“ވެލް ވެލް ވެލް!” އަތް ޖަހަމުން ގޮސް އަލަކާ ކުރިމަތީގައި ހުއްޓި އަލަކާ ބަނޑުގައި ފިރުމާލިއެވެ. އަދި މެޔާ ދިމާލުގައި އިން ވާގަނޑުގައި ހިފާދަމައިގަތެވެ. “ކީއްކުރަންތަ މާ ހެޔޮވަރު ހެދުންގަނޑެއް ލައިގެން ތިހުރީ؟ ހަހަ ތިބަނޑު އެންމެނައް ދައްކަންތަ؟ ކަލޭ ހަނދާނެތުނީތަ؟ ކަލޭ ބަނޑުގަ ތިއޮތީ ނަހަލާލު އެއްޗެކޭ!” އަހުމަދު ބުނެލިއެވެ.
އަހުމަދުގެ އެޖުމްލައާއި އެކު އަލަކާގާތައް އަރައިގަތީ އަމަށަކު ރުޅިއެއް ނޫނެވެ. ފުރަތަމަ ފަހަރައް ކެރިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އަތުގައި ހުރިބާރެއްލާފައި އަހުމަދު ކޯތާފަތުގައި އަލަކާ ޖެހިއެވެ.
“ކަލޭ ކިޔަން ބޭނުން އެއްޗެއް މަށާ ދިމާލައް ކިޔާ! މަގޭ ދަރިފުޅާ ދިމާލައް ހިތުހުރިހާ އެއްޗެއް ކިޔުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ!” އަލަކާ ބުނެލިއެވެ. އަލަކާ ޖެހިލެއް ބާރުކަމުން އަހުމަދު ކޯތާފަތުގައި ލޭރަހަވެސް ލިޔެވެ. ކޮލުގައި ފިރުމާލަމުން އަހުމަދު ފެށީ ހޭށެވެ. “މަގޭ ދަރިފުޅޭ؟؟” ހެމުން ހެމުން އަހުމަދު ބުނެލިއެވެ. “ހަޔާތްކުޑަ!” ހީހީފައި ކުއްލިއަކަށް އަހުމަދު އަލަކާ ކަރުގައި ހިފާ ފާރައް ތަތް ކުރިއެވެ. އަހުމަދު ދިޔައީ އަލަކާގެ ކަރަށް ވާން ކުރަމުންނެވެ. ސިކުންތުކޮޅެއް ތެރޭގައި އަލަކާގެ ދޮންމޫނު މައްޗައް ރަތް ކުލަ އަރަން ފެށިއެވެ.
ހިނިތުންވެލާފައި އަހުމަދު އަލަކާގެ ކަރުން ދޫކޮއްލިއެވެ. ވަގުތުން ކެއްސަ ކެއްސާފައި ނޭވާ ހަމައަކަށް އެޅުމައް އަލަކާ މަސައްކަތް ކުރަން ފެށިއެވެ. މަންޒަރު ބަލަން އަހުމަދު ހުރީ ހެވިދިލިފައެވެ.
