Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވަފާތެރިމަވީމޭ 2 (7)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 22, 2026 3 Mins Read
12 Comments

“ކޮބާ. އަޑު އިވިއްޖެ؟ މިއީ ކަލޭ ކަންތަކޭ!” ތުވާލި ހިފައިގެން ފެންވަރަން ފާހާނާއާއި ދިމާލަށް ދަމުން ނިކްޔާން ބުނެލިއެވެ. އޭނާގެ ރާގު ހުރި ގޮތުން ވެސް އެހުރީ ވަރަށް ހިތްހަމަ ނުޖެހިފައިކަން ދޭހަވެޔެވެ.

(7 ވަނަ ބައި)

ފާހާނާ ދޮރު ހުޅުވާލާފައި އަނެއްކާވެސް ނިކްޔާން އެނބުރުނެވެ. “ދެން ތި ތަނުން ތެދުވަން އުޅޭ. ޒަކޫ އަންނަ އިރުވެސް ތިހެންތަ އޮންނާނީ؟” ކަޅި އަޅާލަމުން ނިކްޔާން ބުނެލިއެވެ. ހީނލަމުން ޒުކާ އެނދުން ތެދުވިއެވެ. އޭނާ ގާތައް ޒުކާ އައިސްދާނެތީވެ، ނިކްޔާން އަވަހަށް ފާހާނާއަށް ވަދެ ދޮރު ތަޅުލިއެވެ.

އިސްކޯލު ކައިރިއަށް ދިޔަ ނިހާލްއަށް ބޭރުގައި ހުރި އާންޓީ ކައިރީ ތުންކޮޅު އޫކޮށްލައިގެން ހުރި ޒާކު ފެނުނެވެ. އާންޓީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ނިހާލް ޒާކު އުރާލިއެވެ. “ކާފައަށްވެސް މާމާއަށްވެސް މަންމިއަށްވެސް ބައްޕިއަށްވެސް ޒަކޫ ރުޅި” ހަރަމް ބަނދެލަމުން ޒާކު ޝަކުވާ ކޮށްލިއެވެ.

“އަޅޭ ކާފަގެ ފުއްގަނޑު. ސޮރީއޭ. މިއަދު ހަމަ ބިޒީވީ ހުރިހާ ކުދިންވެސް…” ނިހާލްއަށް ބުނެވުނީ އެހެންނެވެ. ބުނާނީވެސް އެނޫން ކޯއްޗެކޭ ހެއްޔެވެ؟

ޔަލާ ފަހަތުން ޔޫއާ ކޮޓަރިއަށް ވައިން އިރު އެކުއްޖާ އަޑުން އަޑު ނަގާ ރޮމުން ދިޔައެވެ. ބަނޑުން އޮށޯވެ އޮތް އިރު އެ ވޭނީ ރުއިމުގެ އަޑު އިވި ޔޫއާގެ ހިތް ފިސްފިސް ވެގެން ދިޔައެވެ. “ޔަލޫ؟…”

ޔަލާ ގާތުގައި އިށީންނަމުން އެކުއްޖާ ނަގާ އޭނާގެ އުނގުގައި ބާއްވާލިއެވެ. “ޔަލޫ؟ ކިހިނެތްތަވީ؟ ބުނެބަ. ކުލާސް ކުދިން އެއްޗެއް ބުނީތަ؟” އޭރު ޔޫއާވެސް އިނީ ރޮވޭ ނުރޮވޭ ހާލުގައެވެ.

“ކުލާސް ކުދިން ޔަލޫއަށް މަލާމަތް ކުރަނީ… ބުނީ… ޔަލޫ މިއީ ބޭކާރު ކުއްޖެކޭ.. ރިހާން ބުނީ… ރިހާންއަށް މިހާރު ކޮއްކޮއެއް ލިބޭށޯ އެ އުޅެނީ.. ޔަލޫއަކަށް ދުވަހަކުވެސް ކޮއްކޮއެއްވެސް ނުލިބޭނޭ. މީ ބޭކާރު ކުއްޖެކޭ… މަންމީ… ކޮބާތަ ޔަލޫގެ ބައްޕި…؟ ޔަލޫވެސް ބޭނުމޭ ބައްޕިއެއް…” ރޮމުން ރޮމުން ޔަލާ ޝަކުވާ ކުރިއެވެ.

