Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 55

Listen to this story Audio · 9:53 Powered by Esfiya Voice
0:00 9:53

“ލަޝްކޮވެސް ކޮއްކޮދެކެ ވަރަށް ލޯބިވޭ. ލަޝްކޮ ހުރީ ކޮއްކޮގެ އިންތިޒާރުގަ. ލަޝްކޮ އެވާހަކަ ގަބޫލެއް ނުކުރެޔޭ” ދިޔާން ބުނެލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދާއިޔަލް ބޯ ޖަހައިލިއެވެ.

(58 ވަނަ ބައި)

ގެއަށް ވައިން ދާއިޔަލްއާއި ދިޔާންއަށް މަރުހަބާ ކިއީ ފަޅު ކަމެވެ. ހުރިހާ ބޮކިތަކެއްވެސް ހުރީ ނިވާލާފައެވެ. ގޭތެރޭގައި ހޯނެއް ގޮވާލާ އަޑުވެސް ނީވެޔެވެ. “ކީއްކުރަންތަ މި ބޮކިތައް ނިވާފަ. ޕިސް ޕިސް. ޔަގީނޭ ޔައާލް ކަންތައްކަން” ބޯ ހޫރުވާލަމުން ދިޔާން ބުނެލިއެވެ.

ހީނލަމުން ދާއިޔަލް ދިޔައީ އޭނާ ނިދާ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ދާއިޔަލްއަށް ފެނުން މަންޒަރުން އަނގަ މަތީގައި އަތް އެޅުނެވެ. ފަހަތައް ފިޔަވަޅެއް އަޅާލެވުން އިރު ދެލޮލުން ހޯސްލާފައި ކަރުނަތައް އަންނަން ފެށިއެވެ.

ބިންމަތީގައި ފިޔާތޮށި ކުލަޔާއި ނޫ ކުލައިގެ ފުއްޕާ ހަންތައް އެއްވެސް ތަރުތީބެއް ނެތި އުކާލާފައިވީ އިރު ‘ހީލިއަމް’ އިން ފުއްޕާފައި ހުރި ނުލާއި ފިޔާތޮށި ކުލައިގެ ހަންތައްވެސް ހުއްޓެވެ. އެނދުމަތީގައި އިށީނދެލައިގެން އިން ލަޝްކާގެ އެއްއަތުގައި ފިޔާތޮށި ކުލަޔާއި ނޫ ކުލައިިން ޖަރީ ކޮށްފައިވާ ކޭކެއް އިނެވެ. އަނެއް އަތުގައި އޮތީ ޓެސްޓު ކިޓެކެވެ. އަދި އެނދު ކައިރީގައި ‘ހެލޯ ޑެޑީ’ ޖަހާފައި އިނެވެ.

“ހެލޯ ޑެޑީ” ދާއިޔަލްގެ ކޮނޑަށް އަތް ވައްޓާލަމުން ދިޔާން ލާނެތް ގޮތަކައް ބުނެލިއެވެ. ދާއިޔަލްގެ ހަރަކާތްތަކަށް ބަލަން ހެވިފައި ޔޫޒާއާއި ޔައާލްވެސް ހުއްޓެވެ. ދިޔާންގެ މޫނަށް ބަލައިލަމުން ދާއިޔަލް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. މަޑުމަޑުން ގޮސް އޭނާ ލަޝްކާ ކުރި މަތީގައި އިށީނެވެ.

“ލަޝް… އަސްލުވެސް ބަނޑުބޮޑީތަ…؟” ދެލޮލުން އުފަލުގެ ކަރުނަ އަންނަ ހާލުގައި ދާއިޔަލް އަހައިލިއެވެ. ހަމައެހާ އުފާވެފައި އިނދެ ލަޝްކާވެސް ބޯ ޖަހައިލިއެވެ.

