“މަރީ!” މީހަކު އަހަންނަށް ގޮވާލި އަޑަށް ސިއްސައިންގޮސް އަހަރެން ބަލައިލީމެވެ. އޭރު އަހަރެން ކުރިޔަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުއްލިޔަކަށް ހުއްޓިއްޖެއެވެ. “މިއަދު ކީއްވެ މިމަގުން ތިދަނީ؟ ސެޝަން ނިމުނުގަޑީގަ އަހަރެން ހުރިން އެއްކަލަ ކަންމަތީ.. މަރީ ނިމޭގަޑި ލަސްވިކަން އެނގުނީމަ އަހަރެން ދެން މިސްކިތަށްވަދެ ނަމާދު ކޮށްލައިން އައިސް އަނެއްކާ މިހުރީ… ވަރަށް މުހިއްމު ވާހަކައެއް ބުނަން….. މިއުޅެނީ ރަށަށް ބަދަލުވާން.. މާދަން ފުރަން ކާށިދޫއަށް. ހިތްހެޔޮކުރާތި.. ކިޔަވާ ނިމެންދެން އިންތިޒާރު ކުރާނަން.. އަހަންނަށް ކިޔަނީ މީކާލް.” […]
“މިއިނީ… މީއެކުއްޖާ.. ކޮބާ އާދެބަލަ ސަރއާއެކު ބޭރަށް.” އަހަންނަށް އިޝާރާތް ކުރަމުން ކްލާހުން ބޭރަށް ނުކުންނަށް އަހަންނަށް ދަޢުވަތު ދިނެވެ. ހައިރާން ވެފައިހުރެ އަހަރެން ކުރިޔަށް ހިނގައިގަތީ ކުށްވެރިއެއް ފަދައިންނެވެ. ޖެހިލުން ވެފައިވާ ހިތަކާއެކު ކްލާހުން ނުކުމެ އަހަރެން އެޓީޗަރުންނާ ކުރިމަތިލީމެވެ. “މިސްކޫލުގެ ފަރާތުން ވާހަކަ ލިއުމުގެ ގައުމީ މުބާރާތުގަ ބައިވެރިވާން ކެރިދާނެތަ؟” އެތަނުން އެއްޓީޗަރަކު އަހަންނާ ސުވާލުކުރިއެވެ. “ގައުމީ މުބާރާތް؟… ވާހަކަ ލިޔުމޭތޯ؟.. އެކަމު އަޅުގަނޑަށް ވާހަކަ ލިޔާކަށް ނޭނގޭ ސަރަ..” ޖެހިލުންވެފައި ހުރެވެސް އަހަރެން […]
ރަށްފުށުގެ ކިޔެވުން ވަކިހިސާބަކަށް ނިންމާލުމަށްފަހު އަހަރެން ބަދަލުވީ މާލެއަށެވެ. އެއީ ކިޔެވުމުގެ މަޤްސަދުގައި ނަމަވެސް މަދު އަހަރު ތަކަކަށެވެ. އަހަރެން ކިޔަވަން ހުރީ އާއިލާއާ ރައްޓެހިކަން އޮންނަ ދެމަފިރިން ކައިރީގައެވެ. އެމީހުން އަހަރެންގެ އާއިލާއަތުން ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގައެވެ. ބަދަލުގައި އަހަރެން ކޮށްދޭންޖެހުނު ކަމަކީ އެދެމަފިރިންނަށް އެދުވަސްވަރު ލިބުނު ތުއްތު ތުއްތު ދަރިފުޅު ބަލައިދިނުމެވެ. ދައްތަ ހެނދުނު އޮފީހަށް ދިއުމުން، އެކުއްޖާ ބަލަމުން ގޭގައި ކެއްކުމުގެ ކަންކަން ކުރަމުން ދިޔައީ އަހަރެންނެވެ. މެންދުރުގެ ބާރު […]
ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން، ހިތުގެ ހިމަނާރުގާ ކުޅެލައޭ މީސްތަކުން ތެޅި މަރަށް ރޮއެ ކަފުން ލާންޖެހޭތީ ވެދުން އެޅި އިމާރާތްތަކާ ނެތި ގެދޮރު ފުނޑުވުމުން ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން….. ވާނެ ހެއްޔޭ މަރަން ކުޑަކުދިންނާ މައިން ދާއިމަށް ވަކިކުރަން ލޮލުގެ ކޮއިފަދަ ދަރިން؟ ހާދަ ދެރައެއް ވެޔޭ މަރުވެ ދާތީ ބަފައިން ހާލުގާ ދިރިއުޅެން ޖެހިފަވެއެ މުސްލިމުން ހިތް ފަޅައިގެން ދެޔޭ ފެންނަ މަންޒަރުތަކުން…. ފަހެ ޔަހޫދީން ފަލަސްޠީނު ފުނޑުފުނޑު ކުރަން […]
