ސަލާމް، މިއީ “ފުރާނައިގެ ދިރުމޭތިއީ” ގެ ބޯނަސް އެޕިސޯޑްއެވެ. މިއެޕިސޯޑްގައި ހުންނާނީ ފަހުބައިގައި ނުގެނެސް ދޫކޮށްލިބައިތަކެވެ… މިބައިގައި ގިނައިން ހުންނާނީ، އަލަކާ އަދި ލުބާން، މާޝާ އަދި އާކިން، އަދި ކަޔާންއާއި ނިމްރާގެ ބައެވެ… *** “ކަލޭ…. ކަލޭ ތިއީ އަޅެ އިންސާނެއްތަ؟ ކީއްވެ އެހެންހެދީ؟ ކީއްވެ؟ ކީއްވެ؟ ކީއްވެ؟ ދޮންބެ ޖަނަވާރަކަށް ހެދިމީހަކީވެސް ތިއީ. މަންމަގެ ގާތިލަކީވެސް ތިއީ” އަލަކާއަށް ދިޔައީ ރޮވެމުންނެވެ. މާޝާއާއި ލުބާންވެގެން އޭނާ މައިތިރި ކުރެވުނެވެ. ނަމަވެސް އަހުމަދު އެއްޗެއް ނުބިތާ […]
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ގެއަށް ވަދެގެން އައި މަލިކާގެ ދޮންމޫނު ވަނީ ރަތްވެފައެވެ. އެކަމުންވެސް އޭނާ އަރައިގަންފައިވީ ރުޅިގަނޑު ދިޔައީ ހާމަވަމުންނެވެ. “ދަރިފުޅާ؟ ކޮންކަމަކާ ހާދަ ރުޅި އަހިސްފަ؟” ސިޓިންގ ރޫމްގައި އިން މީރާ އެއްސެވެ. މީރާއާއި އެކު މަލައިކާ އަދި ނާއިކްވެސް އިނެވެ. މަލިކާ ފެނުމުން ނާއިކް މޫނު އަނބުރާލިއެވެ. “މަލީ ކިހިނެތްވީ؟” ޒިދާންގޮސް މަލިކާ އަތުގައި ހިފާލިއެވެ. ހަމަ އެސިކުންތުގައި މަލިކާ ސިދާންގެ އަތް ފޮޅާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. […]
އަހަރެންގެ އުމުރުން އޭރު އެންމެ 5 މަހެވެ. އަހަރެންނަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ؟ ލޯބިވާ މަންމައާއި ބައްޕަގެ ފުރަގަހުގައި އަހަރެން އުފަލާއި އެކު ބޮޑުވަމުން އައީމެވެ. ނަމަވެސް ކަންތައް ބަދަލުވެގެން އައީ ހީވެސް ނުކުރާހާ ގޮތަކަށެވެ. ހުރިހާ އެންމެންވެސް މައިންގެ ލޯބީގެ ވާހަކަ ދައްކައެއްނުން ހެއްޔެވެ؟ ނަމަވެސް ބަފައެއްގެ ގުރުބާނީގެ ވާހަކަ ދައްކަނީ ކިތަށް ކުދިން ހެއްޔެވެ؟ ލޯބިވާ ބައްޕަގެ ދެއަތްތިލައެއީ އަހަރެންގެ އަދި އަހަރެންގެ ލޯބިވާ މަންމަގެ ހިމާޔަތުގެ ގޮވެއްޗެވެ. އަހަރެންގެ މަންމައަށް ދިމާވި ލާއިންސާނީ […]
ޖެހިގެން އައި ދުވަހެވެ. ޒެވިއަން ނިދިފައި އޮތުމުން ލުބައިނާ ނުކުމެލީ ބޭރަށެވެ. އެކަނި ވެލުމަށެވެ. އޭނާ ދިޔައީ ހަމަ އެއަތިރިއަށެވެ. ފައިވާން ބާލާފައި ލުބައިނާ ގޮސް ހުއްޓުނީ ރާޅު ޖަހާހިސާބުގައެވެ. ގޮނޑުސޮށަށް ބީއްސާލާ ފިނި ރާޅުތަށް ލުބައިނާގެ ދޮންފަޔަށް ފިނިކޮއްދީފައި، އެނބުރި ދިޔައީ ވެލިތަކެއްވެސް ހިފައިގެންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައި ފަދައިންނެވެ. ލުބައިނާގެ ހަޔާތަށް ޒެވިއާރް އައީ ޖަހާލި ރާޅެއް ފަދައިންނެވެ. ލުބައިނާގެ ހަޔާތުގައި ނިވިފައިވީ ހުޅުކޮޅު ދިއްލަދީފައެވެ. ދުލުން ބޭރުނުކުރެވުނު ހުރިހާ އިހްސާސްއެއް ބޭރުކުރުމުގެ […]
ހެނދުނުގެ ނާސްތާކޮށްނިންމާފައި މަލައިކާ ވަނީ ޑަކްޓަރަށް ދިޔުމަށް ރެޑީވުމަށެވެ. ނާއިކް މަލައިކާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ސޯފާގައި އިށީންދެ ފޯނު ނަގާ އެފްބީ ތެރެ ހާވަންފެށިއެވެ. [ނޭނގެ މަށަކަށް. މައަދި ޓެސްޓެއް ނަހަދަން. މަ ބަނޑުބޮޑަސް އެވާނީ ކަލޭގެ ދަރިއަކަށް! އަޑު އިވިއްޖެ!] އަނެއްކާވެސް ނާއިކްގެ ބޮލުގައި އެ ޖުމްލަ އެނބުރިގަތެވެ. ވަގުތުން ނާއިކްގެ މޫޑު އޮފްވިއެވެ. ފޯނު ނިއްވާލާފައި ބޮލުގައި އަތްހާކާލީ ބޮލަށް އުނދަގޫވާން ފެށުމުންނެވެ. ނަސީބަކުން އެވަގުތު މަލައިކާ ރެޑީވެގެން ނުކުތެވެ. ފެހި ކުލައިގެ […]
