“އައިޝަތް އެލީޝާ މާޔަން” ހަމަ ހިމޭންކަމުގެ ސާލެއް އޮޅާލާފައިވީ އެލީޝާގެ ކޮޓަރީގައިވީ ފަޅުކަން ފިލުވާލީ ޑަކްޓަރުގެ އަޑުންނެވެ.
“ޑޮކްޓަރ އަޅުގަނޑުގެ ވައިފް ރަނގަޅުތޯ؟” ހާސްވެފައިވީ ހާލު ޔޫހާން އެއްސެވެ.
“ޔޫ އާރް ހާރ ހަސްބަންޑް ރައިޓް؟” ޔޫހާން ބޯޖަހާލިއެވެ. ވަގުތުން ހީލާފައި ޑަކްޓަރ ޔޫހާންއާއި ސަލާމްކޮއްލިއެވެ.
“ނަތިންގ ޓު ވޮރީ އެބައުޓް. ކޮންގްރާޖުލޭޝަންސް. ޔުއަރ ވައިފް އެލީޝާ އިސް ޕްރެގްނެޓް”
ޑޮކްޓަރު ދެއްވީ އުފާވެރި ޙަބަރެކެވެ. ވަރަށް އުފާވެރި ޙަބަރެކެވެ. އެދުވަހަށް އެލީޝާ އެންމެ އިންތިޒާރުވެސް ކުރި ދުވަހެވެ. ނަމަވެސް ޑަކްޓަރުގެ ޙަބަރާއި އެކު ކޮޓަރިތެރެޔަށް ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ވާން ވީ އުފާކަމެއް ނުވަތަ ދެރަކަމެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގުނެވެ. ބާކީ އޮތް ހުރިހާ ވަގުތުތަށްވެސް ހޭދަ ކުރެވުނީ ހަމަ ހިމޭން ކަމުގައެވެ. މަންމަނު ބަޔެއް ފަދައެވެ. ފަތިހު 5 ޖަހަންވީ އިރަށް އެލީޝާ ގެޔަށް ދޫކޮށްލެވުނެވެ.
“އަހަރެން ވަރަށް ހިތް ހަމަ ޖެހޭނެ މިރޭ ޔޫހާން މަގޭ ކައިރިއަށް ނިދަން ނައީ ވިއްޔާ..” އެލީޝާ ބުންޏެވެ. ޔޫހާން އެއްވެސް ބަހަނާއެއް ނުދައްކާ ބާލީހަކާއި ފޮތިގަނޑެއް ހިފައިގެން ނުކުތެވެ. ޔޫހާން ނިކުތުމާއި އެކު އެލީޝާގެ ފަޔަށް އެރީ ވަރުގަދަ ބާރެކެވެ. އަވަހަށް ގޮސް ދޮރު ތަޅުލީ އިރު ހީވީ ޔޫހާން ކުރިމަތިން ދުރަށް ނުދެވިފަ ހުރި ހެންނެވެ. ކޮޓަރިތެރެއަށް އެލީޝާ ރަނގަޅަށް ބަލައިލިއެވެ. ކޮޓަރި ތެރޭގެ ހުރިހާ ދިމާލަކުން ވެސް ފެނިގެން ދިޔައީ ޔޫހާންއާއި އެކު ހޭދަ ކުރި އުފާރި ހަނދާންތަކެވެ. ވަގުތުން އެލީޝާގެ ރީތިދެލޯ ކަރުނައިން ފުރި ބާރުވިއެވެ. ކުޑަކަކޫ މައްޗަށް ތިރިވެވުނު އިރު ދިޔައީ އަމިއްލަ ނަފްސަށް ޝަކުވާ ކުރެވެމުންނެވެ.
