Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 17

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 26, 2025 4 Mins Read
20 Comments

“އިޒް.. އިޒް އިޓް އޯކޭ އިފް އައި ކިސް ޔޫ؟” ނުކެރިފައި އިން ކަހަލަ ގޮތަކައް އާކިންއެއްސެވެ. ވަގުތުން ނިމްރާގެ ހިތްތެޅިގަތެވެ. ނޫނެކޭ ބުނާކައް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އޭނާއަކީ އާކިންގެ ހަލާލު އަނބިމީހާއެވެ. އާކިންގެ އެދުންތައް ފުއްދައި ދިނުމަކީ ނިމްރާގެ ވާޖިބެކެވެ. ނަމަވެސް އާއެކޭ ބުނާކައް އޭނާ ބޭނުމެއް ނުވިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އިނގިލިތަކާ ކުޅިލަކުޅިލާ ނިމްރާ އިނެވެ.

އާކިންއަށް އެކަން ސިފަވީ ނިމްރާ ލަދުގަތީ ގޮތުގައެވެ. އެހެން ކަމުން އާކިން ހީލާފައި ނިމްރާއާއި ގާތްވެލިއެވެ. ނިމްރާގެ ހިތް ތެޅިގަންލެއް ބާރު ކަމުން ހީވީ މޭފަޅާފައި ނުކުމެދާނެ ހެންނެވެ. ކުރާނެކަމެއް ނޭނގުމުން ދެލޯ މަރާ ބާރު ކޮއްލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި އާކިންގެ ތުންފަތް ޖެހުނު އިހުސާސް ކުރެވުނެވެ. ސިހިގެން ދިޔައީ އެވަގުތު ކަޔާންއާއި އެކު ހޭދަވީ އެކުޑަ ވަގުތު ކޮޅު ސިފަވުމުންނެވެ. އަނެއްކާ ނިމްރާގެ ހިތުގައިވެސްވީ ކަޔާންބާއެއެވެ؟ ދެން އާކިން..؟؟

ނިމްރާގެ ދެލޮލުގައި ކަރުނަ ވިދައިގަތެވެ. އޭނާއަށް މިކުރެވުނީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ މިކައިވެނީގެ ސަބަބުން މިހަލާކު ވެގެން ދިޔައީ އެންމެ ހިތެއް ނޫނެވެ. 2 ހިތެވެ. ނޫނެކެވެ! 3 ހިތެވެ. ކަޔާންގެ ހިތުގައި ވީ ނިމްރާކަން، އަދި ނިމްރާގެ ހިތުގައިވީ ކަޔާންކަން އެނގޭ ހިނދު އާކިންގެ ހިތްވެސް ހަލާކުވެގެން ދާނެއެވެ.

“އައި ލަވް ޔޫ ސޯ މަޗް ބޭބީ ގާލް” ނިމްރާގެ ކަރުދޮށުގައި ބޮސް ދެމުން އާކިން ބުނެލިއެވެ. ނިމްރާއަށް ދެލޯ މަރާ ބާރު ކޮއްލެވުނެވެ. ކުރާނެކަމެއް ނެތެވެ. ކަޔާންދެކެ އޭނާ ލޯބިވީނަމަވެސް އާކިންއަކީ އޭނާގެ ހަލާލު ފިރިމީހާއެވެ. އެހެންކަމުން އާކިން ކުރަން ބޭނުން ކަމެއް ކުރުމައް އޭނާގެ ހަށިގަނޑު ދޫކޮއްލިއެވެ.