***3 އަހަރު ކުރިން*** ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ފިނި ފިނި ގޮނޑުދޮށުގައި އެހެން ރޭރޭ އޮންނަފަދަ ހިމޭން ކަމެއް މިރެއަކު ނެތެވެ. އެއްގަމަށް ބިންދާލާ ރާޅުތަށްވެސް ދިޔައީ މިއުޒިކެއްފަދައިން އެހިތްގައިމު ރޭގެ އުފަލުގައި ބައިވެރިވަމުންނެވެ. އަތިރިމަތީގައި ހެދިފައިވާ ސްޓޭޖްމަތީގައި ތިބި ދެޖޯޑަކީ، މުޅި ދުނިޔޭގައިވީ އެންމެ ގުޅޭ ދެޖޯޑޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ހުދުކުލައާއި ފިޔާތޮށިކުލައިގެ ބޮޑު ވެޑިންގް ޑްރެސްގައި ހުރި، މަލިކާ ހީވަނީ އުޑުންފައިބައިފައި ހުރި ޕަރީއެއްހެންނެވެ. ހެދުމުގެ މޭމަތީގައިވީ ލޭސް ފޮތީގެ އިތުރުން، […]
މޫސުން ގޯސް ވިއްސާރަރެއެކެވެ. ބޯކޮށް ވިއްސާރަވެހެމުންދިޔައިރު، ގުގުރި ޖަހަމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. ވިދާލާފައި ގުގުރާލާ ގޮތުން ހަށިގަނޑުގައިވާހާ ލޯލިތަށްވެސް ކޮޅަށް ޖެހިގަނެއެވެ. ނަމަވެސް، އެބިރުވެރި ގުގުރިންނާއި، ވެހެމުން ދިޔަ ބޯ ވާރެއިން އޮޕަރޭޝަން ތިއޭޓަރ ކުރިމަތީގައި އިން އަންހެން ކުއްޖާއަކަށް އެއްވެސް އަސަރެއް ކުރާހެނެއް ހިޔެއްނުވެއެވެ. އެކުއްޖާގެ ބޮޑު ދެލޮލުން ކަރުނަ އޮހެމުން ދިޔައިރު އިވެމުންދިޔަ ހޮނުގުގުރީގެ އަޑަށް ވުރެ އޭނާގެ ރުއިމުގެ އަޑު ބާރޭ ބުންޏަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އޮޕަރޭޝަން […]
“ދެން ކީއްކުރަން މިއަދު މަށަށް ތިހުރިހާވާހަކައެއް ތިކިޔައިދެނީކީ؟ އަހަރެންނަށް މާރަނގަޅު ތިއީން އެއްވެސް ވާހަކައެއް ނޭނގި މަމަރުވި ނަމަވެސް…” ލުބައިނާ ރޮމުން ރޮމުން ބުންޏެވެ. ދެމީހުންވެސް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އެކަމަކު މަރުވުމުގެ ކުރިން އަސްލު އެނގެންވާނެތާދޯ؟ ހަހަ” އަލޫކް ގޮސް ނެގީ މާދުރު ނޫން ހިސާބެއްގައި އޮތް ކޯރާޑި ނަގަމުން ބުންޏެވެ. “ގެނޭ މަގޭއަތަށް” ހުސެން ބުންޏެވެ. އަލޫކް ބޯޖަހާލާފައި އޭތި ދިނެވެ. “ނޫން ނޫން ޕްލީޒް ނޫން. އަހަރެން މަރާނުލާތި. ޕްލީޒް.. މަގޭ ޒެވިއަން […]
“ލުބާ؟” ޒެވިއާރް ހާސްވިއެވެ. ޒެވިއަން ގޮވައިގެން ޒެވިއާރް ދުއްވައިގަތީ ލުބާންގެ ކޮޓަރިއަށެވެ. “ހާދަ ދަންކޮއްފަ ކިހިނެތްވީ އަނެއްކާ؟” ހާސްވެފައި ލުބާން އެއްސެވެ. “ޒެވިއަން އުރާދީބާ. ލުބާއެއްނެތް. ހީވަނީ އަނެއްކާވެސް ކިޑްނެޕް ކުރީހެން. މަންމަމެން ކައިރީ ބުނައްޗޭ. ޒެވް މިދަނީ” ލުބާންއަތަށް ޒެވިއަން ދީފައި ޒެވިއާރް ނުކުތެވެ. ދުވަމުން ދުވަމުން ނިކުން ޒެވިއާރް ފޯނު ނެގިއެވެ. ކޮންމެވެސް އެޕްއަކަށް ވަދެ ބެލި އިރު ލުބައިނާގެ ލޮކޭޝަން ފެނަން އިނެވެ. އާއެކެވެ. އޭނާ ދިން ފަށުފުލުގައި އިނީ “ޓްރެކް” ކުރާ […]