“ޔޫހާން ކީއްވެ؟ އަޅެ ކީއްވެ؟ ވޯސް އައި ނޮޓް އިނަފް ފޯރ ޔޫ؟ އަޅެ އެލާއަށް ކޯއްޗެއްތަ ޔޫހާންއަށް ނުދެވުނީ؟” އެލީޝާގެ އަޑުއިވިފައި އެންމެ ހިލަ ހިތުގެ ވެރިޔާގެ ހިތްވެސް ވިރޭނެ ކަން ގައިމެވެ. ކަރުނައިން ފުރިފައިވީ އެލީޝާގެ ދެލޯ ދެން ދައުރުކޮއްލީ އެލީޝާގެ ބަނޑަށެވެ. “މައި ބޭބީ.. ދަރިފުޅޫ.. ދެން މަންމި ކިހިނެތަ ހަދަންވީ؟ ބައްޕިއަށް މަންމިގެ މާފު ހައްގުތަ؟” ބަނޑުގައި ފިރުމާލަމުން އެލީޝާ ދިޔައީ އޭނާގެ ނުއުފަން ދަރިފުޅާ ވާހަކަ ދައްކަމުންނެވެ. އިރު އަރައިގެން ދިޔަ އިރުވެސް އެލީޝާގެ ކޮޓަރިތެރޭގައިވަނީ އެލީޝާގެ ގިސްލުމުގެ އަޑު ހަރުލާފައެވެ.
8 ޖެހުމުން އެލީޝާ ތެދުވެ ފާހާނާއަށް ވަނެވެ. މޫނު ދޮވެލާ ތާޒާ ވެލައިގެން އެލީޝާ ކޮޓަރިން ނުކުތެވެ. ޔޫހާން ފެންނަން ނެތުމުން ހިތަށް ތަދުވީ ނަމަވެސް އެލީޝާ ބަދިގެއަށް ވަނެވެ. އަންބެއްގެ ވާޖިބު ދެންވެސް އެލީޝާ އަދާ ކުރާނެއެވެ. ކުޑަގޮތަކަށް ސައިބޯލައިގެން އެލީޝާ އަވަސްވެގަތީ ޔޫހާން އަންނަންވާއިރަށް ސައިހެދުމަށެވެ.
“ދެން ކީއްވެތަ އެލީޝާ ކައިރީ ނުބުނީ ނަވްޔާ އެހެން ކިޔާފަ ގުޅީމައޭ ދިޔައީ؟؟” ޔޫހާންގެ ވާހަކަ އަޑު އަހަން އިނދެފައި ރިލްވާން ބުނެލިއެވެ.
“ކީއްކުރަންތަ؟ އެ ކޮންވޯ ހިނގީ ކޯލްއެއްގަ. ނެއް ޕްރޫފްއެއް. ދެން އެހެން ބުނުމުން އިޓް ލުކްސް މޯރ ލައިކް އެ އެކްޒްކިޔުޒް ދޯ؟” ޔޫހާން ބުނެލިއެވެ. ރިލްވާންއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ.
“އެންޑް.. އެލާ ބަނޑުބޮޑު..” ކޮފީޖޯޑުގައި ތުން ޖަހަމުން ޔޫހާން ބުނެލިއެވެ. ޔޫހާންގެ އެޖުމްލަ އިވިފައި ރިލްވާން ކޮށިއެރިއެވެ.
“ދެން ކިހިނެތް ހަދަން ތިވިސްނަނީ؟” ކޮފީ ޖޯޑުގައި ތުން ޖަހާލަމުން ރިލްވާން އެއްސެވެ.
