ސެންޓުފުޅިއެއްގެ ވަސް ބަލަންހުއްޓާ މައި ގޮވާލުމުން މައި ކައިރިއަށް ދިއުމަށް ހިނގައިގަތީމެވެ. އެހެންނަމަވެސް ކަންދިމާކުރިގޮތުން ބިންމަތީ ހުރި ފެންތަކަށް އެރި، އަހަރެންގެ ފައި ކައްސާލައިގެން ވެއްޓެންދިޔައެވެ. އަހަރެންގެ އަރު ތެރެއިން ތޫލި ހަޅޭކަކާ އެކު އަހަރެންނަށް ލޯމަރާލެވުނީ ނުވެއްޓި ސަލާމަތް ނުވާނެކަން އެނގޭތީއެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް އަހަރެންނަށް އިހުސާސް ކުރެވުނެވެ. އަހަރެން މަޑުމަޑުން ލޯހުޅުވާ ބަލާލީ އެމީހަކަށް ޝުކުރު އަދާކުރުމުގެ ނިޔަތުގައެވެ. އެހެންނަަމަވެސް ފެނުނު މީހެއްގެ ސަބަބުން އަހަރެންގެ ދުލުގައި ހީވީ […]
އަހަރެންނަކީ އަހަރެންގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. އަހަރެންގެ އާއިލާއަކީ މާލޭގެ މުއްސަނދިންގެ ތެރޭގައި ގުނާލެވޭ ވަރުގެ އާއިލާއެކެވެ. އަހަރެންގެ މައިންބަފައިން އަހަރެން ބުނާ ކޮންމެކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. ހަމައެހެންމެ އަހަރެންނަކީ މައިންބަފައިންގެ ބަސް އަހާ ކިޔަމަންތެރި ކުއްޖަކީމެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ މައިންބަފައިން ބޭނުންވާފަދަ ރަނގަޅު ނަތީޖާއެއް ލިބޭތޯއެވެ. މިކަމުގައި އަހަރެންނާ އެކީ މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ދެގޮތެއް ނުވާ އެކުވެރި މައިޝާއެވެ. މައިޝާއަކީ އަހަރެންގެ ހުރިހާ ކަމެއް ހިއްސާކުރާ އަހަރެންގެ […]
މި ވާހަކައަކީ އަޅުގަނޑު މި ސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. މިވާހަކަ އެންމެހާ ބޭފުޅުންނަށްވެސް ކަމުދާނެ ކަމަށް އުއްމީދުކުރަމެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖެހުނީ އަހަރެން ބަލަބަލާ ހުއްޓައެވެ. ރޮއެރޮއެ އަހަރެން ހަލާކުވީއިރުވެސް އަހަރެންގެ ކަރުނަތަށް ފޮހެދޭން އަހަރެންގެ ހިތުގެ ވެެރިޔާ ނައީ ކީއްވެ ހެއްޔެވެ. އަހަރެންގެ ކުށަކީ ކޮބާކަން އަހަރެންނަށް ބުނެދޭނީ ކާކު ހެއްޔެވެ. އަހަރެންނަކީ ހަމަ އެހާ ބަދުނަސީބު މީހަކީ ހެއްޔެވެ…… އިންތިޒާރުކޮށްލައްވާ………