ލުބާއަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. ލުބާގެ އުމުރަކީ 7 އަހަރެވެ. މަންމަ އާއި ބައްޕަ ލުބާދެކެ އަބަދުވެސް ވަރަށް ލޯބިވެއެވެ. ލުބާ ކުރަންޖެހޭ ކަމަކީ ހަމައެކަނި މަންމަ އާއި ބައްޕަގެ ބަސްއެހުމެވެ. ގޯސް ކަންތައްތައް ނުކޮށް މަންމަމެން އުފާވާ ގޮތަށް އުޅުމެވެ. އޭރުން މަންމަ އާއި ބައްޕަގެ އިތުރުން އާއިލާގެ މީހުންނާއި ރައްޓެހިންވެސް ބަސްއަހާ ކޮންމެ ކުއްޖެއްދެކެވެސް ލޯބި ވާނެތީއެވެ. އެއްދުވަހަކު ލުބާ އޭނާގެ ގެކައިރީގައި އުޅޭ ރައްޓެހި ކުދިންނާއެކު ކުޅެލަން ބޭރަށް […]
ލީނާ އަކީ ކާއެއްޗެއްސަށް ވަރަށް ފޯރިހުންނަ ކުއްޖެކެވެ. ލީނާއަށް މީރު ކާއެއްޗެއް ލިބިއްޖެއްޔާ ކޮންމެ އެއްޗެއްވެސް ލީނާ ކަނީ އޭނާގެ ދޮންބެ އަށާއި ދޮންތިއަށް ނުދީއެވެ. އެއީ އެކުދިންނަށް ދީފިނަމަ ލީނާއަށް ކެވޭ އެތިކޮޅު މަދުވެދާނެތީއެވެ. އެއްދުވަހަކު ލީނާ ގޭގެ ގޯތި ތެރޭގައި ކުޅެން ހުއްޓާ މަގުމަތިން ދިޔަ މީހަކު ލީނާއަށް ގޮވާލިއެވެ. އެމީހާ ލީނާއަށް ގޮވާލުމުން ލީނާ ވަރަށް ބާރަށް ދުވެފައި އެމީހާ ގާތަށް ދިޔައެވެ. ލީނާ އެހާބާރަށް ދިޔައީ އެމީހާގެ އަތުގައި ހަދިޔާ ކޮތަޅެއް […]
އާދައިގެ މަތިން އެއް ދުވަހަކު ބިލާލް ސްކޫލަށް ދިޔައެވެ. ބިލާލްގެ ސްކޫލް ހުންނަނީ ހުޅުމާލޭގައެވެ. އެއީ ބިލާލް ވަރަށް ލޯބިވާ ސްކޫލެކެވެ. ކޮންމެ ދުވަހަކުވެސް ކްލާސް ކުދިންނާ، ޓީޗަރުންގެ އިތުރުން އެކިއެކި ރައްޓެހިން ދިމާވާތީ ބިލާލް ކޮންމެ ދުވަހަކުވެސް ސްކޫލަށް ދާހިތްވެއެވެ. އެގޮތުން މިއަދުވެސް ބިލާލް ސްކޫލަށް ދިޔައީ ވަރަށް ބަސްއަހައިގެންނެވެ. ވަރަށް ދާހިތުންނެވެ. އެއީ މިއަދަކީ ފުޓްބޯޅަ ކުޅެން ބޭރަށް ނުކުމެވޭ ދުވަސްވީމައެވެ. ކުޅެލާނެ ފުރުސަތެއް ލިބޭތީ ކޮންމެ ކުއްޖަކުވެސް ވަރަށް އުފާވިއެވެ. ހަމަ އެގޮތަށް […]
އެއްފަހަރެއްގެ ބޮޑު ޗުއްޓީގައި އިފްހާމް އޭނާގެ ބައްޕަ އަދި މަންމަ އާއި އެކު ކާށިދޫއަށް ދިޔައެވެ. އެއީ އިފްހާމްގެ މާމަ އާއި ކާފަގެ އިތުރުން އާއިލާގެ ބައެއްކުދިން އެރަށުގައި އުޅޭތީއެވެ. އުފާވެރި މަޖާ ދުވަސްތަކެއް އެރަށުގައި ހޭދަކޮށްލުމަކީ އިފްހާމް ވަރަށް ބޭނުންވާ ކަމެކެވެ. އެއްދުވަހަކު އިފްހާމްއަށް ވަރަށް ފަތިހު ހޭލެވުނެވެ. އޭރު އިފްހާމްގެ ބައްޕަ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީންދެލައިންނެވެ. އިފްހާމް އަށް ބައްޕަ ފެނުމާއި އެކު ވަރަށް ބާރަށް ދުވެފައި ގޮސް ބައްޕަގެ […]
މަޝްހޫރު ދަޢުރުތައް ނިމި، ދެކަފުންވެ ބަނދެވެޔޭ މަޝްރޫޢުތައް ނުހިންގާ، ފަސްއެޅިފަ ނިމިދެޔޭ އުޅަނދެއްގެ ބޭވަފާތެރި، ހީލަތްތެރިން އެރުވިޔޭ ހުޅަނގުގެ ޘަޤާފަތާހެދި، ދީނަށް އަސަރު ކުރިއްޔޭ ރަށްރަށުގެ ރީތި ގޮނޑުދޮށް، ދޮން މީހުނަށް ދިނިއްޔޭ ރަށު މީހުނަށް ފަތާލާ، މޫދަށް އެރެން ނުކެރެޔޭ މުޅި ރަށުތެރޭގަ ގެސްޓުން، މާހާމައަށް އުޅެލަޔޭ މުޅި ހަށިގަނޑުގެ ވަނާތައް، މީއިޝްތިހާރު ހެއްޔޭ؟ ކުޑަކުޑަ ކުދިންގެ ކުރިމަގު، މިކަމުގެ ތެރޭގަ ވެދެޔޭ ހުދު ނުރަވި މުސްކުޅިންވެސް، ދުރުމީ އަޅާ ހެނީޔޭ ޤައުމަށް އެވަންނަ ޑޮލަރުން، […]
