” ފަޒީލް އަހަރެން މަންމަ ބުނީި މިގެއަށް އައިސް ދީ ބަލާށޯ, އަހަރެން ދެކެ ހިތް ހަމަ ނުޖެހުނަސް އަހަރެންގެ މަންމަގެ އެދުމާ ފުރަގަސް ނުދީ” ނަޢުހާ ފަޒީލް ފޯނު ނެގުމާއެކު ބުނެލިއެވެ. ފަޒީލް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ. ފަޒީލް ފޯނު ބޭއްވުމާއެކު ނަޢުހާ ހީގަތެވެ. ފަޒީލްއަށް ނޭނގުނު ކަމަކީ އެކަމަކީ ނަޢުހާގެ މަކަރުވެރި ރޭވުންކަމެވެ. އެނގޭނެ ނަމަ އެ އަނދަވަޅަށް ވެއްޓެން ފަޒީލް ނުދާނެކަން އެއީ ޔަގީންކަމެެކެވެ. ފަޒީލް ނަޢުހާމެން ގެޔަށް ގޮސް ދޮރުގައި […]
” ދެން އެކަންވެސް ނިމުނީއެއްނު, އެހާ ބޮޑު ވަރެއް ނުވެސްވެއެއްނު, ދެން ނުވިސްނާ” ފަޒީލް އެހެން ބުނުމުން ސާރާ ޝުކުރު އަދާކުރިއެވެ. ކުއްލިއަކަށް ދެމީހުންނަށް ސިހުން ލިބުނީ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެެގެން އައި މީހާ ފެނިފައެވެ. އެމީހާ އައިސް ފަޒީލް އޮތް އެނދުގެ މަގަތުގައި އިށީނެވެ. އެމީހާ މޫނުމަތީގައިވާ މަލާމަތުގެ އަސަރުން ސާރާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ސާރާގެ ރުޅި ހުރީ ހައްދުން ނައްތާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ކެތް ކުުުރަމުން ދިޔައީ ނަޢުހާގެ […]
“އަހަރެން ދެން ބުނެލަން އޮތީ ފަޒީލްއަށް ރަނގަޅު ގޮތާއި ނުބައި ގޮތް ވިސްނުނީތީ ވަރަށް އުފާކުރަމޭ, މީހަކަށް ކިތަންމެ ގިނަ ގޯސްތަކެއް ހެދިފައި ހުރި ކަމުގައި ވިޔަސް އެމީހަކު ރަނގަޅު ތައުބާ އަކުން ތައުބާ ވެއްޖެނަމަ, އެމީހެއްގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެ ދެން ނުބައި މަގުން ނުދާނެ ކަމަށް އުއްމީދު ކުރަން” މިހެންބުނެ ސާރާ އެތަނުން ގެއާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ފަޒީލް ފެން ކަޅިވެފައިވާ ދެ ލޮލުން ސާރާ ދިޔަ ދިމާލަށް ބަލަން ހުއްޓެވެ. ޫ […]
ސާރާ, ސޮސެޖްތަކުގައި މިރުސްލުމަށްޓަކައި ތައްޔާރުވެލިއެވެ. ނަޢުހާ އެއްވެސް އެއްޗެކޭ ނުބުނެ އިނެެވެ. ފަޒީލްވެސް ސާރާ ކުރަމުންދާ ކަންތަކަށް ފަރުވާތެރި ކަމާއެކު ބަލަން އިނެެވެ. ސާރާގެ ކޮންމެ ހަރަކާތެއް ފަޒީލްގެ ހިތުގައި ބިންވަޅު ނަގަމުންދެއެވެ. ސޮސެޖްގައި މިރުސް ލުމަށްފަހު އަތް ދޮވެލައިގެން އެބަ އަންނަން ކަމަށް ބުނެ ސާރާ ގޮނޑު ދޮށަށް ފޭބިއެވެ. އަދި އަތް ދޮވެލައިގެން އެއްގަމަށް އައި އިރު ފަޒީލް އާއި ނަޢުހާ ފެންނަން ނެތުމުން ކަންތަށް ބޮޑުވިއެެވެ. މަޑުމަޑުން ހޭޅި ފަށުން ހިނގަމުންގޮސް ބަޔަކު […]
މަންމަގެ ދުލުން ދަރިފުޅާއޭ ބުނެލާ ކޮންމެ ފަހަރަކު ފަޒީލްގެ ހިތަަށް ބުނެދޭން ނޭނގޭ އުފާވެރިކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ވައުދުވީ ދެން ދުވަހަކުވެސް މަގު އޮޅި ނުދިއުމަށެވެ. ލޮލުން ފައިބާފައިވާ ކަރުނަތަށް ފުހެލުމަށްފަހު ދެކޮޅު ބަލާލާ ގެއާ ދިމާލަަށް މިސްރާބު ޖެހިއެވެ. މެންދުރަށް ކާން ހެދުމަށްފަހު ސާރާ އައިސް އާފިޔާ ގާތު މެދުގޭތެރޭގައިވާ އުނދޯލީގައި އިށީނެވެ. ހީވާގޮތުން އެދެމައިން ކޮންމެސް ބަޔަކަށް އިންތިޒާރު ކުރަނީއެވެ. އިރުކޮޅެއްނުވެ ދޮރުމަތީގައި ހުރި ޝާމިންފެނިފައި ސާރާ ހިނިތުންވެލިއެވެ. އާފިޔާވެސް ހިނިތުންވެލުމަށްފަހު […]
