“ދިސް ވޯސް އޯލް މައި ފޯލްޓް… އަހަރެންނަށް މިއަދު މި ލިބުނީ އަހަރެންނަށް ހައްގު އަދަބު. އަހަރެން.. އަހަރެންގެ ބޯއިފްރެންޑްއާއި ޗީޓު ކުރީ. އެހެން މީހެއްގެ ދަރިއަކަށް ނަހަލާލަށް ބަލިވެ އިނީ.. އައި ޑިސާރވްޑް ދިސް.” މިޝްއަލްގެ ދެލޮލުން ކަރުނަ ހިލުނެވެ.
“އަހަރެންނަށް މީޓް ވީ ނިއު ބޯއިއަކާ. އޭނާއާއި އެކު އަހަރެންނަށް ކުރަން ނުޖެހޭ ކަންކަން ވެސް ކުރެވުނީ….”
“ދެޓްސް ނޮޓް ޔުއާރ ފޯލްޓް. ކާކުތަ އެހެން ހެދީ. ޔުއާރ ބޯއިފްރެންޑް؟” އެލީޝާއެއްސެވެ.
“ޔެސް…… ހިސް ނޭމް އިސް….”
“އޭނާގެ ފޯނު އޮތީ ނިއްވާލާފަ އޭނަ މަންމަވެސް ބުނީ އިއްޔެ ހަވީރު ފަހުން ގެޔަކަށް ނާދެޔޭ..” ހާސްވެފައި ހުރެ ހައިކާ ބުނެލިއެވެ. މޫނުގައި އަތް ހާކާލަމުން ހަލީމް ދޫކޮށްލީ ފިނި ނޭވާއެކެވެ. “ސާރ.. ހުރިހާ ފްލައިޓް ތަކެއް ބަންދުކުރެވިއްޖެ. އަދި…” ހައިކާގެ ވާހަކަ ހުއްޓުނީ ފަހަތުން “އަހަރެން ދޫކުރާށޭ” ކިޔާފައި ޒޫކް ހަޅޭލަވާ އަޑަށެވެ.
“ޔެސް…… ހިސް ނޭމް އިސް ޒޫކް.. އަހަރެން އޭނާއާއި ރައްޓެހި ވެ ހުރެ އެހެން ބޯއި އަކާއެކީގަ ސްލީޕް ކުރީ.. ސޯ ހީގޮޓް މޭޑް އަހަރެން ޕްރެގް ވީމަ…” މިޝްއަލް ބުންޏެވެ.
“ޒޫކް މުހައްމަދު އާދިލް. މިއަދު މިތަނަށް ޒޫކް ގެނެވިފައި ތިއިންނެވީ ކީއްވެކަން އެނގޭ ދެއްތޯ؟” ތަހުގީގު ކުރާ ކޮޓަރީގައި އިން ޒޫކް އިނީ އިސްޖެހިފައެވެ. އަތުގައި ވަނީ ބިޑިއެޅުވިފައެވެ. ޒޫކް އެއްޗެކޭ ނުބުންޏެވެ. އެހެން ކަމުން ހަލީމް ވާހަކަ ދައްކަން ފެށިއެވެ.
“ޒޫކް މިއަދު އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެނެވިފައި ތިއިންނެވީ، އައިޝަތް މިޝްއަލް ހުސެން ރޭޕް ކުރި ކަމުގެ ތުހުމަތުގައި. ތެދުތެދަށް ވާހަކަދެއްކުން އެދެން. މިހާރުވެސް ޒޫކް ހައްޔަރު ކުރެވޭ ވަރަށް އަޅުގަނޑުމެންނަށް ވަނީ ހެކި ލިބިފައި. ވިކްޓެމް އެއްބަސް ވެފައިވީ އިރު، ވިކްޓެމްގެ ހަށިގަނޑުންވަނީ ޒޫކްގެ ސީމެންވެސް ފެނިފަ” ހަލީމް ކިޔައިދިނެވެ. ޒޫކް ހީލިއެވެ.