“5 ހަފްތާ…” ދާއިޔަލްގެ އަތުގައި ހިފާ ގެނެސް އޭނާގެ ކުޑަކުޑަ ބަނޑުގައި ޖައްސާލަމުން ލަޝްކާ ބުނެލިއެވެ. ލަޝްކާގެ އަތުގައި އިން ކޭކު ނަގާ އެނދުގައި ބައިންދާފައި ދާއިޔަލް އޭނާ އުރައިލިއެވެ. ރޮވެމުން ދިޔަ ހާލުގައި ލަޝްކާ ގޮވައިގެން އޭނާ އެނބުރިލިއެވެ.

“އަލްހަމްދުލިއްލާހި” ދާއިޔަލްއާއި ލަޝްކާގެ އެ ލޯބި މަންޒަރު ދިޔާންއާއި ޔޫޒާ ފޯނުގައި ރައްކާ ކުރަމުން ދިޔައިރު، ކުޑަކުޑަ ޔައާލްވެސް ހުރީ ކޮއްކޮއެއް ލިބޭތީ އުފަލުން ފުމެފުމެޔެވެ.

އުފަލާއި މަޖަލުގައި އެ ކުޑަ ކުޑަ ހަފްލާ ބާއްވާފައި އެންމެން ނިދަން ދިޔުމުން ލަޝްކާ ގޮވައިގެން ދާއިޔަލް އެނދުގައި އޮށޯތެވެ. އަދި ލަސް ލަހުން ލަޝްކާގެ ކުޑަ ބަނޑުގައި ފިރުމާލިއެވެ. “ކިހިނެތްތަ އެނގުނީ.؟ އަވަހަށް ކިޔާދީ..” ވަރަށް ޝައުގު ވެރިވެފައި ދާއިޔަލް އެހިއެވެ.

“މިހާރު ވަރަށް ދުވަސް ވެއްޖެ ދޯ ޕީރިއެޑް ނުވާތާ. ދެން ލަޝް ފަލަވާތީއާއި އެކު ހީކުރީ ލަޝްއަށް އަނެއްކާ ޕީ އެމް އޯ ސީ ޖެހުނީ ކަމަށް. އެހެންވެ ވަރަށް ބިރުން ޑަކްޓަރަށް ދެއްކީ. ދެން މިއަދު އެނގުނީ ބަނޑުބޮޑު ކަން. އަސްލު ލޭގެ ޓެސްޓު ހަދައިގެން ބަނޑުބޮޑުކަން އެނގުނީ. މި ތަން އެސްތެޓިކް ކޮށްލަން އަސްލު ކިޓެއްގަ ޓެސްޓު ހެދީވެސް ހެހެ”

ލަޝްކާގެ އެވާހަކަތައް އަހަން އިނދެފައި ދާއިޔަލް “އަލްހަމްދުލިއްލާހި” އޭ ބުނެލިއެވެ. ލަޝްކާގެ ބަނޑުގައި ފިރުމާލި އިރު ދާއިޔަލްގެ މޫނުމަތީގައި އެދަރިފުޅު ދުށުމައް ކެތްމަދުވެފައިވާ މިންވަރު އެއްވެސް ހުރަހެއް ނެތި ފެންނަމުން ދިޔައެވެ.

