Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 52

Listen to this story Audio · 5:33 Powered by Esfiya Voice
0:00 5:33

ހިތާހިތުން ވިޝާހާ ވާހަކަ ދައްކަމުން ދިޔައެވެ. ވެފައި ހުރި އުފާ ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭނެ ކަން ކަށަވަރެވެ. ދެލޯ މަރާލަމުން މީކައިލްގެ ކަނދުރާގައި އަތް އަޅުވާލީ އެވަގުތު ކޮޅުގެ ހިތްހަމަ ޖެހުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ ބޭނުމުގައެވެ.

(55 ވަނަ ބައި)

ޙިޔާލު ތަކުގައި ޣަރަގު ވަމުން ދިޔަ ޒާލާ ކޮޓަރިން ނިކުތީ ބޯ ހަމަ ޖައްސާލުމަށެވެ. އެވަގުތު މަންމަ އަންހެން ކުއްޖަކާ ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. “ކޮން ކުއްޖެއް ބާ؟” ހިތާ ހިތުން އެހެން އަހައިލަމުން އޭނާ ގޮސް ކާ ގެއަށް ވަނެވެ.

“އަނހާ ޒާލާ؟ ދަރިފުޅާ ވިޝާޔާ. އެއީ މަންމަގެ ދޮށީ ދަރިފުޅު. ޒާލާ. ޒާލާ، މިއީ ޒަވުލް އިންނަން އުޅޭ ކުއްޖާ ވިޝާޔާ. އަޅެ އެއްމަސް ވީމަ އޭ މަންމަމެނަށް އެ އަންގާލީ ވެސް” ނައުރީން ދެމީހުން ތަޢާރަފް ކޮށްދިނެވެ. އެވަގުތު ބަދިގެއިން ޒަވުލް ވެސް އައެވެ. ވިޝާޔާއަށް ހިނިތުންވުމެއް ރައްދު ކޮށްލަމުން ޒާލާ ޒަވުލްގެ އަތުގައި ހިފާ ދުރަށް ޖެހިލިއެވެ.

“ކިހާ ދުހެއް ވެއްޖެ ވިޝާޔާއާއި އެކީ އުޅޭތާ؟” ޒާލާ ސުވާލު ކުރިއެވެ. އެވަގުތު އައިސް އަލަމާރި ކައިރިއަށް ނައުރީން ދިޔުމުން އެ އަޑު ވިޝާޔާއަށްވެސް އިވުނެވެ.

“މި މަހު 2 މަސްވާނެ. ކިހިނެތްވީ؟” ޒަވުލް ވެސް ކުރީ ސުވާލެކެވެ.

“ވަޓް؟؟؟؟ ކުރީ ދުހު އަދި އެލާރާ އެ ނިޔާވީ. މިދިޔަ ހަފްތާވެސް ގައިމު ޒަވޫ އުޅުނީ އެލާރާއާއި އެކު. ވާރ ޔޫ ޗީޓިންގ؟؟؟” ދެލޯ ބޮޑު ކޮށްލަމުން ޒާލާ ސުވާލު ކުރިއެވެ. ކޮއްކޮ ވިޔަސް ޒަވުލްގެ އެ އަމަލު ޒާލާއަކަށް ކަމަކު ނުދިޔައެވެ.

އެއަޑު އިވުން ވިޝާޔާގެ ހަށިގަނޑު ފިނިވިއެވެ. މުޅި ހަށިގަނޑުގައި ކަރަންޓު ޖެހުން ކަހަލަ އިހުސާސެއް ކުރެވުނެވެ. ވިޝާޔާއަށް ޒަވުލްއާއި ދިމާވީ 3 މަސް ކުރިންނެވެ. ޒަވުލް ބުނި ގޮތުގައި އޭނާ ހުރީ ހުހަށެވެ. ނަމަވެސް…

“ޝޫޝް.. ވިޝާއަށް އަޑު އިވިދާނެ. އޯކޭ ޗީޓު ކުރިއްޔޯ. އެ އެލާރާ އަކަށް މަށަކަށް ވަގުތެއް ނުދެވޭ. އޭނަ އެބަލާ ކޭސެސް މާ މުހިންމު. އެހެންވެ މަ ފޫހިވީ. ވިޝާ މާ ރަނގަޅު. އެކަމަކު ބުނަން، ވިޝާ ކައިރި އެވާހަކަ ނުބުނާތި” މިހެން ބުނެ ޒަވުލް ކާގެއަށް ވަނެވެ.

“ދިސް ވޯލްޑް އިސް ފިލްޑް ވިތް ޗީޓިންގ މެން” ބޯ ހޫރުވާލަމުން ޒާލާ ބުނެލިއެވެ.