އެވާހަކަތައް އިވި ޔޫއާގެ ހިތް މަރުވިއެވެ. މުޅި އުމުރުގައިވެސް ޔަލާ ބައްޕަގެ ވާހަކަ ދެއްކި އެއީ ފުރަތަމަ ފަހަރެވެ. އޭނާ ހީކުރީ މަޔަކާއި ބަފައެއްގެ ލޯބިވެސް ޔަލާއަށް ދެވޭ ކަމަށެވެ. އެހެން ވިޔަސް މިއަދު ބައްޕައެއްގެ ލޯބި ބޮޑު ވަމުން އަންނަ ކުއްޖަކަށް ބޭނުންވާނޭ ވަރާއި މެދު ވިސްނާލެވުނެވެ. ފުރަތަމަ ފަހަރަށެވެ.

“ދަރިފުޅުގެ ބައްޕިއާއި މަންމި މިތިބީ ވަރިވެގެންނޭ… އެހެންވެ ބައްޕި ނުފެންނަނީ…” މަޑުމަޑުން ޔޫއާ ބުނެލިއެވެ.

“އެކަމަކު އެހެން ވިޔަސް ޔަލޫއާއި ބައްޕިއާއި އެކީގަ އުޅެވޭނެއްނުން. މަންމި ހާދަ ގޯހޭ” ޔޫއާގެ މޭގައި ޖަހަމުން ޔަލާ ބުންޏެވެ.

“ސޮ… ސޮރީ… ސޮރީ ދޫނީ… ޕްރޮމިސް… މިއަދު ދަރިފުޅާ ދަރިފުޅުގެ ބައްޕިއާއި ދިމާ ކުރުވާނަން…” ދެލޯ ފުހެލަމުން ޔޫއާ އެހެން ބުނެލުމާއި އެކު ޔަލާގެ ދެލޯ ވިދާލިއެވެ.

“ތި ކުރީ ޕްރޮމިސް އިނގޭ؟” ޝަހާދަތް އިނގިލި ދައްކާލަމުން ޔަލާ ބުނެލިއެވެ. ޔޫއާ ބޯ ޖަހައިލިއެވެ.

ޔަލާ ފެންވަރުވާލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. ކާން ދާން ބުނުމުންވެސް ޖަވާބަކަށް ބުނީ “ކާނީ ބައްޕިއާއި އެކުގައި” އެވެ. އެނދުގައި އެހެން އޮއްވާ މާ ގިނަ އިރެއް ނުވަނިސް ޔަލާއަށް ނިދުނެވެ.

ނިދިފައި އޮތް ޔަލާގެ މޫނަށް ބަލަން ޔޫއާ 10 ވަރަކަށް މިނިޓް އޮތެވެ. ޔަލާގެ ސޫރަ ހީވަނީ ޔޫއާގެ ސިފަ ނަކަލު ކޮށްފައިވާ ހެންނެވެ. އެހެން ވިޔަސް ޔަލާގެ ހުރީ ނިކްޔާންގެ އިސްތަށިގަނޑެވެ. ހަމަ އެއްވެސް ތަފާތެއް ނެތެވެ. އުޅުންވެސް ބޮޑަށް ހުންނަނީ އެހެންނެވެ. ހަމަ ނިކްޔާންގެ ސަކަ މިޒާޖެވެ. ޔަލާގެ އެ މިޒާޖުން ނިކްޔާން މަތިން އޭނާ އިންތިހާއަށް ހަނދުމަވެޔެވެ. އެހެން ވިޔަސް ނިކްޔާން އޭނާއަށްވީ ބޭވަފާތެރިކަން ހިތައް އަރާ އަމިއްލަ ނަފުސަށް މަލާމަތް ކުރެވެޔެވެ. ސުކޫލު ދަށުން ޒާކު ފެނުމުންވެސް ޔޫއާގެ ހިތް ފިތޭ ކަހަލަ އިހުސާސެއް ކުރެވެޔެވެ. ޒާކު އާއި ނިކްޔާން ހީވަނީ ހަމަ އެކަކު ހެންނެވެ. އެހާ ކުޑަ އިރުވެސް ބައްޕަގެ ސިފަ އެވަނީ ނަކަލު ކޮށްލާފައެވެ. ބޮޑު ވުމުން އަދި ކިހާ ވައްތަރު ވާނޭ ހެއްޔެވެ؟

