Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 29

Sh@_n@ Level 410 Stories100 Comments100 Login
November 11, 2018 4 Mins Read
12 Comments

” ދެން އެކަންވެސް ނިމުނީއެއްނު, އެހާ ބޮޑު ވަރެއް ނުވެސްވެއެއްނު, ދެން ނުވިސްނާ” ފަޒީލް އެހެން ބުނުމުން ސާރާ ޝުކުރު އަދާކުރިއެވެ.

ކުއްލިއަކަށް ދެމީހުންނަށް ސިހުން ލިބުނީ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެެގެން އައި މީހާ ފެނިފައެވެ.

އެމީހާ އައިސް ފަޒީލް އޮތް އެނދުގެ މަގަތުގައި އިށީނެވެ. އެމީހާ މޫނުމަތީގައިވާ މަލާމަތުގެ އަސަރުން ސާރާގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ސާރާގެ ރުޅި ހުރީ ހައްދުން ނައްތާފައޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ކެތް ކުުުރަމުން ދިޔައީ ނަޢުހާގެ ކަމެއްކަން އެމީހުންނަށް އެނގުނުކަން ހާމަ ނުކޮއްވޭތޯއެވެ.

“އަހަ ސާރާވެސް އެބައިން ދޯ!ނޭނގޭނެ އެއްނު ފަޒީލް ކައިރީ ސާރާ އިންނާނެ ކަމެއް، ފަޒީލް ކިހިނެއް, ރަނގަޅުތަ؟ ނަސީބަކުން މާ ބޮޑު ކަމެއް ނުވޭދޯ, އާދަމްބެ އައިސް ފަޒީލް އެކްސިޑެންޓް ވެއްޖޭ ބުނީމަ ދުވަމުން ދުވަމުން އަހަރެން މިއައީ، ކިހިނެއްތަ އަސްލު އެކްސިޑެންޓް ހިނގީ” ނަޢުހާ އެެއްފައި މައްޗަށް އަނެއްފައި ލަމުން ބުނެލިއެވެ. އޭރު ފަޒީލް ނަޢުހާގެ ވާހަކަތަކަށް ސަމާލުކަން ނުދެވޭތޯ އިރުކޮޅަކާ ލޯ މަރާލައެވެ. ނަޢުހާގެ ކޮންމެ ބަހެއް އެއީ މަލާމަތެއްކަން އެނގޭ އިރު ފަޒީލް ރުޅިގަދަވާ ވަރަކަށް ދިޔައީ ބޮލަށް ތަދުވަމުންނެވެ. ފަޒީލްއަށް ވަމުންދާ ގޮތް ފެނި ސާރާ އަގައިން ނުބުނަން އުޅެފަވެސް މަޑަކުން ނީނދެވުނެެވެ.

“ފަޒީލް އެހަށް ނިދާލެވޭތޯ ބަލަންވީނު، އަދި ދުވަސް ނަގާނެ އެއްނު ތަދުފިލަން” ސާރާ އެހެންބުނުމާއެކު ފަޒީލް ދެލޯ މަރާލީ އަސްލަށްވެސް ބޮލަށް ތަދުވާވަރުންނެވެ. ސާރާގެ ދެލޯ ފެންކަޅިވީ ފަޒީލް އަށް އެހާލް ޖެހުނީ އޭނާ ސަލާމަތްކުރަން ހަދައިގެން ކަމަށް ވީތީއެވެ.

” އައްދެ ކޮންއިރަކު ފަޒީލްއާ ގުޅާލީ, އަނެއްކާ އަރުޝް ކަޓުވާލީތަ” ނަޢުހާގެ އަނގައިން އެބަސް ނުކުތުމާއެކު ސާރާއަށް ސާރާގެ އަތް މުއްކަވާލެވުނީ އައި ރުޅިންނެވެ. އެހެންނަމަވެސް ހޮސްޕިޓަލްކަމަށް ވުމާއެކު ހަމަ ޖެހިލެވޭތޯ މަސައްކަތްކުރިއެވެ.

