އަރައިގެން އައި އިރާއެކު ސާރާ ތައްޔާރުވަމުންދިޔައީ ފައުޒާން ހެނދުނު ހިނގާލަން ދާން ބުނެފަ އޮތީމައެވެ. ފައުޒާންގެ އަތުގެ ހިފައިގެން މަޑު ހިނގުމުގައި ރަސްފަންނާ ދިމާލަށް ދަމުން ދިޔައެެވެ. ” މަންމީ, ލުކް” ފައުޒާން ރަތް ދަޅަ އަޅަމުންދާ އިރަށް ބަލަމުން ބުނެލިއެވެ. ސާރާ އަރަމުންދާ އިރަށް ބަލާލީ ހިތަށް ލިބިފައިވާ މާޔޫސްކަން ކުޑަ ކުރާށެެވެ. ރޭގެ ހާދިސާއަށްފަހު އަރުޝްއާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަން އަޒުމު ކަނޑައެޅިއެވެ. ހެނދުނު ހޮސްޕިޓަލަށް ދިއުމަށް ތައްޔާރުވެގެން އަމިއްލަ އެޕާރޓްމަންޓުން ނުކުމެ އަރުޝް […]
އަރުޝްގެ ކަންފަތް ދޮށުގައި ފަޒީލްގެ ކޮންމެ ވާހަކައެއް ތަކުރާރު ވަމުންދެއެވެ. ގަބުވެފައި ހުރެވުނީ ފަޒީލްގެ ޖުމްލަތަކުންނެވެ. އަނގަމަތީ އަތް އަޅާ ހުރިތަނަށް ތިރި ވެވުނީ އަމިއްލަ ނަފްސު ކުއްވެރިވީ ވަރުންނެވެ. އިސާހިތަކު ސާރާއާ ދޭތެރޭ ކަންތަށް ކުރެވުނު ހުރިހާ ގޮތެއް ލޯ ކުރިމަތީ ސިފަވަމުންދިޔައެވެ. ހާސްކަމާއި ކަންބޮޑުވުމާއެކު އަރުޝްއަށް މޫނުމަތީގައި އަތް އަޅާލެވުނެވެ. އަދި ނޭވާ ހާސްވާހެން ހީވާން ފެށުމާއެކު މެޔާ ދިމާލުގައި އަތުން ފިރުމާލެވުނެވެ. އެޔާއެކު ގަމީހުގެ ގޮށުގައި އޮޅިފައި އިން އެއްޗެއްގައި އަތްޖެހުނެވެ. އެހެންކަމުން […]
” ކަލޭގެ ތިޔަ ފޭކް ކަރުނަތަށް އެހެން މީހަކަށް ދައްކާފަ, އެމީހަކު ކައިރިން ސިމްޕަތީ ހޯދާ, އަހަރެންނަކަށް އަސަރެއް ނުކުރޭ, އަދި ކަލޭ ހީކުރީ ކަލޭގެ ހަނދާނުގައި އަހަރެން ހުންނާނެ ކަމަށްތަ, އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން, ތިކަަހަލަ މީހެއްގެ ކިބައިން ސަލާމަތް ވީތީ އުފާކުރަން” މިހެން ބުނެ ނުކުމެގެން ދިޔައެވެ. އަރުޝްގެ ޖުމްލައާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. މޭގައި އަތް އަޅަމުން ހުރިތަނަށް ތިރިވިއެެވެ. އަދި އަނގަމަތީ އަތް އެޅީ އަޑު ނުކުމެދާނެތީއެވެ. […]
6 އަހަރުފަސް ” ދަރިފުޅާ, ފައުޒާން! މަންމި ބުނީމެއްނު ނުދުވާނޭ, އަވަހަށް އާދޭ މަންމި ކައިރިއަށް, އެހެރަ އަންނަނީ ބައްޕިވެސް” ސާރާ އައިސްކޯން ތަކެއް ހިފައިގެން އައި ފަޒީލް ދައްކާލަމުން ބުންޏެވެ. “އަހަ, ބައްޕިގެ ދޫނި ކުޅެނީތަ؟ އެހަށް އާދޭ އައިސްކޯން ބޯލަން” ފަޒީލް ފައުޒާން އާ އަރާ ހަމަވަމުން ބުނެލިއެވެ. ” ޔޭ, ޔޭ.. އާސްކޯން” ފައުޒާން އުފަލުން ފައުޒާންގެ ލޯބި ޅަ އަޑުން ބުނެލިއެވެ. އަދި ރަސްފަންނުގެ މޭޒު ކައިރީ ހުރި ގޮނޑިއެއްގައި ފައުޒާން […]
” ސާރާ މަށާއެކު މާލެ ދާންވީނު, ތިހެން ކިހާ ދުވަހެއް ވަންދެން ހުންނާނީ, ތިހެން ހުރެގެން ފާއިތުވާ ކޮންމެ ވަގުތަކާއި ދުވަހަކީ ސާރާގެ ދުޝްމަނުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ, އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމަކާ ދޭތެރޭ ވިސްނަން ވާނެއެއްނު, މަންމަ ބޭނުންވާ ކަހަލަ ކުއްޖަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެން, ތިގޮތް ދޫކޮއްލާ, ސާރާ ދިރިއުޅުމުގަ ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ގެންދަން އަހަރެން އެހީވާނަން” ފަޒީލްގެ ކޮންމެ ވާހަކައެއް އަޑުއަހަން ސާރާ ކުޑަކުއްޖެއް ފަދައިން […]
