Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ފަސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
April 4, 2016 8 Mins Read
26 Comments

ފައި އަރިއަޅާލުމުން ފަޔަށް ތަދުވިއެވެ. އުސްފައިވާން ގަނޑު ބާލާފައި އެއްލާލަންވެސް ހިތަށް އެރިއެވެ. ދެން ސިޑިން މައްޗަށް ދާން އިތުރަށް ބޭނުން ނުވާތީ ފޯނު ނަގާ އަޒީމްއަށް ގުޅޭތޯ ބެލިއެވެ. ނަމަވެސް މަންޝާގެ ފޯނު އެވަގުތު އޮތީ ބެޓެރިލޯވެގެން ނިވިފައެވެ. “ނޯ.. ނޯ.. މިގަޑީގަތަ އަދި ފޯނު ނިވެންވެސް އެނގުނީ….”

އެންމެފަހުން ވަރުބަލިވެގެން މަންޝާ އައިސް ލިފްޓު ކައިރިއަށް ހުއްޓުނެވެ. ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން އުނަގަނޑުގައި އަތް ވިއްދާލައިގެން ގުދުވެލީ ހަމަޔަށް ނޭވާ ލެވޭތޯއެވެ. ފައިގެ ކުޑަހުޅުގައި ފިރުމާލީ ކުޑަ ތޫނު ތަދެއް ހުރުމުންނެވެ.

އަނެއްކާވެސް މަންޝާގެ ކަންފަތުގައި ޖެހުނީ އެއްކަލަ އަޑެވެ.

ކުރިންވެސް އިވުނު ޓްރޮލީގެ އަޑެވެ. މަންޝާ އެމީހާއާއި ކުރިމަތިލާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން ލިފްޓު ހުޅުވޭތޯ ސްވިޗަށް އަވަހަށް ފިތަން ފެށިއެވެ. ފަހަރެއް ފަހަރެއް އެ އަޑު އައީ ގަދަވަމުންނެވެ. އެހެންކަމުން އެމީހާ މަންޝާ ހުރި ހިސާބާ ގާތްވަމުން ދިޔަކަން މަންޝާއަށް އެނގުނެވެ. މަންޝާގެ ހިތް ބިރުން ތެޅިފޮޅެނީއެވެ. ހީވީ މޭގަނޑު ފަޅާފައި ހިތް ނުކުމެދާނެ ހެންނެވެ. އެ އަޑު އަންނަަ ދިމާލަށް ފަސް އެނބުރި ބަލަން ޖެހިލުންވެފައި މަންޝާ ހުރީ ލިފްޓު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރީ ބިރުން ގޮސް ރޮވިދާނެތީއެވެ. މައްޗަށް ގޮސްފައިވާ ލިފްޓު ތިރިއަށް އަންނަމުން ދިޔަ ނަމަވެސް ލިފްޓު އަންނަ ސްޕީޑް ލަސްކަމުން މަންޝާ ހުރީ ރުޅިގަދަވެފައެވެ. އެންމެފަހުން ސްވިޗްމަތީގައި ގޮށްމުށްކަވާފައި އަތުން ޖެހިއެވެ.

އޭރު މަންޝާ ދާހިއްލާ ފޯވަނީއެވެ. ލައިގެން ހުރި ޓޮޕްކޮޅުގެ ކިހިލިފަތް ދަށުންނާއި ބުރަކަށި މުޅިންހެން ތެމި ފޯވެއްޖެއެވެ. ލިފްޓު ކައިރީ ފާރުގައި އަތް ވިއްދައިގެން ހުރިއިރު މަންޝާ ފަހަތަށް ބަލާކަށް ބޭނުމެއް ނުވިއެވެ. ޓްރޮލީގެ އަޑު އިވެމުން އައިސް އޭތި މަންޝާއާއި އަރާ ހަމަކޮށްފިކަން ކަށަވަރެވެ. މަންޝާ ދެލޯ މަރާލަމުން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔޭތޯ މަސައްކަތް ކުރިއެވެ. ދެން އޭގެ އަޑު މުޅިންހެން ކެނޑިއްޖެއެވެ. މުޅިތަަން އެކީ ހަަމަހިމޭން ވެއްޖެއެވެެ. ތަގުޅިކޮށް ފިއްތާފައިވާ ދެލޯ ބޮޑުވެގެން ދިޔައެވެ. އެވަގުތު އެ ތަނުން އިވެމުން ދިޔައީ މަންޝާ ދޫކުރަމުންދިޔަ ފުން ނޭވާގެ އަޑެވެ.

ކުއްލިއަކަށް ލިފްޓު ހުޅުވިއްޖެއެވެ. މަންޝާއަށް ލިފްޓާ ދިމާލަށް ބަލާލެވުނީ ޖެހިލުންވެ ހުރެއެވެ. ލިފްޓު ތެރޭގައި ހުރީ ނަރުސް ކުއްޖަކާއި ހޮސްޕިޓަލުގެ މަސައްކަތު މީހެކެވެ. ދެމީހުންގެ އަތުގައި ޓްރޭތަކެއް ހުއްޓެވެ. އޭގައި އެކިކަހަލަ ބޭސް ފުޅިތައް އަތުރާފައި ހުއްޓެވެ. ބިރުން ރޫރޫ އަޅަމުންދިޔަ މަންޝާ ހުރިހާލު ފެނުމުން އެމީހުން ސުވާލުކުރިއެވެ. “ކިހިނެއްވީ؟…. ކީއްކުރަން މިބަޔަށް އައިސް ތިއުޅެނީ؟… ގްރައުޑް ޕްލޯއިން ތިރިއަށް މި ހުންނަ ބަޔަށް އާންމުންގެ މީހުން އައުން މަނާވާނެ…”