“ހަހަ. ދެންވެސް ޑެޑީއަށް އުނދަގޫ ނުކޮއް އަވަހައް ބަސްހަޖައިގެން މިތަނުންދޭ! އިނގޭ؟ ހަހަ” ހެމުން ހެމުން އަހުމަދު ކޮޓަރިއަށް ވަނެވެ. ވަގުތުން އަލަކާގެ ދެލޮލައް ކަރުނަ ޖަމާވިއެވެ. އެހެންނަމަވެސް ކެއްކޮއްލާފައި އަލަކާ އަވަހައް އެގެއިން ނުކުމެގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އައިޝާގެ މަރުގެ އަހުގީގައް އެއްވެސް ކުރިއެރުމެއް އޭރުވެސް ނުލިބެއެވެ. ފަރުދާގެ ފުރަގަހުގައި އައިޝާގެ ގާތިލް ދިޔައީ ހިތްހަމަ ޖެހި ދިރިއުޅެމުންނެވެ. ނިމްރާއާއި އާކިން އެކުގައި އުޅެމުން ދިޔަނަމަވެސް، ނިމްރާގެ ހިތް ގޮވަމުން ދިޔައީ ކަޔާންއަށެވެ. އެރެއަށް ފަހު ޒެވިއާރްއާއި ލުބައިނާ ވާހަކަ ދައްކާފައި ނުވީ އިރު، އަލަކާ އިނީ ވިހަން ގާތްވެފައެވެ. ހިމަތޮޅި ކޮއްހުރި އަލަކާ ފަލަވެލާފައި ހުރި އިރު، ބޮޑުވެފައިވީ ބަނޑުން އަލަކާ ކިތަންމެހާވެސް ލޯއިތްބެވެ. އޭރު ލުބާންވެސް އޯލެވެލްގެ ނިމި ދިޔައީ ކިޔަވަމުންނެވެ.
މެންދުރުގެ ވަގުތެވެ. އެނދުމަތީގައި ހިޔާލުތަކުން ގަރަގު ވަމުން ދިޔަ އަލަކާ ސިހުނީ ކޮޓަރި ދޮރު ހުޅުވާލީ އަޑަށެވެ. އެތެރެއަށް ވަދެ ލުބައިނާ އަތުން “ހައި” ޖަހާލިއެވެ.
“ފޫހިވެފަތަ؟” ފޯނުގައި ލިޔެލާފައި ލުބައިނާ ބުނެލިއެވެ. އަލަކާ ބޯޖަހާލިއެވެ. “ހިނގާބަލަ ބޭރަށް ދާން ބާންއާއި 3 މީހުން. ވިހަންވާއިރައް ފޮޓޯކޮޅެއް ނަގާލަން” ލުބައިނާ ޙިޔާލެއް ދިނެވެ. އަލަކާ ހިނިތުންވެލާފައި ބޯޖަހާލިއެވެ. ލުބައިނާ ހީލާފައި ކޮޓަރި ނިކުތެވެ. އިރުކޮޅަކުން އޭނާ ކޮޓަރިއަށް ވަނީ ކޮތަޅެއް ހިފައިގެންނެވެ. “މިޔޯ؟” ކޮތަޅުގައި ހިފަމުން އަލަކާ އެއްސެވެ. “ބަލާލަބަލަ” ލުބައިނާ ލިޔެލިއެވެ.
އަލަކާ ބޯޖަހާލާފައި ކޮތަޅު ހުޅުވާލިއެވެ. އޭގައި އޮތީ ބޮޑު ހެދުމެކެވެ. ހުދުކުލައިގެ އެ ހެދުމުގައި، ނުލާ ފިޔާތޮށިކުލައިގެ ލޭސް ފޮތި ހުރުމުން ވަރަށްވެސް ރީއްޗެވެ. “މިޔޯ؟” އަލަކާ ހީލަމުން އެއްސެވެ. “ތިއީ ފަހަރިދޭ ހަދިޔާއެއް. މިއަދު ފޮޓޯޝޫޓްއަށް ދާއިރު ލެވޭނެއްނުން” ލުބައިނާ ލިޔެލިއެވެ. އަލަކާއަށް ހިނިތުންވެވުނެވެ.
ހަވީރު ވުމާއި އެކު ލުބައިނާއާއި އެކު، އަލަކާ އަދި ލުބާން ނުކުތެވެ. އަލަކާލައިގެން ހުރި ހެދުމާއި ގުޅުވާފައި ލުބާންވެސް ލައިގެން ހުރީ ހުދުކުލައެވެ. އެމީހުންނައް ނޭނގުނު ނަމަވެސް ދުރުގައި އެމަންޒަރު ބަލަން 4 ވަނަ މީހަކުވެސް އިނެވެ. ކަޅުކުލައިގެ ހޫޑީއަކާއި އެކު ކަޅު ކުލައިގެ ފަޓުލޫނެއް ލާފައިވިއެވެ. އަޅައިގެން އިން މާސްކުގެ ސަބަބުން ފެންނަމުން ދިޔައީ ހަމަ އެކަނި އޭނާގެ ބިރުވެރިދެލޮލެވެ.