“އެކަހަލަ ބޭވަފާތެރިޔަކަށް އަދަބު ދޭން ޖެހޭނީވެސް ހަމައެހެން!” ޒޫކް އެކަމާއި މެދު އެއްވެސް ވަރަކަށް ހިތާމަ ކުރާހެންވެސް ހީނުވެއެވެ. އައި ރުޅީގައި ހަލީމް “ބަން” ކިޔާފައި މޭޒު މަތީގައި ޖެހިއެވެ.
“ދެން ކަލޭ ފުލުހަކަށްވެފައިވީ ވައުދޯ؟ ތިއީތަ ކަލޭގެ ފެންވަރަކީ؟ މިރަށު އެންމެންގެ ގަދަރު ލިބިފައިވީ ފުލުހަކަށްވެ ހުރެ ކަލޭ އަންހެން ކުއްޖެއްގެ ދިރިއުޅުމޭ ތިމަރާލީ!” ހަލީމްއަށް ހަޅޭލަވައިގަނެވުނެވެ.
އެލީޝާއަށް ހަމަ ޖެހިފައިވީ ކޮޓަރީގައި އިން އިރު އެލީޝާގެ ބޮލުގައި ދިޔައީ ބޮޑު ހައިޖާނު ގަނޑެއް އުފެދިފައެވެ. ކުރިމަތީގައި އޮތް ފިޔާތޮށިކުލައިގެ ނޯޓު ފޮތުގައި އެގޮތް މިގޮތަށް ކުރަހަމުން ދިޔަ އިރު ނިޔަފަތިތަށް ހެފެމުން ދިޔައެވެ.
“އައި ސްލެޕްޓް ވިތް އަ ބޯއި ނޭމް ޔޫހާން. އޭނަގެ ބޭބީއަކަށް ޕްރެގްވީވެސް”
މިޝްއަލްގެ އެޖުމްލަ ދިޔައީ އެލީޝާގެ ސިކުނޑީގައި “ރިޕީޓް” ވަމުންނެވެ. “އިޓް ކެނޮޓް ބީ މައި ޔޫހާން ރައިޓް؟” ހިތާ ހިތުން އެލީޝާއަށް އަހާލެވުނެވެ. އަތުގައި އޮތް ގަލަން ބާއްވާފައި އެލީޝާގެ ހުރިހާ ސަމާލުކަމެއް ކޮންޕިއުޓަރއަށް ހުއްޓިއެވެ. ކޮންޕިޔުޓަރގައި “ޑައިގްނޯޒިސް” ޖަހާފައިވީބައިގައި “ޕީ.ޓީ.އެސް.ޑީ..؟ ޑިލޫޝަނަލް ސިނޮނިމް..؟ ޝިޒޯފްރެނިއާ..؟ ބައިޕޯލާ ޑިސްއޯރޑާރ..؟” ޖަހާލެވިފައިއިނެވެ. ބެލެވޭ ގޮތުންނަމަ އެލީޝާ މަސައްކަތް ކުރަމުން ދިޔައީ މިޝްއަލް “ޑައިގްނޯޒް” ވަނީ ކޮން ބައްޔަކަށްތޯ ބެލުމަށެވެ. ކައިރީގައި އޮތް ނޯޓު ފޮތުގައި މިޝްއަލްގެ “ސިމްޕްޓޮމްސް” ލިޔެވިފައިވެއެވެ. ސިކުނޑީގައި ދަރުއުވަމުން ދިޔަ ތަފާތު ޙިޔާލުތަކުން އެކަން ކުރުން އެލީޝާއަށް ދިޔައީ އުނދަގޫ ވަމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. އުޑުމަތީގައި އިން ފުރިހަމަ ހަނދުގެ އަލިކަން ނޫން އެހެން އެއްވިސް އަލިކަމެއް ނެތެވެ. ޖެހެމުން ދިޔަ ވައިރޯޅިތަށް ދިޔައީ ޔޫހާންގެ އިސްތަށިގަނޑަށް ޖެއްސުން ކުރަމުންނެވެ. އެއްއަތުގައި ކޯކު ދަޅެއް އިން އިރު، އަނެއްއަތުގައި ރޯކޮއްފައިވީ ސިނގިރޭޓެއް އޮތެވެ. ޙަބަރު ލިބުނު ގޮތުގައި މިހާރު ޒޫކްއަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް ލިބިފައެވެ. ނަމަވެސް ދެން މިޝްއަލް ފަޅާއަރުވާލާނީ ޔޫހާންގެ ވާހަކަ ނޫންކަމެއް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ ޔޫހާން އަތުން ލައިސެންސު ގެއްލޭކަށް އޭނާ ބޭނުމެއްނޫނެވެ. އެ ޙިޔާލުތަކުގައި ބޯގާނަން އިން ޔޫހާން ސިހުނީ ކައިރީގައި އޮތް ފޯނު ރިންގުވުމުންނެވެ. ގުޅަމުން ދިޔައީ ނުދަންނަ ނަންބަރ އެކެވެ.
