ލުބައިނާގެ ކޮނަމެ ހަރަކާތެއް ބަލަން ޒެވިއާރް ހުއްޓެވެ. ދުރައް ކޮއްޕާލީ ނަމަވެސް ލުބައިނާ އެކަނި މަގު ތަކުގެ ތެރެއަށް ދޫކޮއްލާކައް އޭނާއަކަށް ނުކެރުނެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ އާކިންއެވެެ. ބިޒީ ކޮއްލުމުންވެސް އަލުން އޭނާ ގުޅުމުން ބޮޑު ކަމެއްވީކަން ޒެވިއާރްއަށް އެނގުނެވެ. އެހެންކަމުން އެއްކައިރިއަށް ޖެހި ފޯނު ނެގިއެވެ. ކަނޑުމައްޗައް ނަޒަރު ހުއްޓާލައިގެން އިން ލުބައިނާގެ ސިކުނޑިވަނީ ސުމަކައް ދާން ގާތް ވެފައެވެ. ފުން ނޭވާއެއް ދޫކޮއްލާފައި ލުބައިނާ އަތުގައި އޮތް ގަޑިއަށް […]
“ހިނގާދޯ ދެން ދަމާ؟ އުނަގަނޑައް ވަރަށް އުނދަގޫވޭ އެބަ” ވަރަށް އުނދަގޫވެފައި އިނދެ އަލަކާ ބުނެލިއެވެ. “އެހެންތަ؟ އެހެންވިއްޔާ ހިނގާ. އެހެން ދުވާކުން ދޯ ދެން ސަންސެޓް ބަލާނީ؟” ލުބާން ބުނެލިއެވެ. 3 ކުދިން ތެދުވީ ގެއަށް ހިނގައި ގަތުމަށެވެ. ނަމަވެސް ތެދުވިހެން ހިޔެއްނުވެ ދެން ފެނުނީ ލުބައިނާ ހޭނެތިގެން ބިންމައްޗައް ވެއްޓުނު ތަނެވެ. “ދޮންތީ!!!!” ލުބާންގެ ހަޅޭކުގެ އަޑާއި އެކު ދުރުގައި ތިބި މީހުންވެސް އެދިމާލައް އަންނަންފެށިއެވެ. “އަލޫ އަވަހައް އެންބިއުލާންސްއަށް ގުޅާބަ.” ލުބާން ހާސްވެފައި […]
“ވެލް ވެލް ވެލް!” އަތް ޖަހަމުން ގޮސް އަލަކާ ކުރިމަތީގައި ހުއްޓި އަލަކާ ބަނޑުގައި ފިރުމާލިއެވެ. އަދި މެޔާ ދިމާލުގައި އިން ވާގަނޑުގައި ހިފާދަމައިގަތެވެ. “ކީއްކުރަންތަ މާ ހެޔޮވަރު ހެދުންގަނޑެއް ލައިގެން ތިހުރީ؟ ހަހަ ތިބަނޑު އެންމެނައް ދައްކަންތަ؟ ކަލޭ ހަނދާނެތުނީތަ؟ ކަލޭ ބަނޑުގަ ތިއޮތީ ނަހަލާލު އެއްޗެކޭ!” އަހުމަދު ބުނެލިއެވެ. އަހުމަދުގެ އެޖުމްލައާއި އެކު އަލަކާގާތައް އަރައިގަތީ އަމަށަކު ރުޅިއެއް ނޫނެވެ. ފުރަތަމަ ފަހަރައް ކެރިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އަތުގައި ހުރިބާރެއްލާފައި އަހުމަދު […]
“އިޒް.. އިޒް އިޓް އޯކޭ އިފް އައި ކިސް ޔޫ؟” ނުކެރިފައި އިން ކަހަލަ ގޮތަކައް އާކިންއެއްސެވެ. ވަގުތުން ނިމްރާގެ ހިތްތެޅިގަތެވެ. ނޫނެކޭ ބުނާކައް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އޭނާއަކީ އާކިންގެ ހަލާލު އަނބިމީހާއެވެ. އާކިންގެ އެދުންތައް ފުއްދައި ދިނުމަކީ ނިމްރާގެ ވާޖިބެކެވެ. ނަމަވެސް އާއެކޭ ބުނާކައް އޭނާ ބޭނުމެއް ނުވިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އިނގިލިތަކާ ކުޅިލަކުޅިލާ ނިމްރާ އިނެވެ. އާކިންއަށް އެކަން ސިފަވީ ނިމްރާ ލަދުގަތީ ގޮތުގައެވެ. އެހެން ކަމުން އާކިން ހީލާފައި […]