” ބުނަން….. ސާރާ އެހިސާބަށް ބުނެފަ ހުއްޓާލަން މަޖުބޫރުވީ ދޮރު ހުޅުވުމުންނެވެ. ވަދެގެން އައި އަރުޝް ފެނުމާއެކު ސާރާގެ ބަޑި ފަޅައިގެން ދިޔައެވެ. އަރޫ އޭ ކިޔައި ދުވެފަ ގޮސް އަރުޝްގެ ގައިގަ ބައްދާގަތެވެ. މިތަން ފެނި ނަޢުހާއަށް ވީ ގޮތް ބުނަންވެސް ނޭނގުނެެވެ. މީހާގެ މޫނުމަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. އެހެންނަމަވެސް ވަދެެގެން އައި ޝާމިން ފެނިފައި މޫނުގެ ކުލަވަރު ބަދަލުކޮއްލިއެވެ.

” އަރޫ, ބަލާބަލަ, ފަޒީލް, އޭނަ ނެތް ނަމަ މިއަދު ކިހިނެއް މިތާ ހުންނާނީ, އަހަރެންނާ ހުރެ ބަލަ މިއޮއް ވީ ކަމެއް” ސާރާ އަރުޝްގެ ގައިގަ ބައްދައިގެން ހުރެ ރޮމުން ބުނަމުން ދިޔައެވެ.

އޭރު ނިދުމަށްޓަކައި ދެލޯ މެރި ފަޒީލްއަށް ހުރިހާ ވާހަކައެއް ދިޔައީ އަޑު އިވެމުންނެވެ. ސާރާގެ ނަސީބާ ދޭތެރޭ އުފާވެއެވެ. އެކަމް ހިތުގައި ރިއްސަމުން ދިޔައެވެ.

” ޕްރިންސެސް ދެން ނުރޮއެ, އެހާ ބޮޑު ކަމެއް ނަސީބަކުން ނުވެއެއްނު، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ, ދެން ނުވިސްނާ” އަރުޝް ސާރާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

” ނަޢު ވެސް އެބަ އިން ދޯ, ނަސީބެއްނު, ނަޢު މަންމަ ކައިރީ ބުނިންތަ އެކްސިޑެންޓް ވީ ވާހަކަ, އަޅާލަން ހުންނާނެ މީހަކީ އެޔެއްނު, ތިގޭގަ ދޯ ފަޒީލް އުޅެނީ, ” ޝާނިމް އެއްޗެއް ހަނދާންވާ ފަދައިން ބުނެލިއެވެ.

” މަންމަ ކައިރިއަކު ނުބުނަން, މަންމަ އެއީ ވަރަށް ވިސްނާ މީހެއް, ެެއެހެންވެ ސިއްރުކޮއްގެން މިއުޅެނީ, އެހާ ހެނދުނާ ނުކުންނާނެ ކަމެއް ނޭނގެ ވިއްޔަ, އެހެންނޫންނަމަ އަހަރެންވެސް ދިޔައިމުސް, ނަސީބަކުން ބޮޑުވަރު އަދި ނުވޭ” ނަޢުހާ މޫނު މަތިން ދެރަވާ ގޮތް ދައްކާލުމުން ޝާމިން އައިސް ނަޢުހާގެ ބުރަކަށީގައި ފިރުމާލިއެވެ. މިތަން ފެނި ސާރާގެ ރުޅިގަނޑު ފަޅައިގެންދާ ވަރުވިއެވެ. ނަޢުހާގެ ހަގީގަތް އެނގި ނަޢުހާ މާ މައުސޫމް ކަމަށް ދެއްކުމުން ގޮސް ބޮނޑިއެއް އަޅާފާނަމޭ ސާރާ ހިތަށް އެރިއެވެ. ހުރިހާ ކަމެއް ކިޔައިދޭން ބޭނުންވިޔަސް ދުލާ ހަމައަށް އެންމެ ބަހެއްވެސް ފޯރާ ގޮތްނުވިއެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް އަރުޝް ފުރަން ހަފްތާއަށް ވީއެވެ. އެކަމާ ސާރާ ކިތަންމެ ދެރަވި ނަމަވެސް ކެތް ކުރުން ނޫން ގޮތެއް ނެތްކަން ސާރާއަށް އެނގެއެވެ. އަރުޝް އެނބުރި އަންނާނެ އިރަކަށް އެހާ އަވަހަށް އިންތިޒާރު ކުރެވެންފެށީ، އަރުޝް ދެން އަންނާނީ ކައިވެނިކުރަން ކަމަށް ވީތީއެވެ. ސާރާ އެެެންމެ ދެކެން ބޭނުންވާ ދުވަހަކީ އަރުޝްގެ އަތްބަކަށްވެ އުފާވެރި އާއިލާއެއް ލިބުމެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ކަންތަށް ވާނެ ގޮތެއް އެއްވެސް މީހަަކަށް ނޭނގޭނެކަން އެއީ ކަށަވަރުކަމެކެވެ. ދިމާވާ ކަމަކުން ބަދަލުވެދަނީ ކިތަށް ދިރިއުޅުންކަން ބުނެދޭންވެސް ދައްޗެވެ.