“ސަންސެޓް ބަލާފަދޯ ގެއަށް ދާނީ؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. “އޯކޭ ސަޅި ގޮތެއް” ލުބާން އެއްބަސް ވިއެވެ.
“ބާން އަސްލު ހާދަ މޮޅޭ ސައިން ލެންގުއޭޖްއަށް. ކިހިނެތަ ދަސްކުރީ،؟ އަލޫވެސް ބޭނުން ދަސް ކުރަން” އަލަކާ ބުނެލިއެވެ.
“އޭރު ދޮންތި ދަސް ކުރަންފެށި އިރު ބާންވެސް ދަސް ކުރީ. ދޮންތި ލެފްޓް އައުޓް ފީލް ނުކުރަން ވެގެން” ލުބާން ބުންޏެވެ.
“އަޅޭ.. އަލޫ ހިތައް އަރާ އަލޫއަށްވެސް ތިހެން ކެއާރ ކުރާ ސިބްލިންގ އެއް ހުރިނަމައޭ…” އަލަކާއަށް ބުނެވުނެވެ.
“އިޓްސް އޯކޭ. އިންޝާ ﷲ ދެން އަލަކާ ލޯންލީ ނުވާނެއްނުން؟ ބޭބީ އެއް ލިބެނީ ވިއްޔަ” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ލުބާން އަލަކާއަށް ލުބައިނާ ބުނީ ކީކޭކަން ބުނެލަދިނެވެ.
“ހެހެ ހްމްމް. ދޮންތިއާއި ޒެވްބެއާއި ކޮން އިރަކުންތަ ދެން ބޭބީ އެއް ހޯދަނީ؟” އަލަކާއެއްސެވެ. ވަގުތުން ލުބައިނާ މަޑުވިއެވެ.
ފްރީ ވަގުތެއް ލިބުމުން އާކިން ނިކުތީ ކޮފީއެއް ބޯލާށެވެ. ދެކޮފީ ޖޯޑު ހިފައިގެން ގޮސް ޒެވިއާރްއަށް ހާއްސަ ކޮއްފައިވީ ކޮޓަރިއަށް ވަނެވެ. މޭޒުމަތީ ބޯއަޅާލައިގެން ނިދިފައި އޮތް ޒެވިއާރް ފެނި އާކިން ބޯހޫރުވާލިއެވެ. އަތުގައި އިން ކޮފީ ޖޯޑައް ބަލައިލަމުން އެ ގެންގޮސް ޒެވިއާރް ކޯމަތީ ބެއިންދިއެވެ. ވަގުތުން ޒެވިއާރް ކޮޅައް ޖެހުނެވެ.
“ދޮންކަލޯ. ލުބައިނާ އަޅެ ރޭގަނޑު ކަލޭ ނިދިޔަކަ ނުދޭތަ؟ ހަހަ” އާކިން ހެމުން ހެމުން ބުނެލިއެވެ. “ތޭންކްސް” އާކިން ގެނައި ކޮފީ ޖޯޑުގައި ހިފަމުން ޒެވިއާރް ބުނެލިއެވެ.
“އަނެއް. އަހަރެން ސުވާލެއް ކޮއްލަންތަ؟” ޒެވިއާރް ކުއްލިއަކައް އެއްޗެއް ހަނދާންވީ ފަދައިން އެއްސެވެ. އާކިން ބޯޖަހާލިއެވެ. “16 މެއި 2023! އެއީ އެއްނުން ލުބާގެ އެކްސިޑެންޓު ހިނގި ދުވަހަކީ؟ ހަމަ އެދުވަހު ލުބާގެ އޮޕްރޭޝަންވެސް ކުރެވުނު” ޒެވިއާރް ބުންޏެވެ. “ރަނގަޅު” ބޯޖަހާލަމުން އާކިން ބުނެލިއެވެ.
