އޮއި ދެމޭ ކޯރުގައި ކުޑަކުދިން ބެހިދަނީ، އޮއިވާރާ ލޭގެ ތޫފާނުގާ ގެނބި ދަނީ އޮވެ ފަލަސްޠީނު ޅަދަރިން މައިން ވަކިވަނީ،. ކޮއި ލޮލުގެ ފަދަ މިއުންމަތް ޝަހީދުވެ ދަނީ ކޮން ކުށެއްތޯ އޮތީ މުސްލިމުން އެގޮވަނީ ކޮން ބައެއްތޯ މިއަޑުތައް އަހަން ކުޅެދެނީ؟ ކޮން ހިސާބެއްގަތޯ މުސްލިމުން ތިތިބެނީ؟ ކޮން ޖަވާބެއް އިލާހަށް ދެވެން ފަހެ އޮތީ؟ ނެތްހެ ކުޅަދާނަކަން މުސްލިމުން ވާން އެހީ؟ ނެތްހެ ހައްގައްޓަކާ ބަސްބުނާނޭ ވެރީން؟ ނެތި މިއުންމަތް ފަނާ ކޮށްލުމޭ ގަސްދަކީ […]
” އާނ… މެންދުރު އަހަރުމެން ދިޔައީ ނާސިފްއާއެކު ކޯޓަށް.. ދެން ބޭރުގަ ގިނަވަގުތު އުޅުނީ އެކިކަންކަމުގަ….” ނަޝްފާ ބުނެލިއެވެ. ނަޝްފާ ބުނި ޖުމްލައިން އަހަންނަށް ލޮޅުން އެރިހެން ހީވިއެވެ. ނާސިފްއާއެކު ނަޝްފާ ކޯޓަށް ދާންވީ ކޮން ސަބަބަކާހެއްޔެވެ؟ ވަގުތުން އަހަރެންގެ މޫޑް ބަދަލުވިއެވެ. ވާނުވާ ނޭނގޭ ދިރިއުޅުމެއްގައި އަހަރެން ހިތްވަރުކުރުމުގެ މާނައެއް އެބައޮތްހެއްޔެވެ؟ އަހަރެން ހިޔާލު ތަކަކަށް ގެއްލިފައި އިންދާ ކުއްލިޔަކަށް ސިއްސައިން ދިޔައީ ނާސިފްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ނަޝްފާ!…. ކޮބާ ހުރިހާ ކަމެއް […]
ޒީން އޭނާ ނިދާ ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެއާއިއެކު ފަހަތުން ގޮސް ނާސިފްވެސް ވަނީ ޒީން ނިދާ ކޮޓަރިއަށެވެ. އިޝާލްގެ ހިތަށް ހީވީ ތޫނުއެއްޗެއް ހަރާލިހެނެވެ. ކުރިން ދުވަހު ޒީން ދެއްކި ވާހަކަތަކާ މިރޭ ފެނުނު މަންޒަރާ އެއްވެސް ގުޅުމެއް ނެތެވެ. ނަޝްފާވެސް އިޝާލްއަށް ބުނެދީފައިވަނީ ޒީންއާ ނާސިފް ނިދަނީ ވަކި ކޮޓަރިއެއްގައި ކަމެވެ. ހިއްވަރު ކޮށްލާފައި އިޝާލް ކުރިޔަށް ހިނގައިގަތީ ނަތޫއާ ނަޝްފާ ނިދާ ކޮޓަރިޔާ ދިމާލަށެވެ. “ކީއްކުރަން މިތަނަށް ތިއައީ؟” އަހަރެން […]
ކުރިމަތީ ހުރީ ނާސިފްއެވެ. ވިރިވިރި ހުރި އަހަރެން މަޑުމަޑު ތުރުތުރެއް އަޅަމުން ދިޔައެވެ. އިޝާލްއާއި އަހަރެން ގޭތެރޭގައި އެކަނި ތިބިކަން ނާސިފަށް އެނގުމުން ވާނެގޮތެއް އަހަންނަކަށް ނޭނގެއެވެ. ނާސިފް އެތެރެއަށް ވަނުމާއެކު އަހަރެން މަޑުމަޑުން ދޮރު ލައްޕާލީމެވެ. އެއާއިއެކު މަޑުމަޑުން އަހަރެން ފަސް އެނބުރި ބަލައިލީ ނާސިފްގެ ހަރަކާތްތަކަށެވެ. އޭރު ނާސިފް ގޮސް ކާގެއަށް ވަންނަނީއެވެ. އަހަރެންގެ ފައި ހީވީ ބިމުގައި ހަރުލިހެންނެވެ. ދެލޯ މަރާލައިންހުރެ ވެށީގެ ތެރެއަށް އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. “މިތާ މަޑުކޮށްބަލަ. […]
އާދިލްގެ ނަން އިވުމާއެކު އަހަންނަށް ބޭއިހްތިޔާރުގައި ރުޅިއާދެވުނެވެ. އެއީ އަހަރެންގެ ބައްޕައެވެ. އެކަމަކު އަހަންނަށް ރުޅިއާދެވުނީ އަހަންނަށް ލިބެންވާ އެއްވެސް ލޯތްބެއް ނުލިބި ގެއްލުމުގެ އަސްލަކީ އެއީ ކަމަށް ވާތީއެވެ. “އަ…. އަހަރެން… ތީ…ތީކާކު؟” ވާނުވާ އޮޅުންނުފިލާހުރި އަހަރެން އަޅައަޅައިގަންނަމުން އަހާލީމެވެ. “ޒީން… އަހަރެންގެ ސުވާލަށް އަދިވެސް ޖަވާބެއް ނުލިބެ.. އަހަރެން އެހީ ކޮބާހޭ އަހަރެންގެ އަގުބޮޑު ޖަވާހިރު؟ މިއަށް ޖަވާބު ދިނީމަ މީ ކާކުކަން ބުނެލާނަން.” އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާގެ އަޑުގައި […]