” ނަޢު, ކިތަންމެ ރުޅި އަޔަސް ހެޔޮ، އަދި ސާރާއަކީ މީހެއްގެ ހައްގަކަށް ވިޔަސް އަހަރެންގެ މައްސަލައެއްނެތް, ސާރާއެއީ މީހެއްގެ ހައްގެއްކަމުން ލިބޭ ހިތާމަ އަހަރެން ބަރުދާސްތު ކޮއްފާނަން, އެކަމް ސާރާއަށް ގެއްލުމެއް ލިބޭ ތަން ދެކޭކަށް ކެތެއް ނުވާނެ, އަހަރެންގެ ހިތް ސާރާއާ ދޭތެރޭ ކޮންމެ ނަޒަރަކުން ދެކުނަސް ސާރާއަށް ގެއްލުމެއް ވިޔަކަ ނުދޭނަން، ނަޢުހާ ކޮންމެސް ގޮތަކުން އަހަރެންގެ ބާރުގެ ދަށަށް ގެންނަންވީ, އެހެންނޫނީ, އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ” ފަޒީލް […]
“އާނ, ކުޅަދާނަވާނެ, އެކަމް އަދި މިއުޅެނީ އެ ކުޅަދާނަ ކަމުގަ އެންމެ ބޭނުންވާ މީހާ ބަނދެނުލެވިގެން, އަދި ވާނެ, ދެން އެވާހަކަ ބާއްވާފަ މިތަނުން ދޭ” ނަޢުހާ ވާހަކަ ކުރުކޮއްލަމުން ބުނެލިއެވެ. އެވަގުތަކީ ދޮރުގައި މީހަކު ޓަކި ޖެހި ވަގުތެެވެ. ދެމީހުންނަށްވެސް އަކަކު އަނެކަކުގެ މޫނަށް ބަލާލީ ދެން ހަދަންވީ ގޮތް ނޭނގި ހުރެއެެވެ. މަޑުކޮއްލާށޭ ބުނުމަށްފަހު ފަޒީލް ކައިރީ ފާހާނާއަށް ވަނުމަށް ބުނުމަށްފަހު ނަޢުހާ އަވަސް އަވަހަށް އެއްޗެހި ލިޔެވެ. އަދި ދުވެފަ ގޮސް ދޮރު […]
” ދެން އަޅާނުލާ, އެކަންތަށް ނިމި, އާ ކަންތަކެއް ފެށުނީނު, އެެންމެފަހުން މިގޭގަ ހުންނަންވެސް ޖާގަ ލިބުނީ, ކިހާ މޮޅު އަހަރެންގެ އެކްޓިން” ފަޒީލް މިހެން ބުނުމުން ނަޢުހާ އެތަނުން ނުކުމެގެން ދިޔައެވެ. އޭރު ފަޒީލް އެއްޗެކޭ ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އަޑު އިވޭ ކަމަށް ނަހަދާ ދިޔަގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. އޭރު ނަޢުހާ ކޮޓަރިއަށް ދަނިކޮށް ފަޒީލް ބުނި ބަސް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ސާރާ ގެއަށް ދިޔަގޮތަށް ގޮސް ކޮޓަރިއަށް […]
“ގުޑްނައިޓް ލަވް،” މިހެންބުނުމުން އަރުޝް ސާރާގެ ކައިރިއަށް އައިސް އަތުގައި ބޮސްދިނެވެ. ސާރާ ލަދުން އިސްޖަހާލިއެވެ.،” ދެން ދޭ އަވަހަށް އަރުޝް އެހެން ބުނުމުން ސާރާ ހޫމް އަޅުވާލިއެވެ. “ޝާމިން” ސާރާ އެހެން ބުނުމާއެކު އަރުޝް އަނެއް ފަރާތަށް ބަލާލީ ކޮބާހޭ ކިޔާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ސާރާ އަރުޝް އަނެއްފަރާތަށް އެނބުރުމާއެކު ކޮލަށް ބޮސްދިނުމަށްފަހު ދުއްވައިގަތެވެ. ސާރާގެ މިއަމަލުން އަރުޝް ސާރާ ދިމަދިމާލަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. އަދި ސާރާ ބޮސްދިންތަނުގައި އަތުން ފިރުމާލާ ހިނިތުންވެލިއެވެ. އެރޭގެ […]