Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 15

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 24, 2025 3 Mins Read
23 Comments

އިސްޖަހާލަމުން އަލަކާ ބަނޑާ ދިމާލައް ބަލައިލިއެވެ. އެވަގުތު އަލަކާގެ ބަނޑުގައިވީ ކުޑަދަރިފުޅުގެ ހިލަމެއް އަނެއްކާވެސް ވެލިއެވެ. އަލަކާގެ ދެލޮލުގައި ކަރުނަ ވިދާލިއެވެ. ނަމަވެސް މިފަހަރުއެއީ އުފާވެރިކަމުގެ ކަރުނައެވެ. މަންމަގެ ވޭން ދަރިފުޅައް އިހުސާސްވީތާއެވެ. އަލަކާ އަވަސްވެގަތީ އެމަންޒަރު ވީޑިއޯ ކުރުމަށެވެ. ލައިގެން އިން ޓީޝާޓު މަތިންވެސް އެކުއްޖާ ތޮޅެމުން ދިޔަ މަންޒަރު ދިޔައީ ވަރަށް ރީއްޗައް ފެންނަމުންނެވެ. ތަފާތު ގޮތް ގޮތައް ވީޑިއޯ ނަގާފައި ލުބާންއަށް އަލަކާ ފޮނުވިއެވެ.

ކުރެވުނު އައު އިހުސާސްއާއި އެކު އަލަކާ ކޮޓަރިން ނުކުތީ ހިތްހަމަ ޖެހުމުގެ ހިނިތުންވުމަކާއި އެކުއެވެ. ނަމަވެސް ސިޓިންގ ރޫމްއިން ފެނިގެން ދިޔަ މަންޒަރުން އަލަކާ ރޮއެގައިން އަޑައް ގޭކައިރީ ހިސާބުތަކުގައި ތިބި މީހުންވެސް އެގޭދޮށައް އެއްވާން ފެށިއެވެ.

*** 6 ގަޑި އިރު ކުރިން ***

ގަޑިން 30 7 ކަން ހާއިރެވެ. ކޮޓަރި ތެރޭގައި އޮތް އައިޝާ ސިޓިންގ ރޫމްއަށް ނުކުތީ ހޫނުވެގެންނެވެ. ގޭތެރޭގައި އެއްވެސް ހިލަމެއް ނެތުމުން ވައްތަރީވެސް ފަޅުގެއަކާއެވެ. ކޯތާފަތުގައި ހިކިފައި ހުރި ކަރުނަތައް ފުހެލަމުން އައިޝާ ގޮސް އަލަކާގެ ކޮޓަރި ދޮރު ހުޅުވާލިއެވެ.

ނިދިފައި އޮތް އަލަކާގެ މޫނުމަތިން ފެނަމުން ދިޔައީ މައުސޫމްކަމެވެ. ކޮޓަރި ތެރޭގައި ވީ ފަނޑު އަލިން އަލަކާގެ މޫނު ފެންނަމުން ދިޔައީ 14 ވިލޭރޭގެ ފުރިހަމަ ހަނދު ފަދައިންނެވެ. ނިދިފައި އޮތުމުން އަލަކާއަށް އުނދަގޫ ނުކުރުމައް އައިޝާ ނުކުތީ ބޭރު ޖޯއްޔަށެވެ.

އުޑުމަތީގައި ވިދަމުން ދިޔަ ތަރިތަކައް ބަލަން އިން އައިޝާގެ ނަޒަރު ދޮރާ ދިމާލައް ހުއްޓުނީ އަހުމަދުގެ އަޑުއިވުމުންނެވެ. “ކީއްތިކުރަނީ؟” އަހުމަދު އެއްސެވެ. “ކަމެއް ނުކުރަން.. ހަމަ އޮތީ…” އައިޝާ ލަސް ލަހުން ބުންޏެވެ. “ކޮބާ އަލަކާ؟” އަހުމަދު އަނެއްކާވެސް އެހީ ސުވާލެކެވެ. “އެބައޮތް ނިދިފަ” އައިޝާ އަތުގެ ނިޔަފަތި ތަކާއި ކުޅެމުން ބުނެލިއެވެ. “އަހަރެން މިދަނީ މަހައް. އަންނާނީ ވަރަށް ދަން ކޮއްފަ.” އަތުގައި ހުރި ދޮއްޓާ މަސްބާނަން ބޭނުން ކުރާ އެހެނިހެން ތަކެތި ދައްކާލަމުން އަހުމަދު ބުންޏެވެ. އައިޝާ ބޯޖަހާލިއެވެ.