އަހަރެން ކައިރީގައި ހުރި ނަޝްފާގެ އުނަގަނޑުގައި ނާސިފްގެ އަތް އަޅުވާލިއެވެ. އެޔާއެކު ހިނިއައިސްފާހުރެ ނަޝްފާވެސް ނާސިފްގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކުރިޔަށް ހިނގައިގަތެވެ. އަހަރެންގެ ކުރިމަތީ އެފަދަ ލަދުކުޑަ ގޮތަކަށް ނާސިފްއަށް ދާން ކެރުނީތީ ހައިރާންވަމެވެ. ކަޅި ހުއްޓި އެސްފިޔަ ޖަހާނުލާ އަހަންނަށް ބެލުނީ ނާސިފްއާ ނަޝްފާއަށެވެ. އަހަންނަށް އޮޅިއްޖެއެވެ. އިޝާލް އަކީ ނަޝްފާގެ ފިރިމީހާނަމަ ނާސިފް މިއުޅެނީ ކިހިނެއްހެއްޔެވެ؟ އަހަންނާ ނާސިފް ފިޔަވާ މިތަނުގައި ދެމަފިރިންނަކީ ކޮބައިބާއެވެ؟ ނަތޫއާ އިޝާލްހެއްޔެވެ؟ އިޝާލްއާ ނަޝްފާ ހެއްޔެވެ؟ ނަޝްފާއާ […]
ބެލްކަނީގައި ތުވާލި އަޅުވަން އަހަރެން ހުރީ ވިސްނުމެއްގައެވެ. އަހަރެން ފެންނަ ކޮންމެ މީހަކަށްވެސް އެކަން އެނގޭނެއެވެ. އެއީ އެހެންނޫނީ ހަރަކާތްތެރި ވާވަރަށްވުރެ އަހަރެންގެ ހަރަކާތްތައް ލަސްވީމައެވެ. ނާސިފް ފޯނު ބޭއްވިކަން އެނގުނަސް ތުވާލި އަޅުވާ ނިމިގެން އަހަރެން ބެލްކަނީގައި މަޑުކޮށްލީމެވެ. އަނެއްކާ ނާސިފް….. ނާސިފަށް އެގުޅީ ކާކަށް ބާއެވެ؟ ކޮޓަރި އަކާއި ކާރުވެސް ހަމަޖެއްސީހެއްޔެވެ؟ ނާސިފް އަނެއްކާ ސިއްރު ލޯބިވެރިއެއް ގެންގުޅެނީބާއެވެ؟ މާތްކަލާކޯއެވެ! އަނެއްކާ އަހަރެންގެ ހަޔާތަށް އަންނަން މިއުޅެނީ ކިހާވަރެއްގެ ޒަލްޒަލާއެއްބާއެވެ؟ ބެލްކަނީގައި ވިސްނަން […]
ވަގުތުން ދެންހުރި ކަރުދާސްތަކާއި ސިޓީފަދަ ތަކެތި ނަގަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ މޮނީޓަރ ފޮތެކެވެ. އަވަސް ހަރަކާތަކާއިއެކު ނާސިފް އެފޮތް ހުޅުވާލިއެވެ. އިސާހިތަކު ލޫދިގެން ލުއި އުދުހުމެއްގައި ގޮސް ވެއްޓުނީ ފޮޓޮއެކެވެ. ނާސިފް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އޭގައި ވަނީ ނާސިފްގެ އެކުވެރި އިޝާލްއެވެ. ހަތް އަހަރު ފަހުން ނާސިފްގެ ޝައްކު ޔަގީނަށް ބަދަލުވެއްޖެއެވެ. އެދުހު އިޝާލްގެ ޕާރސަލްއާއިއެކު އެކުޑަކުއްޖާ ނާސިފްގެ ފިނިފެންމާވެސް ދިނީ ޒީންއަށެވެ. މިހާރު އެކަން ޔަގީނެވެ. މިއޮއް ހުރިހާ ދުވަހު ޒީން އެންމެ ނަފްރަތު […]
“ޒީން!…. އަހަރެންގެ ބައްޕައަކީ އަހަރެން ވަރަށް އިހްތިރާމް ކުރާމީހެއް. ޒީންއަށް ވުރެބޮޑަށް އަހަރެން ބައްޕަގެ ގޮތް އިނގޭނީ ޒީންގެ ބައްޕައަށް…. ޒީންއަށްވުރެ ބޮޑަށް އަހަރެންގެ ބައްޕަގެ ގޮތް އެނގޭނީ ޒީނިޔާއަށް.. ފަރީދަށް…. އަހަންނަށް…. އެހެންވީމަ ދެން ތިވާހަކަ ހުއްޓާލާ…. ނިދަންދޭ…. ބިރުންއިނދެ އަހަންނަށް އިންތިޒާރު ނުކުރާތި…. އަހަރެން މިރޭވެސް…. ދުވަހެއްގަވެސް ޒީންގައިގަ އަތްލާކަށް ނެތީން. އެންމެ އެތެރޭގަހުރި ދެކޮޓަރި ތެރެއިން ޒީންގެ އެއްޗިހި ހުރި ކޮޓަރީގަ ޒީން އުޅޭ. ދެން ހުރި ކޮޓަރިޔަކީ އަހަންނަށް ވަރަށް […]