އެމީހުން ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަމެއް ނުދީ މަންޝާ ބެލީ އަވަހަށް ލިފްޓަށް އެރޭތޯއެވެ. ލިފްޓަށް އެރުމަށްފަހު ގްރައުޑް ފްލޯއަށް ދިޔުމަށް ސްވިޗަށް އޮބާލިއެވެ. ލިފްޓުގެ ދޮރުފަތް ލެއްޕުނު އިރު އެ ދޭތެރެއިން މަންޝާ އަށް ބަލާލެވުނީ އެ ޓްރޮލީ ހިފައިގެން މީހަކު އައިސް ހުރިތޯއެވެ. ނަރުސްކުއްޖާއާއި މަސައްކަތު މީހާ ތިބީ މަންޝާގެ ހަރަކާތަށް ބަލަހައްޓައިގެންނެވެ. އެމީހުންގެ ފަހަތަށް މަންޝާ ބަލަމުން ދާތީ ނަރުސްކުއްޖާ ފަސް އެނބުރި ބަލާލީ ޖެހިލުންވެ ހުރެއެވެ. ނަމަވެސް އެތާ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިފްޓު ދޮރު ލެއްޕުނު އިރު މަންޝާވެސް ހުރީ އެކަމާ ހައިރާންވެފައެވެ.

ލިފްޓުގެ ދޮރު ހުޅުވުމުން މަންޝާ ލިފްޓުން ފޭބުމުގެ ކުރިން އެއީ ގްރައުންޑް ފްލޯތޯ ޔަގީންކުރަން ސީލިންގަށާއި ފާރަށް ރަނގަޅަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. އޭރު ލިފްޓަށް އަރަން އައިސް ތިބި މީހުން މަންޝާ ނުނިކުމެ ލަސްވާތީ ކުދި ކިޔަން ފަށައިފިއެވެ. ލިފްޓުން ފައިބައިގެން މަންޝާ ހޮސްޕިޓަލުން ބޭރަށް ނުކުތީ ހަމަޖެހިލާށެވެ. ގޭޓާ ހަމަޔަށް ދިޔުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ހޮސްޕިޓަލް ތެރޭ ހިނގި ކަންތައް މަތިން ހިތަށް އެރުމުން އެކަނި ހިނގާފައި ގެއަށް ދާން ޖެހިލުންވިއެވެ. އެވަގުތު އެހިސާބަށް ބަލި މީހެއް ގޮވައިގެންއައި ޓެކްސީއިން މީހުން ފައިބާ ހުސްވުމުން މަންޝާ އެ ޓެކްސީއަށް އެރީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ޓެކްސީއަށް އަރާ ދާންވީ މ.ރެޑްލައިޓަށް ކަމަށް ބުނުމުން ޑްރައިވަރު ކާރު ދުއްވާލިއެވެ.

“މަންޖޭ… ހާދަ ހާސްވެފަ ހެން ހީވޭ… އިސްތަށިގަނޑުވެސް ހޭވިފަ… ކިހިނެއްވީ ހޮސްޕިޓަލަށް އައީ؟.. ބަލި މީހަކަށް ގޮވާލަންތަ؟…” ކާރުގެ ލޯގަޑުން މަންޝާއާއި ދިމާލަށް ބަލާލަމުން ކާރު ދުއްވަން އިން ޑްރައިވަރު މަންޝާއާއި މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. ދެއަތް ބޮލުގައި ހާކާލުމަށްފަހު މަންޝާ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. ޑްރައިވަރަށް ޖަވާބެއް ނުދީ އިނީ މިގަޑީ މަންޝާ އިތުރު ވާހަކަތަކެއް ދައްކަން ބޭނުން ނުވާތީއެވެ.

*** *** *** *** *** ***

ޟިރާރު ގާތުގައި އިށީނދެގެން އިން ރިޔާޒްގެ ހިތަށް ލުޔެއް ލިބޭނީ އޭނާގެ ކޮއްކޮއަށް ވެގެން އުޅޭ ގޮތެއް އެނގުމުންނެވެ. އެތައް ފަހަރަކު ސުވާލުކުރުމުން ޟިރާރު ޖަވާބުގައި ބުނީ ވެގެން އުޅޭ ގޮތެއް ތަފްސީލްކޮށް ނޭނގޭ ކަމަށެވެ. ނަރުހުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އެތާ މަޑުކުރުމަށް އެމީހުން އެދިފައިވަނީ ޑޮކްޓަރުންގެ ޓީމެއް އައިސް ރޫހީ ބަލާފަ ވެގެން އުޅޭގޮތް އަންގާނެ ކަމަށް ބުނަމުންނެވެ. ރިޔާޒް ރުޅިގަދަވަމުން ދިޔައީ ކަމުގެ އިތުރު ތަފްސީލެއް ނުލިބި ލަސްވަަމުން ދާތީއެވެ. ގޮނޑިން ތެދުވެ ދެއަތަށް ހިނގަހިނގާ ހުރުމަށްފަހު އެންމެފަހުން ނަރުހުންގެ ކައުންޓަރު ދޮށަށް ދިޔުމަށް ރިޔާޒް ހިނގައިގަަތެވެ.

“ރިޔާޒު….” ރިޔާޒްއަށް ގޮވަމުން ޟިރާރު ގޮނޑިން ތެދުވީ އޭނާ ހުއްޓުވަން ދިޔުމަށެވެ. ޟިރާރުއަށް އެހެން ބުނެވުނު އިރު އެމީހުން ތިބި ގޮނޑިބަރިއާއި ދިމާލަށް ފުލުހުންގެ ދެމީހަކާއި އެކު ރޫހީގެ ޑޮކްޓަރ އައިސް ހުއްޓުނެވެ. ރިޔާޒް އެމީހުންނާ ކުރިމަތިލީ ވަރަށް ރުޅިއައިސް ހުރެއެވެ.

