ބެލްކަނީގެ ބިއްލޫރިގަނޑު ކައިރިން ފާޅުވަމުން ދިޔަ ރަތްކުލައިގެ އަލިގުޅަ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. އެނދުމަތީގައި އިނދެ ހެދުންތައް ފަތް ޖަހަމުން ދިޔައީ ފޫހިގޮތަކަށެވެ. އޭރުވެސް ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލާ ކޯތާފަތުގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލައެވެ. އެނދުގައި އިށީންދެގެން މަންޝާ އިނީ ބެލްކަންޏަށް ފުރަގަސްދީގެންނެވެ. އެހެންކަމުން ބެލްކަނީގައި ހުރިމީހަކު މަންޝާއަކަށް ނުފެނެއެވެ. ޓައިލްސްމަތީ ހުޅުވާފައިވާ ލަގެޖްގެ ތެރެއަށް ފަތްޖަހާފައި ހުރި ހެދުންތައް ތަރުތީބުން ބަހައްޓަމުން ދިޔައެވެ. މާދަމާ […]
“މަންޝާ ގައި އިނގިލި ކުރިއަސް ނިޖައްސާހެތި… އަޑު އިވިގެއި… މަމީ ނިބެއި މީހަކާކަން ދައްކަލާށުން…” (މަންޝާ ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާތި… އަޑު އިވިއްޖެތަ.. އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން…) ޒިބާން ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. ޒިބާންގެ ހަޅޭކުގެ އަޑާއި އެކީ ވިދާޅުމަށްފަހު ގުގުރާލިއެވެ. ދެން ހުރި މަޚްލޫގު ބަރު އަޑުން ހޭންފެށިއެވެ. “ތަކަށް ނިއެނގެއި… އިންސާނުންނަކީ ހައުދަހައި މަކަރޮވެރި ބާކީންނޭ… ތައް އަދިފަހުން ވިސްނޭހެއް” (ކަލެއަކަށް ނޭނގޭތަ؟.. އިންސާނުންނަކީ ހާދަ މަކަރުވެރި ބައެކޭ… ކަލެއަށް އަދި […]
ޒިބާން ގެއިން ބޭރަށް ނުކުތެވެ. ދަންވަރުގެ ވަގުތެއް ކަމުން މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހާވެސް ހަމަހިމޭނެވެ. މަންޝާގެ ކޮޓަރިން ބޭރަށްވާ ބެލްކަންޏާ ދިމާލަށް ޒިބާން ބަލާލީ ރުޅި ވެރިގޮތަކަށެވެ. އޭރު ބެލްކަނި ތެރޭގައި ހުރި އަލިގުޅަ ޒިބާނަށް ފެނުނެވެ. އެހިނދު ޒިބާންގެ ދެލޯ ރުޅިވެރިކަމާއި އެކީ ރަތްކުލައިން ދިއްލިގެން ދިޔައެވެ. މަންޝާ ކައިރިއަށް ނައުމަށް އިންޒާރު ދިނުމުންވެސް އޭނާއަށް ހިމޭނުން ނުހުރެވުނީ ހެއްޔެވެ. ދެއަތް މުށްކަވާލަމުން ޒިބާން ކުރިއަށް ޖެހިލަމުން ހަޅޭއްލަވައިގަތެވެ. “މިތަނުން ރައްކާވޭ…” […]
އެއް އަތުން ހެދުމުގެ ކަރުވަޅުގައި ހިފައިގެން އަނެއް އަތުން އިސްތަށިގަނޑު ގެނެސް އެ ލަކުނު ހުރި ފަރާތަށް ވައްޓާލަމުން އަޒީމްގެ މޫނަށް ޒޭބާ ބަލާލިއެވެ. އެ ސުވާލު ކުރުމުން ޒޭބާއަށް ވަރަށް ބޮޑު އަސަރެއް ކޮށްފިކަން އެނގިއްޖެއެވެ. ކުރަންނުޖެހޭ ވަރުގެ ސުވާލެއް ކުރެވުނީކަން އަޒީމަށް އެނގުމުން އެކަމާ އަޒީމް ހުރީ ބޯ ސަކަރާތްވެފައެވެ. ޒޭބާގެ ލޮލުން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. ޖަވާބެއް ނުދީ ޓެރަސްއިން ނުކުންނަން ޒޭބާ ހިނގައިގަތެވެ. “ސޮރީ.. ޒޭބާ… ޒޭބާ… ރިޑިއެރީއްޔާ؟…” (ސޮރީ.. […]
