ލުބައިނާގެ ކޮނަމެ ހަރަކާތެއް ބަލަން ޒެވިއާރް ހުއްޓެވެ. ދުރައް ކޮއްޕާލީ ނަމަވެސް ލުބައިނާ އެކަނި މަގު ތަކުގެ ތެރެއަށް ދޫކޮއްލާކައް އޭނާއަކަށް ނުކެރުނެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ އާކިންއެވެެ. ބިޒީ ކޮއްލުމުންވެސް އަލުން އޭނާ ގުޅުމުން ބޮޑު ކަމެއްވީކަން ޒެވިއާރްއަށް އެނގުނެވެ. އެހެންކަމުން އެއްކައިރިއަށް ޖެހި ފޯނު ނެގިއެވެ.
ކަނޑުމައްޗައް ނަޒަރު ހުއްޓާލައިގެން އިން ލުބައިނާގެ ސިކުނޑިވަނީ ސުމަކައް ދާން ގާތް ވެފައެވެ. ފުން ނޭވާއެއް ދޫކޮއްލާފައި ލުބައިނާ އަތުގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން 30 11 ވާން އުޅެއެވެ. އެހެންކަމުން ލުބައިނާ ވިސްނީ ދެންގެއަށް ދިޔުމަށެވެ. ނަމަވެސް ތެދުވިހެން ހީނުވަނީސް މީހަކު އަހިސް އޭނާ އަނގަމަތީގައި ފޮތިގަނޑެއް އެޅިއެވެ.
“ޒެވް ލުބާ ކޮބާ؟ އައި ޑޯންޓް ކެއާރް ވަޓް ހެޕެންސް ޒެވް ލޯކުރިމަތިން ލުބާ ދިޔަ ނުދޭތި! ޔައިލް މިރަށުން ޑިޑެކްޓް ކުރެވިއްޖެ! ނައު ހީ އިޒް އަވާރް ނަމްބަރ 1 ސަސްޕެކްޓް!” އާކިން ހާސްވެފައި ބުނެލިއެވެ. ޒެވިއާރްގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ޒެވިއާރްގެ ހިތުގައިވީ ބިރުވެރިކަން ދެގުނަވެލީ ލުބައިނާ އެތަނުގައި ނެތުމުންނެވެ.
“އާކިން.. ލުބާއެއް ނެތް. އޭނައެއް ނެތޭ. އައި ނީޑް ހެލްޕް!!” ޒެވިއާރް ހާސްވެފައި ބުނެލިއެވެ. “ނެތޭ؟” އާކިންވެސް ހާސްވިއެވެ. “ހޫމް. އޭނަ އިނީ އަތިރީގަ. އޭނަ ހުރީ އަހަރެން ދެކެ ރުޅި އަހިސްފައި. އާކިން ގުޅީމަ ދުރުގައި ބަލަން ހުރެފަ އެއްކައިރިއަށް މިޖެހިލީ. އެކަމަކު އެނބުރިއައި އިރު ލުބާއެއް ނެތް” އެހިސާބައް ބުނެވުނު އިރު ޒެވިއާރްއަށް ހުރީ ރޮވެން ގާތް ވެފައެވެ.
“ކިހިނެތްވީ؟ ބަނޑައް ތަދުވަނީތަ؟” ލައިނާގެ އިތުރުން އާދިލް އަދި ލުބާންވެސް ވަނެވެ. އަލަކާ ބޯޖަހާލިއެވެ. ލައިނާގެ ލޮލުގައި އެނދުމަތި ތެމިފައި ހުރިތަން ފެނުނެވެ. “އަވަހައް އެންބިއުލާންސްއަށް ގުޅާ!” ލައިނާ ބުންޏެވެ.
30 ވަރަކަށް މިނިޓް ފަހުން އަލަކާއޮތީ ވިއްސާ ކޮޓަރީގައެވެ. ވެއިޓިންގ އޭރިއާރ ގައި ހުރި ލުބާންގެ ދެފައި އެއްތާކު ނުޖެހެއެވެ. ދެކޮޅައް ހިނގާލަ ހިނގާލަ ހުރި އިރު ހިތްތެޅެމުން ދިޔައީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.
