ގެއަށް ވަދެގެން އައި ޒެވިއާރްއަށް މަރްހަބާކިއީ ފަޅު ކަމެވެ. އޭރު ގަޑިން 10 ވެސް ނުޖަހާތީވެ، މީހަކު ފެންނަން ނެތުމުން ޒެވިއާރް ހައިރާންވިއެވެ. ލަސް ހިނގުމެއްގައި ކޮޓަރިއަށް ވައިން އިރު ހާސް ވެފައި އިން ލުބައިނާ ފެނި ޒެވިއާރް ގޮސް ލުބައިނާ ގާތުގައި އިށީނެވެ. “ކިހިނެތްވީ؟” ޒެވިއާރް އެއްސެވެ. “ވަރަށް ކަޑަކަމެއް ވެގެން މިއުޅެނީ.. ލުބާން… ގޮޓް އަ ގާރލް ޕްރެގްނެންޓް. މަންމަ ވަރަށް ރޮއޭ އެބަ. ބައްޕަ ވަރަށް ރުޅި އަހިސްފަ..” ލުބައިނާ ލިޔެލިއެވެ. ޒެވިއާރް […]
“ބުނީމެއްނުން ކުއްޖަކާ ރައްޓެހިވި ވާހަކަ.. ދޮންތީ… އައި މޭޑް އަ މިސްޓޭކް… ވަރަށް ބޮޑު ފާފައެއް ކުރެވުނީ… އަލަކާ.. އޭނަ ބަނޑުބޮޑު…” ދުލުން ބުނާނެހާ ހިތްވަރެއް ނުލިބިގެން ލުބާން ބުނީ އިޝާރާތުންނެވެ. ވަގުތުން ދެލޯ ބޮޑުވި އިރު އެދެލޮލުން ހިތާމައާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ. “ކޮއްކޮ މޮޔަވީތަ؟ ކީއްކުރަން ކުރިކަމެއްތިއީ؟ އިނގޭތަ މަންމަމެން ދެރަވެ ލަދުގަންނާނެ ވަރު؟ މިއަދު ތިއައީ މޮކްގެ ފުރަތަމަ ޓެސްޓު ނަގައިގެން. މަންމަމެން އެކަންޏެއް ނޫން ދޮންތިވެސް ކޮއްކޮއަށް ހާދަ ފޮނި އުންމީދު […]
ޓެސްޓު ހަދަން އިން އަލަކާގެ ލޮލަށް މަންޒަރު ފުސްވާން ފެށީ ކުއްލިއަކަށެވެ. ބޯ އަނބުރާފައި، ހޮޑު ލަވާ ގޮތް ވާން ފެށިއެވެ. އަވަސް އަވަހަށް އެސްފިޔަތައް ތަޅުވަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށް އަލަކާ ކުރި ހުރިހާ ކަމެއް ދިޔައީ ބޭކާރު ވަމުންނެވެ. ދެން ކެތެއްނުވާނެ ކަން ރެއަކާލުމުން އަލަކާ އަތް މައްޗައް ހިތްލާލީ ޓީޗަރެއްގެ އެހީ ހޯދުމަށެވެ. ނަމަވެސް އަތް ހިތްލާލި ސިކުންތުގައި ދެން ފެނުނީ އަލަކާ ހޭނެތިގެން ބިންމައްޗައް ވެއްޓުނު ތަނެވެ. ހޭވެރިކަންވީ އިރު […]
މަޖަލާ ސަކަރާތުގައި ކައިނިމި ނިކުމެވުނު އިރު 10 ޖަހަން އުޅެއެވެ. “ޔޫ ގާއިޒް ދެން ދާންވީނުން؟ އަހަރެން ލުބާ ގޮވައިގެން ދުއްވާލަން ދާން” ޒެވިއާރް އެއްސެވެ. ލުބައިނާއަށް ޒެވިއާރްގެ މޫނަށް ބަލައިލެވުނެވެ. “އޯކޭ. މާގަހެއް އިންދައްޗޭ” އެއްލޯ މަރާލަމުން ނިމްރާ ބުނެލިއެވެ. ކަޔާންވެސް “ހޭވް ފަން” އޭބުނެލާފައި ހިނގައިގަތެވެ. ލުބައިނާ ގޮވައިގެން ޒެވިއާރް ދިޔައީ އަތިރިމައްޗަށެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިންނާއި ގޮނޑުދޮށަށް ރާޅު ބީއްސާލާ އަޑުން ލުބައިނާގެ ހިތައްް ހަމަޖެހުން ގެނެސް ދިނެވެ. “އަސްލުވެސް މޯލްޑިވްސް ހާދަ […]
“އަލޫ… ބާންދެކެ ރުޅިއަހިސްފަތަ؟” ލުބާން އަހާލީ އަހަން ނުކެރިފައި ހުރިކަހަލަ ގޮތަކަށެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ރެއަކާލުމުން މިހާރު ލުބާން ހުރީ ދެރަވެ ލަދުގަނެފައެވެ. “ނޫން… އަލޫއަކަށް ބާންދެކެ ރުޅިއެއް ނާދެވޭނެއްނުން.. ކުރިކަމެއް ކުރީ ދެމީހުން އެކުގަ. ދެމީހުންވެސް ބޭނުންވެގެން..” އަލަކާ ހުރިގޮތައް ހުރެ ބުނެލިއެވެ. ލުބާން އިސްޖަހާލިއެވެ. “ބާން މިވާހަކަ އެއްވެސް މީހެއް ގާތުގަ ނުބުނައްޗޭ.. މަންމަމެންނާއި ހަމައަށް މިކަން ގޮއްސިއްޔާ ވަރަށް ކަޑަވާނެ.” އަލަކާ ބުނެލިއެވެ. ލުބާން ބޯޖަހާލާފައި ގޮސް އަލަކާގެ ހަށިގަނޑުގައި ބައްދާލިއެވެ. […]
