ވަގުތުތަށް ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖެހީއެވެ. ސާރާ އަރުޝްގެ އިންތިޒާރުގައި ހޮޅު އަށީގައި އިނެވެ. އަރުޝް ސާރާ ފަހަތުން އައިސް ސާރާގެ ލޯ މަތީ އަތް އެޅުމުން ސާރާ އަރުޝްއޭ ބުނެލިއެވެ. އަރުޝް އެ ހުރިގޮތަށް ހުރުމަށްފަހު ލޯ މަތިން އަތްނަގާ ރީތިކޮއް އިނުމަށްބުނެލިއެވެ. އަދި އެއަށްފަހު ސާރާގެ ބުރުގާ ދޮށަށް އަތް ލެއްވުމަށްފަހު ކަރުގައި ވަރަށް ރީތި ރިހި ފަށެއް އެޅުވިއެވެ. އެ އެޅުވުމަށްފަހު ފުރަގަހުން ސާރާގެ ކޮނޑަށް އަތްވައްޓާލާ ގެއަށް ގޮއްސަކަމަށް ބެލޭނީ […]
ނޫން އަރޫ, އަހަރެމެންގެ ލައިފްއަށް ވަންނާނެ މީހުން ހުސްވީކީ ނޫން, އަދި ކުރިއަށް އޮތީ, ނަޢުފަލް އާ ހިސާބުން ނުނިންމާ, ވަރަށް ބޮޑު ތޫފާނެއް އަންނަން އުޅޭ ކަމުގެ އިހްސާސް ކުރެވޭ, ސާރާގެ ކޮންމެ ލަފްޒެއް ވީ އޭނާގެ ހިތުގައެވެ. ދުލުން ބޭރުކުރާހާ ހިތްވަރެއް ސާރާއަކަށް ނުލިބުނެވެ. ދެމީހުންގެ ދެމެދަށް އިސާހިތަކު ހަމަ ހިމޭންކަން ވެރިވެގެންދިޔައެވެ. އަރުޝްވެސް އެއްޗެކޭ ބުނުމަށް ސާރާއަށް ގޮވާލުމަށްފަހު އިސްޖަހާލައެވެ. ދެ ފަހަރަކު އެގޮތަށް ކަންތައް ކުރުމުން ސާރާއަށް މަޑަކުން ނީނދެވުނެވެ. ” […]
“ނަޢު ވެސް ދޯ, މާ ފޮޅުވަން ދާއިރު ކާކު އިތުރު މީހަކު ގެންދާނީ މަ ނަމަވެސް ނުގެންދާނެ” ޝާމިން އެހެން ބުނުމާއެކު ނަޢުހާގެ ހިތް ނަފްރަތުކަމުން އަނެއްކާވެސް ފުރުނެވެ. ” އެހެންތަ, ހާދަ ނަސީބު ގަދަ ކުއްޖެކޭ ދޯ, ކޮންކުއްޖެއްތަ, ކޮން އިރަކުން ބައްދަލް ކޮއްދޭނީ” ނަޢުހާ ފައްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ. ” ސާބަސް ނަޢު, ކެތްކޮއްބަލަ, މާދަން ހަވީރު ސަޔަށް މިގެއަށް އާދޭ, އަހަރެން އޭނަ ކައިރިވެސް ބުނާނަން އަންނާށޭ” އެއީ ކާކުކަން އެނގެން […]
އަގު ބޮޑު ހެން ހީވާ ކުޅޭ އެއްޗެހި ގެނެސް ދިނަސް އެޔަކުން އަރޫއަށް އެއްވެސް އުފަލެއް ނުލިބޭކަން ނޭނގޭތަ, ދައްތަގެ ދަރި މިއަދު އެހެރީ ބޮޑުވެ ޒިންމާދާރު ވެފަ, ދުވަހަކުވެސް އަރޫގެ ނުބައި ވާހަކައެއް ނީވޭނެ, އެހެންވީމަ ރަނގަޅަކަށް ނޫންތަ ބެލުނީ” އާތިފާ ހިތާ ދިމާލުގައި އަތް އަޅައިގެން ހުރެ ހިތުގެ އުދާސްތަކާއި ޝަކުވާތަށް ބޭރު ކުރީ ރޮމުންނެވެ. ދުވަސްތަށް ފާއިތުވަމުންދަނީ އަރުޝްއާއި ސާރާގެ ލޯތްބަށް އުޖާލާކަން ގެނުވަމުންނެވެ. ކޮންމެ ރެޔަކު ބައްދަލުކޮށް އެތަކެއް ވައުދާއި އަޙުދު […]
ސާރާގޮސް ޝާމިންގެއަށް ވަތްގޮތަށް ފުރަތަމަވެސް އެހީ ހައްވައްތަގެ ވާހަކައެވެ. ޝާމިން ބުނި ގޮތުން އަދި ދެ ދުވަހެއް ވަރު ވާނެއެވެ. “އަޅެ, ހައްވައްތަ އައި ކަމަށް މިއަދު ލަހުންވެސް މިއައީ, އަރުޝް ތެދުވަން ވާ އިރަށް ސައިބޯނެ އެއްޗެއް….. ސާރާއަށް ބުނެވުނީ ކީކޭ ކަން އެނގުމާއެކު އިސްޖަހާލިއެވެ. “އަރުޝް ތެދުވަން ވާއިރަށް އެއްޗެއް ނުހެދި ދާނެތީ ތިހާ ކަންބޮޑުވިއްޔޯ, ނުތެދުވެ އޮތީ ހަމީދު, ތިޔަ އަރުޝް ކަންނޭނގެ ފަތިހު ބަންގި ގޮވީވެސް, ފަތިހު މުނާޖާ ކޮނޑު އަޅައިގެން […]
