ބަތްކައްކަން އުދުމަށްފަހު ހެނދުނު އެމީހުންނަށް ސައި ހެދި ތަށިތަށް ނެގުމަށްފަހު މޭޒުމަތި ސާފުކޮއްލިއެވެ. އޭރު ގަޑިން އަދި ވީ ހެނދުނު 10 އެކެވެ. އެހެންކަމުން ވަރަށް ގިނައިރު އެ ގަސްދޮށުގައި އިނދެވުނީތާއޭ ސާރާ ހިތަށް އެރިއެވެ. އަދި މަޑުހިނގުމުގައި ގެއަށްދިއުމަށް ހިގައި ގަތްތަނުން ރޯނުގައި ހިއްކަން އަޅާފައޮތް ޓީޝާޓެއް ވެއްޓިފައި އޮތްތަން ފެނުނެވެ. އެހެންކަމުން އެ ޓީޝާޓް ނަގަން ގުދުވުމަށްފަހު ޓީޝާޓް ހިފައިގެން ތެދުވިއެވެ. އެވަގުތު ސާރާގެ މޫނުމައްޗަށް އަނދިރިވެ ބޮލަށް އެނބުރުން އަރައި އަރިއަޅާލިއެވެ. ހިފަހައްޓާނެ […]
އަރުޝްއަށް ހުރި ތަނަށް ތިރިވެ ކީއްވެހޭ އަހާލެވުނެވެ. އެ އަޑު އިވުނު މީހެއްގެ ހިތްވެސް ޒަހަމް ކޮއްލާހާ އަރުޝްގެ އަޑުގައި ވޭނީ ކެކުޅުން ހުއްޓެވެ. އަރުޝްއަށް ކުޑަވެސް ގެއްލުމެއް ލިބެން ސާރާ ނޭދޭތީ މިއަދު އެ ޖެހުނީ އަރުޝް ލޯބިވާކަން އެނގިހުރެވެސް އެ ލޯބި ސާރާގެ ހިތުގައި ފަސްއަޅާ ފޮރުވާށެވެ. ފަތިހު ބަންގީގެ އަޑަށް ސާރާތެދުވިއެވެ. އަދި ވުޞޫކޮއްލައިގެން ނަމާދަށް އެރިއެވެ. އަރުޝްއަށް ދެރަގޮތެއް ނުވުމަށް އެދި އެތަށް ފަހަރަކު ދުޢާ ކުރެވުނެެވެ. ރޭގަ ސާރާ ގެއަށް […]
ސާރާ ބިރުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ނަޢުފަލް ފޮނުވައިގެން ކަން ސާރާއަށް އެނގުނު ހިސާބުން ސާރާ ބިރުގަތެވެ. ހަބީބް އަކީ ނަޢުފަލްގެ އެއް އަތޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ސާރާ އަވަސް ހިނގުމުގައި ޖެހިގެން އޮތް ގޯޅި އަޅާލުމާ އެކު ބާރުގަދަ އަތަކުން ސާރާގެ އަނގަމަތީ އަތް އަޅާ ކައިރީގައި ހުރި ފަޅުގެއަށް ސާރާ ދަމައިގަތެވެ. އެ ބާރުގަދަ އަތް ސާރާގެ އަނގަމަތިން ނެއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވިއެވެ. ސަލާމަތަށް އެދި ގޮވޭނެ އެއްވެސް ގޮތެއް […]
އަރުޝް ކޮންމެ އެއްޗަކުން އެތިކޮޅެއް އަނގައަށް ލުމަށްފަހު ހާދާ މީރޭ ބުނެލައެެވެ. ތިން މީހުން ކައި ނިންމާލީ އުފާވެރި މާހައުލެއްގައެވެ. ކައި ނިމިގެން ދުފަން ތިިބި އިރުވެސް އެކި މަޖާ ވާހަކަ ދައްކަމުންދިޔައެވެ. ކުއްލިއަކަށް އަރުޝް ފޯއް ކޮށި އަރައިގަތެވެ. އެއްއަތުން އަނގަ މަތީ އަތް އަޅާ ހުރެގެން ކެއްސަމުން ދިޔަ ވަރަކަށް އަރުޝްގެ ލޮލުން ފެން ފައިބަމުން ދިޔައެވެ.އަރުޝް ކެއްސަމުން ގޮސް ކައި ގެއިން ނިކުމެގެން ފުޅަަފި ތެރޭގައި ހުރި ގަހެއްގެ ދޮށުގައި ގުދަށް އޮވެ […]
