“ކާކު ބުނީ؟ ކާކު ބުނީ ބައްޕަ ބޭރަށް ދެޔޭ؟؟ އެހެންނޫނަސް ބައްޕަ ބައެއްފަހަރު ދަރިފުޅު ފޮނުވަމެއްނު ބޭރަށް.” ސަމީރު ހައިރާންވިއެވެ. މާލިކްއަށް ސަމީރު ރޭގަނޑު ބޭރަށް ދިޔަކަން އެނގެންވީ ކީއްވެހޭ ހިތަށް އަރާފައެވެ. އެއަށްވުރެ ބޮޑަށް ސަމީރު ހިތުގައިވެސް ޖެހިއްޖެއެވެ. އެހާ ލޯބި ފިރުމުމަކުން މަހުރޫމުވާން މާލިކްގެ އަމިއްލަ ނަފްސު އެކުޑަކުޑަ ސިކުނޑިއަށް ވިސްނައިދިނީތީއެވެ. “ހޭލެވުން އިރު ބައްޕަ ނެތީމަ. ބޭރު ބެލިއިރު އުނދޯލީގަވެސް ނެތް.” މާލިކްގެ މޫނުމައްޗަށް ރުޅިވެރިކަމުގެ ރޫތައް އަރުވާލަމުން ބުނެލިއެވެ. “ކީއްވެތަ ދަރިފުޅު […]
“އާނ!… އާނ! ތިބުނީ ރަނގަޅަށް. ސަމީރު ތާރީޚެއް ބުނަންދެން އަހަރެން މިކެތްކުރަނީ. އަހަރެން މިހުންނަނީ ސަމީރުގެ އިންތިޒާރުގަ. އަހަންނަށް އިނގޭ މިނޫނަސް ވަރަށް ގިނަފަހަރަށް ފަހުދު ތިގޮތަށް ބަހުގެ ހަމަލާތައް ސަމީރަށް ދީފިކަން. މިތަނުން ނުކުމޭ… ރުޅިއައިސް ހިތްހަމަ ނުޖެހިފައި ހުރި އަފީފާ ފަހުދުގެ ކުރިމަތީ ހަތިޔާރު ބެހެއްޓިއެވެ. ސަމީރުގެ ދިފާއުގައެވެ. ސަމީރުގެ އުފަލައްޓަކައެވެ. “ކީއްކުރަން މިތަނުން ނުކުންނަންވީ؟ ވަރަށް ނިދިއައިސްފަ މިހިރީ.” މޫސަ ސިޓިންގ ރޫމަށް ދާން ބުނުމުން ސީމާ ބަހަނާއެއް ދައްކްމުން ކޮޓަރިން ނުކުތެވެ. […]
“ސަމީރު!.. އަހަރެން… އަހަރެން އިންނަން މިއުޅެނީ..” އަފީފާއަށް ބުނެވުނީ އެހިސާބަށެވެ. އަފީފާގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ސަމީރަށް ގޮވަމުން މާލިކް ދުވެފައި އަންނަ އަޑުއިވުމުންނެވެ. “މާފްކުރޭ! ދަރިފުޅުވެސް އަންނަނީ.. މިހާރު ވަރަށް އިރުވެއްޖެދޯ މި އަންނައުނު ތައްވެސް އަޅުވައިން ހުންނަތާ. އަފީފާއަށް މަނާވެފަ ނެތިއްޔާ މިރޭ އަހަރެން ތިވާހަކަތައް އަޑުއަހާލަން ދިޔަސް އެންމެ ރަނގަޅުތަ؟” ސަމީރު އަހާލިއެވެ. “ނޫން. ތިކުދިންކޮޅު ގޮވައިން އުޅޭއިރު ސަމީރަށް ދެން ކިހާ އުނދަގޫވާނެ… އަހަންނަށް ކަމެއް މަނާކުރާނެ މީހަކު ނެތް. އަހަރެން […]