ފަތިހުގެ ހަމަހިމޭންކަން މުޅި ފަޒާގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތްފަސޭހަ ކަމާއެކުގައެވެ. ދުނިޔެމައްޗަށް އަލިވިލެމުން އައީ އުއްމީދީ މަންޒަރު ތަކަކާއެކުގައެވެ. އިރުގެ ފުރަތަމަ ދޯދިތައް ރަންކުލައިން އުދަރެސް ފަވާލި އިރު ހީވަނީ މާހިރު ކުރެހުންތެރިއަކު ‘ކެންވަސް’ އެއްގައި ކުރަހާލާފައިވާ ރީތި ތަސްވީރެއް ހެންނެވެ. ކަނޑުގެ އޮމާން ސަތަހައިގައި ބޮސްދެމުންދިޔަ މަޑު ވައިރޯޅިތަކުން ހިތަށް ފިނިކަން ގެނެސްދެމުން ދިޔަ އިރު، ރަތްވިލާގެ ރީތިކަން ކަނޑުގެ ނޫކުލައާއި މަސްހުނިވެ، މުޅި މާހައުލަށް ގެނެސްދީފައިވަނީ ބަޔާންކުރަންދަތުރު ރީތިކަމެކެވެ. ގަސްގަހާގެހީގެ ފަތްތަކުގެ މެދުގައި ނިދާފައި ތިބި ދޫނިތައް ހޭލައި، އެސޫފާސޫފީގެ މޫސީގީ އަޑުތަކުން މުޅި މާހައުލު ގުގުމާލި އިރު، އެއީ ހަމަގައިމުވެސް ދިރުން ހުރި ކޮންމެ ފުރާނައަކަށް އާ ދުވަހަކަށް މަރުހަބާ ކިޔާ ފަދަ އުފާވެރި ވަގުތެކެވެ.

މި ހިތްގައިމު ވަގުތުގެ ހަމަހިމޭންކަން މުގުރާލީ ދުރުދުރުން އިވެން ފެށި އިންޖީނެއްގެ ބާރު އަޑަކުންނެވެ. ފަޅުގެ ނޫކުލައިގެ ފެންގަނޑު ދެބައިކުރަމުން، ހުދު ފޮނުގަނޑެއް ފަހަތަށް ދޫކުރަމުން އައި ޒަމާނީ ލާންޗު ފެންނަން ފެށީ ހުދު ކަފަކޮޅެއް ފަދައިންނެވެ. އެ ލާންޗު ބާރު މިނުގައި އައިސް ބަނދަރާ ގާތްކުރަން ފެށުމާއެކު، އުފެދުނު ކުދި ރާޅުތައް ގޮސް ބަނދަރުގެ ތޮށިގަނޑުގައި ބޮސްދެމުން ދިޔައެވެ. ލާންޗުގެ އިންޖީނުގެ އަޑު މަޑުވެ، މަޑުމަޑުން ބަނދަރުގެ އެއްގަމާ ގާތްކޮށްލިއެވެ. އެއީ އޭގެ ފަރުމާ އާއި އޮފުކަމަށް ބަލާލުމުންވެސް، އެއީ އާދައިގެ އުޅަނދެއް ނޫންކަން ކޮންމެ މީހަކަށްވެސް ފަހުމްވާނެ ފަދަ ‘ލަގްޒަރީ’ ލާންޗެކެވެ.

ލާންޗު ބަނދަރުގައި މަޑުކޮށްލުމާއެކު، އޭގެ ތެރެއިން ފޭބީ އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ ޒާވިލްއެވެ. ޒާވިލްގެ ހަށިގަނޑުގެ ވަރުގަދަކަމާއި، ހިނގުމުގައި ހުރި ސާބިތުކަމުން އޭނާގެ ޝަހުސިއްޔަތުގެ ވަރުގަދަކަން ހާމަވެއެވެ. އޭނާ ލައިގެން ހުރި އަގުބޮޑު ފޭރާމާއި، އަތުގައި އޮތް ޒަމާނީ ގަޑީގެ އިތުރުން އަވި އައިނުން ސިފަކޮށްދެނީ އޭނާގެ މުއްސަނދިކަމާއި ތަނަވަސްކަމެވެ. ޒާވިލްއަކީ އަމިއްލަ އެއާލައިނެއްގެ ވެރިއެއްގެ އިތުރުން، އެތައް ހާސް ގަޑިއިރެއްގެ އުދުހުން ފުރިހަމަކޮށްފައިވާ ކުޅަދާނަ ޕައިލެޓެއްވެސް މެއެވެ.