ފަތިސް ނަމާދު ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑު ފަޒާގައި ގުގުމާލިއެވެ. އޭރުވެސް ނިމްރާ އޮތީ ހޭލާއެވެ. ނަމަވެސް އޭރު އާކިންއަށް އޮތީ ނިދިފައެވެ. އާކިންގެ ހަށިގަނޑު ދުރުކޮއްލާފައި، ތުވާލި ހިފައިގެން ނިމްރާ ފާހާނާއަށް ވަނެވެ. މާގަނޑު ދަށުގައި ހުރި ނިމްރާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. މިއައް ވުރެ ކުރިން އެކަން އޭނާއަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ ކުރިން ކަޔާން ލޯބިހުށަނޭޅީ ކީއްވެގެން ހެއްޔެވެ؟ އެހެނަނަމަ މިއަދު އޭނާ އިނދެގެން ހުރީހީ ކަޔާންއަށް ނޫން ހެއްޔެވެ؟

ނިދިފައި އޮތް ލުބައިނާއަށް ހޭލެވުނު އިރު 30 6 ވާން އުޅެއެވެ. ހޭލާފައި މޯޅިއަށް ދަމާލާފައި އޭނާ ސިހުނީ އޮވެވުނީ ހުސްގަޔާކަން އެނގުމުންނެވެ. ލުބައިނާ ވަގުތުން ކޮޅައް ޖެހުނެވެ. ގާތުގައި ނިދިފައި އޮތް ޒެވިއާރް ފެނި ރޭގަ ކަންވީ ގޮތް ހަނދާންވިއެވެ.

ނިިދިފައި އޮތް ޒެވިއާރްއަށް ހޭލެވުން އިރު ލުބައިނާ އިނީ ފުނާ އަޅާށެވެ. ލުބައިނާ ބުނާނޭ އެއްޗެއް ނޭނގުމުން ޒެވިއާރް ފާޑަކައް ފަސްޖެހެވުނެވެ. ބިންމަތީގައި އޮތް ސޯޓު ލައިގެން ގޮސް ޒެވިއާރް ލުބައިނާ ފުރަގަހުގައި ހުއްޓުނެވެ. “ލުބާ؟” ލުބައިނާގެ ކޮނޑުގައި އަތް ޖައްސާލަމުން ޒެވިއާރް ގޮވާލިއެވެ. ނަމަވެސް އެސިކުންތުގައި ލުބައިނާ އޭނާގެ އަތް ފޮޅުވާލިއެވެ. “ލުބާ؟.. ރުޅި އަހިސްފަތަ؟” ފަސްޖެހިފައި ހުރި ނަމަވެސް ޒެވިއާރް އެއްސެވެ.

“ވަޓް ޑޫ ޔޫ މީން ރުޅި އަހިސްފަ ހެއްޔޭ؟ ޒެވްއަށް ހަމަ ރަނގަޅައް އެނގޭނެ އަހަރެންގެ މާޒީ. ގައިގޯޅިވެ އުޅެން ލުބާ ބޭނުން ނޫންކަން. ޒެވް ލުބާއަށް ހެލްވާން އުޅުނީމަ ލުުބާ ހީކުރީ ޒެވްތިއީ ތަފާތު މީހެއްކަމައް. ބަޓް ގެސް ވަޓް. ޔޫ އާރ ދި ސޭމް ހަމަ!” ރުޅިވެރިކަމާއި އެކު ލުބައިނާ އިޝާރާތް ކޮއްލިއެވެ. ޒެވިއާރްއަށް އިސްޖަހާލެވުނީ ލުބައިނާ ބުނި އެއްވެސް އެއްޗެއް އޭނާއަށް ނޭނގުމުންނެވެ.

“ކީއްކުރަންދޯ ޓްރައި ކުރަންވީވެސް؟ ޔޫ ޑޯންޓް ނޯ އެނީތިންގ!!!” ލުބައިނާ އިޝާރާތް ކޮއްލިއެވެ. އަދި ޒެވިއާރްއާއި ދިމާލައް ކަޅި އަޅާލާފައި ނުކުމެގެން ދިޔައެވެ.