“ތީތަ އެ ސަބަބަކީ؟.. ކައިވެނި ކުރަން މިނިންމީ ވަރަށް ރަނގަޅު މީހަކާ.. މުއްސަންޖަކާ.. އަހަރެން ގޮވައިން އުޅެވޭނެވަރުގެ ކުޅަދާނަ މީހަކާ.. ލޯތްބާ އަޅާލުން ދޭން އިނގޭ އޯގާތެރި މަހުޖަނަކާ.. އަނިޔާއެއް ދޭންނޭނގޭ، ހިމާޔަތް ދޭން އެނގޭ އަޚްލާޤު ރަނގަޅު މީހަކާ… ދުވަހެއް ހަމަޖެހެންދެން މިހުރީ. ހަމަޖެހުނީމަ ދެން ކައިވެނި ކުރަންވީ.” އަޖައިބެއްހާ އަވަސް މިނުގަ އެމީހެއްގެ ސިފަތައް އަފީފާ ކިޔާލުމުން ސަމީރު ހައިރާން ވިއެވެ. ރައްޓެއްސެއްގެ ގެއަށް ދިއުމަށްޓަކާ ތުގާ ގޮވައިން ސީމާ މިސްރާބު ޖެހިއެވެ. ވަރަށް […]
އަފީފާގެ ކައިވެނި ހަމަޖެހި ނިމުނީއެވެ. ސަމީރުގެ ޖަވާބެއް އަފީފާއަށް ނުދެވެނީސް ކައިވެންޏަށް އަފީފާ ތައްޔާރުވީއެވެ. ސަމީރަށް އިތުރަށް އިންތިޒާރުކުރަން އަފީފާ ބޭނުން ނުވީކަންނޭނގެއެވެ. ކުރާނީ ކީއްހެއްޔެވެ؟ އަފީފާއަށް ރަސްމީ ދަތުރެއްކޮށް ޖަވާބު ދޭން އައިރު ޙާލަތު މިވަނީ ބަދަލުވެފައެވެ. ސަމީރުގެ ހިތްބުނާކަހަލައެވެ. މިނޫން ގޮތެއް ހަމަ ސަމީރުގެ ޙަޔާތުގާ ނެތީހެއްޔެވެ؟ ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ވަނީ ހަމަހިމޭން ކަމެވެ. ދިއްލާފައިވާ ބޮކީގެ މަޑުމަޑު ރީނދޫ ކުލައިން މުޅިތަނަށް ވެރިވެފައިވަނީ ރޭގަނޑުގެ ނާމާންކަމެކެވެ. ކޮޓަރިތެރޭގެ ފިނިހޫނުމިން ހިފަހައްޓަ […]
މިއީ ސަމީރުގެ އެކަނިވެރި ޙަޔާތެވެ. ހިތްދަތި ކަމާ ހިތާމައިން މުޅި ދުނިޔެ ސަމީރަށް ކެހި ދެނިއްޔޭ ސަމީރަށް ވިސްނެންފެށިއެވެ. ކޮންމެ މަހަކު ތުގާއާ ބައްދަލު ކޮށްލަންދާ ސަމީރަށް މިހާރު މިވަނީ ކުރިމަގު ބެދިފައެވެ. ތުގާ އަށްޓަކާ ދެން ސަމީރަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟ މިއަދު ސަމީރުދެކެ ލޯބިވާނޭ އަތންބަކު ނެތެވެ. މިއަދުން ފެށިގެން ސަމީރަށް އަޅާލަން މަންމައެއް ނެތެވެ. ނޫނެކެވެ. މަންމަ ނެތީއެއް ނޫނެވެ. މަންމަގެ އަޅާލުމާ އޯގާތެރިކަން ސަމީރަށްޓަކާ ވަޅުލީއެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބާހެއްޔެވެ؟ […]