“މީދެން ކިހާ ދެރަ ވެއްޖެ ކަމެއް..، ވެގެން އުޅޭ ގޮތެއްވެސް އަންގާލީއަކީ ނޫން… ކަމެއް ވާއިރަށް އަހަރެމެން ގެނެސް ފާޑެއްގެ ވެއިޓިންގް އޭރިއާ އަކަށް ލާނެ…. ކިހިނެއް ވާނުވާ ނޭނގި މަޑުން ތިބޭނީ؟… ކޮބާ ރޫހީ؟… އޭނާއަށް ކިހިނެއްވީ؟…” ޑޮކްޓަރ ކުރިމައްޗަށް ހުއްޓުމަށްފަހު ރިޔާޒްގެ ބަރުއަޑުން ހަރުކަށިބަސްތައް ބޭރުކޮށްލީ އެއްވެސް ޖެހިލުމެއް ނެތިއެވެ.

ފުލުހުންގެ ތެރޭ ހުރި މީހަކު ރިޔާޒްގެ ކޮނޑުގައި ހިފަހައްޓަމުން ކެތްތެރިވެ ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަށް އެދުނެވެ. އަދި ގޮނޑީގައި އިށީނުމަށް އެދުނެވެ. ރިޔާޒްގެ ފަހަތުން އައިސް އެހިސާބަށް ހުއްޓުނު ޟިރާރު ފެނުމުން އޭނާއާއި އާމިނަ ގާތުގައިވެސް ގޮނޑީގައި އިށީނުމަށް އެދުނެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ޟިރާރުއަށް އެނގުނު ކަމުގައި ވީ ނަމަވެސް ކަން ހިނގާ ދިޔަގޮތް ތަފްސީލުކޮށް އެނގެން އޭނާ ބޭނުމެވެ. އާމިނަގެ މޫނަށް ޟިރާރު ބަލާލީ ޑޮކްޓަރުން ދޭން އެއުޅޭ ޚަބަރުން އާމިނަގެ ހިތް ކުދިކުދި ވާނޭކަން އެނގޭތީއެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޑޮކްޓަރ ހެދުމުގައި ހުރި މެދު އުމުރުގެ ފިރިހެންމީހާ ވާހަކަ ދައްކަން ފެއްޓިއެވެ. “އައިމް ރިއަލީ ސޮރީ…. ރޫހީ ކޮޓަރީގެ ދޮރު ހުޅުވި އިރު އޭނާވަނީ އަމިއްލައަށް ދަން ޖެހިގެން މަރުވެފައި…”

ކައްޓެއް ޖެހިހެން ގުންފައި ޖަހާފަ ގޮނޑިން ތެދުވަމުން ރިޔާޒް ވާހަކަ ދެއްކީ އެވާހަކަ އޭނާއަށް ގަބޫލުކުރަން ދަތިވުމުންނެވެ. “ކީކޭ؟؟…. މަރުވީއޭ… މީގެ ވިއްސަކަށް މިނެޓުކުރިން އަހަރެމެން އެކޮޓަރިން ނުކުތް އިރުވެސް އޭނާ އޮތީ ނުލާހިކު ރަނގަޅަށް…. ދެން އެވަރުވީ ކީއްވެގެންތޯ؟…”

ރިޔާޒް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދެމުން ޑޮކްޓަރު އައިސް ރިޔާޒްގެ ބުރަކަށީގައި ފިރުމާލިއެވެ. “ރޫހީގެ މަންމަ ނަރުސްކުދިން ގާތު ރޫހީ ޒާތްޒާތުގެ ވައްތަރުތައް ޖައްސަމުން ދިޔަ ވާހަކަ ބުނުމުން ނަރުހުންގެ ޓީމެއް ކޮޓަރިއަށް ދިޔައީ… ދެން ފެނުނީ އެނދުގައިވާ ބެޑްޝީޓް ގަނޑުން ފަންކާގައި އެލުވައިގެން… ދަންޖެހި މަރުވެފައި އިންދާ… އެކަމު މިވަރުގެ ކަމެއް ކުރެވޭނެކަމަށް އަޅުގަނޑަށް ގަބޫލްކުރަން ވަރަށް ދަތި… ސަބަބަކީ ނަރުސްކުދިންގެ ޗާޓްތަކުން ދައްކާ ގޮތުން މީގެ އެއްގަޑިއިރު ކުރިން ރޫހީއަށް ވަނީ ހައި ޑޯޒްގެ ނިދާ އިންޖެކްޝަނެއް ދެވިފައި….”

ޑޮކްޓަރުގެ ވާހަކަ މެދު ކެނޑުނީ ގޮނޑިން މަޑުމަޑުން ތެދުވަމުން ދިޔަ އާމިނަ ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓުމުންނެވެ. ރިޔާޒް އަވަހަށް ތެދުވެ އޭނާގެ މަންމަ ނެގޭތޯ މަސައްކަތް ކުރިއެވެ. އާމިނަގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން ޟިރާރު ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ޑޮކްޓަރުގެ އިރުޝާދަށް އެތަނަށް ނަރުސްކުދިން އައިސް އާމިނައަށް އަވަސް ފަރުވާ ދިނުމުގައި މަސްއޫލުވެގަތެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓިފައިވާ ހާލުގައި އިން ޟިރާރު ގޮނޑިން ތެދުވެ ކުރިއަށް ހިނގައިގަންނަންވެސް ނޭނގިފައި އެހުރި ފިޔަވަޅުމަތީ ހުރީއެވެ.

