Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 56

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 18, 2026 3 Mins Read
17 Comments

ލަސް ހިނގުމުގައި ގޮސް އެޒިކިއެލް ސްޓޭޝަނަށް ވަނެވެ. “ސާރ. އަޅުގަނޑު ދާއިޔަލް ހައްޔަރު ކޮށްފިން” އެތެރެއަށް ވައިން އެޒިކިއެލް ފެނުމުން އަކިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެނުނީ އަކިޔަލް ހީކުރި ކަހަލަ އަސަރު ތަކެއް ނޫނެވެ. މަޑުމަޑުން ހުރެފައި އެޒިކިއެލް އަކިޔަލްގެ ކަންކަށިމަތީގައި ޖެހިއެވެ.

(56 ވަނަ ބައި)

ސްޓޭޝަނުގައި އިން ލަޝްކާގެ މޫނުމަތީގައިވީ ނުތަނަވަސް ކަމެވެ. ދާއިޔަލްގެ ކުއްލި ހައްޔަރު ކުރެވުން ވެގެން ދިޔައީ އޭނާގެ ހިތް ފިސް ފިސް ވެގެން ދިޔަ ކަމަކަށެވެ. ދާއިޔަލް އެކަހަލަ ކަމެއް ނުކުރާނެ ކަން އެއީ އޭނާއަށް ޔަގީން ކަމެކެވެ.

ޙިޔާލު ތަކުން އޭނާއަށް ނިކުމެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ ހަސްފަތާލުންނެވެ. އަނެއްކާވެސް އޭނާގެ ހަށިގަނޑުގައި ބިރުވެރިކަމުގެ ރާޅެއް ނެގިއެވެ. އެއީ އޭނާ ދެއްކި އަންހެނުންގެ ޑަކްޓަރެވެ. މައްސަރު ކަންތައް ނުޖެހި ލަސްވުމުގެ އިތުރުން، ފަލަވެ ގިނައިން ކެވެން ފެށުމުން އޭނާ ވަނީ ‘ޕީ އެމް އޯ އެސް’ ޖެހިފައި ކަމަށް އޭނާއަށް ވަނީ ޝައްކު ކުރެވިފައެވެ. މިއަދަކީ މިއީ އެޙަބަރު އޭނާ ބޭނުންވީ ދުހެއް ނޫނެވެ. ނަމަވެސް އޭނާ ފޯނު ނެގިއެވެ.

“ހަލޯ…؟” ލަޝްކާގެ އަޑު ތުރުތުރުލަމުން ދިޔައެވެ.

“ހަލޯ؟ ލަޝްކާ ދެއްތޮ؟ އާދެ ލަޝްކާގެ ރިޕޯޓުތައް ލިބިއްޖެ. އެއްވެސް ވަރަކަށް ހާސްވާނެ ކަމެއް ނެތް އިނގޭ ތޯ؟ ލަޝްކާގެ ހަށިގަނޑުގައި ޕީ އެމް އޯ އެސް އެތް ނެތް އިނގޭތޯ؟ ލަޝްކާ ބަނޑުބޮޑު. ބަނޑަށް 5 ހަފްތާ”

ޑަކްޓަރު ދިން ހަބަރާއި އެކު ލަޝްކާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާ އުއްމީދު ކުރި ކަހަލަ ޙަބަރެއް ނޫނެވެ. ވަގުތުން ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. “އަލްހަމްދުލިއްލާހި ޔާ ރަބް…” ރޮމުން ރޮމުން އޭނާ ޝުކުރުގެ ސަޖިދަ ޖެހިއެވެ. ދާއިޔަލް ގާތުގައި އެވާހަކަ ބުނެވޭނެ އިރަށް އަވަހަށް އިންތިޒާރު ކުރެވެން ފެށުނެވެ.

***

“ކީއްކުރަން ދާއިޔަލް ހައްޔަރު ކުރީ؟” އެޒިކިއެލްގެ އަޑު މުޅި ސްޓޭޝަން ތެރޭގައި ‘އެކޯ’ ވެލިއެވެ. އެއަޑަށް ދުވެފައި ކަހަލަ ގޮތަކައް ރުޒައިކް ވެސް އައެވެ.

“ސާރ… ހުރިހާ މަރެއްވެސް… ދާއިޔަލްގެ ގޭ މަގުގައި ހުރުމުން…” އަކިޔަލް ލަސް ލަހުން ބުނެލިއެވެ.

“ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟ ބަލަ މަށޭ މި ކޭސްގެ ހެޑްއަކީ. މަށޭ ގޮތް ނިންމާނީ. ކަލޭ ތި ކާކު މި ދޭތެރެއަށް ވަންނަން؟ ހައްޔަރު ކުރަންވީ މީހުންނާ ނުކުރަންވީ މީހުން އެނގޭނީ މަށަށް. ދާއިޔަލް އެއީ ސަސްޕެކްޓް ލިސްޓުގައި އިން މީހެއް ނޫން. މަށަށް ދާއިޔަލްއަށް ވުރެ ކަލެއަށްވެސް ޝައްކު ކުރެވޭ” ދަތްކުނޑިވިކާލަމުން އެޒިކިއެލް ބުނެލިއެވެ. އަދި ބަރުހެލި ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ.

ކުޑަ ކުޑަ ކޮޓަރި އެކެވެ. ލޮލައް އިނގިލި ކޮއްޕާލިޔަސް ނޭނގޭހާ އަނދިރި އެކޮޓަރި ތެރޭގައި ވީ ދުރުގައި އިން އުއްބައްތިއެއްގެ އަލިކަން އެކަންޏެވެ. އެތަނުގައި އިން ދަގަނޑު ދޮރު ހުޅުވާލުމާއި އެކު ބޮލަށް އުދަނގޫ ވާކަހަލަ އަޑެއް އިވުނެވެ. ދޮރު ލައްޕާލަމުން އަކިޔަލް ހަމަ ޖެހިލިއެވެ. މިއަދު ‘ބޮސް’ ވަރަށް ރުޅި އަންނާނޭކަން ކަށަވަރެވެ.

އުއްބައްތި ކައިރީގައި ބޮޑު ސޯފާއެއްގައި އިން ‘ބޮސް’ އިނީ ސިނގިރޭޓެއް ރޯކޮށްގެންނެވެ. އޭނާ އަކިޔަލްގެ ޖަވާބަކަށް އިންތިޒާރު ކުރަން އިންފަދައެވެ. ‘ބޮސް’ ކުރިމަތީގައި ހުއްޓިލަމުން އަކިޔަލް އިސްޖަހާލިއެވެ. ‘ބޮސް’ ކުރިމަތީގައި ކުޑަ ކަކޫ ޖަހާލަމުން އޭނާ އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ.

“ސާރ… އަޅުގަނޑު ދާއިޔަލް ހައްޔަރު ކުރިން… ނަމަވެސް… އެޒިކިއެލް ހުރީ ރުޅި އައިސްފަ. ބުނީ އެއީ ޝައްކު ކުރެވޭ ލިސްޓުގައި އިން މީހެއް ނޫނޭ. އެހެން ބުނެ ދާއިޔަލް ދޫކޮށްލައިފި” އަކިޔަލް މަޑުމަޑުން ބުނެލިއެވެ.

ކުއްލިއަކަށް ހުރެފައި ‘ބޮސް’ ގޮށް މުއްކަވާފައި އަކިޔަލްގެ މޫނުމަތީގައި ޖެހިއެވެ. އޭނާ ޖެހިލެއް ބާރު ކަމުން އެ އަޑު މުޅި ކޮޓަރި ތެރޭގައި ‘އެކޯ’ ވެލިއެވެ. “ކަލޭ ތީ ކީއްކުރާނެ މީހެއްތަ އޭނ؟ މަ ބުނީ ކީކޭ؟ ދާއިޔަލް ހައްޔަރު ކުރާށޭ! އެވަރު ކަލެއަށް ނުވި. ކީއްކުރާނެ ބުރާންޗެއްތަ މިއީ؟” ދަތްކުނޑިވިކާލަމުން ‘ބޮސް’ ބުނެލިއެވެ.

“މަޢާފް ކުރައްވާ…” އެއްމިޔަކަނުން ހުއްޓި ނުހުރި ލޭ އަންނަމުން ދާތީވެ އަކިޔަލްގެ އަރުގައި ލޭ ރަހަވެސް ލަމުން ދިޔައެވެ. ނަމަވެސް އޭނާ ދިޔައީ ހުއްޓި ނުހުރެ މަޢާފަށް އެދެމުންނެވެ.

