ދޮރު ހުޅުވާލުމާއެކު އަހަރެން ހައިރާންވިއެވެ. ވިސާމާގެ އަޑުން ގޮވުމުން އަހަރެން ދޮރު ހުޅުވީ ވިސާމާއަށްޓަކައެވެ. އެހެނަސް ކުރިމަތީގައި ހުރީ ޒާހިރެވެ. އަހަރެންގެ ފައިން ހީވީ ވާގި ދޫވިހެންނެވެ. ހަގީގަތުގައިވެސް އަހަރެން ހުރީ ވަރަށް ބިރުންނެވެ. ހަމަ އެވަގުތު އަހަރެންގެ ދެލޮލުގެ ކަޅި ދައުރުކުރީ ކާރޫބާރު ބޮޑު މަގުމަތިން ވިސާމާ ފެނޭތޯއެވެ. ވިސާމާގެ އަޑު އަހަންނަކަށް ނޯޅޭނެއެވެ. ތެދެކެވެ. އޭރު އިވުނީ ވިސާމާގެ އަޑެވެ. އަހަންނަށް އެކަން ޔަގީނެވެ. އެހެންވިއްޔާ ވިސާމާ ކޮބާހެއްޔެވެ؟ “މަންޖެ ހަމަ އަހަރެން ޓަކިޖަހާ […]
“މުސްތޯ… ތިކުއްޖަ ދޫކޮށްލާ… ގޮސް ހޯލަށް ވަދޭ…..” ފަހަތުން އައި އައްޔަ ސަރގެ އަޑަށް މުސްތޮއާ އަހަރެން ސިއްސައިން ދިޔައެވެ. ވަގުތުން އަހަރުމެން ހުއްޓުނީމެވެ. އަޖައިބެކެވެ. މީވެސްވާ ޓީޗަރެއްތާއެވެ. އަހަރެންގެ ބޯކޮޅު ބަލަމުން މިޓީޗަރަކު ހިނގާތީ މިހާރު އަހަރެން މުޅި ސްކޫލުގައި ލަދުގަނެއެވެ. އެހުރީ އޭނަ ވާވަރެވެ. އޭނާގެ ބާރު އަޑަށް އަހަރެންކަހަލަ ހުޅުނބު ފަތެއް ވިއްސައިން ދާން މާގިނައިރެއް ނަގާނެހެއްޔެވެ؟ ގޭގައި އަހަންނަށް ހަމަޖެހި ނުލެވެއެވެ. މަގުމަތި އަހަންނަށް އަމާނެއް ނޫނެވެ. ސްކޫލްތެރެވެސް އަހަންނަށް ރައްކާތެރި […]
ކާއެއްޗެތި އަޅައިގެން ގޮސް އަހަންނާ އިޝާނީގެ އިތުރުން ޔާނީ އިށީނީ ވަކިން ހުރި ގޮނޑި ބަރިއެއްގައެވެ. އަހަރެންގެ ސްޕެގެޓީ ތައްޓަށް ލާފައި އިން އުލަށް ސްޕެގެޓީ ކޮޅެއް އޮޅާލަމުން ބޯހިއްލާލީ އެ ސްޕެގެޓީކޮޅު އަނގަޔަށް ލުމުގެ މަގްސަދު ގައެވެ. އިސް ނަގާލަމުން އަހަރެން އަނގަޔަށް ލާން ފަރިކޮށްލި ސްޕެގެޓީކޮޅު އަނގަޔަށް ނުލެވެނީސް ތައްޓަށް ވައްޓާލީމެވެ. ކުރިމަތީ އަތުރާފައި ހުރި ގޮނޑިބަރީގައި އިން ކުއްޖާ ފެނި އަހަރެން ހައިރާން ވުމުންނެވެ. އަހަރެން ހިތަށް އެރިއެވެ. މިޕާޓީއަށް މީނައަށް ދަޢުވަތު […]