“ކޮބާ ދަމާ؟” އެތެރެއަށް ވަންނަމުން ޒަވުލް ބުނެލިއެވެ. ނައުރީން ކުރިމަތީގައި ‘ޑްރާމާ’ ބޮޑު ނުކުރަން ވެގެން ވިޝާޔާ ހީލާފައި ތެދުވިއެވެ. ޒަވުލްގެ ފަހަތުން ގޮސް ސައިކަލު ކައިރީގައި ހުއްޓުނު ވިޝާޔާ ހުރީ ގަބުވެފައެވެ. ނަމަވެސް ހުއްޓި ނުހުރެ ޒަވުލް ދައްކަމުން ދިޔައީ އެދެމީހުންގެ ކައިވެނީގެ ވާހަކައެވެ.

“ވިޝާ؟ ވިޝާ؟” ވިޝާޔާ އެއްޗެކޭ ނުބުނުމުން އޭނާގެ ލޯ ކުރިމަތީގައި ޒަވުލް ފުއްޓައްކެއް ޖަހައިލިއެވެ. ވަގުތުން ވިޝާޔާއަށް ހަމަ ބިމައް އާދެވުނެވެ. އިސް އުފުލާލަމުން ޒަވުލްއާއި ދިމާލަށް އޭނާ ބަލައިލި އިރު އެދެލޮލުގައިވީ ކަރުނައާއި ފުން ވޭން ޒަވުލްއަކަށް ސިއްރެއް ނުވިއެވެ.

“ކިހިނެތްވީ ލޯބީ؟” ވިޝާޔާގެ ހަށިގަނޑުގައި ބައްދައިގަންނަމުން ޒަވުލް ސުވާލު ކުރިއެވެ. ނަމަވެސް ވިޝާޔާ އަވަސް ކަމާއި އެކު އޭނާ ދުރުކޮށްލިއެވެ.

“ކީއްވެ އޮޅުވާލީ؟” ވޭނުން ފުރިގެންވީ ރާގެއްްގައި ވިޝާޔާ ސުވާލު ކުރިއެވެ.

“ކޯއްޗެއް؟” ވިޝާޔާ ބުނި އެއްޗެއް އޭނާ އަކަށް ފަހުމެއް ނުވިއެވެ.

“ތެދައް ބުނޭ. މިއޮށް ހާ ދުވަހު ޒަވުލް މަށަށް ދޮގު ހެދީ. ދެން ތެދައް ބުނޭ. ދޮގު ހެދިޔަސް މާތް ﷲ ދެނެވޮޑިގެންވާކަން ހަނދާން ބަހައްޓާތި. ތެދައް ބުނޭ. އެލާރާ އެއީ ކާކު؟ އެއީ ޒަވުލްގެ ލޯބިވެރިޔާނުން؟ ދެން ބުނެބަލަ. އެލާރާއާއި ރައްޓެހިވީ ކޮން އިރަކު؟ މަށާ ރައްޓެހިވީ އެލާރާއާއި އެކު އުޅެމުންތަ؟” ސާފުކޮށް ވިޝާޔާ ބުނެލިއެވެ. އިރުކޮޅަކު ހަނު ހުރެފައި ޒަވުލް އަނގަ ހުޅުވާލިއެވެ. “ދޮގު ހެދިއްޔާ މި ހިސާބުން މިގުޅުން މި ނިމުނީ”

ވިޝާޔާގެ އަޑުގައިވީ ޔަގީންކަން އިވި ޒަވުލްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ވިޝާޔާ ގެއްލޭކައް އޭނާ ބޭނުމެއް ނޫނެވެ. ހަގީގަތުގައިވެސް އޭނާ ވިޝާޔާދެކެ ވަރަށް ލޯބިވެޔެވެ. “އަހަރެން އެލާރާއާއި ރައްޓެހިވެގެން އުޅޭތާ 6 މަސް ދުވަސް ވި. އަހަރެން އޭނާ ދޫކޮށްލި ރޭ އެލާރާ ނިޔާވީ. ޔެސް… އަހަރެން ވިޝާއާއި ރައްޓެހިވީ އެލާރާއާއި އެކު އުޅެމުން…” އިސްޖަހާލައިގެން ހުރެ ޒަވުލް ކިޔައިދިނެވެ.