ގޭގެ ގޯތިތެރޭގައި ދަމާފައިވާ ބޭރު ރޯނުގައި، ދޮވެފައި ހުރި ތެތް އެއްޗެހި ހިއްކަން އަޅަމުން ދިޔަ ޒާލާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމަށްވުރެ ބޮޑަށް އިންތިޒާރުގެ އަސަރުތަކެވެ. ތެތް ފޭރާމުން ފޭބި ފެންތިކިތައް ބިމަށް ޖަހަމުން ދިޔައިރު، އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މާޒީގެ ހަނދާންތަކެވެ. އަދިވެސް އަކްނާންގެ ބޭވަފާތެރިކަމުން އަރައިގަތުމައް އޭނާ ވަނީ ނުކުޅެދިފައެވެ. ކުއްލިއަކަށް ގޭ ދޮރާށި ހުޅުވުމުން އޭނާގެ ނަޒަރު ދޮރާއި ދިމާލަށް ހުއްޓުނެވެ.

“ބައްޕާ…” ޒާލާގެ ދުލުން މަޑުމަޑުން ބޭރުވީ ކުލުުުނުން ފުރިގެންވީ ލަފްޒެކެވެ. އެ ފެންނަނީ ހުވަފެނެއް ނޫންކަން ޔަގީންވުމާއެކު، ޒާލާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އުފަލުން ގޮސް ހިތް ހުއްޓުނު ކަހަލައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު، އެންމެ ފަހުން އޭނާގެ ބައްޕަ ފެނުނީއެވެ.

ޒާވިލްއަށް ޒާލާ ފެނުމާއެކު، އޭނާގެ މޫނުމަތިން ފެނުނު ހަރުކަށިކަން ފިލައިގޮސް، ބަދަލުގައި އޯގާތެރި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ދެއަތް ދިއްކޮށްލީ އޭނާގެ ލޯބިވާ ދަރިފުޅަށް މަރުހަބާ ކިޔުމަށެވެ. ޒާލާ އައި ބާރު މިނުގައި އައިސް ޒާވިލްގެ ގައިގައި އޮޅުލައިގަތެވެ. އެ ބާރު ބައްދާލުމާއެކު، ޒާލާއަށް ބޮޑު އަޑުން ރޮއެގަނެވުނެވެ. އެއީ އެތައް ދުވަހެއްގެ މެދުކެނޑުމަކަށްފަހު ލިބުނު ހިތްހަމަޖެހުމުގެ ކަރުނައެވެ. ޒާވިލްގެ އަގުބޮޑު ގަމީހުގައި ޒާލާގެ މޫނު ފޮރުވާލައިގެން ހުރިއިރު، ޒާވިލް އޯގާތެރިކަމާއެކު ދަރިފުޅުގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

“ދަރިފުޅާ…” ޒާވިލްގެ އަޑުގައި ހުރީ ބައްޕައެއްގެ ފުރިހަމަ ލޯތްބެވެ. އެ ވަގުތު ޒާލާއަށް އިހުސާސް ކުރެވުނީ އޭނާގެ ދުނިޔޭގެ ހުރިހާ ބިރެއް ފިލައިގޮސް، ރައްކާތެރި އައްސޭރިއަކަށް ދެވުނު ކަމެވެ. ދުނިޔެމަތީގެ އެންމެ މުއްސަނދި މީހާގެ ދަރިއަކަށް ވުމަށްވުރެ، އެ އޯގާތެރި ބައްޕަގެ އަތުގެ ތެރޭގައި ހުރި ވަގުތު އޭނާއަށް މާ އަގުބޮޑުވިއެވެ.

“ކޮބާތަ ކޮއްކޮއާއި މަންމަ؟” އިރުކޮޅަކު ބައްދާލައިގެން ހުރެފައި ޒާވިލް އެހިއެވެ.