ހަމައެވަގުތެވެ. އާދިލްއާއި އެކު ހުސެން އިނީ ކޮފީއެއްގައެވެ. “ކޮބާ ޔޫސުފް ދެން ނާދޭތަ މިކޮޅަކައް؟” އަލަކާގެ ވާހަކަ ދައްކަން ތިބެފައި ހުސެން އެއްސެވެ. “އަންނާނެތާ ދެން ހެހެ. އެކަމަކު ނޭނގެ ކޮން އިރަކުން ކަމެއް” އާދިލް ބުނެލިއެވެ. “ހޫމް އެސޮރުވެސް ވެއްޖެވިއްޔަ ބޭރު މަންޖެއަކާ އިންނަން. ދެން ވަރަށް ފޫހިވޭ!” ހުސެން ޝަކުވާ ކޮއްލިއެވެ. “ހަހަ. އޭ މަބުނީ، ދެން ހަމަ ހުސެން މީހަކާ ނީންނަނީތަ؟” އާދިލް ސީރިއަސްވެލިއެވެ.

“މަ؟ މީހަކާ އިންނަން؟ ޕިސް މިހާރު މަށައް މިއޮއް 50 އަހަރުވީ. މަދެން ކީއްކުރަން މީހަކާ އިންނަންވީ” ހުސެން ބުނެލިއެވެ. “އަޖައިބެއް. އެކަމަކު ކަލޭ ތިއީ ދަރިއެއްވެސް ހުންނަމީހެއް ނޫނިއްޔަ!” އާދިލް އަށް ބުނެވުނެވެ. ނަމަވެސް ހަމަ އެވަގުތު މައިތިރިވީ ބުނެވުނީ ބުނެގެން ވާނެ އެއްޗެއް ނޫންކަން އެނގުމުންނެވެ. “ސޮރީ.. އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން..” އާދިލް މަޢާފައް އެދުނެވެ. ހުސެން ހިނިތުންވެލިއެވެ.

“އިނގޭ ހުސެން ވަަރަށް ދެރަވާނެކަން. ހުސެން ވާހަކަ ދައްކާލަން ބޭނުމިއްޔާ އަބަދުވެސް ހުސެންއަށް އަހަރެންނާއި ވާހަކަ ދެއްކޭނެ އިނގޭ. އަހަރެންނައްވެސް މިހާރު އެނގޭ ދަރިއަކަށް އެހެން ވުމުން ކުރެވޭ އިހުސާސް..” އާދިލް ބުނެލިއެވެ. ހުސެން ބޯޖަހާލިއެވެ.

“ދަރިފުޅާ، ހޭލާތަ؟” ކޮޓަރިއަށް ވަދެލަމުން ލައިނާ އެއްސެވެ. ބާލީހުގައި ބައްދާލައިގެން އޮތް އަލަކާ ބޯޖަހާލިއެވެ. “ކޯއްޗެއްތަ އަލަކާ ކާން ބޭނުންވަނީ؟ ކޮން އެއްޗެއްސެއްތަ ކާހިތްވަނީ؟” އަލަކާގެ ބޮލުގައި ފިރުމާލަމުން ލައިނާ އެއްސެވެ. “އެއްވެސް އެއްޗެއް ކާހިތެއް ނުވޭ..” އަލަކާ އިސްޖަހާލިއެވެ. “ތިހެން ނުބުނޭ ދަރިފުޅާ. މަންމައަށް އެނގޭ މިވަގުތު ދަރިފުޅުގެ ހިތުގައި ވަރަށް ވޭން އަޅާނެކަން. އެކަމަކު ކެއްތެރި ވާން ވާނެ. މިވަގުތު އަމިއްލަ ނަފްސައް ވުރެ ބޮޑައް ވިސްނަންވާނީ އަލަކާ ބަނޑުގައިވީ ދަރިފުޅައް” ލައިނާ ވިސްނައިދިނެވެ.

“އަނބު..” އަލަކާގެ އަޑު ކިރިޔާ އިވުންކަމެވެ. “ކޮންކަހަލަ އަނބެއްތަ؟” ލައިނާ އެއްސެވެ. “ފޮނި އަނބު” އަލަކާ ބުނެލިއެވެ. “އެހެންތަ؟ ބައްޕަ ކައިރީ ބުނެލަދޭނަން އެނގޭ އަނބުކޮޅެއް ގެނެސްދޭށޭ” ލައިނާ ބުނެލިއެވެ. އެވަގުތު އަލަކާގެ ބަނޑުގައިވީ ދަރިފުޅު ތޮޅެލިއެވެ. އެތަން ލައިނާއަށްވެސް ވަރަށް ރީތިކޮއް ފެނުނެވެ. “މިހާރު ތޮޅެންވެސް ފެށީތަ؟ އަޅޭ.. ކޮން އިރަކު؟” ލައިނާ އުފާވެލާފައި އަލަކާގެ ބޮޑުވެފައިވީ ބަނޑުގައި ފިރުމާލިއެވެ. އެވަގުތު އެދަރިފުޅު ތޮޅެލި އިހުސާސް ލައިނާގެ އަތާ ހަމައަށްވެސް ފޯރިއެވެ.