*** *** *** *** *** ***

މ.ރެޑްލައިޓް ގޭ ދޮރުމައްޗަށް ޓެކްސީ މަޑުކުރުމުން ފައިސާ ދެއްކުމަށްފަހު މަންޝާ މިސްރާބުޖެހީ ގޭތެރެއަށް ވަނުމަށެވެ. ވިއްސާރަ ހުއްޓާލައިފައި ވިޔަސް މަގު މަތީގައި ކޮންމެވެސް ވަރަކަށް ޗަކަ ހެދިފައި ހުރުމުން މަންޝާ ހިނގާފައި ދިޔައީ ވަރަށް ބަލައިގެންނެވެ. ނޭނގި ހުއްޓާ މަންޝާގެ ކޮނޑުގައި މީހަކު ހިފުމުން މަންޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ބޮޑުކޮށްލަމުން ފަހަތް ބަލާލީ މޭގައި އަތްއަޅައިގެން ހުރެއެވެ.

“މަންޝާ… ދަރިފުޅާ… ކިހިނެއްތަ ހާލު؟…. އަޅެ ހާދަ ފަލަވެއްޖޭ… އަނެއްކާ ބަނޑުބޮޑީތަ؟… ކޮން އިރަކުންތަ ކުއްޖަކު ހޯދަނީ…. ދެން ހޯދާހާ ދުވަސް ވެއްޖެދޯ…”

އެއް ފައްޗަކަށް އެތައް ސުވާލެއް އެމީހާ ކުރަމުން ދިޔައިރު މަންޝާއަށް ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. “ރަނގަޅު….” މަންޝާގެ ޖަވާބު ވަރަށް ކުރެވެ. އެ އަންހެންމީހާ އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލުމަށްފަހު ދެން ދަނީއޭ ބުނެ ކުރިއަށް ހިގައިގަތީ ތަނަކަށް ދާން ލަސްވާތީއޭވެސް ބުނަމުންނެވެ.

“ދެން ދަނީ… ތިހެން އުޅެމުން ދައްތަމެން ގެއަށްވެސް އަންނައްޗޭ… މިދަނީ އަމާންއާ އީމާންއާ ޓިއުޝަނުން ބަލާ…”

އެ އަންހެން މީހާ މަންޝާއާއި ސަލާމް ކުރުމަށްފަހު ދެފަރާތަށް ދެއަތް ހޫރަމުން ހަލުވި ފިޔަވަޅުތަކެއްގައި ކުރިޔަށް ހިނގައިގަތެވެ. އެ އަންހެންމީހާ ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ގޭ މައި ދޮރާށި ހުޅުވާލަމުން މަންޝާ ގޭތެރެއަށް ވަނެވެ. އެއް ފަރާތުގައި ހުރި ދަގަނޑު ސިޑިން މައްޗަށް އެރުމުގެ ކުރިން އަރާފައިހުރި އުސް ފައިވާން ބޭލިއެވެ. އަތުން ފައިވާން ހިފައިގެން މަންޝާ ސިޑިން މައްޗަށް އެރީ ހުސްފައިގައި ކޮރެއް ޖަހަމުންނެވެ. ދަބަހުގެ ތެރެއިން ތަޅުދަނޑި ނެގި ވަގުތު ތަޅުދަނޑިއާއި އެކީ ލެބޯޓްރީ ރިޕޯޓް ނަގަން ދާންޖެހޭ ގަނޑުކޮޅު ފެނުމުން އަދި މިއާދެވުނީ ރިޕޯޓް ނުނަގާ ކަން އެނގުނެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ތުންގަނޑު ވިކާލިއެވެ. ކުޑަކޮށް ހަށިގަނޑު ގުދުވެލަމުން ތަޅަށް ތަޅުދަނޑި ލައްވާ ދޮރު ހުޅުވާލިއެވެ.

ގޭތެރެއަށް ވަދެވުމުން ހޮޅިބުރި ދިއްލާލާ، ދޮރު ރަނގަޅަށް ތަޅުލުމަށް ފަހު ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. ވެފައި ހުރި ވަރުބަލިން ލޯ މަރާލީ ބަރުވެފައިވާ އެ ސިކުނޑިއަށް އަރާމެއް ހޯދާށެވެ. ހަށިފުރާ ފުންނޭވާތަކެއް ދޫކުރަމުން ދެވުނެވެ. މުނީރައްތަ ކުރި ސުވާލުތަކުން މަންޝާ ވަރަށް ދެރަވިއެވެ. ދަރިއަކު ބޭނުންވެގެން އެހާ މަސައްކަތް ކުރަމުން ދާ ދުވަސްވަރެއްގައި ދަރިއަކު ހޯދަންވީ ނޫންހޭ ކިޔައި އެފަދަ ސުވާލުތައް ކުރުމުން މަންޝާއަށް ވަރަށް އުނދަގޫ ވިއެވެ. ނިއްކުރިމަތީގައި އަތުގެ އިނގިލިތަކުން ފިރުމާލެވުނީ މަންޝާގެ ބޮލުގެ ރިހުމަށް ލުޔެއް ލިބޭތޯއެވެ.

އެހެން އޮއްވާ މަންޝާގެ ލޯ ހުޅުވާލެވުނީ ކަންފަތް ދޮށުގައި މީހަކު ސިމިސިމި ލައްވާލިހެން ހީވުމުންނެވެ. އެއް ކަންފަތުގައި އަތް ހާކާލެވުނީ ހޮސްޕިޓަލުގައި ވީ ކަންތައް މަތިން ހަނދާން ވުމުންނެވެ. އެކަަންތައް ހިތަށް އެރުމުން މަންޝާގެ ގައިން ހީބިހި ނަގައިިގެން ދިޔައެވެ.