ފަޒީލްގެ ހާލްވެސް ވަރަށް ބޮޑުތަން ރަނގަޅުވަމުން އައިސް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ގޮތުން މަސައްކަތު ދާންފެށިއެވެ. އަދިި ލިބޭ އެއްޗެއް ފަހަށް ރައްކާ ކުރުމުގެ ނިޔަތުގައި ފޮރުވަމުން ދިޔައެވެ. ކޮންމެ ނަމާދެއް ޖަމާއަތުގައި ކުރުމަށްފަހު އިރުކޮޅަކު ގުރުއާން ކިޔެވުމަށް ފަޒީލް އިސްކަން ދޭން ފެށިއެވެ. މިކަމުގެ ސަބަބުން ފަޒީލްގެ ހިތަށް ހިތްހަމަ ޖެހުން ލިބެމުން ދިޔައެވެ. އެއީ ކުރީގެ އުޅުމެއްނެތް ފަޒީލްއެކޭ މީހަކު ނުވެސް ބުނާނެއެވެ. އެހާވެސް ފަޒީލްގެ އުޅުމަށްވަނީ ބަދަލު އައިސްފައެވެ. ބަދަލު ނުވި ކަމަކީ ފަޒީލްގެ ހިތުން ސާރާއަށް ދެވިފައިވާ ލޯތްބާ ގަދަރެވެ. އެ ލޯތްބަށް ދުވަހަކުވެސް ބަދަލު އަންނާނެ ކަމަކަށް ނުބެލެވެ.

ފަޒީލްގެ އެބަދަލުވުން ނަފްރަތު ކަމާއެކު ބަލަމުންދާ އެކަކީ ނަޢުހާއެވެ. ސަބަބަކީ އެ ބަދަލުގެ ސަބަބުން ނަޢުހާއަށް ލިބެން އޮތް އަރާމާއި އުފާ ފަޒީލްގެ ފަރާތުން ހާސިލްނުވުމެވެ. އެކަމުގެ ބަދަލު ކޮންމެސް ދުވަހަކުން ހިފަން ނަޢުހާ އަޖުމް ކަނޑައެޅީ ދުނިޔޭގެ އުފަލަށް އިސްކަންދެވިފައިވާ މިންވަރުންނެވެ.

