މަންޝާގެ އަތްތިލައިން އުޅަނބޮއްޓާ ހަމައަށް ނަޒަރު ހިންގާލީ އަތުގެ ލޭ ނާރުތައް ފުއްޕާލުމުންނެވެ. އެ ނާރުތަކުގެ ތެރެއިން ހަލުވިމިނެއްގައި ނޫކުލައިގެ އަލި ދަތުރުކުރަމުން ދިޔައީ ފަނިތަކެއް ހެން ބަނޑި ބަނޑި ލައްވަމުންނެވެ. ބިރުން މަންޝާ ތެޅިގަތީ ދެނެވެ. ހާސްވެ ބިރުގަތް ނަމަވެސް އޭރު އެ އަލިގުޅަ އެކީހެން މަންޝާގެ ހަށިގަނޑު ތެރެއަށް ވަދެ ހުސްވެއްޖެއެވެ. އަތް ތަޅުވަމުން އެނދުން ތެދުވަން މަންޝާ އުޅުނީ މިވަނީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އިހްސާސް ވާން ފެށުމުންނެވެ. ތެދުވެ ތެދުވެ ހުރި […]
ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި އަތް އަޅުވާލަމުން ޒިބާނާ ދިމާލަށް މަންޝާ ބަލަން ހުރުމަށްފަހު އޭނާގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަން ފާހަގަ ވުމުންނެވެ. […]
އެމީހުން ގެއިން ނުކުމެގެން ދިޔައިރުވެސް މަންޝާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ވީ ފަހުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަންޝާގެ އަތަށް ބަލާލިއެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާ ފެނުމުން ބޭރަށްނުކުތް އަސްލު މަގްސަދު ހަނދާންވިއެވެ. އެވަގުތު އެގެއާ ޖެހިގެން އޮތް ގޯޅިތެރެއަށް މަޖުދީ ހިނގާފައި ދާ މަންޒަރު ފެނުމުން އޭނާ ކައިރިއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޯޅިތެރެއިން މަޖުދީ އާ އަރާ ހަމަވީ އެ ގޯޅީގެ މެދެއްހާ ހިސާބުންނެވެ. ސަތޭކަ […]
މަންޝާ ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުގެ ތަޅު އަނބުރާލުމަށްފަހު ދޮރުގައި ފައިންޖަހާ ހަސަނު ލައްޕާލިއެވެ. ވާރެއާ ތެމިފޯވެގެން ހަސަނު ހުރުމުން އޭނާގެ ގައިން ފައިބަމުން ދިޔަ ފެންތަކުން ތަރުފާލުގަނޑު ތެންމަމުން ދިޔައެވެ. ހަސަނު ކުރިއަށް ޖެހުނީ ދަހިވެތި ނަޒަރަކުން މަންޝާގެ ހަށިގަނޑަށް ބަލަމުންނެވެ. ކޮންމެވެސް ވަރަކަށް މަންޝާ ލައިގެން ހުރި ގަމީސް ތެމިފައި ވުމުން ހެދުންވަނީ ގައިގާ ތަތްލާފައެވެ. ފަހަތަށް ޖެހެމުން ދިޔަ މަންޝާގެ ފައި އެނދުގައި ޖެހި އެނދުމައްޗަށް މަންޝާ ވެއްޓުނެވެ. މަންޝާއަށް އިތުރު ހަރަކާތެއް […]
ޒޭބާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ކަންތައް އެހާ ރަނގަޅު ނޫންކަން ޒުހާއަށް ނަގައިގަނެވުނެވެ. އެއީ އަޒީމް ގެންގުޅޭ ކުއްޖާއަށް ވެއްޖެއްޔާ އެހާ ރުޅިއައިސް ހިތްހަމަނުޖެހިގެން ހުރެ އެ އަންހެން ކުއްޖާ ދާން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. މަންޝާ ބަނޑުބޮޑު ވާހަކަ ބުނީހެން ޒުހާއަށް ހީވިއެވެ. އަޒީމް އެކަހަލަ ކުއްޖަކާ ހެދި އުޅޭތީ ހިތާހިތުން ޒުހާ މަލާމާތްކޮށްލިއެވެ. މީހަކު ފެނުމުން ހިނިތުންވެލަންވެސް ނޭނގޭ ކުއްޖެކެވެ. ކިތަންމެ ދޮންވެފަ ރީއްޗަކަސް އެ ކުއްޖާގެ ކިބައިގައި އަޚްލާގީ ރަނގަޅު ސިފަތައް […]