“ނޫން. މަންމަ އަހަންނަށް ރަށުގަވެސް ހޭލުންތެރި ކުރުވަން ވާހަކައެއް ނުދައްކާނެ. އެކަމަކު ވަރަށް ބުނާނެ، ފިރިހެނުން ގިނައިން ތިބިއްޔާ އެމަގަކުން ނުހިނގާށޭ… ދެން ނޫނީ ބުނެފާނެ، ކްލާސް ފިރިހެން ކުދިންނާއެކީ ދާންޖެހޭ ތަންތަނެއް ނުހުންނާނެއޭ… އެކަހަލަ ގޮތަކަށް ބުނެފަ ހުންނާތީ ބޮޑަށް އިހްސާސްވަނީ ބިރުވެރި ގޮތެއް. އެހެންވެ އަސްލު އަހަރެން ޒައިޝްދެކެ އެވަރަށް ލޯބިވީ އިރުވެސް އޭނައާ ވާހަކަވެސް ދައްކާލަން ނުކެރިގެން އުޅުނީ.. ” އަހަރެން ވިސާމާއަށް ކިޔައިދިނީ މާޒީގެ ބައެއް ވާހަކަތަކެވެ. “ޝަލީން!! ކޮބާ ކޮން […]
އަހަރެން ގޮސް އައްޔަސަރ ކުރިމަތީ ހުއްޓި ލީމެވެ. ކެމެރާ ސެޓް ކުރަންހުރެ އައްޔަސަރ ވަގުތުން އަހަންނާ ދިމާލަށް ހިނިތުން ވެލިއެވެ. އެހިނިތުން ވުމުގައި ވަނީ ހިތް ހެޔޮކަމުވެ. އެއިން އެއްވެސް ގޯސް މާނައެއް އަހަންނަށް ނަގައި ނުގަނެވެއެވެ. “ކޮބާ.. މިކޮޅުގަ ހުއްޓިލާ.. ކުޑަކޮށް އަރިޔަކަށް. އެކަމު ޔުނިފޯމް ބެޖް ފެންނަންވާނެ އިނގޭ…” އައްޔަސަރ ބުނިގޮތަށް އަހަރެން ހުއްޓިލީމެވެ. “އާނ… އަދި މިހެން… މިހާރު އެހެން.. މިކޮޅަށް އެނބުރިލާ…” އައްޔަ ސާރގެ އެދުމުގެ މަތިން އެކި ގޮތްގޮތަށް އަހަރެން […]
“މިއަންނަނީ ޝަލީންއަށް އެއްޗެއް ހިފައިން. މަރިއްތަ ކައިރި ބުނޭ އެބައާދެޔޭ.” ޒާހިރު ދާންފެށުމުން އަހަންނަށް އިނދެވުނީ އެދިމާލަށް ބަލާށެވެ. ފާރުގައި އިން ފޯނު ރިނގް ވާން ފެށުމާއެކު އަހަރެން އެފޯނު ނަގާ ކަންފަތުގައި ޖައްސާލީމެވެ. “ހެލޯ! ކޮބާ ޝަލީން؟” އެކޮޅުން އިވުނު އަޑުން އަހަރެން ހިނިތުންވެލީމެވެ. “ވާހަކަދައްކަނީ…” ހިނިތުންވެހުރެ، އަހަރެން ބުނެލީމެވެ. އަދި އެކޮޅުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުން ދިޔަވަރަކަށް އަހަރެންގެ މޫނުމަތިން މުޅިން ސީރިޔަސްކަން ފެންނަން ފަށައިފިއެވެ. “އެހެންތަ…” އަހަރެން އެހެން ބުނުމުން އެކޮޅުން ފޯނު […]