އާދައިގެ މަތިން އަރުޝްއާ ސާރާ ބައްދަލުކުރުމަށްޓަކައި ދިޔައެވެ. ސާރާ ދިޔައިރު އަރުޝް ސާރާގެ އިންތިޒާރުގައި އިނެެވެ. ސާރާގޮސް އަރުޝްގެ މޫނުމަތީ އަތް އަޅާލިއެވެ. އަރުޝް ހީލަމުން ޕްރިންސެސް އޭ ބުނެ ސާރާގެ އަތް މޫނުމަތިން ނެގުމަށްފަހު ގެނެސް އަރުޝްގެ އުނގުގައި ބޭންދިއެވެ. އަދި ވަރަށް ލޯތްބާއެކު ސާރާގެ ކޮނޑުގައި ދަތް ދޮޅި ޖައްސާލަމުން ސާރާގެ އަތުގެ ތެރެއަށް އަތް މަހާލިއެވެ. އަރުޝް ކޮއްލާ ކުދި ކުދި ގޯނާ ތަކުން ލަދުގަތަސް ހިތަށް އުފާވެރިކަން ލިބެމުންދިޔައެވެ. އަރުޝްގެ ކޮންމެ ސަމާސާއަކަށް މަރުހަބާ ކީ އުފަލުންނެވެ.

ޕްރިންސެސް ހާދަ ހީވޭ ދެރަވެފަހުރިހެން” އަރުޝް ސާރާގެ ގަައިގައި ބައްދާލަމުން ބުނެލިއެވެ. ސާރާއަށް އެއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ދެރަވަނީ ކޮންކަމަކާ ކަން ބުނަން ވަރަށް އުނދަގޫކަން ހުދު ސާރާ ގަބޫލްކުރެއެވެ. އެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުން ދަނީ އެމީހުން ދުރުކުރާށެވެ. އަދި ހަމަ އެއާއެކު ކުށެއްނެތް ޝާމިންއަށް އެދަނީ ޝާމިންވީ ތެދުވެރި ލޯބީގެ ބަދަލު ހިތި ޒަހަރަކުން ދެމުންނެވެ.
” އަވަހަށް އަންނައްޗޭ, ބަދަލް ނުވާތި، ވަރަށް ލޯބިވޭ އަރޫ ދެކެ, ދުވަހަކުވެސް މީހަކުދެކެ މިވަރަށް ލޯތްބެއް ނުވެވޭ, ޕްލީޒް މަށަށް އިރުބާރު ކުރައްޗޭ, ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އިތުބާރު ގެއްލުވާނުލާތި, އަބަދުވެސް އިންތިޒާރު ކުރާނަން, ހަށީގަ ފުރާނަ ހުރިހާ ހިނދަކު މިހިތުން އެހެން މީހަކަށް ޖާގައެއް ނުދެވޭނެ” ބުނަން ބޭނުންވި ވާހަކަ ނުބުނެ ހިތުގެ އެންމެ ބޮޑު ބިރު އާދޭހެއްގެ ސިފައިގައި އަރުޝްގެ ކުރިމަތީ ބަންޑުން ކޮއްލިއެވެ. ސާރާގެ ކޮންމެ ބަހަކުން އަރުޝްދެކެ ވާ ލޯބި ހާމަވެއެވެ. ސާރާ އަރުޝްއަށް ފުރަގަސްދީގެން އިން ކަމަކު ސާރާ ރޮމުންދާކަން އަރުޝްއަށް އިނގުނެވެ.

“ޕްލީޒް، ދެރަނުވޭ, ދުވަހަކުވެސް ސާރާ ދޫކޮއް ނުދާނަން, އިތުބާރު ކުރޭ, ދެން ތި ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާނުލައްޗޭ, މިހެންބުނެ ސާރާ އަރުޝްގެ އުނގުގައި ބާއްވައިލުމަށްފަހު ލޮލުން ފައިބައިފާ ކަރުނަތަށް ފުހެލަދިނެެވެ. ސާރާ ދެލޯ މަރާލީ އިތުރަށް އަރުޝްއަށް ބަލަން ކެތް ނުވުމުންނެވެ. އަރުޝް މަޑުމަޑުން މޫނު ސާރާގެ މޫނާ ކައިރިކޮއްލިއެވެ.