މާގިނަ އިރެއްނުވެ ކެފޭ ކައިރީ ތިބި މީހުންތައް ވެސް އެތަނުން ހިނގައްޖެއެވެ. މުޅިމަގު ހަމަހިމޭންވެއްޖެއެވެ. މޫދާ ކައިރި ހިސާބެއް ކަމުން އެހިސާބަށް އިވެމުން ދިޔައީ ތޮށިގަނޑު ކައިރިއަށް ޖަހާ ރާޅުގެ އަޑެވެ. ޖެހެމުންދިޔަ ވައި ރޯޅިއާ އެކީ މަންޝާގެ އިސްތަށިގަނޑު ނަށަމުން ދިޔައެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާ ގެއަށް ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލަން ހިތަށް އެރީ އެ ގުދުރަތީ މާހައުލުން މަންޝާގެ ހިތަށް ހިތްހަމަޖެހުމެއް ލިބެމުންދާތީއެވެ. މަންޝާގެ ފުރަގަހުން […]
ރަޖާގަނޑު ދަށުން މަންޝާގެ އަތުގައި ހަސަނު ހިފާލިއެވެ. މަންޝާގެ އަތްތިލަހުރީ ދާހިއްލާ ފިނި ވެފައެވެ. ހަސަނުގެ ފަޓުލޫނު ޒިބުމަތީ މަންޝާގެ އަތްބާއްވަމުން އޭނާ ހަމަޖެހިލީ މަންޝާއަށް ކަމެއް ހަވާލުކޮށްފައެވެ. ހަސަންބެ އެބުނަނީ ކީއްކުރަންކަން މަންޝާއަށް އެނގުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކުވެސް ހިމޭނުން އޮންނާކަށް މަންޝާ ބޭނުމެއް ނުވިއެވެ. ކުއްލިއަކަށް މަންޝާ ތެދުވީ އަނގަމަތީގައި އަތް އަޅަމުންނެވެ. ހަސަނު ހައިރާންކަމާއި އެކު ކިހިނެއްތޯ ވީ ސުވާލު ކޮށްލީ ތެދުވެ އިށީންނަމުންނެވެ. އެއްޗެކޭ ބުނަން އަނގަހުޅުވަމުން އިސްއުފުލާލި ވަގުތު މަންޝާގެ […]
އަޒީމް އޮތީ ހަމައެކަނި ޝޯޓެއް ލައިގެންކަމުން މަންޝާގެ ލޮލުގައި އޭނާގެ ބުރަކަށީގައިވާ ވަކިތައް އަޅައިގަތެވެ. އެ ވަކިތައް ހުރީ ވަރަށް ފާޑަކަށެވެ. ފާރުގަނޑެއްހެން ހުރި ތަންތަންވަނީ ދޮސްލާފައެވެ. އެ ހިސާބު ކައިރީގައި ފޮޅު ބިހިތަކެއް ވެސް ފެންނަން ހުރުމުން މަންޝާ ޖެހިލުންވިއެވެ. މަންޝާގެ ހިތަށް އުނދަގޫވިއެވެ. އަޒީމަށް މިވަނީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި އެތައް ސުވާލުތަކެއް އެނބުރެން ފެށިއެވެ. އެތަން ޑޮކްޓަރަށް ދައްކަން ދާން މަންޝާ ބޭނުންވިއެވެ. އަޒީމްގެ ގައިގާ މަންޝާ އަތްޖައްސާލީ […]
މަންޝާ ބިރުގަތެވެ. ބަނޑުބޮޑު ވެއްޖެއްޔާ މީ އަޒީމްގެ ނޫނީ ޒިބާންގެ ކުއްޖެއްކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ. އެ ޚިޔާލުތަކުގައި ހުއްޓާ މަންޝާގެ ބުރަކަށި ހިރުވަން ފެށިއެވެ. ލައިގެން ހުރި ހެދުން ބަދަލު ކުރަން ބޭނުންވިއެވެ. ކޮނޑުމަތިން އަތްނަގާ ބުރަކަށި ކަހަން މަސައްކަތް ކުރެވުނެވެ. އަލަމާރި ތެރެއިން ނިދަންލާ ހެދުން ނަގާ ހެދުން ބަދަލުކުރަން ފެށިއެވެ. ބެލްކަންޏަށް ފުރަގަސް ދީގެން ހުރެ ޖިންސު ބޭލިއެވެ. ޓައިލްސްމަތީ ގައިން ބޭލި ޖިންސު ބޭއްވުމަށްފަހު މަންޝާ އޭނާ ލައިގެން ހުރި ޓޮޕްކޮޅު […]