“އެންމެންވެސް އަހަންނަށް މާފުކުރޭ…. އަހަންނަށް ހީވަނީ މިކަން ދިމާވާންޖެހުނު އެންމެ ބޮޑު މެދުވެރިއަކީ އަހަރެންހެން… އަހަރެންގެ ސަބަބުން ކަންނޭނގެ މިކަން މިހެން……” ދައްކަމުން ދިޔަ ވާހަކަ ހުއްޓާލަން ޖެހުނީ ފަރީދްއަށް ރުއިން ކޮންޓްރޯލް ނުކުރެވިގެންނެވެ. ހިނދުކޮޅަކަށް ނަމަވެސް ރުއިން ހުއްޓާލަމުން ކުއްލިޔަކަށް އެންމެންނަށްވެސް ބަލައިލެވުނީ ފަރީދުގެ މޫނަށެވެ. ދެބުމަ ގޮށްޖަހާލައިން ހައިރާންވެފައިތިބެ ސުވާލުގެ ނަޒަރުން އެންމެވެސް ދިޔައީ ފަރީދާ ދިމާލަށް ބަލަމުންނެވެ. ފަރީދު ކުރި ކުށަކީ ކޮބާހެއްޔެވެ؟ ބައެއްގެ ފުރާނައަށާ ހަށިގަނޑަށް މިވަރުގެ ބޮޑު ގެއްލުމެއްދޭން ފަރީދަށް […]
އަހަންނާ އިޝާލް މީގެ އަހަރުތަކެއް ކުރިން އުންމީދުކުރި ކައިވެނި ކުރެވުނީއެވެ. ހުވަފެންތަކެއް ދެކެމުން އައި އެތައް ރެއެއްގެ އުންމީދުތަކުގައި ގޮށްޖަހާލެވުނީއެވެ. ހަގީގަތުގައިވެސް މިއީ އަހަންނާ އިޝާލް އެންމެ އުފާވާނެ ދުވަހެވެ. އަހަރުމެންގެ އާއިލާއާއި ރައްޓެހިންވެސް މިއުފަލުގައި ބައިވެރިވާން ކެތް މަދުވެފައި ވާނޭކަން އަހަރުމެންނަށް އެނގެއެވެ. މިތަނުން ދިއުމައްފަހު ދެން އޮތީ ހަވީރުގެ ޕާރޓީއަށް އެންމެ ރީއްޗަށް ނަލަހެދިލުމެވެ. އެއީ ފަހަށް ރައްކާކުރާނެ ރީތި ފޮޓޯތަކާ އުފާވެރި ހަނދާންތައް ރައްކާ ކުރެވޭނެ އެންމެ އުފާވެރި ވަގުތުތަކެވެ. “މަރުހަބާ ދެކުދިންނަށްވެސް… […]
އަހަންނަށް ވަގުތުން ދެލޯ މަރާލެވުނެވެ. އަހަރެން ގައިން ހީބިހި ނަގައިން ދިޔައީ ދާދި އަވަހަށެވެ. އެޔާއެކު އަހަރެންގެ ހަށިގަނޑުގައިވާ އެންމެ ކުދި ލޯލިއިސްތަށިތައް ހިނދުކޮޅަކަށް ނަމަވެސް އިޝާލްގެ ހަރަކާތަށް ކިޔަމަންވިއެވެ. “އާނ…” މަޑުމަޑުން އަހަރެން ބުނެލީމެވެ. އެޔާއެކު އިޝާލް އަހަންނާ ދުރަށް ޖެހިލިއެވެ. “ނަ… ނަޝްފާއަކީ ނާސިފްއާ ކޮން… ގުޅުމެއް އޮންނަ މީހެއް؟” ޖަވާބު ބޭނުންވެފައިވާ ސުވާލެއް ބިރެއްނެތި އަހަރެން އަމާޒުކޮށްލީ އިޝާލްއާއެވެ. “މިހާދުވަސް ވީއިރު ޒީންއަކަށް ނޭނގޭތަ؟ ނާސިފްއާ ނަޝްފާއާ ގުޅުން ހުރި އެއްވެސް ވާހަކައެއް؟ […]
އިޝާލް ނެގީ ގަނޑުކޮޅެކެވެ. އަދި އެ ގަނޑުކޮޅު އަހަންނަށް ފެންނަގޮތަށް ދައްކާލިއެވެ. “ގޭގެ ވެރިމީހާ މިއަދު 4:00 އަށް ގެއަށް ގޮސްދިނުމަށް އެދެން.. ޒީން ހުންނާނީ އިންތިޒާރުގަ. އަހަރެން މި ފުރަނީ ޒީން ވަރިކޮށްފަ…” އިޝާލް ދައްކާލި ގަނޑުކޮޅުގައި ވާއެއްޗެއް އަހަރެން ކިޔާލީމެވެ. އެ ލިޔުންކޮޅުގެ ތިރީގައި ވަނީ ނާސިފް ސޮއި ކޮށްފައެވެ. އަހަރެން ހައިރާން ވިއެވެ. ނާސިފް އެވަނީ އަހަރެން ވަރިކުރިކަން އިޝާލްއަށް އަންގާފައެވެ. ގައިމުވެސް ނާސިފް ނުބުނާނަމަ މިހާރު އަހަންނަކީ މިނިވަނެއްކަން އިޝާލްއަކަށް […]
ޚިޔާލު ތަކުން އެއްކިބާވަމުން، ކުއްލިޔަކަށް އަހަރެން ފައިގާ އަޅާފައިވާ ރަޖާގަނޑު ދުރަށް އެއްލާލަމުން ފާހާނާއަށް ވަނީ އަވަސް އަވަހަށް ރީތިވެލުމުގެ ގޮތުންނެވެ. އަހަރެންގެ ހަރަކާތްތަކުގެ އަވަސްކަމާއެކު ވެވުނުގޮތަކަށް އަހަރެން ރީތި ވެލީމެވެ. ހިނދުކޮޅެއްތެރޭ އަހަރެން ވަރަށް ބާރަށް ކޮޓަރިން ދުވެފައި ނުކުތީމެވެ. ހަމަ އެ ބާރު މިނުގައި ގޮސް ބެލްކަނިން ތިރިއަށް ބަލާލީމެވެ. ނާސިފް ފެނޭތޯއެވެ. އެހެނަސް ނާސިފް ފެންނާކަށް ނެތެވެ. ފެނުނުހާވެސް އެއްޗަކީ ނާސިފްގެ ކާރު ހަލުވި މިނުގައި ކުރިޔަށް ދުއްވާފައި ގޮސް އޮބާލިތަނެވެ. “ޒީން… […]