“ދެން ބުނަން އޮތީ.. އެއަށް ވުރެ މާ އަޑު އަހަން އުނދަގޫ ވާހަކައެއް.. އެލާރާ… އެލާރާ…” އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ބުނަން އޮތް ދެ ޙަބަރަކީވެސް އަޑު އަހަން ފަސޭހަ ވާނޭ ޙަބަރެއް ނޫން ކަން މުޖައްރިބެވެ. “އެލާރާ…” (72 ވަނަ ބައި) “ދެ ޙަބަރެއް އެބަ އޮތް… އެއް ޙަބަރަކީ… އެލާރާ… ބަނޑުބޮޑު… މިހާރު ބަނޑަށް 6 މަސް… އަނެއް ޙަބަރަކީ… އެލާރާގެ ބޮލަށް ލިބިފައި ހުރި ގެއްލުން ތަކުގެ ސަބަބުން… އަޅުގަނޑުމެން […]
ލޯމަތިން އަތް ނަގަމުން އެލާރާ އިސް އުފުލާލާ ބަލައިލިއެވެ. ކުރިމަތީގައި ހުރި ޒުވާނާގެ މޫނަށް ބަލައިލީ އިރު އެމޫނުމަތީގައިވީ ސުވާލު މާކެކެވެ. “ތީ ކާކު…؟” އެލާރާ ކޮށްލި ސުވާލުން ޔައުލާންއަށް ހީވީ މީހަކު އޭނާގެ ކަންކަށިމަތީގައި ޖެހި ހެންނެވެ. (71 ވަނަ ބައި) “ތީ.. ތީ.. ތީ ހަމަ އެލާ… ތަ…؟” ޔައުލާންގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފެށީ ބަސް ބުނާހާ އަވަހަށެވެ. އެއީ ހަމަ އެލާރާ ހެއްޔެވެ؟ އެހެން ވާނެ ނަމަ ކޮން ފަދަ […]
“ޖިންނި އަވަލައިގެން އަހަރެން މަރުވާނެނަމަ ދޯ؟ ކިހާ ރަނގަޅު… އޭރަށް… އަހަރެން އެލާ ނެތް ދުނިޔެއަކު އުޅޭކަށް ބޭނުމެއް ނޫން. އެލާ… އައިމް ސޮރީ އައިމް ސްޓިލް އެލައިވް…” ތުންކޮޅު ފިއްތާލަމުން ޔައުލާން ރޯން ފެށީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ ކުޑަކުޑަ އަމަލުންވެސް ޔައުލާންގެ ހިތުގައި އެލާރާއަށްޓަކައިވީ ލޯބި ވަރަށް ސާފުކޮށް އެޒިކިއެލްއަށް ފެނުނެވެ. ދުރުބަލާލެވުން އިރު އޭނާގެ ލޮލުގައި ވެސް ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. (70 ވަނަ ބައި) ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު […]
“އެންމެ ރަނގަޅު. އަހަރެން މާދަން ކަލެއަށް ލާރީގެ ދެބައިކޮށްފަ އެއްބައި ދޭނަން. ނިމުނީނުން. އަވަހަށް ދަތުރު ހަމަ ޖައްސާ” ތުމުގައި އިން ސިނގިރޭޓުގައި އަލިފާން ރޯކޮށްލަމުން ބޮސް ބުންޏެވެ. (69 ވަނަ ބައި) އައި ޖީ އެމް އެޗް ހަސްފަތާލު ތެރޭގައި ވަނީ ހަލަބޮލި ކަމެވެ. މީހުންތައް ދެކޮޅަށް ހިނގަމުން ދިޔަ އިރު ޑަކްޓަރުންނާއި ނަރުހުންވެސް ދެކޮޅަށް ދުވަމުން ދިޔައެވެ. މުޅި ތަނުގައި ދުވަމުން ދިޔައީ ބޭސްފަދަ ތަކެތީގެ ވަހެވެ. އިރު އިރު ކޮޅުން ކައުންޓަރު ތަކުން […]
ސަލާމް ކިޔުންތެރިން… ފުރަތަމަ ކަމަކަށްވެސް މިބައި ލަސްވީތީ ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ނިހާޔަތަށް މަޢާފަށް އެދެން. 66 ވަނަ ބައިގަ އަދި އަޅުގަނޑުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް އަޅުގަނޑުގެ އަތަށް އަނެއްކާވެސް ސީޓީއެސްގެ އުނދަގޫ ކުރާލެއް ބޮޑު ވުމުގެ ސަބަބުން، ވާހަކަ ލިޔަން އުނދަގޫ ވާހަކަ ވާނީ ހިއްސާ ކޮށްލާފައި. އަތް އައްސި ވުމުގެ ސަބަބުން މިވަގުތު އަޅުގަނޑު މިއުޅެނީ އަނެއްކާވެސް ‘ރިސްޓް ބްރޭސް’ ވެސް އަޅައިގެން. އަދި އޭގެ އިތުރުން ހަމަ އެ އަތް […]