އީޝާ އާއި ރީމާއަކީ ވަރަށް ގާތް ދެއެކުވެރިންނެވެ. އީޝާ ކިޔަވަނީ ގްރޭޑް 3 ގައެވެ. ރީމާ އަކީ ގްރޭޑް 4 ގެ ކުއްޖެކެވެ. މިދެކުދިންނަކީ އެންމެ ކުޑައިރުން ފެށިގެންވެސް ވަރަށް އެއްކޮށް އުޅޭ ދެކުދިންނެވެ. ދެކުދިން އެކުގައި އުޅޭއިރު މިކުދިންގެ މަންމަމެން މިދެކުދިންނަށް ހަދިޔާ ގަނެދީހަދައެވެ. ރީމާ މަންމަ ރީމާއަށް ހަދިޔާ ގަންނައިރު އީޝާއަށްވެސް ހަދިޔާއެއް ގެނެސްދެއެވެ. ހަމަ އެގޮތަށް އީޝާ މަންމަ ހަދިޔާ ގެންނައިރު ރީމާއަށްވެސް ހަދިޔާ ގެނެސްދެއެވެ. އެހެންވެ މިދެކުދިންނަށް ވަރަށް ގިނައިން އެކި […]
ޝަލީންގެ ވާހަކަތައް ކިޔުއްވާ އެންމެހާ ކިޔުންތެރިންނަށް! ތިޔަ ލޮބިވެތި ހުރިހާ ކިޔުންތެރިން ޝަލީންގެ ވާހަކަތަކަށް ފާރަލާނަމަ އުފާކުރަމެވެ. ދިރިއުޅުމުގެ ކަންކަން ތަފާތު ހާލަތްތަކަށް ބަދަލުވަމުން ދިއުމާއެކު ދޭތެރެއަކުން މިސައިޓްގައި ވާހަކައެއް ހިއްސާ ނުކޮށްލެވެނީއެވެ. އެކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ. އެހެން ނަމަވެސް މިއަދު ދޭން ބޭނުންވާ އުފާވެރި ޚަބަރެއް ހިއްސާކޮށްލާނަމެވެ. އޯގަސްޓް މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއްދުވަހު ނޫނީ މަހަކު އެއްދުވަހު “ކުޑަކުދިންނަށްޓަކައި” ޢިބްރަތްތެރި ކުރު ވާހަކަތަކެއް ހިމަނާލެވޭތޯ މަސައްކަތް ކުރާނެވާހަކަ ދަންނަވާލަމެވެ. އަދި މިކަމުގައި […]
މަންމާއެވެ! މިދުނިޔޭގައި އަހަންނަށް ލިބުނު އެންމެ އަގު ބޮޑު މުތަކީ ތިއީއެވެ. ތިއީ އަހަރެންގެ މުއްސަނދިކަމެވެ. ފައިސާ ނެތަސް، މަންމަގެ ނަސޭހަތުން އަހަރެންގެ ދިރިއުޅުން ތަނަވަހެވެ. އެއީ ތިޔަ މުތުން އަހަންނަށް ލިބުނު އަގުހުރި ފިލާވަޅު ތަކުންނެވެ. އެކަމަށްޓަކާ އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ. ަ މަންމާއެވެ! ތިއީ މިދުނިޔެއިން އަހަންނާ ބައްދަލުވެ ވާހަކަ ދެއްކުނު އެންމެ ވަރުގަދަ ޝަހުސިއްޔަތެވެ. ތިޔަފަދަ ދެވަނައެއް އަހަރެންގެ މި ދެލޮލުން އަދާ ހަމައަށްވެސް ނުދެކެމެވެ. އެތައް މިލިޔަން މަންމައިންގެ ތެރެއިން […]
“އެހެންވިއްޔާ ދެން ތާރާއަށް ނުވަންޏާ ނުވާނެއޭ ބުނެބަލަ. އޭރުން ނުގުޅާނެއްނު” އަހަރެން ރޯތީވެ އޯގާތެރިކަމާއެކު މަންމަ ބުނެލިއެވެ. “ތިވަރުގެ މީހުން ކިޔަވާނެ ކަމެއް ނެތް. ވަޒީފާ ލިބުނީމަ ދާނެ ހިތްވަރެއް ނުހުރެ. ކިހިނެއް ވަޒީފާ އަދާކުރަނީ.” ބައްޕަ އަހަރެން ދެކެ ހިތްހަމަ ނުޖެހިގެން ޝަކުވާ ކުރިއެވެ. “ބައްޕާ! އަހަންނަށް ވާގޮތްގޮތް ބައްޕައަށް ވާނަމަ، ބައްޕަވެސް އިންނާނީ މިހާލުގަ. މީ އަހަރެން އަމިއްލައަށް ކުރާ ކަމެއް ނޫނޭ.. މީ އާދައިގެ ކަމެއް ނޫނޭ… އަހަންނަށްވެސް ނޭނގެ އަހަންނަށް މިވާގޮތެއް […]