Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުރާނައިގެ ދިރުމޭތިއީ 16

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
March 25, 2025 3 Mins Read
13 Comments

ލަސް ހިނގުމުގައި ލުބާން ގޮސް އަލަކާ ގާތުގައި އިށީނެވެ. “ބް…ބާން….” އަލަކާއަށް އަނެއްކާވެސް ބާރައް ރޮއެގަނެވުނެވެ. މަންޒަރު ބަލަން ހުރި ލުބައިނާގެ އިތުރުން ލައިނާއަށްވެސް އެމަންޒަރު ފެނި ރޮވުނެވެ. ދެންފެނުނީ ކަނޑާ ވައްޓާލި ރުކެއްހެން ހޭނެތިގެން އަލަކާ ލުބާންގެ އަތްމައްޗައް ދެމުނު ތަނެވެ.

މިހުރިހާ މަންޒަރެއް ބަލަން ހުރި އައިޝާގެ ގާތިލްގެ ތުންފަތުގައިވީ ފުރިހަމަ ހިނިތުންވުމެކެވެ. އެއީ ހަމަ އިންސާނެއްބާއެވެ؟

“ޕޭޝަންޓުގެ ހާލު ވަރަށް ދަށް. ވަރަށް ކަންކަމައް ވިސްނުމުގެ އިތުރުން ރަނގަޅައް ނުކާ ކަންވެސް ފާހަގަ ކުރަން. އުމުރުން އަދި ޅަކުއްޖަކައް ވުމުގެ އިތުރުން، އެގޮތުގައި ކަންކަން ވަމުން ދަނީ ނަމަ އަލަކާގެ ބަނޑުގައި ވީދަރިފުޅަަށް ބޮޑެތި ގެއްލުންތައް ލިބުން އެކަށީގެންވޭ. މިވަގުތު އަލަކާއަށް ބޭނުންވަނީ އެހެން އެކެއްޗަކަށް ވުރެވެސް ލޯއިތްބާއި އަޅާލުން” އަލަކާގެ ޑަކްޓަރު ލީން ބުނެލިއެވެ.

ލުބާންގެ ނަޒަރު ހުއްޓުނީ ދެލޯމެރިފައި އޮތް އަލަކާއަށެވެ. ރޮއެ ރޮއެ ދެލޯ ދުޅަވެފައިވީ އިރު މޫނުމައްޗައްވެސް ވަނީ ޖަންބު ކުލަ އަރާފައެވެ. ލުބާންއަށް އިސްޖަހާލެވުނީ ހިތައް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.

މެންދުރު ނަމާދައް ފަހު އައިޝާގެ ކަށު ނަމާދު ކުރެވުނެވެ. ފުލުހުން އޭރުވެސް ދިޔައީ އައިޝާގެ މަރު ތަހުގީގު ކުރަމުންނެވެ. އެހެންނަމަވެސް އެކަމައް އަދިވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތެވެ.

އަލަކާ އެދުވަހު އެނބުރިގެއަށް އައި އިރު އިރު އޮއްސެން އުޅެއެވެ. ގޭ ސިޓިންގ ރޫމްއަށް ވަދެވުނު އިރަށް އަނެއްކާވެސް ހިމޭންވެފައި ހުރި އަލަކާއަށް ރޮވުނެވެ. އެފަދަ ވޭން ދެނެވި މަރެއް ލިބެން އައިޝާގެ ކުށަކީ ކޮބާބާއެވެ؟ “ދެން ހުއްޓާލާ. އިރާދަ ކުރެއްވިއްޔާ މިހާރު މަންމަ ހުންނާނީ މިތަނައްވުރެ މާ ރަނގަޅުތާކު. މާ އުފަލުގަ” އަލަކާގެ އުނަގަނޑުގައި ފިރުމާލަމުން ލުބާން ބުނެލިއެވެ.

“އަޅުގަނޑު ބޭނުމެއްނޫން މިގޭގަ ހުންނާކައް. މިތަނައް ވަންނަ ކޮންމެ ފަހަރަކު މަންމަ އޮތް ގޮތް ސިފަ ވާނީ. އަޅުގަނޑަކައް މިތާކު ކެތެއް ނުވާނެ..” އަލަކާ ބުނެލިއެވެ. “ކީއްވެ ކެއްނުވާންވީ؟ އަހަންނެއް ނުދާނަން އެހެންތާކަށެއް” މޫނު ކުނި ކޮއްގެން ހުރި އަހުމަދު ކުއްލިއަކައް ބުނެލިއެވެ. ނަމަވެސް ބުނެވުނު އެތި އެނގުމުން ވަގުތުން އަހުމަދު މައިތިރިވިއެވެ.