“ކޮން މާފެއް ކުރާކައްތަ އޭނ؟ މިހާރު އަދި އެ ލަޝްކާ ބަނޑުވެސް ބޮޑު. އެމީހުނަށް އީދެއްނުން އެއައީ؟ ތިއީ އެ ދިރިއުޅުން ހަލާކު ކުރަން ފޮނުވި މީހާ. ކަލެއަށް އެވަރުވެސް ނުވި. މަރާލިޔަސް ފާފަ ނުވާނެ” އަތުގައި އޮތް ސިނގިރޭޓު އަކިޔަލްގެ ކަރުގައި ޖައްސަމުން ‘ބޮސް’ ބުނެލިއެވެ. ވީ ދިލަ ހޫނުން އަކިޔަލްއަށް ހަޅޭ ލަވައިގަނެވުނެވެ.

“ހޫން. ރައްކާވޭ. މަ ނެތް ކަލެއަށް ވާހަކަ ދައްކާ ހިތެއް. ފަހުން ހަބަރެއް ވާނަން” މިހެން ބުނެ ‘ބޮސް’ ތެދުވިއެވެ. ކަބަޑު ހުޅުވާލަމުން އޭނާ ނެގީ ދެލޮލާއި އަނގަ އެކަނި ފެންނަ ކަހަލަ މާސްކެކެވެ. މާސްކު އަޅާލަމުން ޖީބުގައި އޮތް ކުޑަ ތަޅުދަނޑި ނެގިއެވެ. އަދި ބޮޑު ތަޅު އަޅުވާފައި ހުރި ދޮރު ހުޅުވާލިއެވެ. އެއާއި އެކު އަންހެން ކުއްޖެއްގެ މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ.

އެއަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތެވެ. މުޅި ހަށިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ބޮލުގައި ބޮޑު މަލަންގަނޑެއް އަޅާފައިވީ އިރު އޭގައިވެސްވީ ހުސް ލެޔެވެ. އޭނާ ބޮކި ދިއްލާލުމާއި އެކު އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑު ބާރުވިއެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ލެއިން ތަތްތެޅިފައިވީ، އަދި ބިރުވެރިކަމުން ފުރިފައިވީ އެލާރާގެ ދެލޯ ފެނި އޭނާގެ ހިތަކައް އެއްވެސް އަސަރެއް ނުކުރިއެވެ.

(ނުނިމޭ)

ފަންސާސްހަތްނަބައިގެ ތެރެއިން:

ދެފަރާތް ބަލައިލަމުން އޭނާ ޑަކްޓަރު އަތައް ރުފިޔާ ދިނެވެ. “ބުނޭ އެލާރާގެ ފުރާނަ ސަލާމަތެއް ނުކުރެވުނޭ” ޑަކްޓަރު އަތައް ދިން 5 މިލިޔަން ރުފިޔާއަށް ބަލާލަމުން އޭނާ ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ގުރުދާ

Next

ގާތުގާ… 21

Next
May 18, 2026

ގާތުގާ… 21

Previews
May 18, 2026

ގުރުދާ

17 Comments!

  1. Ut says:
    May 18, 2026 at 12:20 pm

    Wtffff???!

    1. shihaamaa ali shihaamaa ali says:
      May 21, 2026 at 1:24 pm

      please don’t use words like that 🙂

  2. shav shav says:
    May 18, 2026 at 12:34 pm

    No wayyy. Elaa mareh nuvey dhww. That gurl there was elaa, rightt?
    Omg omggg 😭
    But i guess this BOSS person is raping elaa.
    I wonder who that is 🤔👀
    Lash and dhaaiyal ge life efuh mifushah jahan eheri emeehaku hifaalaafa. And elaa men ge life too. Who is this person shiherrr 😭😭
    Anyways mi part ves vrhhhh reethi
    Curiously waiting for the next ep.
    When next?
    Lots of love and stay healthy and safe 💜🫶

    1. shihaamaa ali shihaamaa ali says:
      May 18, 2026 at 12:44 pm

      yessss Ella is still aliveee 😭😭😭 next episode ga you’ll know what happened eyruga..
      yeaaappppp hama asluvess.. dhen lets see dhww.. kaakukan engeynee adhi varah fahun😭😭😭
      jazaakallah khairan Shav, likewise 🩶🫶🏻
      in sha allah next maadhan noon aneh dhuhun