ރޭގަނޑު އަށެއް ޖަހާކަންހާއިރު ސާރާ ފިހާރައަށް ދިއުމަށްޓަކައި ގެއިން ނުކުތެވެ. ވަކި ހިސާބަކަށް ދިޔަތަނުން އެތާ އޮތް ގަސްފަލާ ދިމާލުގަ މީހަކު ހުރިހެން ހީވިއެވެ. ސާރާ ޖެހިގެން އޮތް މަގަށް އެޅި އިރު އެމީހާ ސާރާގެ ފަހަތުން އާދެއެވެ. ސާރާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ސާރާއަށް ކުރިމަތިން ފެނުނު މީހާ ފެނި ދެލޯ ބޮޑުވިއެވެ. ގަބޫލް ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އަދި މޮޔައަކު ފަދައިން ދެލޯ އުނގުޅާ ލެވުނެވެ. އޭރުވެސް ކުރިމަތީ އެމީހާ […]
ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެވެ. އެހެން ކަމުން އާފިޔާއަށް ގޮވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެ ގަތެވެ. ނަމާދުކޮއް ނިމުމުން ގޭ ދޮށް ކުނިކަަހަންފެށިއެވެ. ކުނިކަހާ ނިންމާލުމަށްފަހު, ސައިބޯން ރޮށި ފިހުމަށްފަހު, ހުރި ގަރުދިޔަ ފޮދު ލައިގެން ސައި ހެދުމަށްފަހު އާފިޔާ ކައިރީ ސައިބޯން ބުނެ އަވަހަށް ޝާމިން ގެއަށް ދިއުމަށް ހިނގައި ގަތެެވެ. އަވަސް ފިޔަވަޅުގައި ހިނގަމުން ދިޔަ ސާރާ ޝާމިންމެން ގޭ ދޮށުން ހުއްޓުނީ މީހަކު ގޮވާލި އަޑުއިވުމުންނެވެ. ފަހަތް ބަލާލި އިރު ޖެހިގެން ހުރި […]
އަރުޝް ހުރީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ސާރާގެ ލޯބި ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ. އަނެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުންދިޔައީ އަރުޝް އަތުއަޅުވާލާނެ ގޮތެއް ފެނޭތޯއެވެ. އެންމެ ފުރަތަމަވެސް ޖެހޭނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެގެޔަށް ދާންކަން ވިސްނުމާއެކު ޝާނިމްގެ ގެއަށް ކުޑަގޮތަކަށް ތައްޔާރުވުމަށްފަހު ދާން ނިކުތެވެ. އެވަގުތަކީ ނަޢުހާގެ މަންމަ ނައީމާ ގޭތެރެ ކުނިކަހަން ހުރި ވަގުތެވެ. ނަޢުހާ ފެނުމާއެކު ކޮންތާކަށް ތޯ ތިދަނީ ސުވާލުކުރީ ޖަވާބު ނުދޭނެކަންވެސް އެނގިހުރެއެވެ. “މަންމަވެސް ދޯ،, ދެން […]
ޝާމިން މޫނު ހިއްލާ ބަލާލިތަނުން އަރުޝް ޝާމިންގެ ފޮޓޯ ނަގައި ފޯނުގައި ރައްކާކޮއްލިއެވެ. އަދި ފޯނަށް ބަލަމުން ހެމުން ގެންދިޔައެވެ. މިތަންފެނި ހަމީދުވެސް ހޭންފެށިއެވެ. އޭރު އެ އަންހެން ކުއްޖާ ފޯނުނަގައި އަރުޝްގެ ފޮޓޯ އެއް ނެގިއެވެ. އަދި އެ ފޮޓޯއަށް ބަލަމުން ފޯނުގައި އިން އަރުޝްގެ ފޮޓޯގައި އަތް ހާކާލައި ހާދަ ލޯބިއޭ ބުނެލިއެވެ. އެކުއްޖާއަކީ ކަޅު ހަންގަނޑެއްލިބިފައި ވިޔަސް ހަޑި ކުއްޖެކޭ ނުބުނާއެވެ. ޒަމާން ތަރަށްގީ ވީ ވީނުުން މީހާގެ އަސްލު ސިފަ އޮޅޭވަރަށް […]