“މަންމައަށް ފެންނަނީ ދުވަސްކޮޅަކައް އަލަކާ މަންމަމެން ގެއަށް އަހިސްލަން. އެޓްލީސްޓް އަލަކާ ވިހަންދެން. އެހެން ނޫނީ އަލަކާއަށް ތި ޕްރެގްނެންސީ ގޯ ތްރޫ ކުރަން މާ އުނދަގޫ ވާނެ..” ލައިނާ އޭނާގެ ޙިޔާލު ފައުޅުކުރިއެވެ. އާދިލްވެސް އޭނާގެ ޙިޔާލައް އެއްބަސް ވިއެވެ.

ހަމަ އެރޭ އަލަކާގެ އެއްޗެހިތައް ހިފައިގެން ލުބާން މެންގެއަށް ބަދަލުވިއެވެ. “ލައި އޮވޭ އަލަކާ ގޮވައިގެން ކޮޓަރީގަ. އަހަރެން ދާނަން ލުބާން ކޮޓަރިއަށް.” ގެއަށް ވަދެފައި އާދިލް ބުނެލިއެވެ.

އެނދުމަތީގައި ނުނިދިފައި އޮތް ލުބައިނާ ސިހުނީ ކޮޓަރި ދޮރު ހުޅުވާލީ އަޑަށެވެ. ކޮޓަރިއަށް ވަދެގެން އައި ޒެވިއާރް ފެނި ލުބައިނާ ތެދުވެ އިށީނެވެ. “ކޮބާ އެއްވެސް ކުރިއެރުމެެއް ލިބިއްޖެތަ؟” ލުބައިނާ ފޮތުގައި ލިޔެލާފައި ދިނެވެ. “ނޫން. އެކަން ކުރިމީހަކު އެކަން ކޮއްފައި ހުރީ ވަރަށްވެސް ފުރިހަމައަށް. ބޭނުން ކޮއްފައި ހުރި ވެޕަންތައްވެސް ފެންނަ ހަމައަކު ނެތް. އައިޝާގެ ހަށިގަނޑުގައިވެސް އެއްވެސް ފިންގާރްޕްރިންޓް އެއްނެތް.” ޒެވިއާރް ބުނެލިއެވެ. ލުބައިނާ އިސްޖަހާލިއެވެ.

“ކާނަންތަ؟” ލުބައިނާ ލިޔެލިއެވެ. “ނޫނޭ ކޮފީއެއް އޯކޭ.” ޒެވިއާރް ބުނެލިއެވެ. ލުބައިނާ ބޯޖަހާލާފައި ނުކުތެވެ. އެވަގުތު ކުއްލިއަކަށް ބޯކޮއް ވާރޭ އޮއްސާލިއެވެ. ޒެވިއާރް ގޮސް ޖާލީ ދޮރު ކައިރީ ހުއްޓުނެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރޭއަށް ނަފްސު ދޫކޮއްލައިގެން ހުރި ޒެވިއާރްގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.

އެވަގުތު ވެގެން ދިޔައީ ލުބައިނާ ކޮފީތަށިވެސް ހިފައިގެން އައި ވަގުތަށެވެ. ޒެވިއާރް ހީލާފައި ހުރިތާހުރެ ކޮފީތަށި ބޯލިއެވެ. “އަންނާނަން ފެންވަރާލައިގެން. ލުބާ ނިދާލާ ދެން އިނގޭ” ޒެވިއާރް ބުނެލިއެވެ. ލުބައިނާ ބޯޖަހާލާފައި އޮށޯއޮތެވެ.

ނިދި ނިދި އޮތް ލުބައިނާ ސިހުނީ ގުގުރާލީ އަޑަށެވެ. ވަގުތުން ލުބައިނާގެ ދެލޯ ބޮޑުވެ ކޮޅައް ޖެހުނެވެ. އެދުވަހުގެ ހާދިސާ ހަނދާންވެ ދެލޮލައް ކަރުނަ ޖަމާވިއެވެ. އެވަގުތު ވެގެން ދިޔައީ ޒެވިއާރް ފާހާނާއިންވެސް ނުކުން ވަގުތަށެވެ. “ކިހިނެތްވީ؟” ޒެވިއާރް ހާސްވެފައި ގޮސް އެއްސެވެ. އެވަގުތު ޖަހާލި ބާރު ގުގުރި އާއި އެކު ދެލޯ ތަގުޅި ކޮއްލަމުން ޒެވިއާރްގެ މޭމަތީގައި ލުބައިނާ ތަތްވިއެވެ.

ހަމަ އެކަނި ސޯޓު ބުރިއެއް ލައިގެން ހުރި ޒެވިއާރްއަށް ލުބައިނާގެ ހަށިގަނޑުން ވީހޫނުން ލުބައިނާ ގާތް ކޮއްލެވުނެވެ. ފިނިވެފައި ހުރުމުން އޭނާ ބޭނުންވީ ހީފިލުވާލާށެވެ. ކުރެވުނީ ކީއްކަން ރެއަކާލުމުން ލުބައިނާ އިސްއުފުލާ ޒެވިއާރްގެ މޫނައް ބަލައިލިއެވެ. ހަމަ އެސިކުންތުގައި ލަދުން އިސްޖަހާލެވުނެވެ.