“ކިހިނެތްތަ ދެން ހަދާނީވެސް؟ މަޢަފަށް އެދެވެން އޮތީ. މަ އަދިވެސް މަޢާފަށް އެދޭނަން. މަ މިއޮއް ހާދުހު ހީކޮއްގެން ހުރީ އެލާވެސް އެއީ ހަމަ މަގޭ ލައިފްއަށް އައި ޓައިމްވޭސްޓްއެކޭ. އެކަމަކު. ބައްޕަ މަރުވެގެން އެލާ އުޅުނުގޮތްފެނި.. އަސަރު ކުރި. ހިތް ފުނޑުފުނޑުވި. ދެން މަށަށް ގަބޫލު ކުރެވުނީ އެލާދެކެ މަށަށް ލޯބިވެވިއްޖެކަން. ހުރިހާ އަންހެން ކުދިން ބްލޮކް ކޮއްލީ. ހަމަ ހުވާ ނަވްޔާ މަށަށް ގުޅީ އެނިޔަތުގަ ކަން މަށަށް އެނގުނު ނަމަ ނުވެސް ދިޔައީމުސް..” ޔޫހާންއަށް ދޫކޮށްލެވުނީ ފިނިނޭވާއެކެވެ.
“އެކްސްކިޔުޒް” ގަޑިޖެހިގެން އޮފީހަށް އާދެވުމުން ތެޅިފޮޅެމުން ވައިން ޖައިޝްއަށް ރިސެޕްޝަނުގައި އިން ކުއްޖަކު ގޮވާލިއެވެ. “ލައްބަ” ކަރުކެހިލާފައި ޖައިޝް ބުނެލިއެވެ.
“ނާއިލް ސާރ ވިދާޅުވީ ޖައިޝް އައުމުން ނާއިލް ސާރގެ އޮފީސްއަށް ދިޔުމަށް.” އެކުއްޖާ ބުނެލިއެވެ. ޖައިޝްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ނަމަވެސް ބޯޖަހާލާފައި ހިނގައިގަތެވެ.
ނާއިލްއަށް ހަމަޖެހިފައިވީ ކޮޓަރީގައި ނާއިލް އިންނަމަވެސް، އޭނާގެ ސިކުނޑި އިނީ އެތާނގަހެންނެއް ހިޔެއްނުވެއެވެ. އަތުގައި އޮތް “ފިޖެޓް ސްޕިނާރ” އަނބުރަމުން ދިޔަ އިރު، ނާއިލްގެ ސިކުނޑިވަނީ ހަލަބޮލި ވެފައެވެ.
“ޓޮއް ޓޮއް” ނާއިލްއަށް ހަމަ ބިމަށް އާދެވުނީ ދޮރުގައި ޓަކި ޖަހާއަޑަށެވެ. “ވަދޭ!” ގޮނޑީގައި ހަމަ ޖެހިލަމުން ނާއިލް ބުންޏެވެ. ބިރުން ހުރެ ޖައިޝް އެތެރެއަށް ވަނެވެ.
“ސާރ.. ވަރަށް ބޮޑަށް ސޮރީ.. އަޅުގަނޑު ރޭގަ 12 ޖެހި އިރު ދިޔައީ ކަޒިން އެއްގެ ބާރތްޑޭ ޕާރޓީއަކަށް. އާދެވުނު އިރު ވަރަށް ލަސްވެފަ ހުރީ. އެހެންވެ ކުޑަކޮށް އޯވާރ ސްލެޕްޓް ވީމަ ލަސްވީ.. ދެން ނުވާނެ އެހެންނެއް އިރާދުކުރެއްވިއްޔާ. ސޮރީ..” ޖައިޝް މާފަށް އެދުނެވެ. ޖައިޝްގެ މޫނުމަތީގައި ހުރި ބިރުވެރިކަން ފެނި ނާއިލްއަށް ހެވުނެވެ.
“އިޓްސް އޯކޭ. އެހެންވެގެންނެއް ނޫން މިގެނައީކީވެސް. ހަމަ ޖެހިބަލަ ހެހެ. ވަރަށް ބޮޑު ވާހަކައެއް ދައްކަން މިގެނައީ..” ނާއިލްގެ އިޝާރާތާއި އެކު އޭނާ ކުރިމަތީގައި އިން ގޮނޑީގައި ޖައިޝް އިށީނެވެ.