ނޭފަތް ދަމާލަމުން ޔޫއާ ތެދުވެ އިށީނެވެ. އިރުކޮޅަކު ފޯނު ހިފައިގެން އިނދެފައި އޭނާ ގުޅާލީ ފައިޒަންއަށެވެ. 2 ވަނަ ރިންގުގައި އޭނާ ފޯނު ނެގިއެވެ. “ހަލޯ؟ ކޮބާ ކިހިނެތް އިނީ ދެން؟” ފައިޒަން ދައްކަމުން ދިޔައީ އައިސް ކުރީމް ބޯން ދާ ވާހަކައެވެ.

“އަހަ… އަހަރެން ވަރަށް ބޮޑު ކަމަކު ކިޔަން ބޭނުން…” ކުރަކިވެފައިވީ އަޑުން ޔޫއާ ބުނެލިއެވެ.

“އަނހާ… އަވަހަށް ބުނޭ. ޔޫއީ ނުޖެހޭނެ ދޯ އަހަރެން ގާތު ހުއްދަ ހޯދާކަށްވެސް. ޔޫއީ ބޭނުން ހުރިހާ ކަމެއް ކޮށްދޭން އަހަރެން މިހުރީ ހަމަ ތައްޔާރަށް” ޔަގީން ކަމާއި އެކު ފައިޒަން ބުނެލިއެވެ.

ފައިޒަން އެހެން ބުނުމުން މިއަދު ހިނގާ ދިޔަ ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ކިޔާދިނެވެ. އެވާހަކަތައް ކިޔާދީ ނިމުން އިރު ޔޫއާއަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. ޔޫއާ ވާހަކަ ދައްކާ ނިމެންދެން ފައިޒަން މަޑުން އިނެވެ. އޭނާ ބޭނުން ހުރިހާ ވާހަކައެއް އަޑު އަހަން އިން ފަދައެވެ.

“ދެން… ޔޫއީ ތި ވިސްނަނީ… ނިކްޔާންއާއި ޔަލޫ ބައްދަލު ކުރުވަންތަ…؟” ޔަގީން ކޮށްލުމުގެ ގޮތުން ފައިޒަން އެހިއެވެ.

“ނޫން… އެހެންނެއް ނޫން…”

“ދެން…؟”

“ފައި… ފައިއާއި މިއަދު ބައްދަލު ކުރާ އިރުން… އަހަރެން ބުނަންތަ ތިއީއޭ… ޔަލޫގެ ބައްޕިއަކީ…؟” ޔޫއާ އެހެން އެދުމުން އަނެއްކޮޅުން އިވުނީ ފައިޒަން ދޫކޮށްލި ފިނި ނޭވާގެ އަޑެވެ.

“އަހަރެން ޔޫއީއަށް ތިކަން ކޮށްދީފާނަން. އެކަމަކު.. ތިއީ ދާއިމީ ހައްލެއްތަ..؟” ފައިޒަން އޭނާގެ ބޮލަށް އައި ސުވާލު ކޮށްލިއެވެ.