ޕިސް ޕިސް ލައްވަމުން ސޯފާއިން ތެދުވެ ސޯފާ ބިއްދޮށުގައިވާ ކުޑަ ބަދިގެއާއި ދިމާލަށް ހިނގައިގަތީ އިންތިހާއަށް ބަނޑުހައި ވެފައި ހުރުމުންނެވެ. ރިހަ ތެލީގެ މަތި ނެގުމަށްފަހު އުނދުން ޖައްސާލީ ރިހަ ހޫނު ކޮށްލުމަށެވެ. އެކްޒޯސްޓް ޖައްސާލުމަށްފަހު ސިޓިންގްރޫމާ ވީފަރާތުގައި ހުރި ކުޑަދޮރު ހުޅުވާލީ ހަވާދު ވަސް މުޅި ގޭތެރޭގައި ހިފާފާނެތީއެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއާއި އެކީ ބޭރުން ފެންނަންހުރި ކާނި ގަހުގެ ފަތްތަކުގައި ހަރުލާފައިވާ ފެންތިކިތައް މަންޝާގެ މޫނުގައި ޖެހުނެވެ. ލިބުނު ފިނިކަމުން މަންޝާގެ ހަށިގަނޑަށް ފުން އަރާމެއް އިހްސާސް ވެގެން ދިޔައެވެ. ވަޔާއި އެކީ ވިހުރެމުން ދިޔަ މަންޝާގެ އިސްތަށީގަނޑު އޮޅާލަމުން ބޮލުމެދަށް ހުޅިއެއް ޖަހާ ހަރުކޮށްލިއެވެ. ކުޑަދޮރު ކައިރީގައި ބޭރުބަލަން ހިނދުކޮޅަކަށް ހުރެވުނީ ޖެހެމުންދިޔަ ފިނި ތާޒާ ވައިރޯޅިން ލިއްބައިދެމުން ދިޔަ އަރާމުންނެވެ.

ރިހައިގެ ވަސް ޖެހުމާއި އެކީ ބަދިގެއާއި ދިމާލަށް މަންޝާ އަވަސްވެގަތީ ރިހަ ތެލި ގަދައަށް ކެކެނީކަން އެނގުމުންނެވެ. އުނދުން ނިއްވާލުމަށްފަހު ތައްޓަކަށް ރިހަފޮދެއް އަޅައިގެން ރޮށި ތައްޓާއި އެކީ ވަށް މޭޒު ކައިރީހުރި ގޮނޑީގައި އިށީނދެ ރޮށި ފުނޑުކުރަން ފެށިއެވެ. މާޒީގެ ފުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި މަންޝާއަށް އިނދެވުނެވެ.

*** *** *** *** *** ***

ރަށުން ކިޔަވައިިގެން މަންޝާ މާލެއައީ ކޮންމެވެސް ކަހަލަ ކޯހެއް ހެދުމުގެ ނިޔަތުގައެވެ. ކ.ކާށިދޫއަށް އުފަން މަންޝާ ބޭނުންވީ ކިޔަވައިގެން ރަނގަޅު ވަޒީފާއަކަށް ވަނުމަށެވެ. އެކަނިމާ އެކަނި ދާ އޮހޮރުވައިގެން ގެންގުޅެ ބޮޑުކުރި މަންމައަށް އެހީތެރިވުމަށެވެ. ބައްޕައެއްގެ ލޯތްބާ ނުލާ މަދީހާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު މަންޝާ ތަރުބިއްޔަތު ކުރީ ވަރަށް ބުރަ މަސައްކަތުންނެވެ. ރަށުން އެތައް ބައެއްގެ މަލާމާތް ލިބެމުން ދިޔަނަމަވެސް މަންޝާ އެކަމާއި މާ ބޮޑު ފަރުވާލެއް ނުބަހައްޓާ މަސައްކަތް ކުރަމުން ދިޔައީ މަންމަގެ ނަސޭހަތާއި އެކީ ކިޔެވުމުގައި ރަންވަނައެއް ހާސިލްކުރެވޭތޯއެވެ. އެތައް ދުވަސްތަކެއްގެ ބުރަ މަސައްކަތުގެ ނަތީީޖާއަކަށް ވެގެންދިޔައީީ ކާށިދޫ ސްކޫލުގެ އެންމެ މޮޅު ދިހަ ދަރިވަރުންގެ ތެރޭގައި މަންޝާ ހިމެނިގެން ދިޔުމެވެ.

ފުރާވަރުގެ ދުވަސްތައް ގުނަމުންދިޔަ މަންޝާގެ ހެދި ހުރި އަންހެންވަންތަ ހަށިގަނޑުގައި އަޅައިނުގަންނަ ހަމަ އެކަކުވެސް އެ ރަށުގައި ނެތެވެ. މަދީހާއާއި އެކީ ރަށުތެރެ ކުނިކެހުމާއި އެހެނިހެން މަސައްކަތްތަކުގައި މަންޝާ ބައިވެރިވަމުން ދިޔައިރު ރަށުގެ ބޮޑެތި ފިރިހެނުންނާއި ފުރާވަރުގެ ކުދިންތަކުގެ ކަޅި މަންޝާއަށް އަމާޒުވަމުންދިޔަ މަންޒަރު މަދީހާއަށް ފާހަގަވަމުން ދިޔައެވެ. މިކަންތައްތަކުގެ ސަބަބުން މަދީހާ ބޯހާސްވެ ހަދާނެގޮތް ހުސްވިއެވެ. ދެން މަންޝާއަށް ކުރިމަތިލާން ޖެހުނީ އޭނާގެ މަންމަގެ އެތައް ސުވާލުތަކަކާއެވެ. މަންޝާ ލޯބީގެ ގޮތުން ކުއްޖަކާ ގުޅިގެންތޯ އުޅެނީ ސުވާލުކުރުމުން ޖަވާބުގައި މަންޝާ އަދި އެކަހަލަ ކަމަކާ ނުވިސްނާ ކަމަށް ބުންޏެވެ. އެކަމުން މަދީހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. ދަރުފުޅުު އަދި ކިޔަވައިގެން ކުރިޔަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ވިސްނައިދީ މަންޝާ މާލެ ފޮނުވޭނެ ގޮތް މަދީހާ ހަމަޖެއްސިއެވެ.