ޒެވިއާރް ހިނިތުންވެލާފައި ލުބައިނާގެ ދަތްދޮޅީގައި ހިފާ މޫނާ ގާތް ކޮއްލިއެވެ. ލުބައިނާގެ ހޫނު ނޭވާގެ އިހްސާސް ކުރެވުމުން ޒެވިއާރްއަށް ދެލޯ މަރާލަމުން އެއަށް ވުރެ ކައިރިވެވުނެވެ. ލުބައިނާގެ ހަށިގަނޑު ގަޔާއި ތަތްކޮއްލަމުން ޒެވިއާރް އޭނާގެ ތުންފަތައް ބޮސް ދިނެވެ. ލުބައިނާއަށް ޒެވިއާރް ލައިގެން ހުރި ސޯޓުގައި ހިފާ ބާރު ކޮއްލެވުނެވެ.

ކޮޓަރިތެރޭގައިވީ ފަނޑު އަލިން އެވަގުތު ފެންނަމުން ދިޔައީ އެދެމަފިރިން އެކަކު އަނެކަކައް ބޭނުންވެފައިވީ ވަރެވެ. ކޮންމެ ފިރުމާލުމަކުން ދިޔައީ ދުލާހަމައަށް ނުނެރެވުނު ކިތަންމެ ބަހެއް ބުނެދެމުންނެވެ.

އެނދުމަތީގައި ނުނިދިފައި އޮތް ނިމްރާ ސިހުނީ ކޮޓަރި ދޮރު ހުޅުވާލީ އަޑަށެވެ. ކޮޓަރިއަށް ވަދެގެން އައި އާކިންފެނި ނިމްރާ ހީލިއެވެ. “އެއްވެސް ކުރިއެރުމެއް ލިބިއްޖެތަ؟” ނިމްރާ އެއްސެވެ. އާކިން ބޯހޫރުވާލިއެވެ.

“އަހަރެން… ބުނީމެއްނުންދޯ ވާހަކަ އެއް ބުނަން ބޭނުމޭ؟ މިހާރު ބުނަންތަ؟” އާކިން އެއްސެވެ. ނޫނެކޭ ބުނަންނުކެރިގެން ނިމްރާ ބޯޖަހާލިއެވެ.

“އެންމެ ފުރަތަމަ އަހަރެންނައް ނިމްފެނުނީ އަހަރެން 8 ގަ އުޅުނު އިރު. އަހަރެންނައް ނިމް ފެނުނީ ނިމް ކުޅުނު ވޮލީ މުބާރާތަކުން. އެދުވަހުން ފެށިގެން ތެދައް ބުނާނާމަ އަހަރެންނައް ނިމްދެކެ ލޯބިވެވުނީ. ނަމަވެސް.. އަހަރެން ހުރީ އެވާހަކަ ބުނަން ނުކެރިފަ. ސިއްރުން ދުރުގައި ހުރެ އަހަރެން ނިމްއަށް ޓަކާ ދުއާ ކުރީ.. މިއަދު ތިއީ އަހަރެންގެ ލޮބުވެތި އަނބިމީހާ. އަހަރެން އެހެންވެ ވަރަށް އުފާވޭ” ހީލަމުން އާކިން ބުނެލިއެވެ.

ނިމްރާ މެއަށް ގޮތެއްވެލިއެވެ. އާކިންވެސް އޭނާ ދެކެ ލޯބި ވަނީތާއެވެ. ނަމަވެސް ނިމްރާއަށް ލޯބިވެވުނީ ކާކުދެކެކަން އަދިވެސް އޭނާއަކައް ނޭނގެއެވެ. ބުނާނެ އެއްޗެއް ނޭނގުމުން ނިމްރާއަށް ހަމަ އެކަނި ހިނިތުންވެލެވުނެވެ.

“އިޒް.. އިޒް އިޓް އޯކޭ އިފް އައި ކިސް ޔޫ؟” ނުކެރިފައި އިން ކަހަލަ ގޮތަކައް އާކިންއެއްސެވެ. ވަގުތުން ނިމްރާގެ ހިތްތެޅިގަތެވެ. ނޫނެކޭ ބުނާކައް ނުކެރުނެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު އޭނާއަކީ އާކިންގެ ހަލާލު އަނބިމީހާއެވެ. އާކިންގެ އެދުންތައް ފުއްދައި ދިނުމަކީ ނިމްރާގެ ވާޖިބެކެވެ. ނަމަވެސް އާއެކޭ ބުނާކައް އޭނާ ބޭނުމެއް ނުވިއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އިނގިލިތަކާ ކުޅިލަކުޅިލާ ނިމްރާ އިނެވެ.

