Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 13

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 18, 2025 3 Mins Read
8 Comments

އަލަކާގެ ދެލޮލުގައި ކަރުނަ ވިދަން ފެށިއެވެ. މަޔަކަށް ވާން އުޅޭ ޙަބަރަކީ ކިހާ އުފާވެރި ޙަބަރެއް ހެއްޔެވެ؟ ނަމަވެސް އަލަކާއަށް ކަންމިވީ ދިމާ އިދިކޮޅަށެވެ. މަޔަކަށް ވުމުގެ ޙަބަރު ވެގެން މިދިޔައީ އަލަކާގެ ޙަޔާތް އެފުއް މިފުށަށް ޖެހުނު ޙަބަރަކަށެވެ.

“އައްސަލާމު އަލައިކުމް..” ޙިޔާލުތަކުން ގަރަގު ވަމުން ދިޔަ އަލަކާއަށް ބޭރުން އިވުނު ސަލާމްގެ އަޑާއި އެކު ދިޔައީ ސިއްސައިގެންނެވެ. “ވާލައިކުމް ސަލާމް” އައިޝާ ސަލާމް ބަލައިގަންނަމުން ނުކުތެވެ. ނަމަވެސް ކުރިމަތީ ހުރި އާއިލާ ފެނި ފިޔަވަޅު ހުރިތަނުގައި ގާވިއެވެ.

“ތިއީ އަލަކާގެ މަންމަތަ؟” އިސްޖެހިފައި ހުރި ލުބާންއާއި ލައިނާއާއި ދިމާލަށް ބަލައިލަމުން އާދިލް އެއްސެވެ. އައިޝާ ބޯޖަހާލުމައް ފަހު އިށީނުމައް އިޝާރާތް ކުރިއެވެ. އެވަގުތު ވެގެން ދިޔައީ އަހުމަދުވެސް ބޭރައް ނުކުން ވަގުތަށެވެ. ޖޯލީގައި އިން އާދިލްގެ އާއިލާ ފެނި އަތް މުއްކެވިގެން ދިޔަނަމަވެސް މޫނު މައްޗައް ވެރިވެގެން ދިޔައީ މަކަރުވެރި ހިނިތުންވުމެކެވެ.

“އައްސަލާމު އަލައިކުމް. މިއީ އަހުމަދު. އަލަކާގެ ބައްޕަ” ލައިނާއާއި ދިމާލައް ވައް ކަޅިން ބަލައިލަމުން އަހުމަދު ސަލާމްއަށް އަތް ދިއްކޮލިއެވެ. “އާދިލް” އާދިލް ސަލާމްއަށް އަތް ދިއްކޮއްލިއެވެ. އެވަގުތު ވެގެން ދިޔައީ އަހުމަދުގެ ދެލޮލުން އާދިލްއަށް ކަރަންޓު ޖެއްސި ވަގުތަކަށެވެ. ދަތްތައް ބާރު ކޮއްލެވުނަސް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ.

“ބައްޕާ..” އެވަގުތު އަލަކާ ބޭރައް ނުކުތެވެ. ބޭރުގައި އިން އާދިލްއާއި ލައިނާފެނި އަލަކާއަށް ލަދުން އިސްޖަހާލެވުނެވެ. އެތަނުގައި ހުންނަން ނުކެރިގެން އަލަކާ އުޅުނީ އެތެރެއަށް ވަންނަންށެވެ. “ދަރިފުޅާ އާދެބަލަ!” އަހުމަދު އަލަކާ ހުއްޓުވިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާ ލަމުން އަލަކާ ދިޔައީ ބަސް އަހާ ކުޑަ ކުއްޖެއް ފަދައިންނެވެ.