މަދީހާގެ ހަޔާތުގައި ކުރެވުނު ފަދަ ބޮޑު ފާފައަކާ މަންޝާ ކުރިމަތިލާން ޖެހިދާނެކަމަށް އޭނާ އަބަދުވެސް ބިރުގަތެވެ. އެހެންކަމުން ރަށުގައި މަސައްކަތެއް ނުކޮށް ހުހަށް ބެހެއްޓުމަށް ވުރެ ބުއްދިވެރިވީ މަތީ ތަޢުލީމް ހާސިލް ކުރުމަށް މާލެއަށް ފޮނުވުމެވެ. އެކަހަލަ ކަންކަމާ ގުޅޭ ގޮތުން މަންޝާ ގާތު ގިނަ ވާހަކަ ދައްކާ ސުވާލު ކުރުމަކީ މަދީހާ ކޮށްއުޅޭކަމެއް ނޫނެވެ. އެފަދަ ވާހަކަތައް ދަައްކަން މަދީހާ ޖެހިލުންވަނީ މަންޝާގެ ބައްޕައާއި ބެހޭ ގޮތުން ސުވާލު ކޮށްފާނެތީއެވެ.

މަދީހާއާ އެއްބަނޑު އެއްބަފާ ކޮއްކޮ މުނީރާއަކީ ތިންކުދިންގެ މަންމައެކެވެ. އޭނާ ދިރިއުޅެމުން އަންނަނީ އޭނާގެ ފިރިމީހާއާއި އެކީ މާލޭގައި ދެ ކޮޓަރީގެ ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެހެން ކަމުން މުނީރާ ގާތުގައި މަންޝާއަށް ހުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށްފަހު މަދީހާ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މާލެ ފޮނުވީ ވަރަށް ފޮނި އުއްމީދުތަކަކާއި އެކީގަައެވެ.

މާލެއަށް ކިޔަވަން ބަދަލުވީ ފަހުން ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. ކޮލެޖަށް ކިޔަވަންގޮސް ދެން ލިބޭ ހުސް ވަގުތުތަކުގައި މަންޝާގެ ބޮޑު ދައިތައާއި އެކީ ގޭގައި ހެދިކާ ހެދުމުގައި އަވަދިނެތި މަސައްކަތް ކުރެއެވެ. މަންޝާގެ ބޮޑުދައިތަ އަކީ މާލޭގެ އެކި ހޮޓާތަކަށް އޯޑަރަށް ހެދިކާ ހަދައިދޭ މީހަކަށް ވާތީ އެގޭތެރޭގައި މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތަކީ އެއީއެވެ.

ކުލި ދައްކައިގެން އުޅެންޖެހުމުން އަތުގައިވާ ފައިސާއިން ފުދިގެން އުޅެވެނީ ހަމަ ކިރިޔާއެވެ. ބޮޑުކަމެއް ޖެހިއްޖިއްޔާ ކަމެއް ކުރާކަށް ގިނަ ފަހަރު އަތުގައި ފައިސާއެއް ނުހުރެއެވެ. މި ސަބަބުތަަކަށްޓަކައި ގޭގަައި ކަމެއްނުކޮށް ހުންނަން ބޭނުން ނުވާތީ މިއީ މުނީރާ ކުރަން ފެށި މަސައްކަތެކެވެ. މުނީރާގެ ފިރިމީހާއަކީ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކަން އުޅޭ މީހެކެވެ. ރަށުން ފޮނުވާ ކާށިބަސްތާތަކާއި އެކިކަހަލަ މޭވާތައް މާރުކޭޓުގައި ވިއްކައިގެން ފުދޭވަރެއްގެ އާމްދަނީއެއް ލިބެމުންދެއެވެ.

*** *** *** *** *** ***

ކޮލެޖުން ނިމިގެން އައިސް ގެއަށް ވަދެ ފޮތްތައް މޭޒުމަތީ ބެހެއްޓުމަށްފަހު މަންޝާ ގޮދަޑީގައި ޖައްސާލީ ގޭގައި މުނީރާވެސް ނެތުމުންނެވެ. ގަޑިން އޭރު ހަވީރު ހަތަރެއް ޖެހީއެވެ. ހެދިކާ ކޮތަޅުތައް ހިފައިގެން މުނީރާ ހޮޓާތަކާ ދިމާލަށް ދިޔައީކަން ޔަގީންވުމުން ހެދުން ބަދަލުވެސް ކޮށްނުލާ މަންޝާ އޮށޯތީ ވެފައި ހުރި ވަރުބަލިންނެވެ.