“ކި… ކީއް.. ކީއްވެ…؟” ވިޝާޔާގެ އަޑު ކުރެހުނެވެ. އޭނާވެސް ޒަވުލްދެކެ ނިހާޔަތައް ލޯބިވެޔެވެ. އެއީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ކަމުގައި ހިތުގެ އެންމެ ފުން މިނުން ދެކުނެވެ. ނަމަވެސް ދެން އޭނާ ޒަވުލްއަށް އިތުބާރު ކުރާނީ ކިހިނެތް ހެއްޔެވެ؟

ގޭގައި އޮވެފައި އެޒިކިއެލް ގެއިން ނިކުތީ ސްޓޭޝަނައް ދާށެވެ. ސައިކަލު ބަހައްޓާފައި އޭނާ ދިޔައީ ހިނގާފައެވެ. އެލާރާއާއި އެކު ސައިކަލު ލިބުމުގެ ކުރިން ހިނގާފައި ދިޔަ ދިޔުން ހަނދާން ކޮށްލުމަށެވެ. ދެމީހުން ކޯޅުން ކޯޅުން ތަކެވެ. ދެއްކި މަޖާ ވާހަކަ ތަކެވެ. ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުން ގޮތުގެ ވާހަކަ ތަކެވެ. ދަރިންނަށް ކިޔާނެ ނަންނަމެވެ. މިހާރު އެ ހުރިހާ އެއްޗަކީވެސް ހަމަ ހަނދާނެކެވެ.

ލަސް ހިނގުމުގައި ގޮސް އެޒިކިއެލް ސްޓޭޝަނަށް ވަނެވެ. “ސާރ. އަޅުގަނޑު ދާއިޔަލް ހައްޔަރު ކޮށްފިން” އެތެރެއަށް ވައިން އެޒިކިއެލް ފެނުމުން އަކިޔަލް ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެނުނީ އަކިޔަލް ހީކުރި ކަހަލަ އަސަރު ތަކެއް ނޫނެވެ. މަޑުމަޑުން ހުރެފައި އެޒިކިއެލް އަކިޔަލްގެ ކަންކަށިމަތީގައި ޖެހިއެވެ.

(ނުނިމޭ)

ފަންސާސްހަވަނަބައިގެ ތެރެއިން:

ޑަކްޓަރު ދިން ހަބަރާއި އެކު ލަޝްކާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާ އުއްމީދު ކުރި ކަހަލަ ޙަބަރެއް ނޫނެވެ. ވަގުތުން ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Anonymous

    MashaAllah.❤️ Me 1st one to recommend to ur attendence of waiting tales..🎀 Very very Gudd.
    Alheyy wisher Haadha Naseebu gadha noaneyy
    Dhn,Zaul ….How dare you??? & Wishaher n
    Meekail…Haadha romance 💒….
    So So nice, Anyways When’s next?

    1. shihaamaa ali
      Anonymous

      Jazaakallah khairan Anonymous 🩶🫶🏻 so happy you’re enjoying the story.. in sha allah next tmrw

  2. Blackyyy

    MashaAllah.❤️ Me 1st one to recommend ur tales I appreciate ur full tales… It’s interesting
    Alheyyy Meekail mnge news eh novey thw?
    And Xaul how dare you cheat on VVish??
    Vish…Xaul dhookohlla Ehfaharu Cheat kuri meeha ah trustworthy gehllihjje ehnnu…Then, Zala Aniyaaveri hithAkah Zahun Nukoh amihla life aai gen kuri ah dhey.. When’s next?
    Lysm & Tc of yourself 🫶🏻🖤
    Nd First comment was given by me…Maa bodah
    Hamanujehyy thee alhun type kohllee mi….

    1. shihaamaa ali
      Blackyyy

      Jazaakallah khairan Blackyyy🩶🫶🏻 so happy you’re enjoying the story.. in sha allah next tmrw.. likewise 🩶🫶🏻

  3. Sheex

    V REETHI MI PART MA
    WHAT IS WRONG WILL ZAVUL
    HE DESERVE TO BE IN JAIL I GUESS
    ELAA DOESN’T DESERVE THAT KIND OF PARTNER IN HER LIFE
    SHEEX BUNAANII HAMA ZAVUL EY ELAA MARAALEE
    LOABI VEGEN RAHTEHI VAANAMA PROTECT KURAANE
    MARUVEEMA KARUNA ALHAA ROANE
    WHATTTTTTTTT HE CHEATED ON ELAA!
    EVEN VISHAA DOESN’T DESERVE HIMM
    I RLLY FEEL SAD FOR ELLU
    CW4THENEXTP
    TC

    1. shihaamaa ali
      Sheex

      Jazaakallah khairan Sheex🩶🫶🏻 asluvess dhww.. ella didnt deserve him.. dhn neynge dhw lets seee if vishaa chooses to stay w him or not.. ikkk girrll i feel bad for ellu tooo☹️☹️☹️
      In sha allah next tmrw
      Likewise🩶🫶🏻

  4. Gurrl_8

    Mi part ves vrh reethi when is next??
    Cant wait very curious…

    1. shihaamaa ali
      Gurrl_8

      Jazaakallah khairan Gurrl_8 🩶🫶🏻
      In sha allah next tmrw

Comments are closed.