“ތިއީ ދެއްތޮ އަލަކާއަކީ؟” އާދިލް ވާހަކަ ދައްކަން ފެށިއެވެ. އަލަކާ ބޯޖަހާލިއެވެ. “ލުބާންގެ ފަރާތުން މިއިވުނު ޙަބަރަކީ ތެދު-” “ލައްބަ.. އެއީ ތެދު ހަގީގަތް.. އަޅުގަނޑުގެ ދަރިފުޅު އިނީ ބަލިވެ. އަޅުގަނޑުގެ ދަރިފުޅުގެ ސަބަބުން ލުބާންގެ ދިރިއުޅުން ހަލާކުވެ، ތިއާއިލާ ފަލީހަތްވީތީވެ އަޅުގަނޑު މަޢަފައް އެދެން.. އެހެން ނަމަވެސް މިވަގުތު އެކޮއެ އެކަނި ނުކޮއްލުން އެދެން.. ދަރިފުޅާ ލުބާން.. ކުއް ކުރެވޭނީ އިންސާނުންނައް. ބައްޕަ ދަރިފުޅައް މަޢާފް ކޮއްފިން.. އެކަމަކު ހެޔޮނުވާނެ. އަލަކާއާއި ބައްޕައަށް ލިބެން މިއުޅޭ ކާފަ ދަރިފުޅު ނިކަމެތި ކޮއްނުލާތި.. އެދަރިފުޅައް ބައްޕައެއްގެ ލޯބިދޭތި…” އާދިލްގެ ޖުމްލަ ފުރިހަމަ ނުވަނީސް އަހުމަދު ރޮއެގަންފައި “އާދޭހުގެ” މޫނެއް އަޅަމުން ބުނެލިއެވެ. ފެނިގެން ދިޔަ މަންޒަރުން ހައިރާންވީ ހަމަ އެކަނި އަލަކާ، އަދި އައިޝާއެއް ނޫނެވެ. ލައިނާ، ލުބާންއަދި އާދިލް ވެސްމެއެވެ.

“އަޅުގަނޑުމެން މިއައީވެސް ތިވާހަކަ ދައްކަން.. ރަނގަޅު.. ކުދިން ކުރީ ވަރަށް ވިޔާނުދާ ކަމެއް. މިއަދު މިކަމާ އަހަރެން ލަދުގަނެ ދެރަވޭ. ނަމަވެސް މިވަގުތު ކުދިން އެކަނިވެރި ކޮއްލުން އެއީކީ އެންމެ ރަނގަޅު ގޮތްކަމަކައް އަޅުގަނޑަކައްވެސް ނުފެނޭ…” އާދިލްގެ ޖުމްލައާއި އެކު ލުބާންއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެސްފިޔަ ޖަހާލާހާ އަވަހަށް ރަމަޟާންމަސް ފާއިތުވެގޮސް، އީދު ދުވަސްއައެވެ. އާދިލްއާއި ލައިނާގެ އަޅާލުން އަލަކާއަށް ލިބެމުން ދިޔައީވެސް ވަރަށް ފުރިހަމަ ކޮށެވެ. އަލަކާގެ ބަނޑައް 3 މަސްވީ އިރު ހަށިގަނޑުންވެސް ދިޔައީ ބަދަލުތައް ފެންނަމުންނެވެ. ހިމަތޮޅިިކޮއް ހުރި ކުއްޖާގެ މޫނު މަތީގައި މަސްޖަހާ “ޗަބީ” ވެލާފައި ހުރުމުން ވަރަށް ވެސް ލޯއިތްބެވެ. އަލަކާ އިސްކޯލުން ކަނޑާލި ނަމަވެސް، ލުބާން ދިޔައީ ބަރާބަރައް އިސްކޯލައް ދަމުންނެވެ. ޖެހިގެން އަންނަ އަހަރަކީ ދެކުދިންނައްވެސް 18 އަހަރު ފުރޭ އަހަރުކަމުން، އަލަކާއާއި ލުބާންގެ ކައިވެނީގެ ވާހަކަވެސް ދިޔައީ ދެކެވެމުންނެވެ.