“ޖައިޝް މަގޭ ކޮއްކޮދެކެ ލޯބިވޭދޯ؟” ނާއިލްގެ ސުވާލާއި އެކު ޖައިޝް ދިޔައީ ސިއްސައިގެންނެވެ. އެކަން ނާއިލްއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟
“ޑޯންޓް ބީ ސްކެއާރޑް. އައިމް ނޮޓް މޭޑް. އަހަރެން ވަރަށް އުފާވާނެ ތެދުތެދަށް ކިޔައިދިނިއްޔާ..” ނާއިލް އަނެއްކާވެސް ބުނެލިއެވެ.
“ލައްބަ. އަޅުގަނޑު ނަވްޔާދެކެ ވަރަށް ލޯބިވޭ..” ޖައިޝް އިނގިލިތަކާއި ކުޅެން އިނދެ ބުނެލިއެވެ.
“ޖައިޝް ނަވްޔާއާއި މެރީ ކުރަންވީނުން؟ މިހާރު އަހަރެންނަކީތާ ވަލީވެރިޔަކީ. އަހަރެން ވަރަށް ގަބޫލު”
“ނަވްޔާ!” ދޮރާ ފުރަގަސް ދީގެން އޮތް ނަވްޔާއަށް ނާއިލް ގޮވާލިއެވެ. ވަގުތުން ނަވްޔާ ކޮޅަށް ޖެހުނެވެ. “ދޮންބެ.. ނަވް-”
“މަށަކަށް ގޮވާނެ ކަމެއް ނެތް. ޖައިޝްއާއި ކައިވެނި ކުރަން ތައްޔާރުވޭ!” ނަވްޔާގެ ވާހަކަ ހުއްޓުވާފައި ނާއިލް ބުންޏެވެ. އެޔަށް ފަހު ނަވްޔާގެ ޖަވާބަކަށް މަޑުކުރުމެއްނެތި ނާއިލް ނުކުމެފައި ދޮރު ޖެހިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.







Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Love you so much
Can’t wait for next part
Take care you
Elisha is pregnant
Pls for give yoohaan
Jazaakallah khairan❤️
I have already written ep 24 e bai nerefa i’ll go to break so ya stay tuned
Love you too
Maasha Allah mi part vx varah varah reethi…
Nawar beynumy jaish and navya ge fight thah balailan 🤣
Shiher ah avas shifa akah edhen…
Jazaakallah khairan❤️
Haha e hisaabu annaane dhn vrh avahah hahaha
Jazaakallah khairan❤️🩹🥺
Oh so cute!!!!
Navya and gaish!!!!!!
But if navya is not in love gaish fakeeru!!!!
Haadha dhera gothekey ella ah eveee!!!!
Shierrrrrrrr ur the besttttt!!!!!!
Lysssssm💗💗💗💗
Jazaakallah khairan❤️
Happy to hear that, Jazaakallah khairan❤️🩹🥺
cant wait for next
Stay tuned❤️
Heyy varah varah reethi mi part vess Masha allah
Ummeedhu kuranee next part varah avahah libeyne kamah and next part ah fahu break eh nagaalaathee kudakoh dhigukolla dhehcheyy next ekam eves shiherr vanyaa…. varah interesting mihaaru vess aslu so amazed to this beautiful and amazing storyy
Shiherr ah avas shifaa lavvaashi
Ameen…
Mihr liyevifa in vrh i’m submitting pls understand
Awwwnn so happy to hear that jazaakallah khairan🥺🥺❤️
Aameen❤️
I’m gonna up a new story very soon!!!!!!
Hope I’ll meet a lot of u in my comment section
Then I guys will know my true name
Hehehehehheheehhehdhe…
Hehe may all bless you and welcome to our world❤️
mi part ves v reethi masha allah
curiously waiting for next part
keep it up
elaa and yohaan dhuru nukurachey
nav and jaish gulhuvachey
they all are made for each other
v intresting story eh
v kiyaala hithun kiyani
i appreciate your hard work
love you fav author
Jazaakallah khairan