ޓިނުގަަނޑެއް މަަތީ މަސްއަރިތައް ހިއްކަން ބަހައްޓާފައި ތިބޭ ބީދައިން ތަޅުންގަނޑުމަތީ ހަތަރު ގޮދަޑި ފައްޗަކަށް އަޅާފައި އޮތެވެ. ކޮންމެ ގޮދަޑިއެއްގެ މަތީގައި ދެބާލީސް އޮވެއެވެ. އެކޮޓަރިއަކީ ވަރަށް ކުޑަ ކޮޓަރިއެކެވެ. ހަތަރު ގޮދަޑިއާއި އާދައިގެ އަލަމާރިއެއް ބަަހައްޓާފައި ވާއިރު މުޅިކޮޓަރިވަނީ ފުރިފައެވެ. ބޮޑުދައިތަ، މުނީރާގެ ބާރަ އަހަރުގެ އަންހެން ދަރި އަފްނާން އޮތީ އެކޮޓަރީގެ ދޮރު ކައިރީގަައި އޮތް ގޮދަޑީގައި ނިދާފައެވެ. ދެން ތިބި ދެކުދިން މިވަގުތު ވާނީ ސްކޫލުގައި ކަމުން ގޭތެރެ ވަރަށްވެސް ހަމަހިމޭނެވެ. މަންޝާ އޮށޯތީ އެންމެ ބިށްދޮށުގައި އޮތް ގޮދަޑީގައެވެ. ގޮދަޑީގައި އޮށޯވެލިތަނުން ވަރަށް ފަސޭހައިން މަންޝާއަށް ނިދިއްޖެއެވެ.

ސިހިފައި މަންޝާއަށް ހޭލެވުނީ ގައިގައި މީހަކު އަތްހާކާހެން ހީވުމުންނެވެ. މީ މާލެއައި ފަހުން މިފަދަ އިހްސާސެއްވީ ފުރަތަމަ ރެއެއް ނޫނެވެ. ސިހިފައި ދެލޯ ބޮޑުކޮށްލިއިރު މަންޝާއަށް ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ. ވަށައިގެން ވަނީ އަނދިރި ކަމެވެ. ބާލިސް ދަށަށް އަތް ލައްވާލަމުން ގޮދަޑިމަތީ އަތް ހާކާލީ މަންޝާގެ ފޯނު އަތުގައި ޖެހޭތޯއެވެ. ފޯނު ނަގާ ދިއްލާލުމަށްފަހު ފޯނުގެ އައްޔަށް ތަންދޮރުފެންނަ ވަރުވުމުން ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ދިއްލާލީ ޖެހިލުންވެ ހުރެއެވެ. އޭރު ވެސް އަފްނާން އޮތީ ގަދަޔަށް ނިދާފައެވެ. ނަމަވެސް އަފްނާނުގެ މަގަތުގައި އޮތް ގޮދަޑީގައި ހަސަންބެ ނިދާފައި އޮތްތަން ފެނުމުން ގަޑިއަށް ބަލާލީ ވަރަށް ލަސްވެއްޖެކަަން އެނގުުމުންނެވެ. އޭރު ރޭގަނޑު އަށެއް ޖެހީއެވެ. އަވަހަށް ކޮޓަރިން ބޭރަށް ނުކުތީ އަމާންއާ އީމާންއާ ދެކުދިންނަށް ކިޔަވައި ދިނުމަށެވެ.

ސިޓިންގް ރޫމުގައި އޭރު ޓީވީ ބަލަން އިން މުނީރާ އިނީ ފޯއް ކޮށާށެވެ. މީވެސް މުނީރާ ކޮށްއުޅޭ މަސައްކަތެކެވެ. އޭރު އަމަންއާ އީމާން ސިޓިންގް ރޫމުގައި ކޮންމެވެސް ކުރެހުމެއް ކުރަހަން ތިއްބެވެ. މަންޝާ އެކުދިންގެ ހޯމްވާރކްތައް ނިންމުމަށް އެހީތެރިވެ ދިނުމަށްފަހު ގޭތެރެގައި ކުރަންހުރި މަސައްކަތް ތަކުން އަވަދިވެގެން އައިސް މޭޒު ދޮށުގައި އިށީނީ ކޮލެޖުން ހަދަން ދީފައިހުރި އެސައިންމަންޓްތައް ނިއްމާށެވެ. އޭރު މުނީރާ އެ ދެ ފިރިހެން ކުދިން ގޮވައިގެން ކޮޓަރިއަށް ނިދަން ވަދެއްޖެއެވެ.

ޤައުމީ ކުތުބްޚާނާއިން ގެނައި ފޮތްތަކާއި އެސައިންމަންޓް ހަދަން ގެންގުޅުނު އެގްޒަމިނޭޝަން ޕޭޑް ހުޅުވާލުމަށްފަހު އެފޮތްތައް ކިޔާ ދިރާސާ ކުރަމުން ދިޔައިރު ގަޑިން ވީ ކިހާ އިރެއް ކަންވެސް މަންޝާއަށް ރޭކާނުލިއެވެ. ކަރު ގުދުކޮށްގެން މޭޒު ދޮށުގައި އެހެން ގިނަ ވަގުތު އިންނަން ޖެހުމުން މަންޝާގެ ކަނދުރާއަށް ވާޅުވިއެވެ. ފޮތް ލައްޕާލުމަށްފަހު ރަނގަޅަށް ގޮނޑީގައި ލެނގިލައި ހަށިގަނޑު ދަމާލިއެވެ. ދެލޯ އުނގުޅާލާ، ފޮހެލުމަށްފަހު ދެލޯ މަރާލަމުން ހަށަން ބަނދެލައިގެން އެހެން އޮތީ ކުޑަ އަރާމެއް ހޯދުމުގެ ނިޔަތުގައެވެ. އެހެން އޮއްވާ މަންޝާއަށް މީހަކު އޭނާގެ ކޮނޑުގައި ފިރުމާލުމުން ސިއްސައިގެންގޮސް ގޮނޑިން ފުންމައިގެން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

މިހިތުގެ ލޯތްބޭ ތީ 11

Next

ހާދަހާވޭ ކުރާހިތް ސަމާސާ 5 ވަނަ ބައި

Next
April 4, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 5 ވަނަ ބައި

Previews
April 3, 2016

މިހިތުގެ ލޯތްބޭ ތީ 11

26 Comments!

  1. Shaax says:
    April 4, 2016 at 12:41 am

    Waiting for nxt part…luv this story..???