އެއާއިލާއެކޭ އެއްފަދައިން އާކިން، އަދި ނިމްރާގެ އާއިލާވެސް ވަނީ ހަލަބޮލި ވެފައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ފިތުރު އީދުގެ ދެވަނަދުވަހަކީ އާކިންއާއި ނިމްރާގެ ކައިވެނި ހަމަޖެހިފައިވީ ދުވަހެވެ. އެހެން ކަމުން އީދު ދުވަސް އެއާއިލާއަށް ވެގެން ދިޔައީ އެހެން އީދުތަކާ ހިލާފައް ބިޒީ ދުވަހަކަށެވެ.

“ކޮޓަރީގަ އިނގޭ މިއޮތީ. އަހިސްވަދޭ..” ލުބައިނާ ނިމްރާމެން ގޭދޮށުގައި ހުއްޓި މެސެޖު ކޮއްލުމުން ނިމްރާގެ ޖަވާބުގައި އިނެވެ. އެހެންކަމުން ލުބައިނާ ލަސް ހިނގުމެއްގައި ގޮސް ނިމްރާގެ ކޮޓަރިއަށް ވަނެވެ. “މިއައީ އެއްޗެހިތައް ހިފައިގެން. ހިނގާ ބަދިގެއަށް. ސިންކު ކައިރީ ހުރީމަ ފަސޭހަވާނެ.” އަތުގައި އޮތް ތެޔޮފުޅި ދައްކާލަމުން ލުބައިނާ އިޝާރާތް ކޮއްލިއެވެ. ނިމްރާ ހީލާފައި ބޯޖަހާލިއެވެ.

ބަދިގެއަށް ގޮސް ނިމްރާ އަތުގައި ހުރި އެއްޗެހި ނައްޓާފައި އަތައް ތެޔޮ އަޅާ ހާކަން ފެށިއެވެ. އިސާހިތަކު ނިމްރާގެ އަތުގައި ރީތި ގޮތުގައި ކުރަހާފައި ހުރި ހެނާގެ ރީތި ކުލަ ފެންނަން ފެށިއެވެ. “ލުބާ.. އިސް އިޓް ޖަސްޓް މީ؟ އޯރ ކަޔާން ވަރަށް ޗޭންޖު ވެއްޖެދޯ؟” ނިމްރާ ހިޔާލަކައް ގެއްލިފައި ހުރި ކަހަލަ ގޮތަކައް ބުނެލިއެވެ. ލުބައިނާ ނިއް ހިއްލާލިއެވެ. “ނޭނގެ.. މިހާރު ނިމްއާއި ވަރަށް ދުރު..” ނިމްރާ ފުން ނޭވާއެއް ދޫކޮއްލަމުން ބުނެލިއެވެ.”ވެދާނެއްނުން ކަމަކާ ވިސްނެނީ ކަމަށް. ނިމް ވާހަކަ ދައްކަބަލަ އަޅެ؟” ލުބައިނާ އިޝާރާތް ކޮއްލިއެވެ. ނިމްރާ ބޯޖަހާލިއެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. މެންދުރު ނަމާދުކޮއްގެން ނިމްރާ ހިނގައިގަތީ ކަޔާން މެން ގެއާއި ދިމާލަށެވެ. “އައްސަލާމު އަލައިކުމް” ނިމްރާ ސަލާމް ގޮވާލިއެވެ. “ވާލައިކުމް ސަލާމް. އަނހާ އެކޮއެ. ކަޔާން ހޯދަންދޯ؟ ވެއްޖެ ކޮޓަރީގަ” ކަޔާންގެ މަންމަ ކައިރާ ބުނެލިއެވެ. ނިމްރާ ހީލާފައި ގޮސް ކަޔާންގެ ކޮޓަރިއަށް ވަނެވެ. އެނދު މަތީގައި ލެޕްޓޮޕު ހިފައިގެން އިން ކަޔާންގެ ނަޒަރު ދޮރާއި ދިމާލައް ހުއްޓުނެވެ. ވަދެގެން އައި ނިމްރާ ފެނި ކަޔާންގެ ދެލޯ އަނެއްކާވެސް ލެޕްޓޮޕާއި ދިމާލައް އެނބުރުނެވެ.

