ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ އަހަރެންގެ ޔުނީފޯމުގެ އަތުކުރިއަށް މީހަކު ދަމާލުމުންނެވެ. ވަގުތުން އެދިމާލަށް އަހަރެން ބަލައިލީމެވެ. އަދި ވަށައިގެން ތިބި އެހެން ކުދިންނާ ދިމާލަށްވެސް އަހަންނަށް ނަޒަރު ހިންގާލެވުނެވެ. “ކަލޯ ސަޅި ބިޓެއްމީ.” ޔުފޯރމްގައި ހިފާލި ކުއްޖާއާ ދިމާލަށް އަނެއްކާވެސް އަހަރެން ބަލައިލުމާއެކު އެކުއްޖާ ބުންޏެވެ. ވަގުތުން އަހަރެން ޝާނީއާ ދިމާލަށް ބަލައިލީމެވެ. އަހަރެން ބަލައިލި ގޮތުން ޝާނީއަށްވެސް ހީވާނީ އަހަރެން ޝާނީގާތު އާދޭސްކުރާ ހެންނެވެ. ހަގީގަތުގައިވެސް އަހަރެންހުރީ އެހުރިހާ ފިރިހެން ކުދިން ކައިރިން ސަލާމަތްވާން […]
ޒައިޝްގެ ހަނދާންތައް ފޮހެލަން ކުރާ މަސައްކަތް ކާމިޔާބު ވާނެބާއޭ އަހަރެންގެ ހިތަށްއަރައެވެ. މީކާލްގެ ދުނިޔެއަށް ފުރަތަމަ ފަހަރަށް އަހަރެން ނޭވާލުމުގެ ކުރިން ވިސްނާލީމެވެ. މީކާލްގެ އުޅުން ކިތަންމެހާވެސް ރަނގަޅުކަން ފެންނަނީ އަހަރެންގެ ލޮލަށެވެ. އަހަރެންގެ ހިތަށް ފެންނަނީ ޒައިޝްގެ ރީތި ސޫރައެވެ. ހަގީގަތުގައި ހަދަންވީގޮތް އަހަންނަކަށްވެސް ނޭނގެއެވެ. މީކާލްދެކެ އަހަންނަށް ލޯބިވެވިދާނެ ކަމާމެދު އަހަންނަށް އަދިވެސް ޝައްކެވެ. އަހަރެންގެ ވިސްނުން ދަތުރުކުރީ މާކުރީގެ ހަނދާނަކަށެވެ. މާޒީއަށެވެ. އެއީ އަހަރެންގެ އުމުރުން 8 އަހަރެވެ. ރަށު ސްކޫލްގެ […]
“އަހަރެން ބިޓު އިންނާނެ އަހަރެން ކައި ނިމެންދެންވެސް. ޝަލީންވެސް ވާނެ އެގޮތަށް ފަރިތަކުރުން. ފިރިހެނުން ކާންތިބޭއިރު ކައިރީގަ މަޑުކޮށްލިއްޔާ ރަނގަޅުވާނީ.. މަގޭ ވަހޫ ވަރަށް ރަނގަޅުވާނެ. ވަހޫއަކީ ވަހުޝިއްޔާ.” ޒާހިރު ތަޢާރަފްކޮށް ދިނީ އޭނާގެ ބިޓުކަމަށް ބުނާ މަންޖެއެވެ. އޭރު ޒާހިރު އިނީ ފާޑަކަށް ދެލޯ ކުޑަކޮށްގެންނެވެ. ހިނިއައިސްފައެވެ. އެއްމިޔަކަނުން ހިނިއައިސްފައި އިންއިރު އެއިން އަހަރެންގެ ހިތަށް ލިބުނީ ބިރުވެރި ސިގްނަލެކެވެ. ހަގީގަތުގައި ޒާހިރުގެ އަތްމުނިމުނިކަވާ އަމަލުތައް ހުންނަގޮތުން އަހަރެން އަމިއްލައަށް، އަހަންނާ ދޭތެރޭ ވިސްނަން […]