  3. Your fav bab Your fav bab says:
    May 18, 2026 at 1:14 pm

    Eyyy ey yooo yoo whatt???
    Elaa?? Hama assu vx thr? Elaa is alive?? Alheyy😭😭 hama huvaa thi ‘boss’ gandeh nolhaalan beynun vanee!! Why tf is he helding her captive??
    Ha! Akiyal akah vejje nun fisaari molheh! Gamaaru vx vye dhw🤦!
    Btw lash congra✨ shierr gender reveal eh baavvachey! I ah vx invite kohgen😁!
    Anyways this part are n left no crumbs frfr👏
    Ly💗

    1. shihaamaa ali shihaamaa ali says:
      May 18, 2026 at 2:04 pm

      Yessssss it’s ella she’s aliveee😭😭😭
      Hehe dhwww.. dhen balamaa dhww kyhve tho ‘boss’ ehn e hadhani..
      Dhwww.. Akiyalll😑😑😑😑😑
      Hehe yesss all readers are invited 😋🤭
      Awwwhhh this is sooo sweet jazaakallah khairan your fav bab 🩶🫶🏻likewise🩶🩶

  4. Blackyyy says:
    May 18, 2026 at 3:02 pm

    Wonderfull..🫶🏻✨ I rlly appreciate ur support Dhaai mnge dhiriulhun halaaku kuran ulheyy meehakah ekan Emme furihama gothuga libeyne Btw, Lash Preggg…Omg 🤯 Heyonuvaane Edhemeehun dhurunukurey dhn Baby Liben ulhenihyyow… Who’s boss???
    Dhaai × Lash ur love have a great appearance now A little star with Ur blessing.❤️
    When ‘s next??
    Lysm X Tc my Shiher🖤

    1. shihaamaa ali shihaamaa ali says:
      May 18, 2026 at 5:39 pm

      Jazaakallah khairan Blackyyy🩶🫶🏻
      Hehe yesss lash is pregnant🥹🥹
      Keke boss akyy kaakukan engeynee adhi maa fahun haha.. lets see dhww..
      In sha allah next Wednesday ga..
      Likewise 🩶🫶🏻

  5. Shafsha says:
    May 18, 2026 at 3:04 pm

    E BOSS aky lashka ge dad dhww???

    1. Tyk says:
      May 18, 2026 at 3:29 pm

      Eyy yoo hama thedheh thi buny!! Aa ehenya he’s the only one who’s having a beef with dhaaiyal!

    2. shihaamaa ali shihaamaa ali says:
      May 18, 2026 at 5:40 pm

      Lashge dad??????? Wellll thats a new theory haha.. lets see dhww.. @Shafsha and @Tyk

    3. Sheex says:
      May 18, 2026 at 9:40 pm

      Lash ge dad ey
      Eii kaaku?
      What elaa marehnuvaane nuveytha ?
      CW4THENEXTP
      Tc

    4. shihaamaa ali shihaamaa ali says:
      May 18, 2026 at 11:46 pm

      Lashge dad eii Imraan..
      Yes hehe ella mareh nuvey @sheex🩶🫶🏻

  6. Kitty says:
    May 18, 2026 at 7:13 pm

    What elaa mareh nuveyyy dhww ….
    Omg who is the boss heyonuvaane
    Next part vrh avahah beynun im so curious…
    Ezikiyal ah elaa kidnap kohfa kan ingey hisaabun kihineh baa vaanii….
    Alheyyy shiherrr…
    Anyways when us next
    I cant waittt it..

    1. shihaamaa ali shihaamaa ali says:
      May 18, 2026 at 11:47 pm

      Jazaakallah khairan Kitty🩶🫶🏻
      Hehe lets see dhww kaakutho kitty aky..
      In sha allah next episode maadhan noon aneh dhuhun..
      Asluvess dhww.. he’d be devastated..
      Stay tuned for next Kitty🩶🫶🏻

  7. Gurrl_8 says:
    May 21, 2026 at 5:35 am

    I ah shahku vanii zaulll ahhh
    Zaul ulhey gothun baeh faharu heevey vrh kan kan foruvan ulhey hen..
    But lets see dhw
    Im not sure ekmm

    1. shihaamaa ali shihaamaa ali says:
      May 21, 2026 at 1:24 pm

      hehe yeahh let’s see dhw e murderer aky kaakuthoa 🩶🫶🏻

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 57←


All Right Reserved!