ނަމާދު ކޮއްގެން ލުބައިނާ ގެއިން ނުކުތެވެ. އޭރު ލުބައިނާގެ އެންމެ ގާތް އެކުވެރިން ކަމުގައިވާ ނިމްރާއާއި ކަޔާން ހުއްޓެވެ. “ސޮރީ އިނގޭ ތަންކޮޅެއް ލަސްވީމަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އެ އޯކޭ ވާނެ. ހަމަ ގަޑިއަށް ތިއާދެވުނީ. މި ނިމްރާ ގަނޑު މަހެނދުނު ސަޔައް ކައިނުލަނީސް ހަމަ ތިއާދެވުނީ” ކަޔާން ނިމްރާ ނިތުގައި ފުއްޓަކި ޖަހާލަމުން ބުނެލިއެވެ. “އައްޗީޑީ. ރީއްޗެއްނުން ބުނެލި ވާހަކަ. ހީވަނީ މިއީދެން މާ މާތް މީހެއްހެން. އަދިވެސް ގައިމު ހީވަނީ ދަތްނޫނގުޅާ ހުރިހެން. […]
ހުދު ކުލައިގެ އެބޮޑު ވެޑިންގ ޑްރެސް ލާފައި ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ލުބައިނާ ދެލޯ ބޮޑުވިއެވެ. ޓާރްކިޝް އެބޮޑު ވެޑިންގ ޑްރެސްގައި ލުބައިނާ ވައްތަރީ ރާނީ އަކަށެވެ. މޭމައްޗާއި ދިމާލުގައި ރީތި ގޮތަކަށް އެސްތައް ހަރުކުރެވިފައި ހުރި އިރު ހެދުމުގެ ފަސްބައިގައި ލޭސްފޮތިންވަނީ ފިނިފެންމާތަކެއް ހަދާފައެވެ. “ކަމުދޭތަ؟” ޒަވްޔާ އެއްސެވެ. ލުބައިނާ ބޯޖަހާލިއެވެ. އަދި ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޮތާ ގަލަމާއި ނަގާ އެއްޗެއް ލިޔެފައި ޒަވްޔާއަށް ދައްކާލިއެވެ. “ހެދުން ވަރަށް ވަރަށް ކަމުދޭ. […]
“މަގޭ ދަރިފުޅު… އަޅެ އެދުވަހު އެމީޓިންގ ގަނޑު ކެންސަލް ކޮއްލާފައި ލުބާ ގާތަށް ދެވުނު ނަމަ.. މަގޭ ދަރިފުޅު ނުކުޅެދޭ މީހަކަށްވީ އަހަރެންގެ ސަބަބުން…” ލައިނާ ރޮމުން ބުނެލިއެވެ. “ދެރަނުވޭ ލައިނާ.. ﷲ އިރާދަ ކުރެއްވިއްޔާ ޒެވިއާރް އާއި ކައިވެނި ކުރެވުނީމަ ދެން އަހަރެމެންގެ ލުބައިނާ ހުންނާނީ ރައްކާތެރި ކަމާއި އެކު.. އިންޝާ ﷲ” އާދިލް ބުނެލިއެވެ. ލުބައިނާ އަވަހަށް ކައިވެނި ކުރުވަން އެދެމަފިރިން ނިންމި ސަބަބަކީވެސް އެއީއެވެ. ލުބައިނާއަށް އެހެން ހެދި މީހަކު އަދިއަދަށް ދާންދެންވެސް […]
މެންދުރުގެ ވަގުތެވެ. ނަމަވެސް ސްޕެއިންގެ މަގުތަކުގައި ހޫނުގެ އެއްވެސް އަސަރެއްނެތެވެ. ދުވަސްކޮޅަކީ ސްނޯ ވެހޭ މޫސުންކަމުން އެންމެންވެސް ފެންނަނީ ބޮޑު ކޯޓުލައި ފިނިން ރައްކާތެރިވުމައް މަސައްކަތްް ކުރާތަނެވެ. ވެހެމުން ދިޔަ ސްނޯ އިން “ގޯލްޑް ރޯސް” ގޭމީހުނަށް އުނދަގޫ ނުވާނެފަދައިން މަސައްކަތުމީހުން ދިޔައީ ސްނޯތައް ދުރުކޮށް މަގު އޮމާން ކުރަމުންނެވެ. “ގޯލްޑް ރޯސް” އަކީ ސްޕެއިންގެ އެހިސާބުގައި ހުރި އެންމެ ޝާހީ މުއްސަނދި އާއިލާގެ ގެއެވެ. ގެޔައް ވަނުމަށް އިން ބޮޑު ގޭޓުން ފެށިގެން ވަންނަ ދޮރާއި […]
ފިރިހެނުންނަކީ ހަމަ އަންހެނުންކަހަލަ އިންސާނުން ހެއްޔެވެ؟ ނުވަތަ އެއީ އިންސާނުންގެ ސިފައިގައި ހުރި ޖަނަވާރުން ނޫންބާއެވެ؟ ނޫނެކެވެ. ޖަނަވާރުންނެއްވެސް ނޫނެވެ. އެއީ ކޮންމެވެސް އެހެން ކަހަލައިގެ މަޙްލޫގެކެވެ. އަންހެން ކުއްޖަކު ނަމަ އަބަދުވެސް ހުންނަން ޖެހެނީ ފިރިހެނެއްގެ ބެލުމުގެ ދަށުގައެވެ. އެކަމަކު މިހާރު އިތުބާރުކުރެވޭނީ ކޮން ފިރިހެނަކަށް ހެއްޔެވެ؟ އަހަރެންގެ ނަމަކީ ލައިކާއެވެ. 18 އަހަރުގެ އަންހެން ކުއްޖަކީމެވެ. އަހަރެންނަކީ ވާހަކަ ލިޔުންތެރިއަކީމެވެ. އަހަރެންގެ މިވާހަކައިގެ މަގްދަސަކީ ބޮޑުވަމުން މިއަންނަ ޒުވާން ކުދިންނަށް ފިރިހެނުންނަކީ ކިހާބިރުވެރި މަޙުލޫގުންކަން […]