“އެދުވަހު ލުބާގެ އޮޕަރޭޝަން ކުރި ޑަކްޓަރަކީ ކާކުތަ؟” ޒެވިއާރް އެއްސެވެ. “ޔައިލް ކިޔާ ޑަކްޓަރެއް! ލުބައިނާ އެއީ އޭނާގެ އެންމެ ފަހު ޕޭޝަންޓް. ހީ ރިޓަޔާރޑް” އާކިން ބުނެލިއެވެ.
“އެހެންވެ މައި ސަސްޕިޝެން ކުޑް ބީ ރައިޓް ދޯ؟” ދެއަތް ޖޯޑު ކޮއްލަމުން ޒެވިއާރް އެއްސެވެ. “ކޮބާ؟” އާކިން ޝައުގު ވެރިވެލިއެވެ. އެވަގުތު މޭޒުގައި އިން ކަބަޑު ތެރޭގައި އޮތް ބޮޑު ފޮތް ނަގާ ޒެވިއާރް މޭޒު މަތީ ބާއްވާލިއެވެ.
“ހިނގާދޯ ދެން ދަމާ؟ އުނަގަނޑައް ވަރަށް އުނދަގޫވޭ އެބަ” ވަރަށް އުނދަގޫވެފައި އިނދެ އަލަކާ ބުނެލިއެވެ. “އެހެންތަ؟ އެހެންވިއްޔާ ހިނގާ. އެހެން ދުވާކުން ދޯ ދެން ސަންސެޓް ބަލާނީ؟” ލުބާން ބުނެލިއެވެ. 3 ކުދިން ތެދުވީ ގެއަށް ހިނގައި ގަތުމަށެވެ. ނަމަވެސް ތެދުވިހެން ހިޔެއްނުވެ ދެން ފެނުނީ ލުބައިނާ ހޭނެތިގެން ބިންމައްޗައް ވެއްޓުނު ތަނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







oh no what happened to lubaina 😭😭
poor thing
alhey dhn lubaina vejje ehnu zev aa vhk dhahkan
can’t wait to read the next part
when next part sis??
lysssm shihaa dhahthi 💗
Jazaakallah khairan lytt🫶🏻
shiherr haadha curious kohlaafa eyy dhw thi nihmaali cant wait for next part
mi part ves vrh reethi mashallah
Jazaakallah khairan gurrrll🫶🏻
mi part ves vrh vrh ves reethi masha allah haadha curiouse kohlaafa thi nihmaali cant wait to read next part when next part
Jazaakallah khairan unknown gurll so happy u enjoyed🫶🏻
Lubaina preg v e …
I think so too 👏🥳
Hehehehehehe
I THINK LUBAA IS…. Preg!!!
Story kuriah dhaa goiy vrh salhi👍
I appreciate ur hard work
When next???
Can’t wait to read the next part
Lyssm shiherrr 💗
Jazaakallah khairan your fav Ishu😻❤️
Same here I also think LUBA IS PREG..
Mi part ves varah reethi Maashaa Allah
I’m very curious
Impatiently waiting for the next part
Lysssssssm shier 💗💗💗
Tc 🙂
Jazaakallah khairan your fav your fav bab🥰🥰🥰❤️
Oh, I’m sure Alakaa would gorgeous with a big belly
And, idk why, but I’m having such a weird feeling about that dude covered in black clothes and masks. Like, he’s preparing to do and evil thing pretty soon
I sure hope that he doesn’t match with Alakaa’s delivery
As for Xavier’s suspecting, I hope that he can solve the case and bring justice for Lubaina with the.help of that and his team
But what happened to Lubaina?
Oh good!!! She’s not pregnant right?? She could be.
That’s what happened to Alakaa too
Oh my god! What if she’s pregnant? Will she accept the baby???
❤️