ލަޝްކާ ލައިގެން ހުރި ކަކުލާއި ހަމައަށް އަރާ ކުރު ހެދުމުން އޭނާގެ ކުޑަ ބަނޑު ވަރަށް ރީތިކޮށް ފެންނަން އިނެވެ. ބަނޑުގައި އަތް ޖައްސާލަމުން ލަޝްކާ ދުރުބަލާލި ވަގުތުގައި އެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ފައިބަން ފެށިއެވެ. (67 ވަނަ ބައި) “ހަލީމާ! ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ އޭނ؟؟” ލަޝްކާގެ ދިފާއުގައި ދާއިޔަލް ކުރިއަށް ފިޔަވަޅު އަޅައިލިއެވެ. “ކަލޭ ކޮން ހަޅޭކެއްތަ ތި ލަވަނީ؟ ކަލެއަށް ކޮން ޔަގީންކަމެއް އޮތީ އެއީ ކަލޭގެ ދަރިއެއް ކަމެއް؟ ކައިވެނި […]
ނިދިފައި އޮތް ލަޝްކާއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފަހަކަށް އައިސް އޭނާ ވަރުބަލި ވަނީ މާވަރަކަށެވެ. އަބަދުހެން އޮންނަނީ ނިދިފައެވެ. އެނދުގައި ދާއިޔަލް ނެތިފައި، މިސްކިތުގައި ނަމާދު ކުރާ އަޑު އިވޭތީ، އޭނާ ވާނީ މިސްކިތުގައިކަން އޭނާއަށް އެނގުނެވެ. ކައިރީގައި އޮތް އޭނާގެ ފޯނު ނަގާފައި ކަންފަތުގައި ޖަހާލީ ކާކުތޯ ވެސް ބަލާ ނުލައެވެ. އެއްއަތުން އިސްތަށިގަނޑުގައި އަތް ފުނަ އަޅާޅަމުން އެހެން ބުނި ލަޝްކާގެ ދެލޯ އޭރުވެސް ހުރީ މެރިފައެވެ. ނަމަވެސް އެކޮޅުން އިވުން […]
“އައުޗް. ލަދުގަންނުވާކަށް ނޫނޭ، ހަމަ އަސްލު ތެދު މިބުނީ. ތީ ހަމަ ލޯބި ހޫރު ޕަރީއެއް. މުޅި ދުނިޔޭގައިވެސް ތިހާ ރީތި ކުއްޖަކު ނޫޅޭނެކަން ކަށަވަރު” ހީނލަމުން އެޒިކިއެލް ބުނެލިއެވެ. (65 ވަނަ ބައި) މާފުށީ ޖަލަކީ، އެތަނުގެ ހަތަރު ފާރުން އެތެރޭގައި ތަފާތު ދުނިޔެއެއް އޮތް ތަނެކެވެ. ޖަލުގެ މައި ދޮރާށިން އެތެރެވުމާއެކު، އެންމެ ފުރަތަމަވެސް އިހުސާސްވަނީ މުޅި މާހައުލަށް ވެރިވެފައިވާ ހިމޭންކަމާއި، ވަށައިގެންވާ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެވެ. ކޮންމެ ދިމާލަކުން ފެންނަނީ ފޯރިމަރަން ތިބޭ […]
ޑައިލަސިސް ހަދާ ކޮޓަރީގައި އޮތް އަޒީންގެ އަތަށް މެޝިނުތައް ގުޅުވަން ހުރި ޒާލާއަށް އިރު އިރުކޮޅުން އޭނާގެ މޫނަށް ބަލައިލެވެޔެވެ. ފައިހާ ބުނީ ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. އުމުރުންވެސް ޅައެވެ. ނަމަވެސް އޭނާ މިއަދު މި ވަނީ ފަރުވާއެއް ނެތް ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. މި ޒުވާނާގެ ދިރިއުޅުން ހަލާކުވީ ގޮތާއި މެދު ޒާލާގެ ހިތުގައި ސުވާލު އުފެދުނެވެ. “ކީއްވެތަ އިރު އިރު ކޮޅާ ތި ބަލަނީ؟” ޒާލާ ބަލާކަން އެނގި އަޒީން އެހިއެވެ. ވަގުތުން […]