*** މިހާރު ***

ނިދިފައި އޮތް އަލަކާއަށް ހޭލެވުނީ މެއަށް ތަދުވެގެންނެވެ. ހިތައް ތަދުވަނީ އެވެ. ރޮއެ ހަޅޭލަވަން ބޭނުންވަނީއެވެ. ނަމަވެސް އެމަންޒަރު ދެކޭނީ ކާކު ހެއްޔެވެ؟ ކަރުނަ ފުހެދޭނީ ކާކު ހެއްޔެވެ؟ ދެލޮލުން ކަރުނަ ފުހެލާފައި އަލަކާ ތެދުވީ ބަނޑުހައިވެގެން ހާންތިވާން އުޅޭހެން ހީވުމުންނެވެ. ނަމަވެސް ތެދުވުމާއި އެކު ބަނޑައްވީ ގޮތުން އަލަކާއަށް އަލުން އިށީންދެވުނެވެ.

އިސްޖަހާލަމުން އަލަކާ ބަނޑާ ދިމާލައް ބަލައިލިއެވެ. އެވަގުތު އަލަކާގެ ބަނޑުގައިވީ ކުޑަދަރިފުޅުގެ ހިލަމެއް އަނެއްކާވެސް ވެލިއެވެ. އަލަކާގެ ދެލޮލުގައި ކަރުނަ ވިދާލިއެވެ. ނަމަވެސް މިފަހަރުއެއީ އުފާވެރިކަމުގެ ކަރުނައެވެ. މަންމަގެ ވޭން ދަރިފުޅައް އިހުސާސްވީތާއެވެ. އަލަކާ އަވަސްވެގަތީ އެމަންޒަރު ވީޑިއޯ ކުރުމަށެވެ. ލައިގެން އިން ޓީޝާޓު މަތިންވެސް އެކުއްޖާ ތޮޅެމުން ދިޔަ މަންޒަރު ދިޔައީ ވަރަށް ރީއްޗައް ފެންނަމުންނެވެ. ތަފާތު ގޮތް ގޮތައް ވީޑިއޯ ނަގާފައި ލުބާންއަށް އަލަކާ ފޮނުވިއެވެ.

ކުރެވުނު އައު އިހުސާސްއާއި އެކު އަލަކާ ކޮޓަރިން ނުކުތީ ހިތްހަމަ ޖެހުމުގެ ހިނިތުންވުމަކާއި އެކުއެވެ. ނަމަވެސް ސިޓިންގ ރޫމްއިން ފެނިގެން ދިޔަ މަންޒަރުން އަލަކާ ރޮއެގައިން އަޑައް ގޭކައިރީ ހިސާބުތަކުގައި ތިބި މީހުންވެސް އެގޭދޮށައް އެއްވާން ފެށިއެވެ.

“މަންމާ… ނޫން… މަގޭ މަންމަ… ނޫން.. މީހެކޭ… މަގޭ މަންމަ….” އަލަކާ ގަންނާކުރެއްވީ ބިރުން ގެއިން ނުކުމެ ރޯން ފެށިއެވެ. އޭރު ގޭކައިރީ ހުރި ގޭތަކުގެ މީހުންތައް ނިކުންނަމުން ދިޔައެވެ. “އެކޮއެ ކިހިނެތްވީ؟” އައިމިނާދީ އަހިސް އެއްސެވެ. އައިމިނާދީއަކީ އަލަކާގެ މަންމަގެ ތިމާގެ މީހެކެވެ.

“މަގޭ… މަގޭ މަންމަ…. ނޫން…” އަލަކާ ބިންމައްޗައް ޖެހިގަތެވެ. އޭނާގެ ދިރިއުޅުން އޭނާއަށް މިކުޅެނީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟

އަލަކާއަށް ވާހަކަ ދެއްކޭވަރު ނުވުމުން އައިމިނާދީގެ ފިިރިމީހާ ހަސަންގެ އިތުރުން އެހިސާބުގައި ތިބި ދެތިން ފިރިހެނަކު އެގެއަށް ވަނެވެ. “މާތް ކަލާކޯ…!” ސިޓިންގ ރޫމުގައި އިހާނަތިކޮއް މަރާލާފައި އޮތް އައިޝާ ފެނި ހުސެންއަށް ބުނެވުނެވެ.