ލަސް ހިނގުމުގައި ލުބާން ގޮސް އަލަކާ ގާތުގައި އިށީނެވެ. “ބް…ބާން….” އަލަކާއަށް އަނެއްކާވެސް ބާރައް ރޮއެގަނެވުނެވެ. މަންޒަރު ބަލަން ހުރި ލުބައިނާގެ އިތުރުން ލައިނާއަށްވެސް އެމަންޒަރު ފެނި ރޮވުނެވެ. ދެންފެނުނީ ކަނޑާ ވައްޓާލި ރުކެއްހެން ހޭނެތިގެން އަލަކާ ލުބާންގެ އަތްމައްޗައް ދެމުނު ތަނެވެ. މިހުރިހާ މަންޒަރެއް ބަލަން ހުރި އައިޝާގެ ގާތިލްގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އެއީ ހަމަ އިންސާނެއްބާއެވެ؟ “ޕޭޝަންޓުގެ ހާލު ވަރަށް ދަށް. ވަރަށް ކަންކަމައް ވިސްނުމުގެ އިތުރުން ރަނގަޅައް ނުކާ ކަންވެސް ފާހަގަ […]
އިސްޖަހާލަމުން އަލަކާ ބަނޑާ ދިމާލައް ބަލައިލިއެވެ. އެވަގުތު އަލަކާގެ ބަނޑުގައިވީ ކުޑަދަރިފުޅުގެ ހިލަމެއް އަނެއްކާވެސް ވެލިއެވެ. އަލަކާގެ ދެލޮލުގައި ކަރުނަ ވިދާލިއެވެ. ނަމަވެސް މިފަހަރުއެއީ އުފާވެރިކަމުގެ ކަރުނައެވެ. މަންމަގެ ވޭން ދަރިފުޅައް އިހުސާސްވީތާއެވެ. އަލަކާ އަވަސްވެގަތީ އެމަންޒަރު ވީޑިއޯ ކުރުމަށެވެ. ލައިގެން އިން ޓީޝާޓު މަތިންވެސް އެކުއްޖާ ތޮޅެމުން ދިޔަ މަންޒަރު ދިޔައީ ވަރަށް ރީއްޗައް ފެންނަމުންނެވެ. ތަފާތު ގޮތް ގޮތައް ވީޑިއޯ ނަގާފައި ލުބާންއަށް އަލަކާ ފޮނުވިއެވެ. ކުރެވުނު އައު އިހުސާސްއާއި އެކު އަލަކާ ކޮޓަރިން […]
“ބުނަންވީތަ؟ އެވާހަކަ އަހާނެހާ ހިތްވަރު ނިމްގެ ހުންނާނެތަ؟” ކަޔާން އެއްސެވެ. ނިމްރާ ހިންދިރުވާލާފައި ބޯޖަހާލިއެވެ. އެވަގުތު ކަޔާން ކޮއްލިކަމަކުން ނިމްރާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. “ކަޔާން މޮޔަވީތަ؟” ކަޔާން މޭގައި އަޅާ ކޮއްޕާލަމުން ނިމްރާ އެހީ ރުޅިވެރި ކަމާއި އެކުއެވެ. ނަމަވެސް ރައްދުގައި ކަޔާން ހަމަ އެކަނި ހީލީއެވެ. “ކަޔާންއަށް މަޖާތަވީ؟ ވައި ދި ހެލް ޑިޑް ޔޫ ކިސް މީ؟ އައިމް އޮންލީ އަވާރްސް އަވޭ ފްރޮމް މައި ވެޑިންގ ހައު ޑެއަރ […]
ދިރިއުޅުމަކީ ކޮބާހެއްޔެވެ؟ ދިރިއުޅުމުގެ މަގްސަދަކީ ކޮބާ ހެއްޔެވެ؟ ދުވާލަކު 24 ގަޑި އިރު އިނދެއެވެ. 1440 މިނިޓްއާއި 86400 ސިކުންތު އިނދެއެވެ. އެވަގުތު ތަކުގައި މިކަމާ ވިސްނާ ފިކުރު ކުރަނީ އަހަރުމެންގެ ތެރެއިން ކިތަށް މީހުން ބާއެވެ؟ އަހަރެމެންނަށް މިއީ ވަގުތީ އާލަމެއްކަން އެނގެއެވެ. ނަމަވެސް އެކަން ހަނދާން ނައްތާލެވި ދުނިޔެވީ ހަޔާތަށް ހެއްލި ދަނީ ކިހާ ފަސޭހައިން ހެއްޔެވެ؟ އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. އުމުރުން 23 އަހަރެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން މިފެށުނީ އަދިއެވެ. ފަތިހުގެ […]
އަލަކާގެ ދެލޮލުގައި ކަރުނަ ވިދަން ފެށިއެވެ. މަޔަކަށް ވާން އުޅޭ ޙަބަރަކީ ކިހާ އުފާވެރި ޙަބަރެއް ހެއްޔެވެ؟ ނަމަވެސް އަލަކާއަށް ކަންމިވީ ދިމާ އިދިކޮޅަށެވެ. މަޔަކަށް ވުމުގެ ޙަބަރު ވެގެން މިދިޔައީ އަލަކާގެ ޙަޔާތް އެފުއް މިފުށަށް ޖެހުނު ޙަބަރަކަށެވެ. “އައްސަލާމު އަލައިކުމް..” ޙިޔާލުތަކުން ގަރަގު ވަމުން ދިޔަ އަލަކާއަށް ބޭރުން އިވުނު ސަލާމްގެ އަޑާއި އެކު ދިޔައީ ސިއްސައިގެންނެވެ. “ވާލައިކުމް ސަލާމް” އައިޝާ ސަލާމް ބަލައިގަންނަމުން ނުކުތެވެ. ނަމަވެސް ކުރިމަތީ ހުރި އާއިލާ ފެނި ފިޔަވަޅު […]