އެއަރޕޯޓުން ނިކުތް ގޮތަށް ފާލަން ކައިރީ މަޑުކޮއްލުމުން އެ ލޯންޗުގައި ހުރި މީހާ އައިސް ފޮށިތަށް އެރުވުމުން އަންހެންމީހާ ލޯންޗަށް އަރާ ހަމަޖެހިލިއެވެ. ބަލާބެލުމަށް ހީވަނީ އަމިއްލަ އެއްޗެއް ހެންނެވެ. ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލިއެވެ. އަމާން އޮމާން ކަމާއެކު ކަނޑުގެ ލޮނު ގަނޑު ކަފަމުން އައި ލޯންޗް މާލޭގެ ބަނދަރަށް މަޑު ކުރި އިރު އިންތިޒާރުގައި ކާރެއް އައިސް އޮތެވެ. ލޯންޗު ކައިރި ކުރުމާއެކު ޑްރައިވަރު ފޮށިތަށް ނަގާ ޑިކީ އަށް އެރުވުމުން, އަންހެންމީހާ ގޮސް […]
ފަތިސް ނަމާދު ބަންގި ގޮވި އިރުވެސް އަރުޝް އުޅުނީ ހަމަ އެހާލެއްގައެވެ. އެހެންކަމުން އަވަހަށް ވުޟޫ ކޮއްލައިގެން ބޭރަށް ނިކުތެވެ. ފަތިސް ނަމާދަށްފަހު ކޮފީއެއް ބޯލުމަށް ބަދިގެ ފަރާތަށް ދިޔައެވެ. އެހެންނަމަވެސް އަރުޝްގެ ފިޔަވަޅަށް ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ސާރާ ފެނިފައެވެ. އިލޮށިފަތި ހިފައިގެން ކުނިކަހަން ދިއުމަށްޓަކައި ނިކުންނަން އައި ސާރާއަށް ވެސް އަރުޝް ފެނުމާއެކު ދެލޯ ބޮޑުވިއެވެ. އަޅަން ހުރި ފިޔަވަޅު ވެސް މަޑުޖެހުނެވެ. ހިނގައިގަންނަން ނޭނގިފައި ހުރެވުނީ ކުރިންދުވަހު ސްކޫލުގަ އޮތް ބައްދަލުވުމުގައި […]
ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ. އެސޫރަ ފެނުމާއެކު ކޮންމެސްތާކުން […]
ސާރާ އެތަނުންް ނިކުމެގެން މަޑު ހިނގުމުގައި ދިޔައެވެ. އަރުޝްވެސް ސާރާއަށް ނުފެންނާނެހެން ފަސްފަހަތުން ދިޔައެވެ. ސާރާއަށް ފަހަތުން މީހަކު އަންނަކަމެއް ނޭނގެއެވެ. ސާރާ ފަހަތުން ދިޔަ އަރުޝް ހުއްޓުނީ އާދައިގެ ގެއަކަށް ސާރާ ވަނުމުންނެެވެ..ފުރަތަމަ ފަހަރަށް އެ ގެ ފެނުމާއެކުވެސް އެއީ ސާރާގެ ގެ ކަން އެނގުނެވެ. ސާރާ ގެއަށް ވަނުމުން އަރުޝްވެސް އަނބުރާލީ ގެއަށް ދިއުމަށެވެ. އެހެންނަމަވެސް ކުރި މަތީ ހުރި މީހާ ފެނި އަޅަން އުޅުނު ފިޔަވަޅުވެސް މަޑު ޖެހުނެވެ. އެސޫރަ ފެނުމާއެކު ކޮންމެސްތާކުން […]
ސާރާ ވާރޭ ތެރޭގައި އުޅެމުންދާ ގޮތް އަރުޝްގެ ފޯނުގައި ދިޔައީ ރައްކާކުރަމުންނެވެ. ކޮންފަދަ ހިތްގައިމު ކަމެއް ބާއޭ ހިތާ ހިތުން ބުނެވުނެވެ. ކުޑަކުއްޖަކާ އެއްވެސް ތަފާތެއް ނެތެވެ. އަމިއްލަ ހިޔާލުގަ ސަކަރާތްޖަހަމުންދާއިރު ވަށައިގެންވާ އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ. އަރުޝްގެ ހިތް ނޭނގޭ ވަސްވާސްތަކުން ފުރެމުންދިޔައެވެ. ކުއްލިއަކަށް އަރުޝްގެ ދެލޯ ބޮޑުވީ މީހަކު އައިސް ސާރާގެ އަތުގައި ހިފާ ދަމާފަ ގެންދަން ފެށުމުންނެވެ. އޭރު ސާރާ ދަނީ ނުދާންވެގެން ގަދަ ހަދަމުންނެވެ. އަރުޝްގެ ލޭ ދިޔައީ ކެކިއަރައިގެންނެވެ. […]