އިޝާލް ވަރަށް ފަރުވާތެރިކަމާއެކު އަތުގައިވާ ސިޓީ އުރައަށް ބަލައިލިއެވެ. އުންމީދުން ފުރިފައިވާ ހިތަކާއެކުއެވެ. ހިނިތުންވެލަން ލިބުނު ފުރުސަތެއް ކަމުގައި ދެކެމުންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އިޝާލް އެ ސިޓީއުރައިގެ ބޭރުގައި ލިޔެފައިވާ ލިޔުންކޮޅު ކިޔާލިއެވެ. “ހުވަފެނީ ދުނިޔޭގައި އަހަންނާއެކު ރަސްކަންކުރި ރަސްގެފާނަށް” އިޝާލް ކޮޓަރިއަށްވަދެ ދޮރު ލެއްޕުމަށްފަހު އަވަސް އަވަހަށް ސިޓީއުރަ ކަނޑާލި އެވެ. އޭގައިވަނީ ފޮޓޯގަނޑެއް ގެ އިތުރުން ނޯޓްކޮޅެއް ލިޔެފައިވާ ގަނޑުކޮޅެކެވެ. އިޝާލްގެ ނަޒަރު ފުރަތަމަ ހުއްޓުނީ ފޮޓޯއަށެވެ. އެއީ ސަޕްރައިޒްއެއްގެ ގޮތުގައި އިޝާލް […]
މަޑުމައިތިރި ހިނގުމެއްގައި ގެއަށް ވަދެގެން އައިތަން ފެނުނީ ނާސިފެވެ. އޭނާގެ ފަހަތުން ނަތޫ ވަދެގެން އައިސް އަހަރެންގެ އަތުގައި ހިފާ އަވަސް އަވަހަށް ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭރު އަހަރެންގެ ބައްޕަ އަހަންނާދިމާލަށް ބަލަން އިނެވެ. ފަސްއެނބުރި ނާސިފްވެސް އަހަންނާ ދިމާލަށް ބެލިކަން އަހަންނަށް އެނގެއެވެ. އަހަންނަށް އެއްޗެއް ނުބުނެ އުޅެނިކޮށް ނަތޫ އަހަރެން ގެއިން ބޭރަށް ނެރިއްޖެއެވެ. “ޒީނިޔާ.. ޒީނިޔާ…. ނިކަށް އަވަހަށް ޖޫސްތައްޓެއް ގެނެސްބަލަ… މިއިނީ ނާސިފް އައިސް.” ނާސިފް އިށީނުމާއެކު ފަރީދު ވަރަށް […]
ކުރިމަތީގައި ހުރީ ރީތި އިސްކޮޅެއް ލިބިފައިވާ ފިރެހެނެކެވެ. ހެދިހުރި ހަށިގަނޑަކާއި ފުރިހަމަ ރޫފައެއް ލިބިފައިވުމުން އޭނާގެ ހައިބަތު ފާޅުވެއެވެ. އަހަރެން އެއްވަރަކަށްވެސް ނުދަންނަ އެމީހާއާއެކު ގޭގައި އެކަހިރި ވަގުތެއް ހޭދަކުރަން ޖެހުމުން އަހަރެންގެ ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އަޅަންފެށީ ގަތްފައިވާ ބިރެއްގެ ސަބަބުންނެވެ. އަހަރެން ޖެހިލުންވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައިހުރި އަހަރެންގެ ހިތުތެރެއިން މަންމައާއި ބައްޕަ އާދޭތޯ އެވަގުތު ދުޢާކުރަމުން ދިޔައިމެވެ. އަހަރެން ސަލާމްގެ ޖަވާބު ދިނުމުންވެސް އެމީހާ އިތުރު އެއްޗެކޭ ނުބުނެ އިރުކޮޅެއްވިއެވެ. […]
“ޒީންގެ ބައްޕަ ފަރީދުތަ ތިހެންބުނީ؟” ނަތޫ ސުވާލުކޮށްލީ ދެބުމައަށް ގޮތެއް ހަދާލަމުންނެވެ. ޝައްކުގެ ބެލުމަކުންނެވެ. ޒީންގެ ޖަވާބަކަށް ނުހަނު އިންތިޒާރު ކުރަމުންނެވެ. “އާން… އެކަމު އަހަރެން އަދި މިވާހަކަ ބައްޕައާ ދައްކާނަން. އަހަރެން ހީކުރީ ބައްޕަ އަހަރެންދެކެ އެވާ ލޯތްބަކީ އަހަރެންގެ ހުރިހާ އުފަލަކައްޓަކާވެސް ވާލޯތްބެއްކަމަށް. ނަތޫ… އަހަރެންގެ މަންމަމެނާ ކުރިމަތިލާން އަހަންނަށް އަދިވެސް ވަގުތު ބޭނުންވޭ.” އަހަރެން ނަތޫއަށް ބަލައިލީ ފެންކަޅިވެފައިވާ ލޮލަކާއެކުއެވެ. ނަތޫގެ ޝައްކު ފިލީއެވެ. ފަރީދާއި ޒީނިޔާއާ ދެމީހުން ޒީންއަށް މިދައްކަނީ ކޮންކަހަލަ […]
އަހަރެންގެ މަޑުމައިތިރި މިޒާޖު ބަލަން އިޝާލްއަށް މިއަދު ކެތްނުވީ ކަންނޭނގެއެވެ. ދެލޯ ހަނިކޮށްލައިން ހުރެ ހަލުވި ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ އަހަރެން އިޝާލްއާ ހަތަރުކަޅި ހަމަކޮށްގެން އިންދައެވެ. ވަގުތުން އަހަރެން އިސްދަށަށް ޖަހާލީމެވެ. ހަގީގަތުގައި އޭރު އަހަރެންގެ ހަށިގަނޑުގައި ވަނީ ފިނޑިކަމެވެ. އަހަރެން އިޝާލްއާ ކުރިމަތިލާން ފަސްޖެހެއެވެ. ލަދުގަނެއެވެ. ކުށެއްނެތް އިޝާލްއަށް ދަޅަ ދައްކައިގެން އޭނާގެ ހިތް ހަލާކު ކުރުމަކީ އިންސާފެއް ނެތް ކަމެއްކަން އަހަންނަށް އެނގެއެވެ. އިޝާލް ފެންނަ ކޮންމެ ވަގުތަކު އަހަރެންގެ […]