އާކިންއަށް އެކަން ސިފަވީ ނިމްރާ ލަދުގަތީ ގޮތުގައެވެ. އެހެން ކަމުން އާކިން ހީލާފައި ނިމްރާއާއި ގާތްވެލިއެވެ. ނިމްރާގެ ހިތް ތެޅިގަންލެއް ބާރު ކަމުން ހީވީ މޭފަޅާފައި ނުކުމެދާނެ ހެންނެވެ. ކުރާނެކަމެއް ނޭނގުމުން ދެލޯ މަރާ ބާރު ކޮއްލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި އާކިންގެ ތުންފަތް ޖެހުނު އިހުސާސް ކުރެވުނެވެ. ސިހިގެން ދިޔައީ އެވަގުތު ކަޔާންއާއި އެކު ހޭދަވީ އެކުޑަ ވަގުތު ކޮޅު ސިފަވުމުންނެވެ. އަނެއްކާ ނިމްރާގެ ހިތުގައިވެސްވީ ކަޔާންބާއެއެވެ؟ ދެން އާކިން..؟؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 39

Next

ވާ ލޯބި އެގޭނަމަ….(4)

Next
March 25, 2025

ވާ ލޯބި އެގޭނަމަ….(4)

Previews
March 25, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 39

13 Comments!

  1. leeshaa says:
    March 25, 2025 at 10:16 pm

    shihaa mi part vx vrh reethi Masha Allah 💗
    when next part?
    lyssm shihaaaaaaaa 😘

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 1:02 am

      Jazaakallah khairan🥰
      In sha allah vrh avahah kiyaalan libeyne
      Lytt

  2. Aalerrr says:
    March 25, 2025 at 10:17 pm

    Masha Allah mi part vx vrh reethi ❤️💯
    When’s next part??
    Curiously waiting for the next part 🙂✨

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 1:02 am

      Jazaakallah khairan
      In sha allah very soon

  3. Your fav bab says:
    March 25, 2025 at 10:21 pm

    Varah furihama!!
    I love it!!
    Nim loves kayaan or Akin??
    Well I’m so curious
    When next?
    Lyssssm shierrr.💗💗💗

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 1:03 am

      Jazaakallah khairan
      Nim loabi vanii kaaku dheke kan yageen vaane next ep ga hehe
      In sha allah soon
      Lyttt

  4. Oreo gurll says:
    March 26, 2025 at 12:17 am

    Oh wowwwww!
    Finally, Lubaina n Xavier…..
    But Nimra, I think she loves Kiyaan, actually
    She just haven’t realised it yet.
    It would’ve been so painful for Kiyaan to wish congratulations to Nimra at the wedding..
    That Ahmed is so suspicious, like the way he said, “keehve keih nuvaanvee?” I mean, what was that?? It’s his wife that’s dead and he..?
    I can already sense that Alakaa getting pregnant, and her mother’s death was a plan from the very beginning
    Even though we don’t know who’s behind it. But maybe Ahmed planned it??
    Oh God.
    Shiherr! I’m freaking out.. get these thoughts away from me, I can’t even sleep 😅
    Either way, when’s the next episode?

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 1:06 am

      Hehe yess xev nd lubaa🙊🙊🙊
      Yes nim and kayaan both didn’t realise it until the very last moment..
      Hehe neynge dhw.. e hurihaa ehcheh vess adhi ingeyne hehe.. vaahaka nimey iru gaimu vess kaaku kan engi emiihakah emme haggu adhabu libeyne hihi
      Gorl don’t worry next epp very soon comingg
      Lsymmm your comments makes me very happy🥹🫶🏻

  5. Anonymous says:
    March 26, 2025 at 2:46 am

    Oh

  6. Cutie girl says:
    March 26, 2025 at 10:08 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Nim loabi vanee kaaku dheke baa
    Aakin and Nim dhuru nukurachey
    Lubaa and zev ves
    Alakaa and lubaan ves
    They all are made for each other
    Ahmed haadha goahey dhw i think alakaa mom ge gaathil akee ehn
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Tc ❤️
    Ly shihaa ❤️

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 5:47 pm

      jazaakallah khairan

  7. Ishu says:
    March 26, 2025 at 1:59 pm

    Maasha allah mi part ves varah reethi
    Can’t wait to read the next part
    Btw when next???
    Lysssm shiherrr

    1. shihaamaa ali shihaamaa ali says:
      March 26, 2025 at 5:48 pm

      jazaakallah khairan
      In sha allah real soon

Comments are closed.

Next Episodeފުރާނައިގެ ދިރުމޭތިއީ 17←


All Right Reserved!