“ލައްބަ.. ރޭގަ ފުރަތަމަ ތޮޅުނީ” އަލަކާ ހީލަމުން ބުނެލިއެވެ. “ހެހެ އެހެންތަ؟ މަންމަ މިއައީ ސައި ހަދާފަ. މަސްހުންޔާ ރޮއްޓާ މިހެދީ. އޯކޭތަ؟ އެހެން އެއްޗެއް ބޭނުންތަ ސައިބޯން؟” ލައިނާ އެއްސެވެ. “ނޫނޭ. އޯކޭ ހަމަ. މިދަނީ ފްރެޝްވެލައިގެން ކާން” އަލަކާ ބުނެލިއެވެ. ލައިނާ ބޯޖަހާލާފައި ކޮޓަރިން ނުކުތެވެ.

ކައިނިންމައިގެން އަލަކާ ގޮސް ސޯފާގައި އިށީންދެލިއެވެ. ވަގުތަކީ ލުބާން ސްކޫލުގައި އުޅޭ ވަގުތައް ވެފައި ލުބައިނާވެސް ކޮޓަރީގައި އޮތުމުން އަލަކާ އިނީ ފޫހިވެފައެވެ. “ދަރިފުޅާ. މަންމަ ނެތިން އިނގޭ. ލުބާން ކާފަ ޑަކްޓަރައް ދައްކާލަން މިދަނީ” ލައިނާ ބުނެލިއެވެ. އަލަކާ ބޯޖަހާލިއެވެ.

އަލަކާ ގޭގައި އެކަނިވީއެވެ. އެއީ ލިބުނު ރަނުގެ ފުރުސަތެއް ކަމައް ބަލާފައި އަލަކާ ގެއިން ނުކުތެވެ. ލަސް ހިނގުމެއްގައި ހިނގާލާފައި ގޮސް އަލަކާ ވަނީ އޭނާގެ ގެއަށެވެ. ގެއަށް ވަނުމާއި އެކު ދެލޯ ކަރުނުން ފުރުނެވެ. އެހެން ނަމަވެސް ހިތްވަރު ކޮއްފައި އަލަކާ އެތެރެއަށް ވަނެވެ.

ބަދިގެ ތެރޭގައި ސައިތައްޓެއް ބޯން އިން އަހުމަދުގެ އަނގައިން ދިޔައީ މަޑު ރާގެއް ލައްވަމުންނެވެ. ހެވި ދިލިފައި އިން އިރު ހީވަނީ އެހެން ފަދަކަމެއް ހެންނެވެ. “މަންމަ ނިޔާވިތާ އަދި 24 ގަޑި އިރު މިވަނީ.. ކީއްވެ ބައްޕަގެ މޫނު މަތިން ހިތާމައިގެ އަސަރެއް ނުފެންނަންވީ؟”

އަލަކާގެ އަޑައް އަހުމަދު އެނބުރި ބަލާލިއެވެ. ދޮރުމަތީގައި ހުރި އަލަކާގެ މޫނުމަތީގައިވީ ރުޅިވެރިކަމެވެ. އެރުޅިވެރިމޫނައް ބަލާލާފައި އަހުމަދު ދެންބަލާލީ އަލަކާގެ ބޮޑުވެފައިވީ ބަނޑަށެވެ. ލައިގެން ހުރި ކަޅުކުލައިގެން ހެދުމުގައ މެޔާއި ދިމާލުގައި އިން ވާކޮޅުން އަލަކާގެ ބަނޑު ވަރަށް ބޮޑައް އެނގެއެވެ.