“ކޮއްކޮ ފެންވަރަން ދިޔައީ. މަންމަ އެބަ އުޅޭ ބަދިގޭގަ. ހިނގާބަލަ. ވަރަށް އުފާވާނެ” އުފަލުން ފުރިފައިވާ ހާލުގައި ޒާލާ ބުންޏެވެ. އެއްއަތުން އަތްފުނަ އަޅާލަމުން ޒާވިލް ގެއަށް ވަނީ ދުވަސްތަކަކައް ފަހު ލޯބިވާ އަނބިމީހާ ދުށުމައް ތައްޔާރު ވެލަމުންނެވެ.

ގޭގެ ބަދިގެތެރޭގައި ނައުރީން އުޅެމުންދިޔައީ އާއިލާއަށް މީރު ސައެއް ތައްޔާރުކުރުމުގެ މަސައްކަތުގައެވެ. އޭނާ އުނދުުންމަތީގައި ހުރި ތަވާއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ، ކުއްލިއަކަށް ފަހަތުން މީހަކު އައިސް އޭނާގެ އުނަގަނޑުގައި ދެއަތުން ވަށާލާ، ކޮނޑުމަތީގައި ބޯ އަޅާލިއެވެ. އެއީ ޒާވިލްކަން ނައުރީންއަށް އެނގުނީ އެއްވެސް ޝައްކެއް ނެތް މިންވަރަށެވެ. އެއީ އެތައް އަހަރެއްގެ ގުޅުމެއްގެ ތެރެއިން އުފެދިފައިވާ ދަންނަ، ގާތް އިހުސާސެކެވެ. ދުވަސްތައް ފާއިތުވެ، އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް، އެ ދެމަފިރިންގެ ދެމެދުގައިވާ ލޯތްބަކަށް ފަނޑުކަމެއް ނާދެއެވެ. ނައުރީންގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މަޑުމަޑުން ޒާވިލްގެ އަތުގައި ފިރުމާލަމުން، އިސްޖަހާލީ ފުރާވަރުގެ ކުއްޖަކު ފަދައިންނެވެ. ޒާވިލްގެ އެ އޯގާތެރި ބައްދާލުމުން ބުނެދެނީ، އޭނާ ކިތަންމެ އުސްމިނެއްގައި އުދުުުުުުުުުުުުުހުނަސް، އޭނާގެ ހަގީގީ އުފަލާއި ހިތްހަމަޖެހުން އޮތީ ނައުރީންގެ އަރިހުގައި ކަމެވެ. އެއީ ކައިވެނީގެ ބަދަހި ގުޅުމާއި، އެކަކު އަނެކަކަށް އޮންނަ އިހުތިރާމާއި ލޯބި ރަމްޒުކޮށްދޭ ހިތްގައިމު ވަގުތުކޮޅެކެވެ.

“އަޅެ ޒާވިލް މޮޅެއްނުން. ބުނެވެސް ނުލާ އަންނަ ވާހަކައެއް” ޒާވިލްގެ މޭގައި ކުޑަކޮށް ޖަހާލަމުން ނައުރީން ޝަކުވާ ކޮށްލިއެވެ.

“އަނހާ. ނައު ތިހާ އުފަލެއް ނުވީހެއްނުން ބުނެފަ އައިނަމަ. ހާދަ ހަނދުމަވިޔޭ ލޯބީ” ނައުރީންގެ ނިތުގައި ނިއް ޖައްސާލަމުން ޒާވިލް ބުނެލީ ލޯބިން ފުރިގެންވާ ރާގެއްގައެވެ. ލޯބިވާ މަންމައާއި ބައްޕަގެ އެ ލޯބި މަންޒަރު ބަލަން ހެވިފައި ޒާލާ ހުއްޓެވެ. ހަގީގީ ލޯތްބަކީ އެއީއެވެ. އޭނާގެ ދުޢާއަކީ އެފަދަ ލޯތްބެއް އޭނާއަށް ވެސް ލިބުމެވެ.