ލެއިންކަޅިވެފައިވީ އިރު އައިޝާ ކައިރީގައިވެސް ވަނީ ލޭގެ ކޯރެއް ހެދިފައެވެ. ބޮލުން އޭރުވެސް ދިޔައީ ހުއްޓުމެއް ނެތި ލޭއަންނަމުންނެވެ. ބޮލުގެ ނާށި ގަނޑު ހަލާކުވެސް ސިކުނޑީގެ ބައެއްވެސް ވަނީ ނުކުމެފައެވެ. އެއްލޯ ކޮނެލާފައިވީ ކަހަލަ ގޮތަކައް އޮތް އިރު އެއީ އިންސާނެއްގެ ކަމެއްބާއޭ ވެސް މީހުން ކިޔަންފެށިއެވެ.

އެވަގުތު ވެގެން ދިޔައީ އަހުމަދު ގެއަށް އައި ވަގުތަށެވެ. “ކިހިނެތްތަ ވެގެން މިއުޅެނީ؟” ގެއަށް އެއްވެފައި ތިބި މީހުނާ ދިމާލައް ބަލައިލަމުން އަހުމަދު އެއްސެވެ. ނަމަވެސް ބިންމަތީ ރޮއެ ހޭރިހޭރި އޮތް އަލަކާ އާއި ދިމާލައް އޭނާ ބަލައިވެސް ނުލައެވެ. “އަހުމަދު… އައިޝާ….” ހޫދު އަހިސް އޭނާ ކޮނޑުގައި ޖަހާލަމުން ބުންޏެވެ.

ވަގުތުން އޭނާ އަތުގައި ހުރި އެއްޗެހި ހުރިތަނައް ދޫކޮއްލާފައި އެތެރެއަށް ވަނެވެ. “އައިޝާ… މަގޭ އައިޝާ.. ކާކު އައިޝާއަށް މިހެން ހެދީ؟؟” އަހުމަދު ކުއްލިއަކަށް ހުރެފަ ރޯން ފެށިއެވެ. އެވަގުތު ފުލުހުންގެ އިތުރުން އެންބިއުލާންސްގެ އަޑުވެސް އިވިގެން ދިޔައެވެ.

ނިދިފައި އޮތް ޒެވިއާރްއަށް ހޭލެވުނީ ފޯނު ރިންގުވަމުން ދިޔައަޑަށެވެ. ލޯހުޅުވުމާއި އެކު އަވަހައް ފޯނު ނެގީ ނިދިފައި އޮތް ލުބައިނާއަށް އުނދަގުލެއްވެދާނެ ތީއެވެ.

“ހަލޯ؟” އާފުރިލަމުން ޒެވިއާރް ބުނެލިއެވެ. “ޒެވް ވަރަަށް އަވަހަށް ހޮސްޕިޓަލައް އާދެބަލަ” ވާހަކަ ދައްކަމުން ދިޔައީ އާކިންއެވެ. “އާކިން؟ ވައި އާރް ޔޫ އޮން ޑިއުޓީ؟ ކަލޭ ހަނީމޫން ނައިޓް އެއްނުން ހެހެ” ޒެވިއާރް ދިމާކޮއްލިއެވެ. “ވަރަށް އިހާނަތި ގޮތަކައް އަލަކާގެ މަންމަ އައިޝާ މަރާލާފައި އޮއްވާ ފެނިގެން މިއުޅެނީ..” އާކިން ބުނެލިއެވެ. ވަގުތުން ޒެވިއާރް ކޮޅައް ޖެހުނެވެ. “ވަޓް؟” “ޔެސް. އާދެބަލަ ހޮސްޕިޓަލްއަށް” ޒެވިއާރް އަވަސް އަވަހައް ރެޑީވެލިއެވެ.

ނިކުތުމުގެ ކުރިން ޒެވިއާރް ލުބައިނާއަށް ގޮވާ އެ ޙަބަރު ދިނެވެ. މިވަގުތު އަލަކާ ގާތުގައި ލުބާން ހުންނަން އަލަކާ ބޭނުންވާނެތީއެވެ. ދަންވަރު 2 ޖެހި އިރު ޒެވިއާރް އާއި އެކު ލުބައިނާގެ އާއިލާވެސް ހުރީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލައް ވަނުމާއި އެކު ފުރަތަމަވެސް އެންމެންގެ ކަންފަތުގައި ޖެހުނީ އަލަކާގެ ވޭނީ ރުއިމުގެ އަޑެވެ. ނަރުހުންނާއި ޑަކްޓަރުންގެ ނަޒަރު ވެސް އަލަކާއަށް ހުއްޓިފައިވީ ހަމްދަރުދީގެ ލޮލަކުންނެވެ.

