Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 57

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 21, 2026 3 Mins Read
4 Comments

އެއަންހެން ކުއްޖާގެ ހަށިގަނޑުގައި އެއްވެސް ނިވާ ކަމެއް ނެތެވެ. މުޅި ހަށިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. ބޮލުގައި ބޮޑު މަލަންގަނޑެއް އަޅާފައިވީ އިރު އޭގައިވެސްވީ ހުސް ލެޔެވެ. އޭނާ ބޮކި ދިއްލާލުމާއި އެކު އެ އަންހެން ކުއްޖާގެ ރުއިމުގެ އަޑު ބާރުވިއެވެ. ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ލެއިން ތަތްތެޅިފައިވީ، އަދި ބިރުވެރިކަމުން ފުރިފައިވީ އެލާރާގެ ދެލޯ ފެނި އޭނާގެ ހިތަކައް އެއްވެސް އަސަރެއް ނުކުރިއެވެ.

(57 ވަނަ ބައި)

އެތަނުން ނިކުމެ ނިކުމެ ހުރި އަކިޔަލްއަށް އެލާރާގެ ވޭނީ ރުއިމުގެ އަޑު އިވި ހިނިތުންވެވުނެވެ. އެއްމިޔަކަނުން ތުންފަތް ދެމުން އިރު މޫނު މަތީގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޖީބުގައި އޮތް އޭނާގެ ފޯނު ނަގާ ‘ބީ އެމް އެލް’ އަށް އޭނާ ވަނެވެ. އެކައުންޓުގައި އިން 390،000 ރުފިޔާ ފެނި ލުއި ގޮތަކައް ހީލިއެވެ. “ބޮސް… އަހަރެން އެޒިކިއެލްގެ ހަޔާތްވެސް ބަރުބާދު ކޮށްލީ. ހަމަ އެހެން އަހަރެން ދާއިޔަލްގެ ހަޔާތްވެސް ބަރުބާދު ކޮށްލާނަން” ލުއި ގޮތަކައް ހީނލަމުން އޭނާ އެހެން ބުނި އިރު އޭނާއަށް ސިފަ ވަމުން ދިޔައީ އެލާރާ ‘ނިޔާވި’ ރޭ ކަންވީ ގޮތެވެ.

ސްޓޭޝަން ކައިރީގައި ކާރުގައި އިން އަކިޔަލްގެ މޫނުވަނީ މާސްކަކުން ވަންހަނާ ކޮށްފައެވެ. ކައިރީގައި ޓެބްލެޓެއް އޮތް އިރު އޭގެން ޔައުލާންއާއި އެލާރާ ދައްކަމުން ދިޔަ ވާހަކައާއި އެމަންޒަރުތައް އޭނާ ހަރުކޮށްފައިވީ ކެމެރާތަކުން ފެންނަމުން ދިޔައެވެ. އަތުުގައި އޮތް ސަބްމެރީން ކަމުން އިނދެ އެބަލަން އިން އިރު ހީވަނީ ސީރީޒްއެއް ބަލަނީ ހެންނެވެ.

ޔައުލާން: އެލާ… އޭރު އަލޫކާގެ އެއްވެސް ވާހަކައެއް ހަބަރަކުވެސް ނެތް. އޭރު އަލޫކާގެ މަރުގެ ވާހަކައެއް އެއްވެސް މީހަކައް ނޭނގޭނެ. ދެން ކިހިނެތް ޒަވުލްއަށް އެނގުނީ…؟ އަނެއްކާ…؟ ޒަވުލް…؟

ޔައުލާން ކޮށްލި ސުވާލުން އަކިޔަލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ޒަވުލް އޯލަ؟؟ އެ ރަނޑު ޒަވުލް؟ އޭނައަށް މިކަހަލަ ކަމެއް ވާނެ ދޮ؟ ބޮޑު ފިނޑިއެއް އެއީ. މެއްސެއްވެސް އެސޮރަކަށް މަރާނުލެވޭނެ” ހެމުން ހެމުން އެހެން ބުނި އިރު އަކިޔަލް ކޮށި ނޭރީވެސް ކިރިޔާއެވެ.