“އަންހެން ކުދިންނަކީ ފީކަޅާ ބައެކެވެ” “އަންހެން ކުދިންނަކީ ފިނޑިބައެކެވެ” “އަންހެން ކުއްޖަކަށް މިވަނެ ވަޒީފާއެއް އަދާނުކުރެވޭނެއެވެ” “އަންހެން ކުދިންނަކަށް މިވަނެ ކަމެއްނުކުރެވޭނެއެވެ” އެންމެ ފަހަރަކު ނަމަވެސް މިއިން ޖުމްލައެއް ނީވޭ އެކަކުވެސް ހުންނާނެހެއްޔެވެ؟ ނަމަވެސް އަހަރެންނަކީވެސް އަންހެން ކުއްޖަކީމެވެ. އަންހެނަކަށްވީތީ ފަޙުރުވެރި އަންހެނަކީމެވެ. އެއިން އެއްވެސް ޖުމްލައެއް އިވި އަމިއްލަމީހާއަކީ އަގެއްނެތް މީހެކޭ ހިތަކައް ނާރަމެވެ. އެންމެ ޒުވާން އުމުރުގެ ދުވަސްތަށް ގުނަމުންދާ ޒުވާނަކީމެވެ. ނަމަކީ ނާއިޝާއެވެ. ބަލާލަން ހުތުރެއްނޫނެވެ. ނަމަވެސް މާ ރީއްޗެއްވެސް ނޫނެވެ. މިޒަމާނުގެ […]
ފަތިހުގެ ފިނިކަން ފިލައި ޖައްވައް އިރުގެ ހޫނުކަން މަރްހަބާކީ އިރު، އެކި އުމުރު ފުރައިގެ ކުދިންތައް ސުކޫލައް ދިޔުމައިގެން ފިޔަވަޅުތައް ހަލުވި ކުރަމުން ދިޔައެވެ. އުމުރުން 16 އަހަރުގެ ލުބައިނާވެސް މިކުދިން ތެރޭގައި ހިމެނުނެވެ. ސްކޫލް ޔުނީފޯމުގައި ހުރި އިރު އަތުގައި ގްރޭޑް 10 ގެ ޕާސްޓް ޕޭޕަރުތައް އޮތެވެ. އިސްޖަހާލައިގެން ހިނގާލާފައި ދިޔަ އިރު ސުކޫލު އެކި ފިރިހެން ކުދިންގެ ލޯތައް ލުބައިނާއައް ހުއްޓެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. ހުންނަލެއް ދޮންކަމުން މޫނު ކޯތާފަތުގައި […]
ހުޅުމާލޭ ފޭސް 2 ގައި ހުރި 5 ވަނަ ބިލްޑިންގ ކުރިމަތީގައި ހުރި އެލީޝާގެ ހިތުގައި ދިޔައީ ތަފާތު އިހުސާސްތަކެއް ކުރެވެމުންނެވެ. އަތުގައި އޮތް ތަޅުދަނޑިއަށް ބާރުކޮއްލަމުން އެލީޝާ ހިނގައިގަތެވެ. ލިފްޓައް އަރާ 19 ވަނަ ފްލޯރއައް ފިއްތާލަމުން އެލީޝާ ފުންނޭވާއެއް ދޫކޮއްލިއެވެ. އަމިއްލަ ނަފްސު ތައްޔާރު ކޮއްލިއެވެ. އެޕާރޓްމެންޓްގެ ދޮރު ހުޅުވާލުމާއި އެކު އެލީޝާއަށް މަރްހަބާކިއީ ފަޅުކަމެވެ. ދެކޮޅު ބަލައިލަމުން އެލީޝާ ގޮސް ކޮޓަރި ދޮރުގައި ހިފާލިއެވެ. ލަސްލަހުން ދޮރު ހުޅުވާލި އެލީޝާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ […]
“ދަރިފުޅާ.. ޔޫހާންގެ ބައްޕައަކީ ވަރަށް ވިޔާނުދާމީހެއް.. މަންމައާއި ޔޫހާންގެ ބައްޕައާއި ކައިވެނި ކުރިއިރުވެސް ބައްޕައަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް. ނަމަވެސް މަންމަ ބޭނުންވެގެން އެކައިވެނި ކުރީ މަންމަ މެންނާއި ދެކޮޅަށް. ޔޫހާންގެ ބައްޕަ ޔައީޝް ގަބޫލު ކުރާ ގޮތުގަ ދިރިއުޅުމެއް ލިބޭނީ އަންހެން ކުއްޖެއް ލިބުމުން. އޭނާ ގަބޫލު ކުރީ އަންހެން ކުއްޖަކު މުއްސަނދި މީހަކާ ކައިވެނި ކުރެވުމުން ހަޔާތުގެ ހުރިހާ ބޭނުމެއް ފުދުނީކަމަށް. ނަމަވެސް އަހަރެމެންނަށް ﷲ ދެއްވީ ފިރިހެން ކުއްޖެއް.. މަންމަ ސީ […]