ސާރާ އަރުޝްގެ ފަހަތުން ރޮމުން ދުއްވައިގަތެވެ. އޭރު އަރުޝް ގޭތެރެއިން ނުކުންނަނީއެވެ. ” އަރުޝް މަޑުކޮއްބަލަ, ހެޔޮނުވާނެ, އަހަރެންނަށް އިތުބާރުކޮއްބަލަ, ގަސްތުގަ އަހަރެމެން ދުރުކުރުވަން މީހަކު ކުރި ކަމެކޭ އެއީ”އަރުޝް ފަހަތުން ދުއްވައިގަތް ސާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކަރުނަތަށް ފުހެމުން އައި ކޮޅަށް ދުއްވައި ގަނެވުނީ ހިތަށް ލިބުނު ބިރުވެރި އިންޒާރަކުންނެވެ. ގެއަށް ވަތްއިރު ކޮޓަރި ދޮރު ކައިރިއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ސާރާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. […]
ސާރާ އަރުޝްގެ ފަހަތުން ރޮމުން ދުއްވައިގަތެވެ. އޭރު އަރުޝް ގޭތެރެއިން ނުކުންނަނީއެވެ. ” އަރުޝް މަޑުކޮއްބަލަ, ހެޔޮނުވާނެ, އަހަރެންނަށް އިތުބާރުކޮއްބަލަ, ގަސްތުގަ އަހަރެމެން ދުރުކުރުވަން މީހަކު ކުރި ކަމެކޭ އެއީ”އަރުޝް ފަހަތުން ދުއްވައިގަތް ސާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކަރުނަތަށް ފުހެމުން އައި ކޮޅަށް ދުއްވައި ގަނެވުނީ ހިތަށް ލިބުނު ބިރުވެރި އިންޒާރަކުންނެވެ. ގެއަށް ވަތްއިރު ކޮޓަރި ދޮރު ކައިރިއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ސާރާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. […]
ރިންގްވަމުންދިޔަ ފޯނު ހަނީފާ ނެގުމާއެކު އަރީޝާ ދިން އުފާވެރި ހަބަރުން ހަނީފާ އުފަލުން ގޮތެއްނެތެވެ. އަދި އެކަމާ ވާހަކަ ދައްކަން އެބަ ގުޅަން ކަމަށް ފޯނު ކަނޑާލިއެވެ. ހަނީފާ އުފަލުން ކިޔާފަ ނުކިޔާނެ އެއްޗެއް ނޭނގުނެވެ. އަމިއްލަ ދަރި އުޅޭނެ އުފާވެރި ދިރިއުޅުން ސިފަވާން ފެށިއެވެ. ގޭގެ ރާނީ ފަދައިން ގޭގެ ވެރިއެއްގެ ގޮތުގައި އުޅޭ މަންޒަރު ސިފަވާން ފެށިއެވެ. ” އަރުޝް, އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން, ޕްލީޒް ބައްދަލުކުރެވިދާނެތަ” ސާރާ އަރުޝް […]
” ދެން ކިހިނެއް ހަދާނީ, ނަޢުހާ އެވަނީ މިހާރު އޭނާގެ ކޮޅު ވަރުގަދަ ކޮއްފާ, އެއްވެސް މީހަކު އަހަރެމެން ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނެ, އެކަމް ބުނަން, އެކަމާ ނުވިސްނާ, އެކަހަލަ މީހުންގެ ހަގީގަތް ފަޅާއަރާކަށް މާގިނަ ދުވަހެއް ނުނަގާނެ, އަހަރެން ވަރަށް މަސައްކަތް ކުރާނަން, ފަޒީލް ދެރަނުވޭ, އަހަރެންގެ ފަރާތުން ހުރިހާ އެހީއެއް ދޭނަން” ސާރާ މިހެންބުނެ ފޯނު ކަނޑާލިއެވެ. އަދި ﷲ ގެ ހަޟްރަތުން ދުޢާ ދެންނެވުނީ ފަޒީލްއަށް ކެތްތެރިކަން ދެއްވުން އެދިއެވެ. […]