ރަމަޟާން މަހުގެ ކުރުވާހަކަ ސީރީޒް: ވާހަކަ 1 އަހަރެމެންގެ މިދުނިޔޭގައި ކިތައް ދީން ހިމެނޭ ހެއްޔެވެ؟ މާގިނަ ދީންތަކެއް އަހަރެންނަށް ނޭނގުނަސް ކޮންމެވެސް ވަރަކަށް އެނގެއެވެ. އަހަރެން ބޮޑުވީ ކްރިސްޓިއަނުންގެ އާއިލާއެއްގައެވެ. އަހަރެންގެ އާއިލާގައި އެނޫން އެހެން ދީނެއްގެ މީހަކު އުޅެޔޭ ބުނެފިއްޔާ އެވާނީ ރޯބުހުތާނު ދޮގަކަށެވެ. އަހަރެންގެ ބައްޕައަކީ “ޗާރްޗް” އެއްގެ ވެރިފަރާތެކެވެ. އަހަރެންގެ މަންމައާއި ބައްޕައަކީވެސް “ދީނުގައި” އުޅުނު ދެމަފިރިންނެވެ. ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަން އަހަރެންނަށް އޭރުން ސުރެ އެނގުނު ނަމައެވެ. […]
އަވީގެ ހޫނުން ދޮން ކޮއްލާފައި އޮތް މަގުމަތީގައި ހިނގާލާފައި ދިޔަ އަލަކާ އާއި ލުބާންގެ އަތް ވަނީ ގުޅުވާލެވިފައެވެ. ދެމީހުންވެސް ތެމިފައި ތިބުމުން ބެލެވޭގޮތުން ނަމަ އެއައީ މުދަށް އެރިގެންނެވެ. “ބާން ވަންނަން ވީނުން އެތެރެއަށް؟” “މިސްޓްރީ” ގޭ ދޮރާށި މަތީ ހުއްޓިފައި އަލަކާއެއްސެވެ. “ނޫން ނުކެރޭނެ.. އަލޫ މަންމަމެން ރުޅި އަތުވެދާނެ..” ލުބާން ފަސްޖެހުނެވެ. ނަމަވެސް އަލަކާ ޖަހާލީ ހިނިގަނޑެކެވެ. “އަޅެ ދޯ.. އަލޫ މަންމަ މެން އޯކޭ ވާނޭ. އަލޫ ރޫމްގަ ތިބޭނީ.. އޭރުން […]
އަތިރިމަތީގައި ރާޅު ޖަހާ ހިސާބުގައި ހުރި ޒުވާނާ އަނދިރިގަނޑުން ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ގޮނޑުދޮށައް ބީއްސާލާ ރާޅުތައް އަހިސް އޭނާގެ ފައިގައި ބީހިލާފައި އެނބުރި ދަމުން ދިޔައެވެ. އަތުގައި އޮތް ފޯނުގެ އަލިން އެޒުވާނާގެ މޫނު މައްޗައް އެރި ނުލަފާ ހިނިތުންވުން ފެނިލިއެވެ. ފޯނުގައި އިނީ ލުބައިނާއާއި ޒެވިއާރްގެ ކައިވެނީގެ ފޮޓޯއެކެވެ. އަތުގެ އިނގިލިތައް ހަރަކާތް ކޮއްލާފައި އެފޮޓޯ ޒޫމް ކޮއްލީ ލުބައިނާގެ މޫނަށެވެ. ކައިވެނީގެ ހަފްލާ ނިންމާފައި ލުބައިނާ އަދި ޒެވިއާރްއަށް ގެއަށް އާދެވުނު […]
ވާހަކަ ލިޔާ މީހުންނަކީ ވަރަށް ހެއްވާ ބައެކެވެ. އެމީހުން ނުބެހޭ ކަމެއް ނޯވެއެވެ. މީހުން ބުނެ އުޅެއެވެ. ވާހަކަ ލިޔާނީ މޮޔައިންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެމީހުން އަބަދުވެސް އިންނަނީ އެމީހުންގެ “ވާހަކައިގެ” ދުނިޔޭގައެވެ. “ސްކިޒޯފްރެނިއާ” ހުންނަ ކަހަލަ ބައެކެއްނުން ހެއްޔެވެ؟ ދެން އަހަރެން މިހެން ބުނީމަ ހޭން ފަށާށެވެ. އަހަރެންނަކީވެސް ވާހަކަ ލިޔުންތެރިއެކެވެ. އަހަރެންނަކީ އަންހެން ކުއްޖެކެވެ. އުމުރުން 16 އަހަރެވެ. އަހަރެން ބޮޑުވީ މިބުނާ “ފޮތުގެ” ދުނިޔޭގައެވެ. ބޮޑުވަމުން އައި ވަރަކަށް އަހަރެން […]