“ޑަކްޓަރ އަޅުގަނޑުގެ ދަރިފުޅު ކިހިނެތްތޯ؟” މިޝްއަލް ޑައިގްނޯޒްކޮއްފައި އެލީޝާ އޭނާގެ މައިންބަފައިން ވެއްދިއެވެ.
“އަޅުގަނޑު ހެދި ދިރާސާ ތަކުން މިޝްއަލް ޑިލޫޝަނަލް ސިނޮނިމް އަދި ބައިޕޯލާ ޑިސްއޯރޑާރ އެބަ ހުރި. ބެލެވޭ ގޮތުންނަމަ ތަންކޮޅެއް ކުޑައިރު ބައިޕޯލާ ޑިސްއޯރޑާރގެ އަލާމަތްތަށް އައީ ފެންނަމުން. މިހާދިސާގެ ސަބަބުން ޕީ.ޓީ.އެސް.ޑީ ގެ އަލާމާތްތަށްވެސް ދަނީ ފެންނަމުން. ނަމަވެސް އޭތި އަދި އެހާ ސީރިޔަސްއެއްނޫން..” އެލީޝާ ކިޔައިދިނެވެ. ކުރިމަތީގައި އިން އައިޝާއަށް ރޮއެގަނެވުނު އިރު، ހުސެން އިނީ މާޔޫސްވެފައެވެ. ރޮމުން ދިޔަ އަންހެނުން ހެއްވާލުމަށް ބުނާނީކީކޭ ހެއްޔެވެ؟ މިކަމުން ލޯބިވާ ދަރިފުޅު ސަލާމަތް ކުރާނީ ކިހިނަކުން ހެއްޔެވެ؟
ގުޅަމުން ދިޔައީ ނުދަންނަ ނަންބަރ އެއްކަމުން ޔޫހާން އަޅައެއްނުލިއެވެ. ނަމަވެސް އަނެއްކާވެސް އެނަންބަރ އިން ގުޅިއެވެ. ދެޙިޔާލެއްގައި ހުރެފައި ޔޫހާން ފޯނު ނެގިއެވެ.
“ޔޫހާން މީ މަށޭ” އެކޮޅުން އިވުނީ ނަވްޔާގެ އަޑެވެ.
“އަހަރެންގެ އަސްލު ނަންބަރ އިން ގުޅީމަ ފޯނު ނުނަގާތީވެ މަންމަ ނަންބަރ އިން މިގުޅީ.. ކޭން ޔޫ ކަމް؟ އައި ނީޑް ހެލްޕް.. ހާރޓްގެ ބައި ދަސްކުރަން” ޔޫހާން ވާހަކަ ނުދެއްކުމުން އަނެއްކާވެސް ނަވްޔާ ވާހަކަދައްކަން ފެށިއެވެ.
“ދޮރުމަތީ މިހުރީ..” ނަވްޔާމެންގޭ ކުރިމަތީގައި ސައިކަލު ޕާރކް ކޮއްލާފައި ޔޫހާން މެސެޖު ކޮއްލިއެވެ.