އެގޭ މައި ދޮރާ ދިމާލަށް ޒިބާން ހިނގައިގަތީ މަގުމަތީގައި ހެދިފައިވާ ފެންގަނޑުތަކުން ރެކެން ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. ކޮޓަރިތެރެއަށް ވަދެ ރީތިވާ މޭޒުގެ ލޯގަނޑުން އަމިއްލަަ ނަފްސަށް މަންޝާ ބަލާލިއެވެ. އައްސާ ހުޅިޖާހާފައިވާ އިސްތަށިގަނޑު ނިއުޅުވާލަމުން އަތުން ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން ރީތި ކޮށްލިއެވެ. އެޕާރޓްމަންޓް ދޮރު ކައިރިއަށް މަންޝާ ދިޔައީ ތުވާއްޔެއް ހިފައިގެންނެވެ. އެހިސާބަށް ދެވުނު އިރު މަންޝާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަަވަސްވެފައެވެ. ޒިބާން އެތެރެއަށް ވަންނާނެ ބާއޭ އޭނާގެ ހިތަށް […]
ހަފްތާއެއް ފަހުން ޒިބާން ފެނުމުން މަންޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ. ޒިބާން އަތް ހަނާ އަޅާލިއެވެ. މަންޝާއަށް އުފަލުން ތެޅިގަނެވުނެވެ. މަންޝާއަށް ކުރަމުން ދިޔައީ އާދަޔާޚިލާފް އިހްސާސްތަކެކެވެ. ކަންތައްވީ މަންޝާ ހީކުރިގޮތާ މުޅިން ޚިލާފަށެވެ. މަންޝާ ހީކުރީ ދެން ޒިބާން މަންޝާއާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. މަންޝާވެސް އަތް ހަނާ އަޅަން އަތް އުފުލާލިއެވެ. ލަދުރަކި ހިނިތުންވުމަކާއި އެކީގައެވެ. ނަމަވެސް ހަމައެވަގުތު މަންޝާއަށް ސިހުމެއް ލިބުނީ […]
ފޯނުން ގުޅަައިގެން ވާހަކަ ދެއްކިއިރު ޒިބާން ދެއްކި ވާހަކަ ހަނދާންވުމުން މަންޝާއަށް ކަމެއް ރޭކާލިއެވެ. ނަމަވެސް ދެމީހަކު ބުނާ ވާހަކައެއް އެހާ ބޮޑަށް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަޒީމާ ކައިވެނިކޮށްގެން އުޅޭތާ ހަތްއަހަރު ވީފަހުން ފުރަތަމަ ފެނިލުމުންވެސް ކަމުދިޔަ ވާހަކަ ބުނަންވީ މިއަދު ހެއްޔެވެ. ނޫނީ އަޒީމަށް ކަމެއް އެނގުނީ ހެއްޔެވެ. ޒިބާން ގުޅާ ކަމާ ޒިބާނާ މަންޝާ ވާހަކަ ދެއްކިކަން އަޒީމަށް އެނގުނީ ހެއްޔެވެ. އެކަަން އަންގާލަން ފަހަރުގައި އެހެން ބުނީ ކަންނޭނގެއެވެ. އެހެންވެއްޖިއްޔާ އަޒީމް […]
ޕާރުސަލް ބޭރުގައި ލިޔެފައިވާ ނޯޓުކޮޅު ކިޔާލުމަށްފަހު ނަވާފާ ދިމާލަށް މަންޝާ ބަލާލިއެވެ. “ޒަފްރީން… މާޝާﷲ… ވަރަށް ލޯބި ނަމެއް….” “އާން މި ހިފައިގެން ނާދެވިގެން މިއުޅުނީ….. ބައިވަރު ގޭތަކަށް ގޮއްސަ މިގެއަށް އެންމެ ފަހުން މިއައީ… މަންޝާއަށް އެވަރަށް ގުޅީ ގޭ ބޭރަށް ނުކުމެބަލާށޭ ބުނަންވެގެން….” މަންޝާއަށް ގުޅި ސަބަބު ނަވާފް ހާމަކުރިއެވެ. “އަޅެ ސޮރީ…. އަހަރެންނަށް ނިދުނީ… ނޭނގެ… މިހާރު ވަރަށް ގިނައިން މަންގެ ފޯނަށް އެހެންވޭ… ފޯނު އެކްސަޕަޔަރ ވަނީ ތޯއްޗެއް… ވަރަށް ބޯކޮށް […]
“ކާކު… ކާކު….” ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫ ވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ. “ޒިބާން….” އެ ޒުވާނާގެ ނަމުން ގޮވާލަމުން މަންޝާ އޭނާގެ ކޮނޑުގައި […]