އެލާރާ: ގޮތްކުޑަ. ކަލޭ ތިބުނީ ޒަވޫއަކީއޭތަ އެ މީހުން މަރާ މީހަކީ؟”

ޔައުލާން: އެލާ ނިކަން ވިސްނަބަލަ. ކިހިނެތް ޒަވުލްއަށް އެކަން އެނގެންވީ؟ ޒަވުލްގެ އުޅުން ބަދަލުވާން ފެށީ ހަމަ ކުއްލިއަކަށް. ލައިލީންގެ ކޭސްއަށް ފަހު. ދެން މިއަދުގެ ކޭސް. ކިހިނެތް ޒަވުލްއަށް އެކަން އެނގެންވީ؟ މީހަކު މަރުވި ވާހަކައެއްނޫން އަދި ބުނީ. އަނެއްކާވެސް މީހަކު މެރިއްޔޭ އެކޭސް ބަލަންވީ ހޭ؟ އެހެން އޭނަ ނުބުނާނެ ދޯ އޭނައަށް އެއްޗެއް ނޭނގޭނަމައެއް؟

ޔައުލާން އެހެން ބުނުމާއި އެކު ދެން ފެނުނީ އެލާރާ އެތަނުން ރޮމުން ރޮމުން ނިކުން މަންޒަރެވެ. ދެން އިން ސީޓުގައި ސަބްމެރީން ބާއްވަމުން އޭނާ ކާރުގެ އިންޖީނު އޮން ކޮށްލިއެވެ. ދުއްވާ ފުރޮޅުގައި އަތް ޖައްސާލަމުން އޭނާ ތައްޔާރު ވެލިއެވެ. އެސްފިޔަ ޖަހާލާހާ އަވަހަށް އެލާރާ ނިކުންތަން ފެނުނެވެ. ކާރުގެ ދުވެލި ބާރު ކޮށްލަމުން ގޮސް އެލާރާގެ ހަށިގަނޑުގައި އޭނާ ކާރުން ޖެއްސިއެވެ. ވަގުތުން އެލާރާ ދިޔައީ މާ ދުރަށް ވިއްސައިގެންނެވެ.

ދެން އޭނާ ދިޔައީ އޭނާގެ ‘ހައިޑް އައުޓް’ އަށެވެ. ދެން އޭނާގެ ސައިކަލަށް އަރާ ބާރު ދުވެލީގައި ދިޔައީ ހަސްފަތާލަށެވެ. އެވަގުތު ޑިއުޓީގައި ހުރި ޑަކްޓަރު ކޮޓަރިއަށް އޭނާވަނީ ޓަކިވެސް ޖެހުމެއް ނެތިއެވެ.

“ކޮބާ ވިސްނިއްޖެތަ؟” ޑަކްޓަރު ނިހާން ކުރިމަތީގައި ހުއްޓި ހަރަންބަނދެލަމުން އަކިޔަލް އެހިއެވެ.

“އެކަމަކު.. މީހެއްގެ މަރު ފޭކު ކުރަން… ބަސްޓު ވެއްޖެއްޔާ އޯ؟” ނިހާން އޭނާގެ ކަންބޮޑުވުން ފާޅު ކުރިއެވެ.

“މާ އުނދަގުލެއް ނުވާނެ. އަން” ދެފަރާތް ބަލައިލަމުން އޭނާ ޑަކްޓަރު އަތައް ރުފިޔާ ދިނެވެ. “ބުނޭ އެލާރާގެ ފުރާނަ ސަލާމަތެއް ނުކުރެވުނޭ” ނިހާން އަތައް ދިން 5 މިލިޔަން ރުފިޔާއަށް ބަލާލަމުން އޭނާ ބުންޏެވެ.

އެ ރުފިޔާތައް ފެނި ނިހާންގެ ދެލޯ ވިދާލިއެވެ. އެއީ އޭނާގެ ހަޔާތުގައިވެސް އެންމެ ގިނައިން ފެނުން ރުފިޔާތަކެވެ. އެއްވެސް އިހުތިޔާރަކާއި ނުލާ އޭނާއަށް އެފައިސާތައް ގެނެސް މޭގައި ޖައްސާލެވުނެވެ.

“ތީގެ މާނައަކީ އާއެކޭ ކަމަށް މި ބެލީ. އަދި ބުނަން؟ މިވާހަކަ އެއްވެސް މީހަކައް އެނގުނީއާ…” މިހެން ބުނި ކަރާއި ދިމާލުގައި އަކިޔަލް އިނގިލި ހުރަސް ކޮށްލިއެވެ. ނިހާން ބޯ ޖަހާލިއެވެ.