ގަޑިއިރެއް ހާއިރުގެ ވޭންތަހައްމަލު ކުރުމައްފަހު އަލަކާގެ ހަށިގަނޑައް ލުއިވެލިއެވެ. ހިތައްވެސްމެއެވެ. އެކުޑަކުޑަ ފުރާނަގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުން އަލަކާގެ ދެލޮލުން ވިދާލީ އުފާވެރި ކަމުގެ ކަރުނައެވެ. “މަރްހަބާ. އަންހެން ކުއްޖެއް!” ނަރުސް ކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ. ނަރުސްކުއްޖަކު ފޫޅު ކަނޑާ ހަދާފައި އެކުއްޖާ ގެންގޮސް އަލަކާގެ މޭމަތީގައި ބާއްވާލިއެވެ. މެރިފައި އޮތް ދެލޯ އެކުއްޖާ ހުޅުވާލީވެސް އެވަގުތެވެ. މަންމަގެ ހަށިގަނޑުގެ އިހްސާސް އެކުއްޖާއަށްވެސް ކުރެވުނީތާއެވެ.
ހިނދުކޮޅެއް ފަހުން ލުބާންއަށް ދަރިފުޅު ފެނުނެވެ. ދޮން ކަމުން އެކުއްޖާގެ މޫނުމައްޗައް ވަނީ ޗެރީ ކުލައަރާފައެވެ. ދެލޯ ބޮޑުކޮއްގެން ލުބާންއާއި ދިމާލައް ބަލަން އޮތް އިރު އެއީ ބައްޕަކަން އެކުއްޖާއަށްވެސް އެނގުނު ފަދައެވެ. އެކުއްޖާގެ ކުޑަ އަތްތިލައިން ލުބާންގެ ކަށިއިނގިލީގައި އިފާ ދޫނެރެލަނެރެލަ އޮތް އިރު މައުސޫމް ކަމުގެ އިންތިހާއެއް ފަދައެވެ.
ލުބައިނާއަށް ހޭވެރިކަންވީ އިރު އޭނާ އޮތީ އޭނާގެ ދިރިއުޅުން ހަލާކު ކޮއްލި އެކޮޓަރިގަނޑު ތެރޭގައެވެ. އަތާފައި ބަނދެފައި އޮތް އިރު އޮތީ ހިރިނުލެވޭވަރު ކޮއްލާފައެވެ. ލުބައިނާ ވޭނައް ރޯތަން ބަލަން ދުރުގައި އޭނާ ހުއްޓެވެ. “ހަހަހަ. ކެޓް ގޮޓް ޔުއާރ ޓަންގް؟” ހެމުން ހެމުން އޭނާ ބުނެލިއެވެ. “ޑޯންޓް ވޮރީ. މިއަދަކު އަހަރެން ލުބައިނާއަކަށް އެއްވެސް ކަމެއްނުކުރާނަން! ހަމަ އެކަނި ވާހަކައެއް ބުނެލަން ބޭނުންވަނީ” އޭނާ ލުބައިނާގެ ބަނޑުގައި ފިރުމާލިއެވެ. ލުބައިނާއަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ.
“ވަރަށް އުފާވެފަދޯ ތީނީ. އަނެއްކާވެސް ބަނޑުބޮޑުވީތާ. މިފަހަރުވެސް އޭރު ހެދިހެންތަ ހަމަ ހަދާނީ؟” ލުބައިނާއަށް ބޯހުރާލެވުނެވެ. އެވާހަކަ އަހަން އޭނާ ބޭނުން ނުވާފަދައެވެ. “ހަހަ. ކިތޭވަރައް ބޯހޫރުވިޔަސް ބުނަންތަ؟ ކަލޭއަކަށް އުފާވެރި ދިރިއުޅުމެއް ދުވަހަކުވެސް ލިބުނަކަ ނުދޭނަން. ދުވަހަކުވެސް! އަޑުއިވިއްޖެ؟” އޭނާ ބުނެލިއެވެ. ލުބައިނާ ހީކުރި ގޮތާ ޙިލާފައް އިތުރައް އެއްވެސް ކަމެއްނުކޮއް އޭނާ ލުބައިނާ ދޫކޮއްލިއެވެ. ވަގުތުން ލުބައިނާ އެތަނުން ދުއްވައިގަތެވެ.