ދުވަސްތައް ފާއިތުވަމުން ގޮސް ދުވަހެކެވެ. އަހަރެން ސްކޫލަށް ދާން ނުކުތީމެވެ. އެދުވަސްކޮޅު ވިސާމާ ބަލިކަމުން ގަވައިދުން ކްލާހަށް ހާޒިރުނުވެއެވެ. އަހަރެން އެކަނިމައި އެކަނި ކުރިޔަށް ހިނގަމުން ދިޔައީމެވެ. ކުއްލިޔަކަށް ސިއްސައިންގޮސް އަހަރެން ފަހަތަށް ބަލައިލީ ކައިރިން އައި ސައިކަލުގެ ބަރުގަނޑުގެ އަޑަށެވެ. އަހަންނަށް ބަލައިލެވުނު އިރު ސައިކަލުން އަހަރެން ގައިގައި ނުޖެހުނީ ހަމަކިރިޔާއެވެ. ބިރުންހުރެ އަހަރެން ބަލައިލީ ސައިކަލުގައި އިން މީހާއަށެވެ. “އަރާ.. ގެންގޮސްދޭނަން.” ނުބައި ގޮތަކަށް ހިނިއައިސްފާހުރެ ޒާހިރު ބުނެލިއެވެ. “ނޫން. އަހަންނަށް ދެވޭނެ. އެހެން […]
އަހަރެން ތިރިއަށް ފޭބީމެވެ. މޭޒުމަތީގައި ޕިއްޒާތަކާއި ޑްރިންކްސް އަތުރާފައި ހުއްޓެވެ. އަދި ހަމަ އެޔާއި ޖެހިގެން ފުދޭވަރެއްގެ ބޮޑު ކޭކެއް އިނެވެ. ކޭކުގައި އުއްބައްތި ޖަހާލާފައި ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ދުވަސް ފާހަގަ ކުރުމަށްޓަކާ މަރިއްތައާއި އިޝާނީ އަދި ޔާނީގެ އިތުރުން ދެން ހުރީ ޒާހިރެވެ. “ހެޕީ ބާރތްޑޭ ޝަލީން.” ސަލާމް ކޮށްލަމުން ޒާހިރު އަހަންނަށް ދިނީ ޕާރުސަލެކެވެ. “ތޭންކްސް.” އޭގައި ހިފަމުން އަހަރެން ބުނެލީ އެއްވެސް ހިނިތުންވުމަކާ ނުލައެވެ. އެކަން މަރިއްތަމެންނަށްވެސް އިހްސާސް ވާނެއެވެ. […]
“އޮމަދޫ ރުކްޝާނާ… އެއީ އަހަރުމެންގެ ވަރަށް ގާތް ރައްޓެއްސެއް.. އެހެންވެ ގުޅީމަ ބުނީ، މީކާލްގެ ދައްތައަށް ގުޅައިގެން ނަމްބަރު ދޭނަމޯ. ހަމަ އެވަގުތު ނަމްބަރު ހޯދާފަ ފޮނުވައިފި.” ރިފާޝާ ތަފްސީލް ކޮށްދިނެވެ. އަހަރެން ވަގުތުން ބަލައިލީ ގަނޑުކޮޅުގައިވާ ފޯނު ނަމްބަރަށެވެ. އަހަންނަށް މިކަން ގަބޫލުކުރަން އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެހެނަސް އަހަރެން މިކަމުގެ ހަގީގަތް ބަލަން ބޭނުމެވެ. ރިފާޝާ ދޭކޮންމެ ނަމްބަރަކީ އަހަންނަށް އަދި މާމުހިއްމު އެއްޗަކަށް ނުވެދާނެ އެވެ. ހަމަ އެގޮތަށް އެއީ ވަރަށް މުހިއްމު […]