    1. Shax Lyn says:
      April 4, 2016 at 7:48 pm

      Thanks Shaax… 🙂

  2. Mm says:
    April 4, 2016 at 1:41 am

    Birun birun hure kiyan feshee.. ekamaku kiyaalevuneethee ufaavejje.. this is so interesting:)

    1. Shax Lyn says:
      April 4, 2016 at 7:48 pm

      Thanks Mm…. 🙂 abadhu ehaa biruveri kuraakah nuvaane dhw…

  3. Ricky says:
    April 4, 2016 at 2:36 am

    Keeve addu bas change kuree shax!! Im very disappointed.. Vaahaka feshigen aee ehen vaahaka thakaa varah thafaathu koh.. Story varah varah nice.. V kiyaahiyy vaa gothah genes dheefa huree.. Ekam kurin kee iru ai thafaathu kameh neh.. Baeh faharu kuraa kameh thafaathu kohlumun heenukuraq varuge rangalhu natheeja eh ves fenidhaane.. Ekam goaheh noon.. Kiyun therin beynunvaa gothah shax ebadhalu thi genes dhinee.. Bt i like kureege version.. Eki meehunnah kamudhaany eki goehthaa dhw.. ? -shax ge big fan-

    1. moon says:
      April 4, 2016 at 9:03 am

      Mi part ga neiy kanneyge roohee ge family dialog eh

    2. mary says:
      April 4, 2016 at 10:05 am

      Addu bahun dialogues naaannaane dhw addu bahun vaahaka dhakkaameehunge dialogues nethyma… Riyaz doctaraa vaahaka dhakkaa iru dhakkaanee male bahun dho…..

    3. Shax Lyn says:
      April 4, 2016 at 7:54 pm

      Hi Ricky….mi Vaahakaige eves thaneh kiyuntheringe comments ah balaafa badhal koffa eh neennaane… Rooheege familyge baithakuga addu bas annaanee… just wait for her familyge parts thakah…. yaaa eki meehunah kamudhaanee eki kahala story… mi vaahaka ehen vaahaka thakaa thafaathuvaa kaamakee mi vaahakaige dialogues thah…. roohee ge family ya jehuneema ebai bodah annaanee… kureege baithakugaves manshage baithakuga addu bas beynuun nukuran… but kuriyah huri baithakuga addu bas fudheyvarakah beynun kuraane… thank you for giving ur opinion…. I hope I have cleared ur confusion…. thanks again.. shax ge big fan 🙂

    4. Ricky says:
      April 5, 2016 at 12:46 am

      Yea u r ryt..!! My bad.. Sry.. Maa bodah addu bass dhaskuraahithun inyma kanneynge ehen evee.. Yes im waitin for the next part.. Ur story is amazing.. Keep it up !!

  4. noo says:
    April 4, 2016 at 2:40 am

    Ya v interesting … Habeys

    1. Shax Lyn says:
      April 4, 2016 at 7:55 pm

      hehehe thanks noo 🙂

  5. Shimayaa says:
    April 4, 2016 at 8:34 am

    Lafakurevey gothuga addu bass beynunn kohfa nethi, mi baii ga bodah Manshage vahaka genessdhyfa vathii, Mansha a ki kashidhoo kujjakah vathii, bodah vissnuni ruhi family aki addu family ae kamah. Waiting 4 next part, v v rythii

    1. Shax Lyn says:
      April 4, 2016 at 7:56 pm

      ur Right Shimayaa…. thank u so much… 🙂

  6. nunnu says:
    April 4, 2016 at 8:57 am

    Addu bas beynunkuraa kuhja maru v dhw.aimina gadha veema addu bas annaanekamah ummeedhu kuran.varah interestin mi vaahaka.

    1. Shax Lyn says:
      April 4, 2016 at 7:57 pm

      Thanks Nunnu… 🙂

  7. ken? says:
    April 4, 2016 at 9:54 am

    alhey shax haadha molhey….vvv interesting ???

  8. gurey says:
    April 4, 2016 at 12:11 pm

    Varah reethi …. Mansha gaiga aiy haakanee kaakubaaa…..

  9. Zinaan says:
    April 4, 2016 at 1:13 pm

    Habeys…

  10. Manshaa says:
    April 4, 2016 at 1:33 pm

    Alhey haadha reehchey ???
    Waiting for the next part.. ???

  11. Anonymous says:
    April 4, 2016 at 5:03 pm

    Manshaa ves lirar ge kujjehtha anekka?

  12. iffa says:
    April 4, 2016 at 6:25 pm

    OMG haaDha reechey plxxx keep it up shax….Lov u ❤ ? ❤

  13. Nawho says:
    April 4, 2016 at 11:38 pm

    Obinesss to the max

  14. welwisher says:
    April 5, 2016 at 9:33 am

    Thanks shaaz ah thi kuraa support ah
    Even I likes to write stories

  15. welwisher says:
    April 5, 2016 at 9:37 am

    I have started to write a story like this but can’t compare with shaaz’s story
    Anekka shaaz tha kiyany hehe
    Shaaz is the best
    I just love to read stories and I am trying to write a true story

  16. reader says:
    April 5, 2016 at 9:42 am

    I had face something like this
    But not in the same way
    May god save us from evil

  17. ޒީނާ says:
    November 17, 2016 at 8:39 am

    މި ޕާޓް ގައިވެސް ރޫހީގެ ފެމެލީގެ ވާހަކަ އެބައޮތް. ރިޔާޒް އަކީ ރޫހީގެ ފެމެލީ މީހެއް ނޫންތަ.

Comments are closed.

Next Episodeމަންޝާ (ހަވަނަ ބައި)←


All Right Reserved!