އެއަޑުގައި އެކުލެވިފައިވި ހަރުކަށިކަމުގެ އަސަރުން އަފީފާގެ މުޅި ހަށިގަނޑު ހުއްޓުން އެރިއެވެ. އެވަރުގެ ކުއްޖަކު އެވާހަކަ ދައްކަންވީ ސަބަބެެއް ކޮބައިހެއްޔެވެ؟ ސަމީރަކީ ދަރިންނަށް އެކަހަލަ ވާހަކަ ހިއްސާކުރާ މީހެއް ނޫންކަން އަފީފާއަށް އެނގެއެވެ. ކުޑަކުޑަ މާލިކްގެ ކުރިމަތީގައި އަފީފާއަށް ފުރަތަމަ ފަހަރަށް އިސްޖަހާލަން މަޖުބޫރުވިއެވެ. އެމަޖުބޫރު ކަމުގައި ވަނިކޮށް ޑޮކްޓަރާއި ނަރުހަކު އައިސް އެނދު ކައިރިޔަށް ހުއްޓިލިއެވެ. “މާލިކް! ކިހިނެއް؟ ދެން ކޮންމެސް ލުއިލުއި އެއްޗެއް ކާލަން އުޅޭ. ފަނަރަ މިނެޓް ފަހުން ލޭ ޗެކްކޮށްލާފަ ގެއަށް […]
ފާއިދު! އޮޕްރޭޝަން ކުރާވާހަކަ ފާއިދު މަންމަ ގާތު ބުނަން ދާންވާނެ ދޯ؟” ސޯފާގައި އިށީނުމަށްފަހު ފާއިދުގެ ކޮނޑުގައި ހިފާ މެޔާލާ ބޮނޑިކޮށްލަމުން މޫސަ ބުނެލިއެވެ. ފާއިދު ގައިގާ މޫސަ ބައްދާލުމުން ފާއިދަށް ލިބުނު އުފާވެރިކަން ވަގުތުން ފިލާދިޔައީ ކީއްވެހެއްޔެވެ؟ އާނ!އެކެވެ. “ޑްރީމްސް” ގޭގައި ފާއިދު އުޅެމުންދަނީ މީގެ ކުރިން އޭނާއަށް ހުވަފެނަކުން ފެނިފާ ނުވާހާ އުފަލުގައެވެ. ތަނަވަސް ބިނާއެއްގައެވެ. ހަންހާރައިން ހިތް ފުރާލަދޭ ލޯބީގެ ގޯއްޗެއްގައެވެ. ވީއިރު، މިއަދު ފާއިދު އޭނަގެ މަންމަ ހަނދާން ކުރަންވީ ކީއްކުރަން […]
“އަޅުގަނޑު ބޭނުން ފާއިދުގެ ބައްޕައާ ސުވާލެއްކުރަން.. ފާއިދުގެ އުމުރުން ދިހަ އަހަރުވީއިރުވެސް ކީއްވެތޯ ހިތާނު ނުކޮށްހުރީ؟” ގޮނޑީގައި އިށީންދެލުމަށްފަހު މޭޒުމަތީ އޮތް ގަނޑުތަކަށް ބަލަން އިނދެ ޑޮކްޓަރ މޫސައަށް ސުވާލުކޮށްލިއެވެ. “މާފްކުރައްވާ! އަޅުގަނޑަކަށް ނޭނގޭ… އެކަމަކު ފާއިދުގެ މައްސަލައަކީ ކޮބައިތޯ؟” މޫސަ ހާސްވެފައި އިނދެ ފާއިދަށް ބަލައިލަމުން ޑޮކްޓަރާ ސުވާލުކޮށްލިއެވެ. “ކީކޭތޯ؟ ތީފާއިދުގެ ކިހާ ގާތްމީހެއްތޯ؟ ސުވާލުން ފުރިފައިވާ ހައިރާންކަމަކާއެކު އަނެއްކާވެސް ޑޮކްޓަރ ސުވާލު ކޮށްލިއެވެ. “އަޅުގަނޑާ އަޅުގަނޑުގެ އަންހެނުން ފާއިދު ބަލަނީ. ފާއިދަކީ އެއްވެސް ހިސާބަކުން […]