ކޮބާ ރަން ކިޔަންވީނު ، ޝާމިން މިހެންބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ. ހަފީޒާގެ އުއްމީދު ހާސިލްވާތީ ހަފީޒާ އިނީ ވަރަށް އުފަލުންނެވެ. އެންމެފަހުން އެދި ހުރި ކަންތަށް ހާސިލްވުމުގެ ކޮޅުމަތި ފެނުމުން ހަފީޒާއަށް ލިބިފައިވާ އުފަލުގެ ކޮޅެއްނެތެވެ. “އާނ، އަވަހަށް ރަންކިޔަން އުޅޭ” ހަފީޒާގެ ޖުމްލައިން އާމިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އަރީޝާގެ އަޑުއިވިފައި ހުއްޓުންއެރިއެވެ. “އަހަރެމެން ނެތިސް ކިހިނެއް ރަންކިޔާނީ” އަރީޝާގެ ޖުމްލައިން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ […]
ކޮބާ ރަން ކިޔަންވީނު ، ޝާމިން މިހެންބުނުމާއެކު ހަފީޒާ ހައިފާގެ ކޮނޑުގައި ކޮއްޓާލިއެވެ. ހަފީޒާގެ އުއްމީދު ހާސިލްވާތީ ހަފީޒާ އިނީ ވަރަށް އުފަލުންނެވެ. އެންމެފަހުން އެދި ހުރި ކަންތަށް ހާސިލްވުމުގެ ކޮޅުމަތި ފެނުމުން ހަފީޒާއަށް ލިބިފައިވާ އުފަލުގެ ކޮޅެއްނެތެވެ. “އާނ، އަވަހަށް ރަންކިޔަން އުޅޭ” ހަފީޒާގެ ޖުމްލައިން އާމިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު އަރީޝާގެ އަޑުއިވިފައި ހުއްޓުންއެރިއެވެ. “އަހަރެމެން ނެތިސް ކިހިނެއް ރަންކިޔާނީ” އަރީޝާގެ ޖުމްލައިން އެންމެންނަށް އެދިމާލަށް ބަލާލެވުނެވެ. ހުރިހާ މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ […]
ސާރާ ހުރިތަނަށް ގަބުވެފައި އަމިއްލަ ދިފާޢުގައިވެސް އެއްޗެކޭ ނުބުނެ ހުރެވުނެވެ. ދެލޯ ފުރި ކަރުނަ ލޮލުން ފައިބަން ފެށިއެވެ. އެ ކަރުނަތަށް ފުހެލާނެހާ ހިތްވަރު ވެސް ސާރާއަކަށް ނުލިބުނެެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އައި ކޮޅަަށް ދުއްވައިގަތެެވެ. މަންޒަރު ބަލަން ކިތަންމެ ބަޔަކު ތިބި ނަމަވެސް ސާރާ އެކަމާ އަޅާވެސް ނުލިއެވެ. ރޮމުން ދުވަމުން ދިޔަ ސާރާ ފެނި ހޮސްޕިޓަލަށް ވަންނަން އައި އާމިރުއަށް ވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސާރާ ދިޔަ ދިމާލަށް […]
ސާރާ ގެއަށް ދިއުމަށް ހިނގައިގަތީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ފޯނާ ކުޅެމުން ހޮސްޕިޓަލް އިން ނުކުތްތަނުން މީހަަކު ކުރިމައްޗަށް އެރުމުން އެއްފަރާތަކަށް ޖެހުނެވެ. ސާރާ އެއް ފަރާތަކަށް ޖެހުމުން އެމީހާވެސް ސާރާ ޖެހުނު ފަރާތަށް ޖެހުނެވެ. ސާރާ އަނެއްކާވެސް އަނެއް ފަރާތަށް ޖެހުނެވެ. ޖެހުމާއެކު އެމީހާވެސް ޖެހުނެވެ. ސާރާ ހައިރާންވެ ހުރެ ކުރިއަށް ބަލާލިއެވެ. އެއާއެކު ސާރާގެ ދެލޯ ދިޔައީ ބޮޑުވެ, މީހާ ރޫ ރޫ އަޅައިގަތެވެ. މާޒީގެ ސޮފްހާތަށް ކުރިމަތީގައި ހުޅުވެމުން ދިޔައެވެ. އިސާހިތަކު ދެލޯ […]