ފަސްފަހަތް ބަލަމުން ދުވަމުން ދިޔަ ލުބައިނާ ހުރީ އަމިއްލަ މީހާގެ ނިކަމެތިކަން ހިތައް އަރާ އެކަމާއި ހިތާމަ ކުރާހާލުއެވެ. ދުވާތާ އިރުކޮޅެއް ވީފަހުން ލުބައިނާ ގޮސް މީހެއްގައިގައި ލައްވެ ބިންމައްޗައް ގުޅަވިއެވެ. ގަންނާ ކުރެއްވީ ބިރުން ލުބައިނާ މޫނުމަތީގައި އަތް އެޅިއެވެ. “ލުބާ! އިޓްސް މީއޭ. ހަމަ ޖެހޭ. ޔޫއާރ ސޭފް ނައު” ލުބައިނާގެ ކަންފަތުގައި ޖެހުނީ ޒެވިއާރްގެ ހިތް ހެޔޮ އަޑެވެ. ލުބައިނާ ޒެވިއާރްގެ ހަށިގަނޑުގައި ބައްދައިގަތެވެ. އަދި ހަމަ އެސިކުންތުގައި ހޭނެތިގެން ޒެވިއާރްގެ އަތްމައްޗައް ދެމުނެވެ.
ލުބައިނާ ނުކުމެގެން ދާތަން ބަލަން ހުރި ޒުވާނާ ހިނދުކޮޅެއް ފަހުން މޫނުގައި އިން މާސްކު ނެގިއެވެ. އަދި އަޅައިގެން ހުރި މާސްކުން އޭނާގެ މޫނު މަތީގައި ހިއްލާފައި ހުރި އޮއްދާތައް ފުހެލިއެވެ. އެވަގުތު އެތަނައް މެދުއުމުރުގެ ފިރިހެނަކުވަނެވެ. “އެހެންވެ އޭނާ ހަމަ ބަނޑުބޮޑީތާދޯ” އޭނާ ވާހަކަ ދައްކަމުން ދިޔައީ ކުރިމަތީގައި ހުރި ޔައިލްއަށެވެ.
“ޔެސް. އެކަމަކު. ބައްޕަ ކީއްވެ މިރޭ އޭނަ ކިޑްނެޕް ކުރަން ތިބުނީ؟ ހަމަ އެކަނި އެހެން ބުނަންނަމަ މެސެޖެއްވެސް ކޮއްލެވުނީހެއްނުން؟” ޔައިލް އެއްސެވެ. “ހަހަ. ކަން ކުރާނެގޮތް ރާވާނީ ބައްޕަ. ޔައިލްއަށް އެކަނި ނުވާވަރު ކަމެއް ނަމަ ބައްޕަވެސް އެހީވެދޭނަން. އެހެންވެ ބޭކާރު ސުވާލު ނުކުރޭ” އޭނާ ބުނެލިއެވެ. ޔައިލް އަދަބުވެރިކަމާއި އެކު ބޯޖަހާލިއެވެ.
ކޮޓަރި ސޯފާގައި އިން ޒެވިއާރްގެ ދެލޯ ހުއްޓިފައިވަނީ އެނދުމަތީ ދެލޯމެރިފައި އޮތް ލުބައިނާއަށެވެ. އޭނާގެ ބޮލުގައި ތަފާތު ޙިޔާލުތައް އެނބުރެމުން ދިޔައެވެ. “ލުބައިނާ ރޭޕް ކުރިމީހަކީ ޔައިލްބާއެވެ؟” އެސުވާލު އޭނާގެ ބޮލުގައި އެނބުރުނީ ކިތައް ފަހަރުކަމެއް ބުނާކައް ހުދު ޒެވިއާރް އަކައްވެސް ނޭނގުނެވެ. އެހިޔާލުތަކުން ޒެވިއާރްއަށް ނުކުމެވުނީ ފޯނެއް އައުމުންނެވެ. ގުޅަމުން ދިޔައީ އާދިލްއެވެ.
“ލުބާ ކޮބާތަ؟ އަލަކާ ވިހައިފި” އާދިލް ބުނެލިއެވެ. “އެހެންތަ؟ ކޮންކަހަލަ ކުއްޖެއް؟ ލުބާ ނިދިފަ އޮތީ” ޒެވިއާރް ބުނެލިއެވެ. “އަަންހެން ކުއްޖެއް. ލުބާ ނިދިފަ އޮވެދާނެތީވެ ދަރިފުޅައް މިގުޅީވެސް. ލުބާ ހޭލީމަ އެހެން ބުނެލަދެއްޗޭ” އާދިލް ބުނެލިއެވެ.