3 ވަރަކަށް މިނިޓް ފަހުން އެލާރާގެ ހަށިގަނޑު ހަސްފަތާލައް ގެނެވުނެވެ. މާ ބޮޑު އުނދަގުލަކާއި ނުލާ ހަގީގަތުގައި އެލާރާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. ދެން ނިހާން އޭނާގެ ހަށިގަނޑަށް ޖެހީ ނިދާ އިންޖެކްޝަނެކެވެ. ކަފުން ކޮށްފައި އެލާރާގެ ހަށިގަނޑުގެ ބަދަލަށް ސަންދޯއް ތެރެއަށް ލީ ‘ޑަމީ’ އެކެވެ. އެދުވަހަަށް ފަހު އެލާރާ ދިރި ހުރި ނަމަވެސް އޭނާއަށް ދެވުނީ ނަރަކައަކަށެވެ. ‘ބޮސް’ ގެ އަނިޔާވެރި ޝިކާރައަށް އޭނާ ކޮންމެ ދުވަހަކު ވަމުން ދިޔައީ އެއްވެސް ރަހުމެއް، ކުލުނެއް ނެތިއެވެ…

***

ސްޓޭޝަނުން ގެއަށް ފޮނުވާލި ދާއިޔަލް ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ. މީހުންގެ ނަޒަރުތައް އޭނާއަށް ހުއްޓެމުން ދިޔަ އިރު އެކި މީހުން ދިޔައީ ސިއްރުން އެއްޗެހި ތަކެއް ކިޔަމުންނެވެ. “އަޅާ ނުލާ…” ދާއިޔަލް އިނީ ލަދުން ކަމުން ސައިކަލު ދުއްވަން އިން ދިޔާން ބުނެލިއެވެ.

“ކޮއްކޮއަށް އިނގެޔެއްނުން ކޮއްކޮ ތިއީ ކުށްވެރިއެއް ނޫން ކަން؟ މިއީ ފުލުހުން ނުބައިކޮށް ކުރި ތަހުގީގެއް. ކޮއްކޮ މިކަމާ ލަދު ގަންނާކަށް ނުޖެހޭނެ” ދިޔާން ބުނެލީ އަމާން ދޭފަދައިންނެވެ.

“އެކަމަކު… ލަޝް…” އޭނާއަށް ވިސްނެމުން ދިޔައީ ދެން ލަޝްކާ އޭނާއާއި މެދު ދެކޭނެ ގޮތާއި މެދުއެވެ. އެހެން ބުނުމުން ދިޔާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ލަޝްކާ ބަނޑުބޮޑުކަން މިހާރު އޭނާއަށްވެސް ވަނީ އެނގިފައެވެ. އެކަން އެނގުމުން ދާއިޔަލް އުފާވާނެ ވަރު ހިތައް އަރާ އޭނާގެ ތުންފަތުގައިވީ ހިނިތުންވުން ފޮރުވުން އޭނާއަށްވީ އުނދަގޫ ކަމަކަށެވެ.

“ލަޝްކޮވެސް ކޮއްކޮދެކެ ވަރަށް ލޯބިވޭ. ލަޝްކޮ ހުރީ ކޮއްކޮގެ އިންތިޒާރުގަ. ލަޝްކޮ އެވާހަކަ ގަބޫލެއް ނުކުރެޔޭ” ދިޔާން ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދާއިޔަލް ބޯ ޖަހައިލިއެވެ.

(ނުނިމޭ)

ފަންސާސްއަށްނަބައިގެ ތެރެއިން:

ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ދާއިޔަލްއަށް ފެނުން މަންޒަރުން އަނގަ މަތީގައި އަތް އެޅުނެވެ. ފަހަތައް ފިޔަވަޅެއް އަޅާލެވުން އިރު ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިޔަ ނަން މި ހިތުގާ 16

Next

މަލަކުލް މޯތް

Next
May 21, 2026

މަލަކުލް މޯތް

Previews
May 21, 2026

ތިޔަ ނަން މި ހިތުގާ 16

4 Comments!

  1. Gurrl_8 says:
    May 22, 2026 at 12:02 am

    What happened to lash
    Balaaba akiyal ge huri nubaii kan
    Ekm zaul noon vehje aaa boss akii kaaku baaa
    Im so confused noww
    Btw mi part ves vrh reethi
    When is next
    Cant waittt
    Ly shiherr
    Tcc

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 1:21 pm

      Hehe shihaa akh neynge.. next episode ga ingeyne lash ah vy kihineh kann..
      Heeeheeeee boss aky kaaku kan dhww.. i dont think I’ll be revealing him anytime sooon YET😭🫣
      jazaakallah khairan Gurrl_8🩶🫶🏻
      In sha allah next tmrw
      Likewise🫰🏻

  2. Your fav bab Your fav bab says:
    May 22, 2026 at 1:04 pm

    Alhey e boss akee kaaku tha?? Shier.. Any spoilers?
    Akiyal haadha nulafa firihenaa gadekey dhw!
    Ela’s life a living hell??😭😭
    Waiting for next…
    Lyyy💗

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 1:22 pm

      Someonee😭😭😭😭 buniima dhen curiosity neennaanehnuuuuunn..
      Dhww.. hama rf ah vikifa akiyal ehury🤌🏻
      Ikrr.. poor ella💔💔
      In sha allah next tmrw..
      Likewise 🩶

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 59←


All Right Reserved!