އަތުގައި އިން ސައިޖޯޑު ބައިންދާފައި ޖީބައް އަތް ޖަހާލަމުން އަލަކާއާއި ދިމާލައް ހިނގައިގަތެވެ. “ވެލް ވެލް ވެލް!” އަތް ޖަހަމުން ގޮސް އަލަކާ ކުރިމަތީގައި ހުއްޓި އަލަކާ ބަނޑުގައި ފިރުމާލިއެވެ. އަދި މެޔާ ދިމާލުގައި އިން ވާގަނޑުގައި ހިފާދަމައިގަތެވެ. “ކީއްކުރަންތަ މާ ހެޔޮވަރު ހެދުންގަނޑެއް ލައިގެން ތިހުރީ؟ ހަހަ ތިބަނޑު އެންމެނައް ދައްކަންތަ؟ ކަލޭ ހަނދާނެތުނީތަ؟ ކަލޭ ބަނޑުގަ ތިއޮތީ ނަހަލާލު އެއްޗެކޭ!” އަހުމަދު ބުނެލިއެވެ.

އަހުމަދުގެ އެޖުމްލައާއި އެކު އަލަކާގާތައް އަރައިގަތީ އަމަށަކު ރުޅިއެއް ނޫނެވެ. ފުރަތަމަ ފަހަރައް ކެރިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އަތުގައި ހުރިބާރެއްލާފައި އަހުމަދު ކޯތާފަތުގައި އަލަކާ ޖެހިއެވެ.

“ކަލޭ ކިޔަން ބޭނުން އެއްޗެއް މަށާ ދިމާލައް ކިޔާ! މަގޭ ދަރިފުޅާ ދިމާލައް ހިތުހުރިހާ އެއްޗެއް ކިޔުމުގެ އެއްވެސް ހައްގެއް ކަލެއަކަށް ނޯންނާނެ!” އަލަކާ ބުނެލިއެވެ. އަލަކާ ޖެހިލެއް ބާރުކަމުން އަހުމަދު ކޯތާފަތުގައި ލޭރަހަވެސް ލިޔެވެ. ކޮލުގައި ފިރުމާލަމުން އަހުމަދު ފެށީ ހޭށެވެ. “މަގޭ ދަރިފުޅޭ؟؟” ހެމުން ހެމުން އަހުމަދު ބުނެލިއެވެ. “ހަޔާތްކުޑަ!” ހީހީފައި ކުއްލިއަކަށް އަހުމަދު އަލަކާ ކަރުގައި ހިފާ ފާރައް ތަތް ކުރިއެވެ. އަހުމަދު ދިޔައީ އަލަކާގެ ކަރަށް ވާން ކުރަމުންނެވެ. ސިކުންތުކޮޅެއް ތެރޭގައި އަލަކާގެ ދޮންމޫނު މައްޗައް ރަތް ކުލަ އަރަން ފެށިއެވެ.

(ނުުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތީ އޭ ހަނދަކީ 30

Next

ތިޔަ ލޯތްބަށް އެދެވޭތީ… 42 (ފަހުބައި)

Next
March 26, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 42 (ފަހުބައި)

Previews
March 26, 2025

ތީ އޭ ހަނދަކީ 30

20 Comments!

  1. leeshaa says:
    March 26, 2025 at 8:39 pm

    shihaa mi part vx vrh reethi Masha Allah ❤️❤️❤️
    when next part?

    1. shihaamaa ali shihaamaa ali says:
      March 27, 2025 at 12:21 am

      Jazaakallah khairan
      In sha allah tmrw 🙂

  2. Your fav bab says:
    March 26, 2025 at 9:04 pm

    Maashaa Allah varah furihama👏👏
    Lubaa got angry 😭😭
    N I knew it, nim loves kayaan but they are apart. Bro let them be together 😭
    Then e ahmed gandu koacheh hithah araigen tha alaka ge karuga e hifee??
    Argh varah foohi soreh!!
    Anyways alaka maranulacheyy!!