“ދެން މީގެ ފަހުން އަހަންނަށް ނުގުޅާތި.. އަހަންނަށް މެސެޖްވެސް ނުކުރާތި. އަހަންނަށް ހެދޭނީ މަންމަމެން ބުނާގޮތެއް. އަޑުއިވިއްޖެތަ؟” މީކާލްއަށް އެވަރު ބޮޑުބަދަލެއް ކުއްލިޔަކަށް އައީ އޭނާގެ މަންމަގެ ސަބަބުންކަމުގައި ވާނަމަ، އަހަންނަށް ދެން ރަނގަޅުވާނީ ވެސް މީކާލްއާ ދުރުވުމެވެ. އަހަރެންގެ ވިސްނުންތައް އެގޮތުގައި ދައުރުވަމުން ދަނިކޮށް ސިއްސައިން ދިޔައީ މީކާލް ފޯނު ކަނޑާލުމުންނެވެ. ކުއްލިޔަކަށް އަހަންނަށް ހޭލެވުނީ ދޮރުގައި ޓަކިޖަހާ އަޑަށެވެ. އެނދުން ތެދުވެ އަހަރެން ވިސްނާލީމެވެ. އަހަންނަށް ފެނުނީ މީކާލްގެ ހުވަފެނެއްކަން ޔަގީންވުމުން އަހަރެން ހިތްހަމަ […]
“އެހެންތަ؟ ތިކަން ހަނދާން ނައްތާލަންވީނު.. އަން… މިއޮތީ.. މީކާލް ފޮނުވި މެސެޖްތައް ލިޔެގެން ގެނެސްފަ.” ހައެއްކަ ގަނޑުކޮޅު ދެމުން ވިސާމާ ބުނެލިއެވެ. އަހަރެންގެ އޮފް ވެފައިވާ މޫޑް ކުއްލިޔަކަށް ތާޒާވެލިއެވެ. ވަގުތުން ގަނޑުކޮޅުތަކުގައި ހިފަމުން ބޭގްގެ ކުޑަ ޕޮކެޓް ތެރެއަށް ޖަހާލީމެވެ. “އަދިވެސް ހާދަ ފާޑަކަށް ތިހުންނަނީ؟ ތިދެން އެހާ ބޮޑުކަމަކަށް ނުހަދަބަލަ. އަހަންނަށް ހީވަނީ ބޮޑަށް ޝަލީންއަށްވެސް ރަނގަޅުވާނީ އެގޮތްހެން.” އަހަރެން އެއްވެސް ބަހެއް ނުބުނެ ހުރުމުން އަނެއްކާވެސް ވިސާމާ ވާހަކަދެއްކިއެވެ. “ވިސާ! ތިހެން […]
ޝާނީޒް ގެނައި ސީޑީގައި ހިފީ މުހައްމަދުބެއެވެ. ވަރަށް ފަރުވާތެރި ކަމާއެކު މުހައްމަދުބެ އެޔަށް ބަލަން އިނެވެ. އަދި ޝަނީޒްއަށް ބަލައިލުމަށްފަހު އަހަންނާދިމާލަށް ބަލައިލިއެވެ. “އައްސަލާމް ޢަލައިކުމް.” ޒާހިރުގެ އަޑަށް އަހަރެން ސިއްސަން ދިޔައެވެ. “ސަލާމް.. އާދޭ އާދޭ. މިހާރު މިތާ މަދުވަނީ ކަލޭޔޭ. މަރީ ދޭބަލަ ދެމީހުންނަށް ކޮފީއެއް ހަދާލައިން އަންނަން..” މުހައްމަދުބެ ބުނެލީ ހިތްހަމަޖެހިލަމުންނެވެ. “އަން މިއޮތީ… ޝަލީން ކޮންމެފަހަރަކު ސީޑީ ގަންނަނީތަ؟” ސީޑީ އަހަންނަށް ދިއްކޮށްލަމުން ޝާނީޒްކައިރި މުހައްމަދުބެ އަހާލިއެވެ. “ތީ ޝަލީން ގަނެފައެއް […]