“ކަމް ޓު މައި ރޫމް. ދޮރު ހުޅުވާފަ ހުންނާނީ.. ގޭގަ އެކަނި މިއޮތީ” ނަވްޔާގެ މެސެޖްއާއި އެކު ޔޫހާންގެ މެޔަށް ގޮތެއްވެލިއެވެ. ފިޔަވަޅެއް ފަހަތަށް ވެސް އެޅުނެވެ. ހިތް ބުންޏެވެ. ނޫނެކެވެ. ކުރިއަށް ދާށެވެ. ސިކުނޑި ބުންޏެވެ. ފަހަތަށް ފިޔަވަޅު އަޅާށެވެ. ތިއީ އެލީޝާގެ ފިރިމީހައެވެ.
“ވަދޭ..” ނަވްޔާގެ ކޮޓަރީގައި ޓަކި ޖަހާލުމާއި އެކު އެތެރެއިން ބުނި އަޑު އިވުނެވެ. ކަރު ކެހިލާފައި ޔޫހާން ދޮރު ހުޅުވާލިއެވެ.
ކުރު ޓޮޕް ކޮޅަކާއި އެކު ކުރު ސޯޓުކޮޅެއްގައި ނަވްޔާ ހުރި އިރު، ނަވްޔާގެ އިސްތަށިކޮޅުވެސް ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. ގޮތަކަށް ބުނާނަމަ ނަވްޔާ އިނީ “ނައިޓީ” އެއް ލައިގެންނެވެ.
ޔޫހާން ވަނުމާއި އެކު ނަވްޔާ ގޮސް ޔޫހާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޔޫހާންގެ ސިކުނޑިއަށް ވަގުތުން ވަހުޝީ ޙިޔާލުތަށް ވެރިވެގަތެވެ. ހިނދުކޮޅަކަށް ނަމަވެސް އެލީޝާ މަތިން ޔޫހާން ހަނދާން ނެތުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







Nawwwww
Yoohaannn i hate uuu 🤬
How could he forget eleesha mathin
Psps mihaaruge ppl ulhey goiy 🤦🏻♀️
Anyways vaahaka vrh reethi as usual
Im curiously waiting for the next part
Lots of love from me shiherrr 💗💗
Lysm
When nxt?
hehehe shaithaanaa bolah eryyyy
lot’s of love from mee tooo
in sha allah maadhamaa
Kaleyney haadha ladhu kuda ey dhw e navyaa ge…
Yoohaan and elysha dhuru nukurahchey….
Can’t wait for next ❤️😊
hehe dhw?
let’s see dhww vaa goiii
in sha allah maadhamaa, stay tuned
yooohaaan gandhuuu I hate youuu
keehve ella yah ehn thi hadhanii eves anhen kuhjekeyy
heyonuvaane dhww firiheneh vehjeya goiii kanne dhwww
psps anyways cant wait for next keep it up
love you shiherr
No nooooo!!!!!
YOOHAAN, you are very stupid WAKE UP!!!!!!!
You are elysha’s husband!!!!!!!!!
Oh no!!!!
Don’t let elysha’s Heart shatter💔
Even now she is SUS
When next?????
Very curious
Lots of luv💗💗💗💗💗💗
hehe let’s see dhww vaa goiii
in sha allah maadhamaa, stay tuned
Mi part ves v reethi masha Allah
Curiously waiting for the next part
Keep it up
Elaa and yohaan dhuru nukurachey
They both are made for each other
Nav and jaish ves huluvachey
V interesting story eh
V kiyaala hithun kiyani
I appreciate your hard work
Love you fav author
hehe let’s see dhww vaa goiii
in sha allah maadhamaa, stay tuned
lyt
Mi part ves v v reethi……..👏👏👏👏👏
Curiously waiting for the next…………
V v interesting…….
When next?????
jazaakallah khairan
in sha allah maadhamaa, stay tuned
Heyy shiherr
Mi part vxx vrh reethi maasha allah💜
Alhey mi navya ulhey gotheh dhww..🤦♀️
Yoohan vx wife wh hunna iru keehvetha alhe ehen anhenunnaa gulhun baavvany.. arggg I’m so mad mi yoohangadu ulhey gothun..
waiting for next part💜
lyssm💜🦋
hehehe
jazaakallah khairan
in sha allah tmrw
ilym <3