ކޮންމެ ދުވަހަކު މަންމައާ އަހަރެން ފުރަތަމަ ބައްދަލުވާ ތަނަކީ ކާގެއެވެ. އަވަސްވެފައިވާ ހިތަކާއެކު ޖެހިލުންވެހުރެ އަހަރެން ކާގެއަށް ބަލައިލީމެވެ. މަންމައެއް ނެތެވެ. އެހެން ނޫނީ އާދައިގެ މަތިން މަންމަ އަހަންނަށް ތައްޔާރު ކޮށްފައިހުންނަ ސައިތަށިވެސް މިއަދު އަހަރެންގެ އިންތިޒާރަކު ނެތެވެ. އަހަރެން ވަރަށް ދެރަވިއެވެ. މަންމަގެ ސަމާލުކަން މިއަދު އަހަންނަށް ނުލިބުނީތީއެވެ. މަޑުމަޑުން ގޮސް މަންމަގެ ކޮޓަރި ކައިރީ އަހަރެން ހުއްޓިލީމެވެ. ތަލި ޖަހާލަން އަތް ނަގާލުމަށްފަހު ހަމަ އެ ސިކުންތުގައި އަހަރެން އަތް ތިރިކޮށްލީމެވެ. މަންމަމެން […]
“މަންމަމެންނަށް އެންމެ ރަނގަޅުތަ އަހަރެން ކިޔަވާނިނިގެން އި…އިޝާލްއާ ރައްޓެހިވިޔަސް؟” އަހަރެން ވަގުތުގެ ބޭނުންހިފީމެވެ. ވަރަށް އުންމީދުގައެވެ. ކުއްލިޔަކަށް ޒީނިޔާއާ ފަރީދު ސިއްސައިން ގޮސް ބަލައިލިއެވެ. އެ ބަލައިލުމުގައި ހިތްހަމަނުޖެހުމުގެ އަސަރުތަކެއް ވާކަން ބަލަން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ޒީނިޔާގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްނުތަނަވަސްކަމާ ހިތާމައިގެ އަސަރުތަކެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ޒީން މިއަދު މި ސުވާލަށް ޖަވާބެއް ބޭނުމެވެ. “ޒީން! މަންމަ ނުބުނޭތަ ތިކަހަލަ ވާހަކަ ނުދައްކާ ހުންނާކަށް؟ ކީއްވެތަ ޒީންއަށް ކެތްނުކުރެވިގެން ތިއުޅެނީ؟ ޒީންއަށް […]
“މިރޭ އިޝާލްއަށް ވަގުތުކޮޅެއް ދިނީނު. އިޝާލް! އަހަރެން އެބައޮތް ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ.” ނަތޫ އިޝާލްއަށް ބަލައިވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ. “ކީކޭ؟ ކިހާވަރެއްގެ ވާހަކައެއް؟” އިޝާލް އަހާލިއެވެ. “ޒީންގެ އުފަންދުވަސް އަންނަނީނު. ހިނގާ ޒީންއަށް ނޭނގި އެކަން ފާހަގަކުރަމާ.. ތިގޭގަ ހުރިހާކަމެއް ހަމަޖައްސާނީ. އިޝާލް މަންމަކައިރި އަހާލާފަބުނެލާ.” ނަތޫ މޮޅުގޮތެއް ރާވާލަމުން ބުނެލިއެވެ. “އަހާލާނަން. އެކަމު ޒީން މިރޭ އެހާބަލިވީމަ އަހަރެން މިހުރީ ވަރަށް ދެރަވެފަ. އެކަމާ މިވިސްނެނީ.” އިޝާލްގެ ކަންބޮޑުވުން ފާހަގަކުރިއެވެ. ނަތޫއާ އިޝާލް […]
ޒީން……. ކިހިނެއްވެފަ ތިއިނީ.. އަހަރެން ހުއްޓަ ބަލާބަލަ.” އިޝާލް އަނެއްކާވެސް ބުނެލިއެވެ. އިޝާލް އެހެން ބުނުމާއެކު އިޝާލްގެ ކުރިމަތީގައި އަހަރެން ޖެހިލުންވެފައި އިނދެ އެފޮޓޯ އަނެއް ފުށަށް ޖަހާލީމެވެ. ހާސްވެފައި އިން އަހަރެން ހީކުރަމުން ދިޔައީ އެއީ އިޖޫގެ ފޮޓޯއެއް ކަމަށެވެ. އެހެނަސް އެފޮޓޯގައިވާ ތަސްވީރު ފެނުމާއިއެކު އަހަރެން އުފަލުން ފޮޅުނެވެ. ހާސްކަމާއި ބިރުވެރިކަން ފިލާދިޔައެވެ. އެއީ އަހަރެން އެންމެ ލޯބިވާ އިޝާލްގެ ފޮޓޯއެކެވެ. ހިނިތުންވެފައި އިނދެ ފޮޓޯއަށް ބަލަމުން އަހަރެން ސުވާލުގެ ނަޒަރުން އިޝާލްއަށް ބަލައިލީ […]