“ކަަޔާން އަހަރެން ދެކެ ކޮންކަމަކާތަ ރުޅި އަހިސްފަ ތިހުރީ؟ ނިމް ކީއްތަ ކުރީ؟ ވީވާރ ފްރެންޑްސް އެންމެ ކުޑައިރުން ސުރެވެސް. ކީއްވެ ކުއްލިއަކައް ކަޔާން ތިހާ ޗޭންޖްވީ؟” ނިމްރާ އެއްސެވެ. ނޭނގި ނަމަވެސް އެވަގުތު އޭނާގެ ދެލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަމުން ދިޔައެވެ. “ހެވެއްނުން؟ ޑަޒް މައި ފީލިންގްސް އީވެން މެޓާރ؟” ކަޔާން ފޫހި ރާގަކައް ބުނެލިއެވެ.

“ޔެސް އިޓް ޑަޒް. އެހެންވެ ދޯ ނިމް މިއައީވެސް؟” ނިމްރާ ބުނެލިއެވެ. ފުންނޭވާއެއް ދޫކޮއްލާފައި ކަޔާން ލެޕްޓޮޕު ބައިންދާފައި ތެދުވިއެވެ. ލަސްހިނގުމެއްގައި ގޮސް ކަޔާން ހުއްޓުނީ ނިމްރާއާއި މޫނާމޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. “ބުނަންވީތަ؟ އެވާހަކަ އަހާނެހާ ހިތްވަރު ނިމްގެ އެބަހުރިތަ؟” ކަޔާން އެއްސެވެ. ނިމްރާ ހިންދިރުވާލާފައި ބޯޖަހާލިއެވެ. އެވަގުތު ކަޔާން ކޮއްލިކަމަކުން ނިމްރާގެ ހިތް ތެޅިގަތީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 23

Next

ދިރިއުޅުމުގެ މަގްސަދު

Next
March 18, 2025

ދިރިއުޅުމުގެ މަގްސަދު

Previews
March 17, 2025

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 23

8 Comments!

  1. Aalerrr says:
    March 18, 2025 at 1:48 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Curiously waiting for the next part 🙂

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:40 pm

      Jazaakallah khairan❤️

  2. Your fav bab says:
    March 18, 2025 at 1:49 pm

    Kayaan has a crush on nimra!!
    That’s why he’s behaving like tha!
    N thi ahmed fulhu kuraahaa act thah!! Arggg varah foohi soreh!
    Anyways tysssm for this part!!
    Lyssssm💗💗💗
    When next?

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:40 pm

      Jazaakallah khairan❤️

  3. Ishu says:
    March 18, 2025 at 4:12 pm

    Mi part ves varah reethi…. Maasha allah
    I think kayaan nimraa dheke loabi vany hen…. That’s why he’s like that
    I wonder what Ahmed is up to….
    Mi part ves vrh furihama
    Lyssm shiherr💗
    Kon irakun next part???

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:41 pm

      Jazaakallah khairan❤️

  4. Oreo gurll says:
    March 20, 2025 at 9:15 pm

    Ohhh.. I’m sorry for the late comment.. been a little busy these days
    Honestly, I didn’t expect Lubaan and Alakaa’s family to handle that matter that easily, but I am grateful that it did. But I’ve gotta say, that Ahmed is so suspicious
    I feel like he wanted that to happen.
    What does he want from Lubaan and his family, that he desperately made a way to connect both the families? I wanna know so bad!
    And with Nimra and Kiyaan… I think Kiyaan has a crush on Nimra. I mean, why else would he be acting that way when Nimra’s wedding is getting closer day by day?
    But I also wonder, would Nimra be able to handle it when he tells her? Would she be able to reciprocate his feelings?
    Im so curious.. Shiver when’s the next episode gonna arrive? I’m waiting
    Take care shiher 🥰

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:41 pm

      Jazaakallah khairan❤️
      Its ok i’ve been busy too

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 14←


All Right Reserved!