އަލަކާ ހީކުރި ގޮތާއި ހިލާފައް އަހުމަދު އޭނާ ގާތައް އައެވެ. އޭރު އެކުއްޖާ އޮތީވެސް އަލަކާގެ އަތުގައެވެ. “މިހާރު ދެން ތިވިހީނުން؟ ދެން އުޅޭ ގެއަށް ދާން؟” އެކުއްޖާ އުރާލުމެއްވެސް ނެތި އަހުމަދު އެއްސެވެ. އަލަކާ އިސްޖަހާލިއެވެ. “މިދުވަސްކޮޅު އިހަކައް އަލަކާ މިގޭގަ ބަހައްޓަދޭންވީނުން؟ އަދި އަލަކާއަކައް ބޭބީ ބެލުމުގެ އެއްވެސް ކަމެއް އަނެއްހެން ނުވެސް އެނގޭނެއްނުން؟” ލައިނާ ބުނެލިއެވެ. ބޯކަހާލާފައި އަހުމަދު “އޯކޭ” އޭބުނެލިއެވެ. “އެހެންވެ ބައްޕަ މިދަނީ. ވަރަށް ނިދި އަހިސްފައި މިހުރީ. މާދަމާ އަންނާނަން” އެހެން ބުނެ އަހުމަދު ނުކުމެގެން ދިޔައެވެ.
އަނގައިން މަޑު ރާގެއް ލައްވަމުން ދިޔަ އަހުމަދު ހުއްޓުނީ ފޯނު ރިންގު ވާން ފެށުމުންނެވެ. “ސައިކޭޓްރިކް ހޮސްޕިޓަލް” ގެ ނަމުން ސޭވް ކުރެވިފައި އިން ނަންބަރުން އަންނަ ކޯލު ފެނި އަހުމަދުވީ ފޫއްސެވެ. އެހެން ނަމަވެސް އޭނާ ފޯނު ނެގިއެވެ. “އަހުމަދު އަލީ ދެއްތޯ؟” އެކޮޅުން ކުއްޖަކު ވާހަކަ ދެއްކިއެވެ. “ފާތުން ނިޔާވެއްޖެ” އެކުއްޖާ އެޙަބަރު ދިނެވެ. ވަގުތުން އަހުމަދުގެ ފިޔަވަޅުތައް ހުއްޓުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.







mashallah mi part ves vrh reethi shiherrrrrrr
when next part cant wait for next part
Jazaakallah khairan gurrllll🥹🫶🏻
Mi part vx vrh reethi Masha Allah 💗
when next part?
lysssm shihaa 💗
Jazaakallah khairan leeeshaaaa😻❤️
Varah furihama Maashaa Allah
Well who is faathun??n alook??
I loved this part ❤️
When next??
Lyssssssm 💗💗💗💗
🙂
Jazaakallah khairan your favv bab😻❤️
mi pzrt vrs vrh reethi mashaa allah when next part
Jazaakallah khairan unknown gurll😻❤️
Masha Allah mi part vx vrh reethi ❤️💯
Vrh interesting story eh 🤍🕊️
Btw, who is faathun ??
Curiously waiting for the next part 🙂✨
Jazaakallah khairan Aalerrrrr🥰❤️
Anekka azal ge yail tha? E yail ekm haadha rangalhey!
no way it cant be him …..
Dunno dunno lets see👀
Who’s faathun??
N luba was preg before 🤨
Did she abort the baby???😳
I hope she won’t do it this time….
Maasha allah mi part ves varah reethi
When next???
Can’t wait to read the next part
Lyssm shiherrr
Jazaakallah khairan Ishuu🥰🥰🥰
Oh, Alakaa finally gave birth. And I kinda hope that I can actually see their daughter. I mean, Lubaan and Alakaa ge sifathaga mix kohgen huri kuhjaku varah loabi vaane dhw.. hehe🥰
Lubaina anekkaa pregnant v ey? Does that mean.. during the time she got rated, she also got pregnant??
Then what about the baby? Did they abort it?
Xavier ah neyngunas I think mihaaru Lubaa ge rapist akee Yail ge bappa kanneynge…
And for Ahmed, who in the world is Faathun? Could that be his mother? I think so..
Varah furihama mi episode ves. Looking forward to read the next episode soon
Take care Shiher.
Eid Mubaarak Shiherr, and all other readers who support Shiha too.
Eid Mubaarak
Jazaakallah khairan Eid mubaarak😘
Vara interesting mi vaahaka
I think lubaina was pregnant before and baby akee alook kaneyge
I love mystery stories
Keep it up
Eid Mubarak ❤️
Jazaakallah khairan Eid mubaarak Alana❤️😘
Eid Mubarak shierr💖💖💖💖
N Eid Mubarak to yall💗💗💗
Eid mubaarak your fav bab❤️😘