“ޒައިޝް… އަހަންނާ ވާހަކަދައްކަން ބޭނުންވީތަ؟.”.ހައިރާންވެފައި ހުރެ އަހަންނަށް އަހާލެވުނެވެ. “ބުނި ނަމްބަރު ދޭށޭ. ކިހިނެއް ހަދަންވީ؟ ދޭންވީތަ؟” ދޮންތަގެ ސުވާލު އަނެއްކާވެސް ތަކްރާރުކޮށްލިއެވެ. “ނޫން. ބުނޭ އަހަރެން ބޭނުމެއް ނޫނޭ ވާހަކަ ދައްކާކަށް.. ނަމްބަރު ދޭނެ ކަމެއްނެތް.” ވިސްނާލަން ހުރުމަށްފަހު ހިތާދެކޮޅަށް އަހަރެން ބުނީމެވެ. “އެކީއްވެ؟ ޝަލީން ވަރަށް ބޭނުންވި ކަމެއްނު! ވަރަށް ދުވަހު މަޑުކޮށްގެން ހުއްޓަ މިހާރު އޭނަ އަމިއްލައަށް އެބުނީ..” ދޮންތަ ބޭނުންވީ އަހަންނަށް ވީގޮތް އޮޅުންފިލުވާށެވެ. “ދޮންތާ! އެއުޅެނީ ލޯތްބަކުން ނޫން.. ކޮންމެ […]
އިންތިޒާރުގެ އެތައް ވަގުތެއް އަހަރެންގެ ހަޔާތުން ބޭކާރުވެގެން ދާކަން ޚުދު، އޭނާއަށްވެސް އެނގޭނެއެވެ. އެފަދަ އެތައް ދުވަހެއް، ވަގުތެއް އަހަރެން ރަށުގައި ހޭދަކުރުމަށް ފަހު މާލެއައިސް އަހަރެން ބޭނުންވީ އެކަން ހަނދާން ނައްތާލާށެވެ. އެހެންވެ އަހަރެން ވިސްނީ ފަހަރެއްގައި މީކާލްގެ ފަރާތުން ލިބުނު މިފުރުސަތު އަހަރެންގެ އަތުގައި ހިފީކަމުގައެވެ. އަހަރެން އަދިވެސް ވިސްނާލީމެވެ. އަހަރެން ދެން ވިސްނަންވީ މީކާލްއަށްޓަކާހެއްޔެވެ؟ ނޫނީ އަހަރެންގެ ހިތުގައިވި ކަނު ލޯތްބަށްހެއްޔެވެ؟ “މަރިއްތާ! ދެހަފްތާގެ ފިލާވަޅު ގެއްލިއްޖެ. ހުކުރު ފަހުން އަހަރެން ދަންތަ […]
ކޮންނަމެއް ކިޔާމީހެއް ގުޅީ؟” އަހަރެން އަހާލީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ. “ޝަލީން… އަވަހަށް އާދޭ ދާން.. މިވަގުތު ދިޔައްޔާ ދެވޭނީ. ވަރަށް ބޮޑަށް ވިއްސާރަ ހަދައިފި.” ދޮރު ހުޅުވާލުމަށްފަހު ބޭބެ އަވަސް ކުރަން ބުނުމުން އަހަރެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. ތަދާއި ވޭނުގައިވެސް އަހަރެން އިރުކޮޅަކަށް ނަމަވެސް މަރިއްތަ ކައިރި މަޑުކޮށްލަން ބޭނުންވިއެވެ. މަދު ސިކުންތުކޮޅަކަށް ވިޔަސްމެއެވެ. ހަމައެކަނި އެންމެ މަގްސަދެއްގައެވެ. ފޯނު ކުރީ މީކާލްތޯ ބެލުމުގެ ބޭނުމުގައެވެ. އެހެނަސް، އެވަގުތު އަހަރެން އިސްކުރީ އަހަރެންގެ އަމިއްލަ […]