Skip to content
އެސްފިޔަ

ދިރިއުޅުމުގެ މަގްސަދު

ދިރިއުޅުމަކީ ކޮބާހެއްޔެވެ؟ ދިރިއުޅުމުގެ މަގްސަދަކީ ކޮބާ ހެއްޔެވެ؟ ދުވާލަކު 24 ގަޑި އިރު އިނދެއެވެ. 1440 މިނިޓްއާއި 86400 ސިކުންތު އިނދެއެވެ. އެވަގުތު ތަކުގައި މިކަމާ ވިސްނާ ފިކުރު ކުރަނީ އަހަރުމެންގެ ތެރެއިން ކިތަށް މީހުން ބާއެވެ؟ އަހަރެމެންނަށް މިއީ ވަގުތީ އާލަމެއްކަން އެނގެއެވެ. ނަމަވެސް އެކަން ހަނދާން ނައްތާލެވި ދުނިޔެވީ ހަޔާތަށް ހެއްލި ދަނީ ކިހާ ފަސޭހައިން ހެއްޔެވެ؟

އަހަރެންނަކީ އަންހެން ކުއްޖަކީމެވެ. އުމުރުން 23 އަހަރެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން މިފެށުނީ އަދިއެވެ. ފަތިހުގެ ވަގުތު ފަހަނައަޅާ ގޮސް އިރުގެ އަލިކަން ދުނިޔެއަށް ފައުޅުވަން ފެށިއެވެ. އުޑުގެ ވިލާތަކުގެ ތެރެއިން އިރުގެ އަލި ފެންނަމުން ދިޔަ އޮރެންޖާއި ރީނދޫ ކުލައިން ހަމަ މޮޔަވާހާ ރީއްޗެވެ. އަހަރެން އިނީ ގޭ ސިޓިންގ ރޫމްގައި އިންނަ ބިއްލޫރި ފާރެއް ގާތުގައެވެ. އެދިމާލުން ގޭގެ އެފަރާތުގައި ހުރި މާމެލީގެ އެކިބާވަތްތައް ފެންނަން ހުރުމުން މަންޒަރު ވަކިން ފުރިހަމަ ކޮއްދެއެވެ. އަހަރެން ހިނިތުން ވެލީމެވެ. އަތުގައި އޮތް ހަތިމު ކައިރީ އޮތް މޭޒު މަތީ ބާއްވާފައި ކަކުލުގައި ބޯއަޅާލީމެވެ. އަހަރެންގެ ނަފްސު ގުދުރަތީ ރީތިކަމަށް ދޫކޮއްލައިގެން އިނީމެވެ. ކާޅުތަކާއި ކޮވެލިތައް ގޮވަމުން ދިޔަ އަޑު އަހަން އިން އަހަރެންގެ ސިކުނޑި ގަރަގު ވެގެން ދިޔައީ އަހަރެންގެ މާޒީ އަށެވެ.

އަހަރެންނަކީ ރަށްފުށު ދިރިއުޅުމުއް އުޅެމުން ދިޔަ ކުއްޖެކެވެ. ޒުވާން އުމުރުގެ “ރަން ޒަމާން” އަހަރެން ހަޔާތައް އައީ ވަރަށްވެސް ކުލަ ގަދަކޮށެވެ. އަހަރެންގެ ބައްޕަ އަކީ މެލޭޝިއާ މީހެކެވެ. ނަމަވެސް އޭރު އަހަރެން ދިރިއުޅެމުން ދިޔައީ އަހަރެންގެ މަންމަގެ ރަށް ކަމުގައިވާ ހދ ކުރިނބީގައެވެ. އޭރު އަހަރެންގެ އުމުރުން 18 އަހަރެވެ. އަހަރެން 24 ގަޑިއިރު ހޭދަކުރަމުން ދިޔައީ އަހަރެންގެ އެކުވެރިންނާއި އެކުއެވެ. ނުވަތަ އަހަރެންގެ “ބޯއިފްރެންޑް” އާއި އެކުއެވެ. ތެދައް ބުނާނަމަ ދުވަހަކު ފިރިހެނަކާއި އެކުއެވެ.

އަހަރެންގެ ނުބައި އެކުވެރިންގެ ގާތުން ފަހަރަކު ކަމެއް އަހަރެންނަށް ވާރުތަ ވަމުން ދިޔައެވެ. ފުރަތަމަ ސިނގިރޭޓެވެ. ދެން އެމީހުން އެދުނީ މަސްތުވާ ތަކެއްޗާއި ގާތް ވުމަށެވެ. ނަމަވެސް އެކަން ކުރާކަށް ނުކެރުނެވެ. ފާޅުގައި އަހަރެން ދެކޮޅު ހެދީމެވެ. އެއީ “ކްރީޕީ” ކަމަކޭ އަހަރެން ބުނެލީމެވެ. ހަމަ ޖެހިލައިގެން އަހަރެން ހުރި އެމީހުންގެ “ހިތުގެ ވިންދާއި” ދިމާލަށް “ކްރީޕީ” އޭބުނެވުން އެއީ އަހަރެންގެ ހަޔާތައް އެޅުނު ބަދުނަސީބުގެ ހިޔަންޏެއްކަން އޭރު އަހަރެންނައް އެނގުނު ނަމައެވެ.