” ފަޒީލް އަހަރެން މަންމަ ބުނީި މިގެއަށް އައިސް ދީ ބަލާށޯ, އަހަރެން ދެކެ ހިތް ހަމަ ނުޖެހުނަސް އަހަރެންގެ މަންމަގެ އެދުމާ ފުރަގަސް ނުދީ” ނަޢުހާ،، ފަޒީލް ފޯނު ނެގުމާއެކު ބުނެލިއެވެ. ފަޒީލް އެބަދަމޭ ބުނެ ފޯނު ކަނޑާލިއެވެ.

ފަޒީލް ފޯނު ބޭއްވުމާއެކު ނަޢުހާ މަކަރުވެރި ގޮތަށް ހީގަތެވެ. ފަޒީލްއަށް ނޭނގުނު ކަމަކީ އެކަމަކީ ނަޢުހާގެ މަކަރުވެރި ރޭވުންކަމެވެ. އެނގޭނެ ނަމަ އެ އަނދަވަޅަށް ވެއްޓެން ފަޒީލް ނުދާނެކަން އެއީ ޔަގީންކަމެެކެވެ. އެެންމެންގެ ކުރިމަތީ އަގު ވެއްޓޭކަށް ނުދާނެކަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ

Next

ހިތް ރޮއްވާނުލާނަމޭ 1

Next
November 11, 2018

ހިތް ރޮއްވާނުލާނަމޭ 1

Previews
November 11, 2018

ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ

12 Comments!

  1. Sh@_n@ says:
    November 11, 2018 at 9:07 am

    Here 29. Hope kamudhaane kamah. And I am sry Shana heekury varah dhigukoh kamah liyevuny,ehnve up kury, but don’t worry next time v dhigu kohdheynan, hama gaimuvess dhen false hope eh nudheynan, believe me, ehnve friday ga up kohfa ihye fonu veeves, balaigan naane kamah uhmeedhu kuran.. And ehme hithaamaveri baithah dhen othyyy. Keep waiting ?❤?❤

  2. Namee says:
    November 11, 2018 at 9:12 am

    29parts dhyairuvess mi vahakai ga maa bodu kameh nuhigaa.

  3. Naju says:
    November 11, 2018 at 9:43 am

    Nice

  4. Nice says:
    November 11, 2018 at 9:55 am

    Nauha mihaaru kykuran eulhenii….vvvvvvvvvv nice… maashallah…

  5. Sh@_n@ says:
    November 11, 2018 at 10:31 am

    Thax dear Nice, let’s see dhw, keep waiting???❤

  6. Gud❤ says:
    November 11, 2018 at 11:07 am

    Mihaaru avahah up kuraathyve vvvv shauguverikamaaeku inthixaaru kuran…. kiyuntherin ge hiuaalu adu ehikamahtakaa thankx dear….. asluvx hama aiy fai finivey dn vaanii kihineii baaey hithah ery mr… vvvvvvvvvvvvvv reethi.. mashallah…

  7. Sh@_n@ says:
    November 11, 2018 at 11:58 am

    ????V happy vehje dear gud. And thanx alot dear, v ufaavehje Ekan faahaga kuryma???❤, and kiyuntheringe faraathun libey kohme commentaky libey kuri erumeh kamah dhekeny, keep waiting dear ❤??❤❤?

  8. Kudoo says:
    November 11, 2018 at 12:58 pm

    When is next part? Story varah reethi, Maasha Allah

  9. Beryl Stone says:
    November 11, 2018 at 1:29 pm

    It’s ok dear????nxt prt avahah up kohdheeba???can’t wait???whn nxt?????????ly

  10. Sh@_n@ says:
    November 11, 2018 at 2:07 pm

    Thank you kudooo??❤❤❤?

  11. ??? says:
    November 11, 2018 at 7:40 pm

    Arush aai saara dhuru nukurahchey vvvv rythi

  12. Sh@_n@ says:
    November 12, 2018 at 9:41 pm

    Hii dear readers, 30 th part up kuran fonuvaifin ingey, keep waiting ???❤

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 30←


All Right Reserved!