“އަހަރެން ބޭނުމެއް ނޫން އެ ނިކްޔާން މަގޭ ދަރިފުޅާ ވައިވެސް އެޅޭކައް. އޭނަ އަށް ޒުކާއާއި ޒާކު ވެސް އެހުރީނުން؟ އަހަރެން ޔަލޫ ކައިރީގަ ބުނިން ޔަލޫގެ ބައްޕިއާއި މަށާ މިތިބީ ވަރިވެގެންނޭ. އެހެންވީމަ… ފައި ބުނިން ދޯ…؟ ކޮންމެ ކަމެއްވެސް ކޮށްދޭނަމޭ…” ޝަކުވާ ކޮށްލާފަދައިން ޔޫއާ ބުނެލިއެވެ.

(ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:

“ޔަލޫ… އެއީ ޔަލޫގެ ބައްޕި…” އިނގިލި ދިއްކޮށްލަމުން ޔޫއާ އެހެން ބުނެލިއެވެ. ލޯ މަރާލައިގެން ހުރި ޔަލާ ދެލޯ ހުޅުވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތަޤުދީރު – 1

Next

ޖަވާހިރުގެ ބާރު 2 – 9

Next
May 22, 2026

ޖަވާހިރުގެ ބާރު 2 – 9

Previews
May 22, 2026

ތަޤުދީރު – 1

12 Comments!

  1. Exxo says:
    May 22, 2026 at 6:14 pm

    Love it.

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 8:05 pm

      Jazaakallah khairan Exxo 🩶🫶🏻

  2. xxx says:
    May 22, 2026 at 6:19 pm

    When next ?????
    BTW tc…..

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 8:05 pm

      Jazaakallah khairan xxx 🩶🫶🏻
      In sha allah next maadhan noon aneh dhuhu

  3. Anonymous says:
    May 22, 2026 at 6:25 pm

    Alheyyy Zika e ulhenee DNA test report vx olhuvaalaigen kanneyge..
    Yalaa ah ehn hadhan heyo nuvaane dhw…
    Plzzzzz knmx dhuvahakun yooaa and Nicky aan gulhuvahcheyy….
    Sad ending eh nugennahcheyy…..

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 8:07 pm

      Wellll.. i mean Zuka might do that dhww.. but Zaak looks smm like Nikyaan eyy dhww..
      Hehe let’s see dhw what happens🩶🫶🏻

  4. Gurrllyyy says:
    May 22, 2026 at 7:31 pm

    wht the hellllll. Reallyyyyyyy?????
    Y???
    Yooaa keevve ekahala koosani Kamehameha kuran hithu lee . Kon dhuvahakun baa Yoo n Nikyaan gulheyni.
    BTW how old r u ????
    Plus where r u from ????
    Anywayz. Ly. Tc gurrll

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 8:10 pm

      Heeeheeee.. neynge dhw dhenn.. one say obviously Yalaa will know the truth dhw.. dhn lets see there is a loottt to happen in the stry still.. adhi mi feshuniinun hehe..
      Aahh i do not want to reveal any of my personal information here on the site.. feels too public for me.. dhn age dhw.. i’m somewhere between 18-20 hehe🫣 so definitely a adult..
      Likewise dear.. 🩶🫶🏻

  5. Your fav bab Your fav bab says:
    May 22, 2026 at 7:47 pm

    What the??
    Why would yoo wanna do that? Kk beyvafaatherivun get vey! Ekm e kujja fulhu ge dad olhuvaalun.. Nah nah! Vrh kada ingey!
    Nikyaan also deserves a chance dhw he’s really sorry n he means it ekm keeh kuraanee😭
    Anyways you slayed this part diva💅
    Lysm n TC💗

    1. shihaamaa ali shihaamaa ali says:
      May 22, 2026 at 8:11 pm

      I guess she was stuckkkk😭😭well Yooaa aslu varah boa vess haru dhw🤌🏻
      Yeaahhh dhww.. lets see dhww dhen what happens..
      Jazaakallah khairan Your fav bab.. likewise🩶🫶🏻

  6. ❤️❤️❤️ says:
    May 23, 2026 at 11:07 am

    Great.

    1. shihaamaa ali shihaamaa ali says:
      May 23, 2026 at 11:51 am

      Jazaakallah khairan 🩶🫶🏻

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (6)←


All Right Reserved!