ޖެހިގެން އައި ދުވަހެވެ. އަހަރެންނައް ހޭވެރިކަން ވެވުނު އިރު އަހަރެން އޮތީ ގަސްބޯ ޖަންގައްޔެއްގެ ތެރޭގައެވެ. ވީނުވީއެއް އަހަރެންނަކައް ނޭނގުނެވެ. ގައިމުވެސް އަހަރެން ރޭގަ ނިދީ ކޮޓަރީގައެވެ. އަހަރެން މިހާރު މިތާ މިއޮތީ ކީއްވެގެން ހެއްޔެވެ؟ އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްވެސް ފޭރާމެއްނެތް އަހަރެންގެ ހަށިގަނޑެވެ. ހަޅޭ ލަވައިގަނެވުނު އިރު އަހަރެންގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ.

މައްސަލަ ތަހުގީގު ކުރެވުނެވެ. އަހަރެން ރޭޕް ކޮއްލީ އަހަރެންގެ އެކުވެރިންގެ ގޮތުގައި ދެކުން މީހުން ނޫން އެހެން ދެވަނަ ބައެއްނޫނެވެ. މަސްތުވާތަކެތީގެ ހުކުމާއި އެކު، އަހަރެން ރޭޕް ކޮއްލި ކަމުގެ ތުހުމަތައް 25 އަހަރުގެ ޖަލު ހުކުމެއް އެމީހުނައް ލިބުނެވެ.

އެހެންނަމަވެސް އަހަރެންގެ ދިރިއުޅުމުގައި މިޖެހުނީ ފިލައިގެން ނުދާނެ ތިއްކެކެއްނުން ހެއްޔެވެ؟ ނަމަވެސް އެކަން އެހެންވުން އެއީ މިއަދު އަހަރެންގެ ނަސީބެވެ. އަހަރެންނައް އަހަރެންގެ ދީން ފެނުނެވެ. އުޅެވުނު ގޮތާއި މެދު ހިތާމަކޮއް ރުއީމެވެ. މިއީ އެމީހުންގެ ބަދަލު ހިފުމެއްނޫނެވެ. މިއީ އަހަރެން އުޅުނު ނުބައި ދިރިއުޅުމުގެ ނަތީޖާއެވެ. އަހަރެން އުޅުނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ހެދުންލީނަމަވެސް އަހަރެންގެ ހަށިގަނޑުގެ ވަނާތައް ވާނީ ފައުޅު ކޮއްފައެވެ. ނަމާދެއް ނުކުރަމެވެ. ރޯދައެއް ނުހިފަމެވެ.

އަހަރެން ތައުބާވީމެވެ. މޫނު އަޅާ ހަށިގަނޑު ނިވާކުރީމެވެ. ފަރުޟު 5 ނަމާދުގެ އިތުރުން ސުންނަތް ނަމާދު ކުރަން ފެށީމެވެ. ސުންނަތް ރޯދަ ހިފަންފެށީމެވެ. މިއީ އަހަރެންގެ ތައުބާއަށް ފަހު ފެށުނު ފުރަތަމަ ރޯދަ މަހެވެ. ﷲ އިރާދަކުރެއްވިއްޔާ އެދިރިއުޅުމައް ދުވަހަކުވެސް އެނބުރި ނުދާނަމެވެ. މިއަދު އަހަރެންނައް ހަގީގީ ދިރިއުޅުން ފެނިއްޖެއެވެ. މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވީ އިމްތިހާނު ކުރުމަށެވެ. ބުއްދިވެރިއަކީ އާޙީރަތައް ތައްޔާރުވާމީހާއެވެ. ދިރިއުޅުމެއްގެ މަގްސަދަކީ އެއީއެވެ.

(ނިމުނީ)

Comments (6)

  1. Aalerrr

    Masha Allah mi vaahaka vx vrh reethi❤️💯
    Kuriah oii thaangai vx mi kahala gina vaahaka thakehh kiyaalan libeyne kamah ummeedhu kuran 😊
    You are one of my fav author 🤍🕊️
    I appreciate your hard work 🙂✨
    Keep it up 👏

    1. shihaamaa ali
      Aalerrr

      Jazaakallah khairan🥰🥰

  2. Your fav babe

    Maashaa Allah!
    varah iburath theri vaahaka eh!
    I love the fact that ur uploading these kinda moral stories along with the long story!
    lyssssm shierrr💗💗💗💗
    tc❤

    1. shihaamaa ali
      Your fav babe

      Jazaakallah khairan🥰🥰
      😘❤️

  3. Reader ✨

    Masha allah ❤️
    This is very heart touching.
    Mi vaahaka in varah gina iburaithakeh libidhey..mi kahala vaahaka thah Gina ginain liyunaky varah muhinmu kameh…keep it up….
    Ummeedhaky mi fadha vaahaka thah gina ginain kiyaalan libun….

    1. shihaamaa ali
      Reader ✨

      Jazaakallah khairan🥰🥰
      In sha allah will

Comments are closed.