ކުޅެމުން ނަވްޔާ ޖައިޝްއަށް ކައިރިވެލިއެވެ. “ކި…ކިހިނެތް އެނގުނީ؟” ނަވްޔާގެ އަޑަށް ޖައިޝް ލޯހުޅުވާލިއެވެ. “އައި ވޯސް ފޮލޮވިންގ ޔޫ” ޖައިޝް ބުނެލީ އިސްޖަހާލަމުންނެވެ. ނަވްޔާގެ ހަޅޭކުގެ އަޑަށް ޖައިޝް ތައްޔާރުވެލި ފަދައެވެ. ނަމަވެސް މިފަހަރު އިވުނީ ނަވްޔާގެ ގިސްލުމުގެ އަޑެވެ. ޖައިޝް ދެލޯ ހުޅުވާ ނަވްޔާގެ މޫނަށް ބަލައިލިއެވެ.

“ކީއްވެ؟ ކީއްވެއަޅެ؟ ނަވް ޖައިޝްއާއި ދޭތެރޭގަ މިހާ އިހާނަތިކޮއް ކަން ކުރާއިރު ކީއްވެ ޖައިޝް މާ ޖެންޓަލްމެން ވެގެން ތިއުޅެނީ؟ ޖައިޝް ބުނީ ނަވްދެކެ ލޯބިވެޔޭ. ދެން ކީއްވެ ނަވް ގިލްޓް ޓްރަޕް ތިކުރަނީ؟ ޖައިޝް އައި ހޭޓް ޔޫ. އައި ޖަސްޓް ހޭޓް ޔޫ ސޯ މަޗް. ކޮންމެ ދުވަހަކު ނަވް ޖައިޝްއަށް އެއްޗެހި ކީ. ޖެއްސުން ކުރީ. އެކަމަކު.. މިރޭވެސް ޖައިޝް.. ޖައިޝްއަށް އެނގޭތަ ނަވްދެކެ ތިހާ ލޯބިވާ އިރު ނަވްމީ ކޮންކަހަލަ ކުއްޖެއްކަން؟ އައި ސްލެޕްޑް ވިތް ޔުއާރ ފްރެންޑް ޔޫހާން. ދެން ކީއްވެ؟ އައިމް ސަޗް އަ ބަޑި. ނަވްގެ ދޮންބެ ޖައިޝްއަށް ނަވް ވިއްކާލީ އެހެންވެޔޭ” ނަވްޔާ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފައި ނޭފަތް ދަމާލަމުން ޖައިޝްގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ޖައިޝްގެ މޫނު މަތިންއެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ނަވްޔާ ހައިރާންވިއެވެ. ޖައިޝްގެ ޖަވާބު އިވިފައި ނަވްޔާ ވަކިން ބޮޑަށް ހައިރާންވިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އާ ދިރިއުޅުމެއްގެ ފެށުން -5

Next

ބޭވަފާތެރިޔަކީމޭ 30

Next
January 11, 2025

ބޭވަފާތެރިޔަކީމޭ 30

Previews
January 9, 2025

އާ ދިރިއުޅުމެއްގެ ފެށުން -5

31 Comments!

  1. Ghost girl 👻 says:
    January 9, 2025 at 12:35 pm

    Yeyyy me the first one…😃

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:47 pm

      hihi

  2. imko says:
    January 9, 2025 at 12:44 pm

    Mi part ves varha reethi Masha Allah
    Unmeedhu kuran next part kiyaalan libeene kama
    Lol you
    When is next part
    Can’t wait for next part

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:47 pm

      jazaakallah khairan
      in sha allah vrh avahah next episode vess kiyaalan libeyne

  3. Cutie girl says:
    January 9, 2025 at 1:18 pm

    Mi part ves v reethi masha Allah
    Curiously waiting for the next part
    Keep it up
    Yoohan and elaa dhuru nukurachey
    Nav and jaish ves gulhuvachey
    They both are made for each other
    Kon javaabeh baa jaish dhinee
    Nav ah jaish dheke loabi vevuni e
    Congratulations to yoohan and elaa ❤️😍🎉

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:48 pm

      let’s see dhw what happens
      hihi congrats to them

  4. Nawar says:
    January 9, 2025 at 1:26 pm

    Maashaa Allah mi part vx varah varah reethi….
    Wowww mihaaru jaish aa navyaa aa gulheny dhw e…..
    E leesha gandu naihsihyaa rangalhee vx 🤬🤬🤬
    Whn next??