އެވަގުތު ބަދިގެއަށް ވައިން ޒަވުލްއަށް ޒާވިލް ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. “ބައްޕާ؟؟؟” ޒަވުލްގެ އަޑަށް ނައުރީން ގާތުން ޒާވިލް ދުރުވެލިއެވެ. ހިނިތުންވެލަމުން އޭނާ ގޮސް ލޯބިވާ ފިރިހެން ދަރިފުޅުގެ ހަށިގަނޑުގައި ބައްދާލިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި މުޅި އާއިލާ ސައިބޯން މޭޒުދޮށަށް އެއްވިއެވެ. މޭޒުގެ މެދުގައި ހުރި ހޫނު ސައިގެ ވަހާއި، ތަފާތު ބާވަތްތަކުގެ ކާތަކެތިން މުޅި ތަން ވަނީ މީރުވަސް ހިފާފައެވެ. ނައުރީން ލޯތްބާއެކު އެންމެންގެ ތަށިތަކަށް ސައި އަޅައިދެމުން، ދޭތެރެއަކުން ޒާވިލްގެ ލޮލަށް ބަލާލާ ހިނިތުންވެލައެވެ. އެ މޭޒުމަތީގައި ދެކެވޭ ވާހަކަތަކާއި، އެކަކު އަނެކަކަށް ކުރާ ސަމާސާތަކުން މުޅި ގޭތެރޭގައި އޮތީ އުފާވެރިކަމުގެ ރޫހެކެވެ.

(ނުނިމޭ)

ފަންސާސްނުވަނަބައިގެ ތެރެއިން:

“އަނބި ގަބޫލު ކޮށްފިން…” އުފަލުގެ ކަރުނައިން ފުރިފައިއިން އޭނާގެ ލޯބިވާ އަނބިމީހާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (11)

  1. Your fav bab

    Descriptions on another level gurrl🔥
    Awwn alhe zaavil and naureen! zaavil kahala firin vrh madhu vaane and naureen is so lucky!
    Hope zaala ah vx ekhl luck eh libeyne kmh🍀
    Btw who got married? Curiosity left earth!!
    Waiting for next!
    Ly💗

    1. shihaamaa ali
      Your fav bab

      Awwhhh🥹🥹🥹 worked on it for hours😭🤌🏻 jazaakallah khairan Your fav bab 🩶🫶🏻
      Dhwww..🥹 in sha allah zaalaa will find a good husband in the end.. lets seee dhw there’s still a lottttt to happen in the story..
      Letssss seeee🫢 in sha allah next ep ga ingeyne kaaku kan marry kury..
      In sha allah next maadhan nun aneh dhuhun
      Likewise 🫰🏻

  2. Sheex

    AWWW HAADHA CUTE EY DHW LASH AR DHAAI
    Alhey family furihama veedhww
    WHATTTTTTT kaaku kaakaa marry kuree?
    BTW mi part v reethi MA
    CW4THENEXTP
    TC

    1. shihaamaa ali
      Sheex

      Yess their family is complete🥹🥹🥹
      Letssss seee next epga ingeyne kaakukan marry kurii🤭
      In sha allah next ep maadhan nun anehh dhuhun
      Likewise 🫰🏻

  3. Shafsha

    Waittt????
    Elaa n konme vx mybey marry kury dhww😭😭

    1. Anonymous
      Shafsha

      Yea! Masheh vx heevany

    2. shihaamaa ali
      Shafsha

      Heeheee let’s see dhw @Shafsha and @Anonymous🩶🫶🏻

  4. Meek

    MaashaAllah ❤️‍🔥
    Vrh reethi mi part vx… Wonderfull

    1. shihaamaa ali
      Meek

      Jazaakallah khairan Meek🩶🫶🏻

  5. Lulu

    Heyy. Wow this is breathtaking.
    Oh God vrh salhi.
    Who just got married?????
    Tc
    …

    1. shihaamaa ali
      Lulu

      jazaakallah khairan Lulu 🩶🫶🏻
      in sha allah next epga ingeyne kaakukan marry kuree.. in sha allah next maadhamaa..
      likewise 🫰🏻

Comments are closed.