ދުވެފައި އެތެރެއަށް ވަތް ސާރާގެ ފައިގައި ކަސްތޮޅު އެޅުވުނުހެން ހީވީ ސާރާ ފުރާނައިން ލޯބިވާ އަރުޝް އޮތް ހާލް ފެނިފައެވެ. ގުޅާފައިވާ އައިވީ ހޮޅިތަކާއި, އަތާއި ފައިގައި ބެންޑޭޒް ކޮއްފައި އޮތްތަން ފެނި, ފެނުނު ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ގައިމެވެ. އިސާހިތަކު ސާރާގެ ދެލޯ ކަރުނުން ފުރި ދެ ލޮލުން ފޭބި ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ނުރޯން ހިތްވަރު ކުރަމުން ލޮލުން ފޭބި ކަރުނަތަށް އަނެއްކާވެސް ފުހެލައި މަޑުމަޑުން ހިނގަމުން ގޮސް އަރުޝް އޮތް […]
އިރުކޮޅެއް ނުވެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ހައިލަމް ދިން ހަބަރުން އާމިރުއަށް ހީވީ އޭނާގެ ނޭވާ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. ސާރާއަށް ނޫނެކޭ ކިޔައި ހަޅޭލަވައިގަނެވުނެވެ. އާމިރު މަގޭ ދަރިއޭ ކިޔާ ދުއްވައިގަތެވެ. ސާރާވެސް އާމިރުގެ ފަހަތުން އަރުޝްއަށް ގޮވަމުން ރޮމުން ދުއްވައިގަތެވެ. ސާރާ އަރުޝްދެކެ ވާ ލޯބި މިކަމުންވެސް ދޭހަވެއެވެ. ސާރާ އަދި އާމިރު ހޮސްޕިޓަލަށް ދިޔައިރު އަރުޝްވަނީ އެމަރޖެންސީ ރޫމަށް ވައްދާފައެވެ. އާމިރު އިރުކޮޅަކާ އަރީޝާއަށް ގުޅައެވެ. ފޯނު ވެއިޓިންގަ ހުރުމުން ކޮންމެ ފަހަރަކުވެސް […]
” އާމިރު ތިކަމާ ވިސްނާކަށް ނުޖެހޭނެ, އޭނަ އެއީ އަހަރެންގެ ދުވަސްވީ އެެކުވެރިޔާ, އާމިރު ނުބެލިޔަސް އަހަރެން ބަލާނެދޯ, އަނެއްފަހަރު އަނެކައްޗެކޭ ކިޔާފަ ފަށާ” އަރީޝާ މިހެން ބުނެ އަނެއް ފަރާތަށް އެނބުރުނެވެ. އަރީޝާގެ މި އަމަލުން އާމިރު ނިތްކުރި މަތީ އަތް ބާއްވާލައިގެން ވިސްނުމަކަށް ގެއްލިފައި އޮތެވެ. ދެން ކަންތަށް ކުރަންވީ ކިހިނެއް ކަމާމެދު ވިސްނާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އެ ކައިވެނި ހުއްޓުވަން އާމިރު ބޭނުންވެއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށެެވެ. އެކައިވެނި ހުއްޓުވަން […]
“އައްދޯތް މަންމާ” މަލަކާ ގައިގަ އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން ބުނެވުނެވެ. އެއްވޭނުގެ މައްޗަށް އަނެއް ވޭން ތަހައްމަލް ކުރަމުން ދާން ޖެހުނަސް މާރިޔާގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އަމިއްލަ ބަނޑުއަޅާ ވިހޭ ދަރިއޭ ހިތާވެސް ހިތުގައި ރަހުމޭ މިކިޔާ އެއްޗެއްވެސް ނޯވެއެވެ. ” ބުނަންތަ ރަނގަޅު ވާހަކައެއް، އަހަރެންގެ އަތުން އިތުރު އަނިޔާއެއް ބޭނުން ނުވަންޏާ އެއްބަސްވޭ, އެމީހާ އެއީ ކިތަންމެ މުސްކުޅި މީހަކަސް ކަލެއަށް ޖެހޭނީ އެމީހާ ބުނާ ކަމެއް ކޮއްދޭން, އެމީހާ […]
” ދަރިފުޅާ, މި ބައްޕައަށް މާފް ކުރޭ, ބައްޕަމެން ވަރަށް ބޮޑަށް ދަރިފުޅު އެކަހެރި ކޮއްފި, ދެން އެހެނެއް ނުވާނެ, ދަރިފުޅު ނުރޮއެ, ބައްޕަ ވަޢުދުވަން ބައްޕަގެ މި ދަރިފުޅަށް, ދަރިފުޅުގެ ލޯބި ހޯދާ ދޭނެ ކަމަށް, މީ މި ބައްޕަ ވާ ވައުދެއް” އާމިރު އެހެންބުނުމާއެކު އަރުޝް ބައްޕާއޭ ކިޔައި އަނެއްކާވެސް ބައްދައިގަތެވެ. ބައްޕައަކާއި ދަރިފުޅުގެ ލޯބި ލޯބި މި ވަގުތު ފެންނަ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާހާ އެދެ ބަފައިންނަށް ވަނީ އަސަރު […]