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:48 pm

      jazaakallah khairan
      hihi ehn dhw e vany hehe
      haha
      in sha allah vrh avahah kiyaalan libeyne

  5. Anonymous says:
    January 9, 2025 at 1:31 pm

    Awwww Haadha cute ey mi part….
    Vara reethi 💖💖💖
    When next part?

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:49 pm

      jazaakallah khairan
      in sha allah vrh avahah kiyaalan libeyne

  6. Yana says:
    January 9, 2025 at 1:31 pm

    Awwww Haadha cute ey mi part….
    Vara reethi 💖💖💖
    When next part?

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:49 pm

      jazaakallah khairan
      in sha allah vrh avahah kiyaalan libeyne

    2. shihaamaa ali shihaamaa ali says:
      January 9, 2025 at 7:49 pm

      jazaakallah khairan
      happy u loved it
      in sha allah vrh avahah kiyaalan libeyne

  7. Your fav bab says:
    January 9, 2025 at 1:33 pm

    Maybe gaish new it earlier or something
    Elaa ah baby girl eh dhw???
    Hehhehehehhehe
    Very nice!!!!
    When next???
    Lysssssm💗💗💗💗

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:50 pm

      hehe let’s see dhw neynge shiher akh hehe
      hehe yess ella and yoohaan ah babygirl eh
      happy u loved it
      in sha allah vrh avahah genessdheynan
      ilyt

  8. Naikko says:
    January 9, 2025 at 2:35 pm

    Mi part he’s v v reethi…..
    Keep it up👍
    Curiously waiting for the next……..
    When next?????

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:50 pm

      jazaakallah khairan
      in sha allah really soon next ep genessdheynan

  9. gurrrrl says:
    January 9, 2025 at 5:48 pm

    vrh perfect hama shiherr alhe I also want thihaa molhah vhk liyan this hama ehme perfect you are one of my fav author ❤️🫶🏻 btw when next part
    Can’t wait for next pls keep it up
    Love youuuu 🫶🏻❤️🥰😘

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:51 pm

      awww jazaakallah khairan happy to hear that
      hama gurrrl ah vess story lieyeveynee it’s not that hard hehe.. if u need help i am here ingey 🥰🫶🏻
      lyt

  10. Zozo! says:
    January 9, 2025 at 7:14 pm

    Heevi ey jaish navya ah follow kuraanee!
    Varah reethi!
    Nav and jaish gulhuvah chey!

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 7:52 pm

      hihi let’s see dhw what happens
      jazaakallah khairan Zozo!

  11. Anonymous says:
    January 9, 2025 at 8:06 pm

    THIS PART IS VRH LOABI …..ALHE DHEN ANNA PARTS KUDAKOH DHIGU KOLLADHEEBA ….. LOVE IT

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 11:10 pm

      Jazaakallah khairan
      I’ll try my best❤️

  12. Nadhoo says:
    January 9, 2025 at 9:55 pm

    Alheyy haadha reechey and dhen hama beleyne ehaa curious kohfa viyya thi nimmali

    1. shihaamaa ali shihaamaa ali says:
      January 9, 2025 at 11:10 pm

      Jazaakallah khairan
      Hihihi stay tuned for ep 30 in sha allah rlly soon

  13. Mar yam says:
    January 10, 2025 at 12:07 am

    Very nice mibpa vxx☺️☺️
    When next part?
    And dhn huri parts thankolheh dhigu kohdheeba 😭this is too short but still live the story ☺️😘
    Ily

    1. shihaamaa ali shihaamaa ali says:
      January 10, 2025 at 10:37 pm

      jazaakallah khairan
      i’ll try my best

  14. Mar yam says:
    January 10, 2025 at 12:07 am

    Very nice mi part vxx☺️☺️
    When next part?
    And dhn huri parts thankolheh dhigu kohdheeba 😭this is too short but still live the story ☺️😘
    Ily

    1. shihaamaa ali shihaamaa ali says:
      January 10, 2025 at 10:38 pm

      jazaakallah khairan
      i’ll try my best

  15. Naii says:
    January 10, 2025 at 7:57 am

    Aww such a cute part😍
    Can’t wait for next part.can u make it a lil bit long😅😅😭
    But very nice keep it up!
    Ily

    1. shihaamaa ali shihaamaa ali says:
      January 10, 2025 at 10:38 pm

      jazaakallah khairan
      i’ll try my best

Comments are closed.

Next Episodeބޭވަފާތެރިޔަކީމޭ 30←


All Right Reserved!