    1. Your fav bab says:
      March 26, 2025 at 9:05 pm

      Lysssssm shierrr💗💗💗💗
      When next??

    2. shihaamaa ali shihaamaa ali says:
      March 27, 2025 at 12:24 am

      lyttt
      in sha allah tmrw

    3. shihaamaa ali shihaamaa ali says:
      March 27, 2025 at 12:22 am

      jazaakallah khairan
      haha ya, alaka had enough 😭😭
      hehe neynge dhw dhn lets see nim ge love story ah vaa goi

  3. unknown gurll says:
    March 26, 2025 at 9:17 pm

    mi part ves vrh reethi masha allah when next part

    1. shihaamaa ali shihaamaa ali says:
      March 27, 2025 at 12:27 am

      jazaakallah khairan unknown gurll
      in sha allah tmrw

  4. Aalerrr says:
    March 26, 2025 at 9:20 pm

    Masha Allah mi part vx vrh reethi ❤️
    When’s next part??
    Curiously waiting for the next part 🙂

    1. shihaamaa ali shihaamaa ali says:
      March 27, 2025 at 12:27 am

      jazaakallah khairan
      in sha allah tmrw

  5. aanaa says:
    March 26, 2025 at 11:39 pm

    masha allah mi part vs vrh reethi
    when next?
    tc n ly shihaa

    1. shihaamaa ali shihaamaa ali says:
      March 27, 2025 at 12:28 am

      jazaakallah khairan aanaa
      in sha allah tmrw, lyt and tc 2

  6. Ishu says:
    March 27, 2025 at 6:21 am

    Ummm…. Keehve oa lubaa rulhi aee eh???
    Lubaa ves gabool vegenneh noon tha kuri kameh kury
    Nvm mi part ves varah furihama… Maasha allah
    When next???
    can’t wait to read the next part
    Lyssm shiherrr

    1. shihaamaa ali shihaamaa ali says:
      March 27, 2025 at 2:16 pm

      Jazaakallah khairan
      Ya it’s actually her past trauma hitting her dhw.. she thought even xev was thinking in a bad way

  7. Maash Maash says:
    March 27, 2025 at 3:35 pm

    Heyy shiherr..
    Mi part vx varah reethi maasha allah.. Alhey Ahmed haadha goahey.. I think eyna kanneyge gaathilaky.. Really curious.. Amilla bappa ah ve huri dhariah hadhaala goi.. Arrggg I really hate ahmed.. Curiously waiting for the next part.. Lyssm darling 💜🦋

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 5:56 pm

      Jazaakallah khairan, lytt❤️

  8. gurrrrl says:
    March 27, 2025 at 6:37 pm

    Oww shiherrr when next part mi part ves vrh furihama
    Ekm heevey thankolheh kuru hen mi baithah anihkaa vedhaane dhw gurrl ah heevaa ehcheh kamah

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 5:56 pm

      Jazaakallah khairan, lytt❤️

  9. Oreo gurll says:
    March 29, 2025 at 2:25 am

    Oh my!
    What just happened??
    I knew Kayaan loves Nimra and Nimra loves Kayaan too.. but couldn’t she just refuse to it? I mean some excuse??
    I really hope they can be together. And don’t you think Aakin has the right to know?
    As for Lubaa and Xav, the previous night, it didn’t seem like Lubaa was refusing to it
    I mean, they did what they did, together right?? I think this is just the beginning of their true relationship, apart from being a married couple
    And, Ahmed ge hithah hama ekahchekey ves naaraneetha? Amilla kaafa dharifulhaa dhimaalah hithu huri ehchekey kiyan? Mamma nei thanuga bappa ehge haqqu adhaa kohdhinun bodeetha hama?
    Im so angry at him
    Either way, Shihaa varah reethi ingey mi episode. Next episode ebain up vefa ves. Ekamu hama comment miss kohlan beynun nuvee
    Sorry aslu, mihaaru daily koh check nukurevey story up vi the
    😊🙏

    1. shihaamaa ali shihaamaa ali says:
      April 1, 2025 at 5:57 pm

      Lysmm

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 18←


All Right Reserved!