ލަސް ހިނގުމުގައި ލުބާން ގޮސް އަލަކާ ގާތުގައި އިށީނެވެ. “ބް…ބާން….” އަލަކާއަށް އަނެއްކާވެސް ބާރައް ރޮއެގަނެވުނެވެ. މަންޒަރު ބަލަން ހުރި ލުބައިނާގެ އިތުރުން ލައިނާއަށްވެސް އެމަންޒަރު ފެނި ރޮވުނެވެ. ދެންފެނުނީ ކަނޑާ ވައްޓާލި ރުކެއްހެން ހޭނެތިގެން އަލަކާ ލުބާންގެ އަތްމައްޗައް ދެމުނު ތަނެވެ.

މިހުރިހާ މަންޒަރެއް ބަލަން ހުރި އައިޝާގެ ގާތިލްގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އެއީ ހަމަ އިންސާނެއްބާއެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 37

Next

އެކްޓަރ (ޕާޓް 2)

Next
March 25, 2025

އެކްޓަރ (ޕާޓް 2)

Previews
March 24, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 37

23 Comments!

  1. Anonymous says:
    March 24, 2025 at 10:48 pm

    Who is alakaa mammage gaathil alheyy alakaa?

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:44 pm

      Hehe lets see dho

  2. Cutie girl says:
    March 24, 2025 at 10:55 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje 😭
    Alakaa and lubaan dhuru nukurachey
    Lubaa and zev ves
    Aakin and Nim ves
    They all are made for each other
    I think alakaa bappa kanneyge
    Kuhverinah adabu dhee
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Tc 💓😚
    Ly shihaa ❤️😚

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:44 pm

      Jazaakallah khairan❤️❤️

  3. Samavan says:
    March 24, 2025 at 11:03 pm

    Who killed her?? Ahmed? 😶

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:44 pm

      Hehe lets see dho shiher akh neynge🤭

    2. shihaamaa ali shihaamaa ali says:
      March 25, 2025 at 6:52 pm

      hehe neynge shiherr akh balamaa dhww

  4. Samvan again says:
    March 24, 2025 at 11:04 pm

    Next bai kon irakun??

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:45 pm

      Submit kollaifin in sha allah soon😊

    2. shihaamaa ali shihaamaa ali says:
      March 25, 2025 at 6:52 pm

      in sha allah soon, i have submitted

  5. Aalerrr says:
    March 24, 2025 at 11:07 pm

    Masha Allah mi part vx vrh reethi ❤️
    Haadha goaheyy alhe😭😭
    When’s next part??
    Curiously waiting for the next part 🙂✨

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:45 pm

      Jazaakallah khairan❤️
      Submit kollaifin in sha allah soon😊

    2. shihaamaa ali shihaamaa ali says:
      March 25, 2025 at 6:52 pm

      Jazaakallah khairan
      in sha allah very soon i have submitted

  6. Your fav bab says:
    March 24, 2025 at 11:15 pm

    Alaka ge mum ge gaathilakee kaaku?? I’m so curious?? It could be Ahmed! Ig
    Anyways varah reeethi mi part ves
    When next??
    Lyssssm💗💗💗💗
    I appreciate u hardwork

    1. shihaamaa ali shihaamaa ali says:
      March 25, 2025 at 6:47 pm

      Hehe neynge shiherr akah balamaa dhww kaaku thw hihiii

    2. shihaamaa ali shihaamaa ali says:
      March 25, 2025 at 6:53 pm

      hehe shiher akh neynge yoo kaaku kameh ahah
      lets seee dhww
      jazaakallah khairan urfavbab

  7. Ishu says:
    March 25, 2025 at 4:03 am

    I think Alakaage dad kanne gaathil akee
    Vrh curious…..
    When next???
    mi part ves varah reethi
    Lysssm

    1. Anonymous says:
      March 25, 2025 at 10:31 am

      obviously that’s him

    2. Anonymous says:
      March 25, 2025 at 2:29 pm

      No doubt…
      He is the criminal
      He is the one who raped lubaa also

    3. shihaamaa ali shihaamaa ali says:
      March 25, 2025 at 6:47 pm

      Jazaakallah khairan❤️
      In sha allah soon

    4. shihaamaa ali shihaamaa ali says:
      March 25, 2025 at 6:53 pm

      hehe balamaa dhw shiher akh neyngey kaaku kameh hehe
      in sha allah soon
      lytt

  8. Oreo gurll says:
    March 25, 2025 at 9:15 pm

    I had a bad feeling at the end of the previous episode, but did NOT expect things might turn out this bad.
    Who is that guy??
    Aisha maraalan jehunee eyna keehkohgen? Alhey..
    Is that dude even a human? That is just inhuman…
    When next episode??? I wanna know so bad

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 1:01 am

      Hehe
      Really happy your enjoying the story🥰

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 16←


All Right Reserved!